ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަކީ އެމްޑީޕީގެ ނިމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ނަޝީދަށް ކުރިއަށް އޮތީ މާ ފާގަތި މާދަމާއެއް ކަމީ އޭނާގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އީވާ ވިދާޅުވި ގޮތުގައި އިއްޔެ ސާފުވީ ނަޝީދު ދިވެހި ރައްޔިތުންނަށް ކުރައްވަން އޮތް މަސައްކަތާއި ހިދުމަތް ހުއްޓިފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ހަމައިން ނޫން ކަމެވެ.

"އަޅުގަނޑަށް ކުޑަކޮށް ވެސް ނޯޅޭ އިއްޔެއަކީ މަނިކުފާނަށް ހިތްދަތި ދުވަހެއް ކަން. ނަމަވެސް އަޅުގަނޑަށް ލިބޭ ހިތްވަރަކީ މަނިކުފާނު ކުރައްވާން އޮތް މަސައްކަތްޕުޅަކީ ހަމައެކަނި އެމްޑީޕީއާ ހިސާބަށް ނިމިފައި އޮތް ކަމެއް ނޫން ކަން. އަޅުގަނޑަށް ދެން އެނގޭ ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އަންނަ އަހަރުގެ މި ދުވަސްކޮޅާ ހަމައަށް އަންނަ އިރު އެމްޑީޕީ އޮންނާނެ ކަމަށް ލަފާ ކުރެވެނީ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޗެއާމަން ކަމުގައި ކަމަށެވެ.

"އަޅުގަނޑަށް ނޭނގޭ ބައްލަވައިގަންނާނީ ހިލޭ ކަމެއް ނުވަތަ ކޮންމެވެސް ވަރެއްގެ ފައިސާ ފޮއްޗަކަށް ކަމެއް. އެކަމަކު، އަޅުގަނޑަށް އެނގޭ އެއްޗަކީ ޑީއާރުޕީ އަށް ވީހެން އަންނަ އަހަރު މި ދުވަހު އެމްޑީޕީގެ ވެރިއަކަށް ހުންނަވާނީ އަބްދުﷲ ޖާބިރު ކަން،" އީވާ ވިދާޅުވިއެވެ.

އީވާ އެ ފާހަގަ ކުރެއްވީ ފެހި ގާނޫނުއަސާސީ ވުޖޫދުވި ފަހުން އޭރު އޮތް އެންމެ ވަރުގަދަ ޕާޓީ، ޑީއާރުޕީ ފަނޑުވަމުން ގޮސް، އެ ޕާޓީ އުވާލުމާ ހަމައަށް އެ ޕާޓީގެ ޗެއާމަންގެ ގޮތުގައި ޖާބިރު ހުންނެވުމުން އެކަމަށެވެ. އޭރު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީ ފަނޑުވެ އުވާލިއިރު ތިބީ 2،000 އަށް ވުރެ ގިނަ މެމްބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެ، އީވާ ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ސޯލިހް ހަމައެކަނި ގެންގުޅުއްވާ އެއްޗަކީ ފައިސާ ކަމަށާއި މިވަރަށް ބަލިވާ ތަން ފެނުނީމަ، ފައިސާ ބަހާ މީހުން އެ ފައިސާ ބަހަން ނޫޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހުން ދެން ބަލާނީ އަމިއްލަ އަށް ބަށްކޮށްފައި އަވަހަށް އެމީހުން ބެޗޭތޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބަޗާނެ. މަގުމަތި ވާނީ ފަހަތުން އުޅުއްވާ ބޭފުޅުން. ހިޔާނާތްތައް ފަޅާ އަރައިގެން ޖަލަށް ދާން ޖެހުނަސް އަންނަ ވެރިކަމުގައި ޖަލަށް ދާނީ ފަހަތުން އުޅުއްވާ ބޭފުޅުން،" އީވާ ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުގަނޑަށް ހީވަނީ އިންނާނީ ފައިސާ ފޮއްޗާ އެކު، ސިންގަޕޫރުގައި ނުވަތަ ސްރީލަންކާގައި ހެން،"

ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ ކަމަށްވާ އީވާ ވަނީ މި ވެރިކަން ބަދަލު ކުރުމަށް އިއްތިހާދު ވާން ޖެހުނު ކޮންމެ ބަޔަކާ އިއްތިހާދުވާން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގައި ތިއްބެވި މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. އެއާ އެކު، އެމްޑީޕީން ވަނީ 12 މެމްބަރަކު ވަކިވެވަޑައިގެންފައެވެ. އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރުމުން އޭނާ ވެސް ވަނީ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. ދާދި ފަހުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެމީހާ

    އިބޫ އަކީ ކުރިން އުޅޭ މީހެއް ކަމެއްވެސް ނޭނގޭ އަންނި އިބޫ ދައްކާފަ ބުނީ ވޯޓް ދޭށޭ އެހިސާބުން އެނގުނީ މީއުޅޭ މީހެއްކަން

    17
    10
  2. Anonymous

    ތިހެން ބުނި މައުމޫނާ ދިމާއަށް ވެސް. ތިހެން ބުނި ޔާމީނާ ދިމާއަށް ވެސް. ތިހެން ބުނި ވަހީދު އާ ދިމާއަށް ވެސް. އެއިން އެކަކު ވެސް ނުފިލާ. އެންމެފަހުން ފިލީ ލާދީނީމީހާ އާއި ބުރުމާ. ދެން ފިލާނީ ކަލޭމެން.

    19
    6
  3. ރެކިފުތާ

    ކަނބުލޮ ހީކުރާގޮތަކަށް އެއްވެސްކަމެއް ނުހިގާނެ ނަޝީދަކީ ފެއިލްވެފަ ހުރި މީހެއް

    25
    4
  4. ޢަބޫ

    އިންޝާ ﷲ އމޑ އަދި ލާދޫނީ ގައުމަށް ގައްދާރުންގެ ނިމުނުގެ ސިއްކަ

    15
  5. ހޮއްކޮބެ

    އެމްޑީޕީ ދޫކޮއްދަނީ ލާދީނީ ބައިގަނޑު

    18
    1
  6. ހިޔަޅު

    "ނަޝީދު ވަކިވެވަޑައިގަތުމަކީ އެމްޑީޕީގެ ނިމުން, ރައީސް ސޯލިހް ފިއްލަވާނެ: އީވާ" ތީހަމަ ތިކަމަނާއަށް ހީވާގޮތް، ކަމަނާއަކީ މިހާރު މިޤައުމުގެ އެއްވެސް މީހަކު އިހްތިރާމް ކުރާމީހެއްނޫން، ތިކަހަލަ ކުނިންތައް އެމްޑީޕީ ތެރެއިން އަމިއްލައަށްނަމަވެސް ދިއަކަމީ އެމްޑީޕީ ސާފުތާހިރުވެ އެއްދުވަހުން އަނެއްދުވަހަށް އެމްޑީޕީ އަށް ތާއީދުކުރާމީހުން އިތުރުވެ އަދި އީސްލާމްދީނަށް ލޯބިކުރާމީހުން އެމްޑީޕީ ބަލައިގަންނާނެކަމެއް. އެމްޑީޕީގައި ޖެހިފައިވާ ލާދީނީ ލަތްގަނޑު މިހާރުއެވަނީ މުޅިން އެއްކޮށް ފިލައިގެންގޮސްފަ، ކަމަނާމެންފަހަތުގައި ތިފާޑުގެ ކުދިން އަބަދުވެސް އުޅޭނެ، އެއަކީ މުޅިރާއްޖެއެއްނޫނެއްނުން

    17
    0
  7. ހަސަނު އަލީ

    ކެނެރީގޭ ޙާންދާނުން އެމްޑީޕީ މިނިވަން ވެއްޖެކަމުގެ އިޙްސާސް އެމްޑީޕީ މެމްބަރުންނަށް މިހާރުކުރެވޭ

    19
    2
  8. މުހައްމދު

    ކަލޭމެންގެ އަމިއްލަ މުދަލެއްތަ

    12
  9. އަހޔމަދު ނަސީމް

    ވަލުފަރާތުން ނަމަވެސް ކެނެރީގެއަށް ނިސްބަތްވަންޏާ ލަދުއަގަލުގެ ކަންފުޅެއްވެސް ނުހުންނާނެ. ރޯމާދުވާލު އެއްޖިންސުން ގުޅުންހިނަގަުން އެއާއިލާގެ ބައެއްމީހުން ދުވާއިރު އެއީވެސް ޒަމާނީ ތަރައްގީކަމަށް އެމީހުންދެކެނީ.

    14
  10. Anonymous

    ދަނިޑިމޮކްރެޓްސް( ދަނޑި ޕާރޓީ) ރާއްޖޭގެ އެއްވަނަ!

    7
    1
  11. އަހްމަދު

    ވަރަށް އުފަވެއްޖެ! މިކަން ވުމަށް މެދުވެރިވި ހުރިހާބަޔަކަށް އައްސަރިބަހާއި ސާބަސް!!!

    13
  12. ހަސަންކޮ

    އެކޮއެމެން ހުވަފެނެއްގަ ތިއުޅެނީ.. އަންނިއަކީ މޮޔައެއް

    18
  13. ދެން ހަމަ

    ރެޓްސް ތީ ހޭބަލިވެފަ ތިބޭ ބައެއް. ނަސީދަކީ ފޭލްވެފަ ހުރި ގައްދާރެއް.

    4
    1
  14. ޙަސަން

    ފިރިހެން ފާތުމާ އަށް ހީވާ ކަހަލަ ކެނަރީގެ ބައިގަނޑުން ސަލާމަތްވުން އެއީ ވަރަށްބޮޑު ކުރިއެރުމެއް