މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި މަސްވެރިކަމަށަ ބޭނުންވާ ބައެއް އާލާތްތައް ދޫކުރަން ފަށާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ.

އެމްއެންޕީން ބުނީ ނާޒިމްގެ ސަރުކާރެއްގައި ފުރަތަމަ 30 ދުވަހުގެ ތެރޭގައި މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރުއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ދޫކުރަން ފަށާނެ ކަމަށެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޚައިރާ މުޙައްމަދު

    ޤާބިލް ބޭފުޅެއް ކަންޔަޤީނެވެ. ޢެހެނަސް ދިވެހިންނަށް ބުއްދި ިސްކޮށް މިފަދަ ބޭފުޅަކު އިޚްތިޔާރުކުރަންއެނގޭނެބާ؟ ފިކުރު ކުރުމުގެ މާބޮޑު ޓެލެންޓެއް ދިވެހިންގެ ނުހުރެއެވެ.

  2. ޣާލިބު ޙުސައިން

    ޥަރުގަދަ ޢިލްމީ ޝަޙްޞިއްޔަތެކެވެ. ޑިވެހިންނަށް ހެޔޮގޮތް ވިސްނޭނެ ކަމާމެދު ޝައްކެވެ.

  3. Anonymous

    ނާޒިމްގެ ސަރުކާރަކީ ހުވަފެނީސަރުކާރެއް! އެސަރުކާރާއި ހަވާލުމިވަނީ ކޮއްމެރެއަކު ނިދީގައި!!!

  4. Anonymous

    ނާޒިމްގެ ސަރުކާރަކީ ހުވަފެނީސަރުކާރެއް! އެސަރުކާރާއި ނާޒިމްހަވާލުމިވަނީ ކޮއްމެރެއަކު ނިދީގައި!!!

  5. ރައީ ސް

    30 ދުވަހު ތެރޭ ގޮދާ ބާނާއިގެން ގަރުދިޔަ ކެއްކޭތޯ ބަލާބަލަ

  6. ނޫންތަ؟

    ދޮންކަލޯ، މަސްވެރިކަމަށް ހެޔޮބަދަލެއް ގެނެސްދޭން ބޭނުންނަމަ، ރޯމަސް ހުރިގޮތަށް ގައުމުން ބޭރުކުރުން ހުއްޓުވާފައި ކަނޑު އަދި ފަރު މަހުގެ އެކިއެކި އުފެއްދުންތައް އެކްސްޕޯޓުކުރަން މަސައްކަތެއް ކޮށްދެވިދާނެބާ؟ ރޯމަސް ހުރިގޮތަށް ގައުމުން ބޭރު ކުރާތީ އޭގެ ނަފާ ލިބެނީ ތައިލެންޑް ކަހަލަ ގައުމުތަކަށް.

  7. ދިވެހި ރައްޔިތުން

    ނާޒިމު ހަނދާއި ތަރިއާ ބާލަބަލަ ވައުދުފުއްދަން.