ދިވެހި ހައްޖުވެރިންގެ ކަންކަން ބަލަހައްޓަން މިއަހަރު އަމީރުލް ހައްޖުގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެން ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމް އަށް ދިވެހި ހައްޖުވެރިންނާއި އަދިވެސް ބައްދަލު ނުކުރެވިފައި ވަނީ ސައުދީ އަރަބިއްޔާގެ ސަލާމަތީ ކަންކަން ހުރިގޮތުން ކަމަށް ސަރުކާރުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވީ ގައުމުތަކުގެ ވެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނައިބު ރައީސް އަށް ދިވެހި ހައްޖުވެރިންނާއި އަދި ބައްދަލު ނުކުރެވޭ ކަމަށެވެ.

ނަމަވެސް ސައުދީ ސަރުކާރުގެ ކަމާގުޅޭ އޮފިޝަލުންނާއި ބައްދަލުކޮށް ދިވެހި ހައްޖުވެރިންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނައިބު ރައީސް ފައިސަލް އަށް ލިބޭނެ ގޮތެއް އޮތްތޯ ބެލުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

އަދި މިހާތަނަށް ކުރި މަސައްކަތުން އެކަމުގައި އަލިމަގެއް ފެނިފައި ނުވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިހާރު ހުށަހަޅާ ކަންކަން ސައުދީ ސަރުކާރުން ކުރިން ހަމަޖައްސާހާ ފަސޭހައިން ހަމައެއް ނުޖެހެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައްޖު ކޯޓާގެ ގޮތުގައި 1000 ކޯޓާ ރާއްޖެއަށް ދިނުމަށްފަހު ކޮންމެ އަހަރަކު ވެސް ސަރުކާރުން އެދިގެން އިތުރު 1000 ކޯޓާ ވެސް އައީ ދެމުންނެވެ.

ނަމަވެސް މިސަރުކާރުން އެދިގެން އިތުރު ކޯޓާ ލިބޭ ގޮތެއް ނުވެއެވެ. މިއަހަރު ވެސް އިތުރު 1000 ކޯޓާ ދިނުމަށް ދިވެހި ސަރުކާރުން ސައުދީގައި އެދުނެވެ. ފަހުން ދިވެހި ސަރުކާރުން ބުނީ އިތުރު ކޯޓާ ނުލިބުނު ކަމަށެވެ.

ނައިބު ރައީސް ފައިސަލް އަށް ދިވެހި ހައްޖުވެރިންނާއި އަދި ބައްދަލުނުވި ނަމަވެސް ހައްޖުވެރިންނަށް ހަމަޖައްސާފައި ހުރި އިންތިޒާމްތަކުގެ މައުލޫމާތު ނައިބު ރައީސް ވަނީ އޮޅުންފިލުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ފައިސަލް ނަސީމް ގެ ސިކުރިޓީ ގެގޮތުގައި ދާން ހަމަޖެހުނު ދެ ސިކިއުރިޓީ މީހުން ކެންސަލް ކޮށް އެ ޖާގަ އަށް ގެންދިޔައީ، ރޮޒައިނާ އާއި އޭނާގެ ފިރިމީހާ ނާޝިޒު އެވެ. ސަޢުދީ އިން ދެއްވި 10 ޖާގަ އަށް ވީގޮތެއް (ވީއެއް ނުވީ އެއް) ވެސް ނޭންގެއެވެ!!! ރޮޒައިނާ އާއި އޭނާ ގެ ފިރިމީހާ، ނާޝިޒު ދިޔައީ ކޮން ސްލޮޓެއް ގައި ތޯ "ޗޯރު އިބުރޭ" އާއި ނޫސްވެރިން ސުވާލު ކުރަން މަޖުބޫރު ވެއްޖެއެވެ!

    32
    1
  2. މަރީ

    ހައްޖަށް ދިން 1000 ކޯޓާއިން ވެސް ކުރީ ވައްކަން.

    24
    1
  3. ދަރަނި ދަންތުރަ

    ސޯލިބޭގެ ސަރުކާރުގެ ހިޔަޅުކަމާއި ލާދީނީ ކަން ސައުދީއަށް އެނގޭ ، ފ އަތޮޅު ތަރައްގީ ކުރުމަށް ސައުދީން އުޅުމުން ސޯލިބޭމެން އެކަމާ ދެކޮޅުހެދިކަށް ސައުދީ ވެރިންނަށް އެނގޭ

    27
    1
  4. ޖަނާޒާ

    އަމީރުލް ހައްޖު ތަ އެއީ ؟ އަނެއްކާ ނައިބު ރައީސް ދިޔައީ އަމިއްލަ ގޮތުން ތޯ ހައްޖަށް. ނޫނީ އަމީރުލް ހައްޖު ކޯޓާ ގަތޯ. އަހަރެން ހަމަ ގަމާރު ވެގެން އަޖައިބު ވެއްޖެ.

    20
  5. މިތުރު

    މާލޭގައިހުރެގެންވެސް ހައްޖުވެރިންގެ ކަންކަން އޮޅުންފިލުވިދާނެ. އަދި ނޫސްތަކުންވެސް ލިބިދާނެ. ރައްޔިތުންގެ ފައިސާއިން ހައްޖަށްގޮސްގެން އާޗާތަޅަނީތަ؟؟ އަނެއްކާ ޢަރަފާތަށް ދެވޭނެބާ. އެތާމަގުމަތިންވެސް ދިވެހިން ފެނިދާނެ. ސަރުކާރުގެ އިންތިޒާމްތައް ހަމަކަޑައީ. އަދިވެސް އުޅޭތި މަވަރެން ނެތިގެން.

    25
    1
  6. އެންސްޕާ

    ހުރިހާ ހައްޖުވެރިން އެކަކަު އަނެކަކާ އެބަ ބައްދަލުވޭ. މީނަ މިދިޔާ އަނެއްކާ މައްކާއަށްތަ ހައްޖުކުރަން

    • ސަުހާދު

      ހަހަހަހަ....

  7. ސަމީރު

    އިސްލާމިކް މިނިސްޓަ ޒާހިރު މީ ބޮޑީ ބިލްޑް ކުރާ ގޮަލެޔެއްތަ؟؟ ފޮޓޯ ގަ ވެސް ހުން ނަނީ..