މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކުރިއިރު، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުއަށް ވެސް ގޯތި ލިބޭކަން ހާމަ ވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި 'ގެދޮރުވެރިޔާ ކޮމިޓީ'ން އާންމު ކުރި 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން ދައްކާ ގޮތުގައި ޒިޔަތު އަށް ގޯތި ލިބިފައިވަނީ އޭނާ އެކަނި ފޯމު ލައިގެން، 68.8 އިންސައްތަ މާކްސް ލިބިގެންނެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގިއިރު، ޒިޔަތު ހުރީ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ބެހުމުގައި އެންމެ އިސް ދައުރެއް ވެސް އަދާ ކޮށްފައިވާ އެކަކެވެ.
ޒިޔަތު އަށް ހިލޭ ގޯއްޗެއް ލިބިފައިވާއިރު، އޭނާ މިހާރު އަންނަނީ އެމްއެމްޕީއާރުސީގެ މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރައްމުންނެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވުމުން ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަމުގައި ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދޭން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ޒިޔަތު 2019 ވަނަ އަހަރުން ފެށިގެން ހުންނަނީ ގޭގައެވެ.
މާލެ އިން ގޯތި ލިބޭ މީހުންގެ ތެރޭގައި އަމިއްލައަށް ފްލެޓް ނުވަތަ ބިން ގަނެވޭ ވަރުގެ މަހުޖަނުން ވެސް ހިމެނެއެވެ. އެފަދަ ފަރާތްތަކަށް ހިލޭ ގޯތި ދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ޝަރުތު ހަމަވާނަމަ ދޭންވީ ކޮބާ މައްސަލައަކީ
ރައީސްޔާމީނާދެކޮޅައް ހެކިބަސްދޭމަތިން ދިން ރިސްވަތު
ސާބަހޭ ކާރީގައުޅުއްވާ ހުރިހާ ބޭފުޅުންނަށް ބަހާލަ މާގިނަދުވަހެތްނެތް ދަތްހުރިދުވަހު ކާށިކެވޭނީ
ސުބުޙާނަﷲ، ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ހިޓްލަރު ވެސް ޔަހޫދީން މަރާފައި ވަނީ އޭނާ ގެ މަންމަ އަށް ދެރަކޮށް ޔަހޫދީ އަކު ކަންތައް ކޮށްފައި ވާތީ ކަމަށް ބެލެވެއެވެ. މާލޭ ގެ ގޭގޭގައި ކިޔަވަން ތިބޭ ކުދިންނަށް ދެރަ ނިކަމެތި ކޮށް ކަންތައް ކުރާ ވާހަކަ އަކީ އަބަދުވެސް ދެކެވޭ ވާހަކަ އެކެވެ. "ޗޯރު އިބުރޭ" އަކީ މާލޭ ގެ ގެއެއް ގައި ހުރި "ބީރައްޓެހި" ކުއްޖެކެވެ. ވީމާ މާލޭ ގެ މީހުން ދެކެ ރުޅިއައުމަކީ
އެކަށީގެން ވާކަމެކެވެ. "ޗޯރު އިބުރޭ" މާލޭ މީހުންނަށް ގޯތި ދޭނަމޭ ކިޔައިން މި "ދެއްކީ ހުވަފެނެއް" ކަމަށް ބެލެވޭ ކިތަންމެ ކަމެއް މި ގޯތި ދިނުމުގެ ކަންތައް ގަނޑަށް ބަލާލީމާ އެބަ ފެނެއެވެ.
ޒިޔަތަށް ވިނަރެސް ފްލެޓް ވެސް ލިބުނު.
ދެމަފިރިންނާ 7ދަރިން ކައްކައިކައި ނިދާހަދަނީ 12ފޫޓް ކޮޓަރިއެއްގަ ގޯއްޗައް ސަރުތުހަމަނުވޭ. ނަމަވެސް ދައުލަތުން ބިލިއަނެއްހާ ޑޮލަރުވަގައްނެގި 2މީހުނައް ގޯތިދީފަ މިބުނަނީ ސަރުތުހަމަވެޔޭ
ދޮގުހެކިދީގެން ގޯތިލިބުމަކީ އުފަލެއްނޫން