ވުޖޫދުގައި ނެތް ގޯތި ދީފައި ވެސް ކަލަ ގޮވުން ނޫންކަމެއް ސަރުކާރުން ނުކުރާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މިހާރު ދަ ޑިމޮކްރެޓްސް އާއި ގުޅިފައިވާ މެންބަރު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރަށް އަމީނީމަގު އެންމެ ސެގްމަންޓެއްވެސް ވަނީ ބޮޑު މެގަޕްރޮޖެކްޓަކަށް ކަމަށެވެ.

"މިސަރުކާރަށް އަމީނީމަގު އެންމެ ސެގްމަންޓެއްވެސް ވަނީ ބޮޑު މެގަޕްރޮޖެކްޓަކަށް. ބޯހިޔާވަހިކަމަށް އެދެން ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ދިގު ލިސްޓުވެސް ފެންނަނީ ގޯތި ދީ ނިންމާފައި ތިބިހާ މީހުން ގޮތަށް. ވުޖޫދުގައި ނުވެސް ނެތް ކަންކަމާ ގުޅުވައިގެންވެސް ކަލަގޮވުން ނޫންކަމެއް ނުކުރޭ." ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ އަނބިކަނބަލުންނަށް ވެސް ގޯތި ލިބުނު ކަމަށް ޓްވިޓާގައި ބައެއް މީހުން ބުނެފައި ވެއެވެ. ނަމަވެސް އެކަން ވައްޑެ ވެސް އަދި އެހެން ފަރާތަކުން ވެސް މިހާތަނަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ސަރުކާރުން އިއްޔެ ވަނީ މާލޭ ސަރަހައްދުން ދިނުމަށް ނިންމާފައިވާ 5000 ގޯތި ލިބޭނެ މީހުންގެ ލިސްޓެއް އިއުލާން ކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ހުޅުމާލެ އިން ދިނުމަށް ހަމަޖެހިފައި ވަނީ 1500 ގޯއްޗެވެ. އެހެންކަމުން 3500 ގޯތި ދޭނެ ބިން އަދި ހިއްކިފައެއް ނެތެވެ. ސަރުކާރުން މިހާރު އަންނަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއެއް ހިންގަމުންނެވެ.

އިއްޔެ އިއުލާން ކުރި 5000 ގޯތި ލިބުނު މީހުންގެ އިތުރުން ގޯއްޗަށް ކުރިމަތިލި 9544 މީހުންނަށް ވެސް ގޯތި ލިބުމުގެ ޝަރުތު ހަމަވާ ކަމަށާއި އެފަރާތްތަކަށް ވެސް ގޯތި ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު ޢާއްމުކުރައްވާފައިވާއިރު، ގޯތިނުލިބޭ ފަރާތްތަކަށް ގޯތިނުލިބޭކަން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ސަބަބާއެކީ ފެންނަން ހުންނާނެކަމަށް ފްލެޓާއި ގޯތީ ދޫކުރުމުގެ ކަންކަން ކުރިއަށްގެންދަވާ ކޮމެޓީން ވިދާޅުވެއެވެ. ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ދިވެހި ޒުވާނުން

    މިހާރު ކަނޑެއް ފަޅެއް ބިމެއް ނޯވޭ ގޭ އަޅާކަށް

  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    "ޗޯރު އިބުރޭ" ރައްޔިތުން "ބްލެކްމެއިލް" ކުރަނީ އެވެ. "ބްލެކްމެއިލް" ކުރުމަކީ، ކަލޭ މިވެނި ކަމެއް ނުކޮށް ދީފިނަމަ، އަހަރެން ކަލެ އަށް މިވެނި ކަމެއް ނުކޮށް ދޭނަމޭ ބުނުމެވެ. ދުނިޔޭ ގައި ނެތް ބިމަކުން، ބިން ދިނިއްޔޭ ކިޔާފައި، މިބުނަނީ ތިމައްނާ ދެވަނަ ފަހަރަށް ހޮވުނީމާ ބިން ދައްކާނެ ކަމަށެވެ. "ޗޯރު އިބުރޭ" ގެ ބިން ދިނުމަކީ "ސްކޭމް" އެކެވެ. "ޗޯރު އިބުރޭ" ގެ ދެއަތުގައި ބިޑިއަޅުވާފައި ބަންދުކުރާށެވެ!

    11
    4
    • އާދަނު

      މިކަލޭގެ މީ ދޮގާއި ފިތުނައިގެ ޑޮކްޓަރެއްބާ؟ ހޮވުނީމަ ބިންދައްކާނަމޭ ބުނީ ރާމީ ގާތުގަ ދޯ؟ ހުޅުމާލޭގައި ޔާމީނު އެޅި ކޮތަރުކޮށި އެޅީ ވުޖޫދުގަ ނެތް ބިމެއް މައުމޫނު ހިއްކީމައެވެ. ވައްކަން ސާބިތު ވެގެން ޖަލުގަ އޮތް ރައީސް އަލަތު ކައިވެނި ކުރާ މީހުންނަށް ބެހީ ރާމީ ނިދާ ޓެސްޓުކޮށްފަ ވުޖޫދު ކޮށްފަ ހުރި ފުލެޓު ތޯ އެވެ. ބުރާންތި ވީމަ ކިޔޭނުކިޔޭ ނޭނގޭނެ ކަން އެނގެއެވެ.

      4
      11
      • ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް މެންބަރު

        އަޅުގަނޑު އެއޮތީ "ސްކޭމް" އަކަށް ވާ ސަބަބު ބުނެދީފައެވެ. "ސްކޭމް" އަކީ ދޮގާއި، މަކަރާއި، ހީލަތުން ކުރާ ކަންކަމެވެ. ބިމޭ "ޗޯރު އިބުރޭ" އެބުނާ ބިން އޮތީ ކޮންތާކު ހެއްޔެވެ؟ (1) އަޅުގަނޑު ލިޔެފައިވާ ޕޮއިންޓް ތައް ޑިސްޕްރޫވް ކުރާށެވެ. (2) ފިލާ އޮވެގެން، ކޮމެންޓް ކުރި މީހާގެ އަމިއްލަ ކަންކަމާއި ބެހުމަކީ ގޮތްކުޑަ ކަމެކެވެ. (3) ޙިޔާލު އެއް ލިޔަން ވާނީ އަސްލީ ނަމާއި، އެޑްރެސް އަދި ގުޅޭނެ ނަންބަރު ޖަހާފައެވެ. (4) ފިލާ އޮވެގެން، ހިޔަޅު ވެސް ޝިކާރަ އެއް ނުކުރެއެވެ. (5) ތިޔަވީ ޖަނަވާރަކަށް ވުރެ ވެސް ނުބައެވެ!

        7
        3
        • އާދަނު

          ޖަނަވާރުންނަށް ވުރެ ނުބައި މީހުން މީހުންނަށް ތިމާ ނުރުހޭ ވަނަން ކިޔާނީ. މަކިޔަންތަ ކަލެޔަށް ނޫނީ ކަލޭގެ ދަރިންގެ ނަމުގެ ކުރިޔަށް ޗޯރު ލައިފަ؟ ވަގު ނަމެއްގަ ކޮމެންޓު ކުރިޔަސް އެފެންވަރަކަށް އަހަރެމެން ނުވެއްޓޭނެ ޑރ ފާސް އޮތަސް ނެތަސް. ދެން ދޮގާ މަކަރާ ހަދައިފަ ކޮބައި. އިބޫ ވެރިކަމުން ފައިބާއިރު އެތަން ނުދީ އޮތިއްޔާ ދޮގަކަށް ވާނީ. ކިތައް ރަށުގެ ބިން މިހާރުވެސް ހިއްކާކަން ކަލެޔަށް ނޭނގޭނީ ކޮންމެވެސް އެހެން ކަމެއް ވީމަ.

          5
          3
          • ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް

            ރަށަކަށް ބިލިއަން ރުފިޔާ ކަމަށް އެކައުންޓް ތަކުގައި ލިޔެފަ އޮއްނަނީ. ޙަރަދު ކުރީ ކުޑަކުޑަ އެއްޗެއް. "ޗޯރު އިބުރޭ" ކިޔާ ސަބަބު މިހާރު އިނގިލައްވައިފި ތޯ؟ ޕްރޮޖެކްޓް ތަކުން ވެސް "ޗޯރު އިބުރޭ" ކުރީ ބޮޑެތި ޗޯރު ކަންކަން.

            5
            4
          • ސުރައްޔާ/ތޮއްޑޫ

            ހޫނ އަމިއްލަ އަށް ތިޔަ އެއްބަސް ވީ. ތި ބުނީނު އިބޫ ވެރިކަމުން ފައިބާ އިރު އޭ. ކޮބާ އޭގެ މާނަ އަކީ. އެބުނެވެނީ ދެވަނަ ފަހަރަށް ނުހޮވިއްޔަކާ ގޯއްޗެއް ނުދޭނަމޭ. ބިމެއް ނުދައްކާ ނަމޭ.

            1
            1
          • ކޮމެންޓު ކުރުމުގެ ޑރ

            ސާބިތު ވީމަ ކިޔަން ހުރޭ. ކަލޭ އަމިއްލަޔަކަށް ނުނިންމޭނެ ޗޯރެއް އެހެން އެއްޗެއް. ކަލޭ މީހުންނަށް ލިޔެދޭ ބޭސް ސިޓީގަ ތިބުނާ ބިލިއަނުގެ ވާހަކަ އޮތީ. ތަންދޮރު ނުދަންނަންޏާ އަނގަ ނުކޮށްޕައި ހުރުން ބުއްދިވެރީ. ޑޮކްޓަރުންނަށް ވެސް ހުރި ލަދެއް މީ.

          • އަލީ

            ސުރައްޔާ ދޭހަ ކުލާހަށް ދިއުން ބުއްދިވެރި. ދެވެނަ ދައުރަކަށް ނުހޮވުނަސް ވެރިކަމުން ފައިބާއިރު ކޮށްފަ އޮތިއްޔާ. އޭގެ މާނައަކީ ހޮވުނަސް ނުހޮވުނަސް ދައުރު ނިމޭއިރު އޭ

        • އަލީ

          ވައްކަން ސާބިތު ވެގެން ޖަލުގަ އޮތް ރައީސް އަލަތު ކައިވެނި ކުރާ މީހުންނަށް ބެހީ ރާމީ ނިދާ ޓެސްޓުކޮށްފަ ވުޖޫދު ކޮށްފަ ހުރި ފުލެޓު ތޯ އެވެ. މިބުނީ ތިބޭފުޅާ ތި ޑިފެންޑު ކުރާ މީހާ ހަދާ ދޮގު.

          3
          2
          • ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް

            ޔާމީން ވައްކަމެއް ނުކުރައްވާ. ހެކި ކޮބާ؟ ހެކި ނެގީ ޔާމީން އަވަހާރަ ކޮށްލަން އުޅުނު ދެ މީހުން ގެ ކިބައިން.

            2
            1
          • އަލީ

            ކޯޓަކުން ހުކުމެއް ކުރުމަށްފަހު އެހުކުމެއް ބާތިލު ނުކުރާހާ ހިނދަކު ކޮންމެ ގޮތަކަށް ހުކުމް ކުރިނަމަވެސް އޮންނަނީ އެހުކުމަކަށް އިހުތިރާމު ކުރަން. ކަލޭ އެމެރިކާގެ އުޅެ ޑރ އަކަށް ވެ ހުރެ މިވަރު ނޭނގުމަކީ ލަދު ގަންނަންޖެހޭނެ ކަމެއް. ޔާމީނު ވައްކަމެއް ނުކުރެޔޭ ކަލޭ ތިބުނަނީ އޭނަ އަމިއްލަ އިއުތިރާފުން ހުންނާނެ ހަލާލު ހަރާމު ވެސް ޓީވީ ތަކުގަ ކިޔައިދީފަ

      • ލުޓޭރުންގެ ސަރުކާރު

        ހުޅުމާލެ ފޭސް2ހިއްކީ ކާކުތޯ ބަލަން ގޫގުލްގަޖަހާލިނަމަ ރމައުމޫނުގެ ނަމެއް ނާންނާނެ..ރޔާމީން ބިން ހިއްކާފަ ފްލެޓްއަޅާފަ ކުލަލާފަ ދޮރުތަކާ ޓައިލްސް ނުޖަހާ ހުއްޓާ ވެރިކަންްނިމުނީ ޗޯރުން އައިސް އެތަން ތަޅަންގޮވީ އެއްމެފަހުން އައުވާނުންނަ ބެހީ..ރޔާމީން ހިއްކާފައޮތް ބިމުން ޗޯރުކޮށް އައުވާނުންނަ ބިންކޮޅު ޕަކަޅާކޮއްލީ...ވުޖޫދުގަނެތް ގޯތިތަކެ މާކަނޑުން ލިބޭނެކަމުގެ ހުވަފެން ނިކަމެތިންނަދެއްކީ...

        • ވިސްނާ

          ބަލަ ހުޅުމާލޭ ފޭސް 2 ހިއްކީ މައުމޫނު އެކަން ފަށައި ހުޅުމާލޭ ހިއްކީމަ ދޯ.

      • ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް މެންބަރު

        ބުރާންތި ވިއްޔޭ ކިޔައިގެން އެއްޗެހި ކިޔާނީ ފިލާ އޮވެގެނެއް ނޫން. ކޮން ޕާޓީ އެއް ކަމާއި ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު ޖަހާފަ، ކެރިގެން.

        1
        1
    • އަލީ

      ބިން ހިއްކުމަކީ އިބޫ ސޯލިހަށް ނުވާނެ ކަމަކަށް ރާމީ ކަހަލަ ދެއުޅިއެއް ނެތް ކޮމެންޓު ކުރުމުގައި އުމުރު ހޭދަކޮށްލާ މީހަކަށް ހީވިޔަސް ސޯލިހު އާއިލާއަށް އެއީ އާކަމެއް ނޫނެވެ. މިރާއްޖޭގަ އެތައް ދަރިންނެއް އިލްމު ހާސިލުކުރަމުން އަންނަ އެއްމެ ބޮޑު އެއް ސުކޫލަކީ ސޯލިހު މީހުން އެއްކޮށްގެން އެއްވެސް ވަސީލަތެއް ނެތް ޒަމާނެއްގަ ހިއްކައިފަ އޮތް ބިމެއްގަ އަޅައިފަ ހުރި ސުކޫލެއް، ފުރަތަމަ ވީ ކަލޭގެ ބޯ ޓެސްޓު ކުރަން

      2
      6
      • ސުރައްޔާ

        ސްކޫލް ގެ ވާހަކަތަ ޑޮކްޓަރު ބުނެފަ އެއޮތީ؟ ކަލޭ ފުރަތަމް ޗެކު ކުރަންވީ.

        2
        1
        • ހަގީގަތް

          ކޮއިފުޅާ ސުކޫލެއްގެ ވާހަކަ ކޮމެންޓު ކުރި މީހާ ގެނަސްފަ އެއޮތީ ވުޖޫދުގަ ނެތް ތަނެއް ހިއްކައިގެނޭ އެކަން ކުރީ ބުނަން. އެހެންވެ ކޮންމެ ކަމަކީވެސް ކޮންމެވެސް މީހަކު ކުރާ ކަންކަމޭ ބުނަން.

          • ސުރައްޔާ/ތޮއްޑޫ

            ސްކޫލެއް އަޅަން ނަގާނީ ގޯތިތައް ހިތްކަން ދާ ވަރުގެ ކުޑަކުޑަ އެއްޗެއް. އަޅާ ކިޔާނީ އެއްވަރު ގެ ދެ ކަންތައް.

        • އަލީ

          ސުރައްޔާ ޅަވީމަ ދުނިޔެއަށް އައި ބަދަލާ ތަރައްގި ނޭނގެނީ. މިކިޔަނީ ބޮޑެތި ކޮންނަ ބޯޓާ މެސިނަރީއާ ނެތްއިރަކު ބަޔަކު އަތުން ތަނެއް ހިއްކި ވާހަކަ. މިހާރު މިރާއްޖޭގަ ކުޑަ ރަށެއްވަރު ތަން ހިއްކާނެ އެއްދުވަހުން

      • ޑރ. ރާމީ ޙަސަން މަނިކު ޕީ.ޕީ.އެމް މެންބަރު

        އަޅުގަނޑުމެންގެ ވިސްނުމުގެ ފެންވަރު މި އަލީ އަށްވުރެ ރަނގަޅު ވާން ވެއްޖެއެވެ. މީހުން ޗެކު ކުރަން ބުނާ މީހާ މިއޮތީ ފިލައެވެ! ކާކުކަން ނޭންގި، ގުޅޭނެ ނަންބަރު ނުޖަހާ ހަޅޭއް ލަވާނީ ޑޮންކީ އެވެ. ޑޮންކީ އަކީ ޖަނަވާރުންގެ ތެރޭގައި އެންމެ ކޮސް ޖަނަވާރެވެ.

  3. ދިވެހި ޒުވާނުން

    ވައްޑޭ އަވަހަށް އާދޭ އިބޫ ކޮޅަށް ފުލެޓެއް ނޫނީ ގޯއްޗެއް ދޭނަން

  4. ތައްޓޭ

    ޑރ. ރާމީ، މިއަދަށްފަހު ކަލޭ އިސްލާމްދީނޭ ނުކިޔާތި މުސްލިމަކަށް އޭނާ ނުރުހޭ ނަމަކުން މުޚާތަބު ކުރުމަކީ އިސްލާމްދީނުގައި ކަޑައެޅިގެން ނަހީކުރައްވާފައިވާކަމެއް، އޭނާ މަޢާފް ނުކުރާ ހިދު ކަލެއަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ، އެއީ ﷲ އަށް ވެސް އެކަމަށް މަޢާފް ނުދެވޭނެތީ..