މި އަހަރުގެ އަޟްހާ އީދަށް މާލެ އާއި ވިލިމާލެ ޒީނަތްތެރި ކުރެވުމަކީ ލިބިވަޑައިގެން އުފަލެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން އީދާ ގުޅުވާފައި މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް ރޭ ވަނީ ދިއްލާލައިފައެވެ. މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރާނެއެވެ.

އީދަށް މާލެ ސިޓީގައި ބޮކިތައް ހަރުކޮށްފައި. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެސަރަހައްދުތަކުގައި ހަރުކުރި ކުލަބޮކިތަކާއި ގިޑިގެތައް މިރޭ ދިއްލާލާފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައިވެސް، އީދާއި ދިމާކޮށް މާލެއާއި ވިލިމާލެ ޒީނަތްތެރިކޮށް، ދިއްލާލި ފުރަތަމަ ފަހަރެވެ.

މާލޭގެ މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޟްހާ އީދު ދުވަހުގެ މުނާސަބަތުގައި މާލެ ސިޓީގައި މި މަޝްރޫއު ހިންގޭނެ ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި މާލެ ސިޓީގައި މި މަޝްރޫއު ހިންގޭނެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ހައްޖު ދުވަހުގެ ބާއްޖަވެރިކަމާއި އީދު މުބާރަކްގެ ތަހުނިޔާ މާލެ ސިޓީ ކައުންސިލުގެ ނަމުގައި އަރިސްކުރަން" މުއިއްޒު ވިދާޅުވިއެވެ.

އީދަށް މާލެ ސިޓީގައި ބޮކިތައް ހަރުކޮށްފައި. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އަޟްޙާ އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތަކުގައި މާލެ ސިޓީ ކައުންސިލުން ވަނީ ކުލަބޮކިތަކާއި ގިޑިގެތައް ހަރުކޮށްފައެވެ.

ބޮކިތައް ދިއްލުމަށް ޖުމްހޫރީ މައިދާނުގައި ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިޓީ ކައުންސިލުން ބޭނުންވީ މިއަހަރުގެ އަޟްޙާ ޢީދަކީ މުޅި މާލެ ސިޓީ އެކަމަށްޓަކައި ޒީނަތްތެރި ކުރެވި އެކަން އިހްތިފާލް ކުރާ އީދަކަށް ހަދަން ކަމަށެވެ.

އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާހިނދު، މާލެ ސިޓީއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށްކަމުން އެ މުނާސަބަތުތައް ވަރަށް ރަސްމީކޮށް ފާހަގަ ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އީދަށް މާލެ ދިއްލުމުގެ އިތުރުން ސިޓީ ކައުންސިލުން ވަނީ ބޮޑު އީދު ފާހަގަ ކުރުމަށް 100 ބަކަރި ކަތިލައި އާންމުންނަށް ހަދިޔާކުރަން ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައީ ސް

    ޢީދު ބޮލަށް ކަނޑާލައިފައި މުޅި މަގުތައް ޕީޕީއެމުގެ ކުލައިން ޕިންކީ ހަދާލައިފައި

    3
    17
    • ާާާޢަލީ

      މިންވަރަށް އާމާންނުވާމީހާޔަށް ރަނގަޅުއެއްކަމެއް ނޯންނާނެ..ޝުކުރުވެރިވާންދަސްކުރަންވީ. .ޝުކުރިއްޔާ ޑ.މުއިއްޒު

  2. ހަސަނު

    އަސްލުވެސް..އަލްޙަމްދުﷲ ..ޝުކުރިއްޔާ ޑ.މުއިއްޒު..ތިޔައިއަސްލު ރައްޔިތުންގެ ހިތްހަމަޖެހުމާއި ރައްޔިތުންނާ ދޭތެރޭ ވިސްނުމަކީ....ޝުކުރިއްޔާ

    16
    1
  3. މުއްބެ

    އަލްހަމްދު ﷲ ރ ޔާމީނަށް އީދު ތަހުނިޔާ އެންމެމީރުވަސް ދުވާ ގުލްދަސްތާއިން އަރިޝްކުރަން ދުއާއަކީ ރ ޔާމީން ވެރިކަމަށް އައިސް ސޯލި ޖަލަށްލުން