މާލެ އިން ގޯތި ލިބުނު ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުންނަށް ނަޒީހާ އަހްމަދު ފާޑުވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ހޫނު ރައްދެއް ދެއްވައިފިއެވެ.

ނަޒީހާ އަކީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުންނެވެ. ނަޒީހާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ކޮއްކޮ އެވެ.

ނަޒީހާ އަށް ރައްދުދެއްވައި ހަސަން ލަތީފް ވިދާޅުވީ ގޯއްޗަށް އެދި ފޯމް ނުލާން ބުނެފައި ނޯންނާނެ ކަމަށެވެ. މުޅީންވެސްބުނެފައި ހުންނާނީ އަދި ބާރުއަޅާފައި ވެސް ހުންނާނީ ވީހާވެސް ގިނަ މީހުން ފޯމު ހުށަހަޅަން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. "ކިތަންމެ މަލާމާތެއް ކުރިޔަސް ނަޒީހާގެ ޅިޔަނަށް ދެވަނަ ދައުރު ހޯދާދޭށޭ ކިޔާފައި އޭނާގެ ފައިބުޑަށް ވެއްޓިގަނެގެން ފްލެޓާއި ގޯތި ހޯދާކަށް ނުދާނަން." ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޒީހާއަށް އިތުރަށް ފާޑުވިދާޅުވެ ހަސަން ލަތީފް ވިދާޅުވީ ނަޒީހާގެ މުދާވެރިކަން އޮތަސް ތިޔަ ޒާތަށް މަލާމާތްކުރުމަކީ ވަރަށް ހުތުރު ނުބައި ސިފައެއް ކަމަށެވެ. "ރިޒޯޓު ފަހަރާއި މާލޭގައި އެތައް ހާސް އަކަފޫޓުގެ ބިމާއި ގެދޮރާއި އަދި އެތައް މިިލިއަން ޑޮލަރެއްގެ ވިޔަފާރި އޮތަސް ނުފުދިގެން ޅިޔަނު ލައްވާ މިފްކޯގެ ޖެނެރަލް މެނޭޖަރޭ ކިޔައިގެން -/50000 އަށްވުރެ ބޮޑުމުސާރަ ތިޔަ ނަގަނީ." ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޒީހާގެ ބައްޕަ ސިއްކަ އަހްމަދު އިސްމާއިލް މަނިކު އަކީ ބޮޑު ވިޔަފާރިވެރިއެކެވެ. ނަޒީހާ ވެސް ހިމެނޭހެން ސިއްކަ އަހްމަދު އިސްމާއިލްގެ ރިސޯޓްތަކުގެ ހިއްސާ އޭނާގެ ދަރިންނަށް ދީފައި އޮންނަ ކަމަށް ވެއެވެ. ސިއްކަ އަހްމަދު އިސްމާއިލްގެ ވަރަށް ގިނަ ގޯތިތައް މާލޭގައި ހުންނަ ކަމަށް ވެއެވެ.

ނަމަވެސް ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން ނަޒީހާ އަށް ފުރަތަމަ ވަނީ ކޮންސަލްޓެންޓެއްގެ ވަޒީފާ މިފްކޯ އިން ދީފައެވެ. އެވަޒީފާގެ މުސާރަ މަހަކު -/40000 ރުފިޔާއަށް ވުރެ ބޮޑު ކަމަށް ވެއެވެ. އަދި ފަހުން ވަނީ ނަޒީހާ މިފްކޯގެ ޖެނެރަލް މެނޭޖަރަކަށް ޕްރޮމޯޓްކޮށް މުސާރަ ވެސް ބޮޑުކޮށްފައެވެ.

ނަމަވެސް ނަޒީހާ އިއްޔެ ޓްވީޓާގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސައިފް ފާތިހު (އައިކޮ) އަށް ރައްދު ދެމުން ބުނީ ބައިލައްކަ އިން އޭނާ އަށް މަހު މުސާރަ ނުލިބޭ ކަމަށެވެ. މުސާރަ އަކީ ކިހާވަރެއްކަން ހާމަނުކޮށް ނަޒީހާ ބުނީ ގޯތި ލިބުނު މީހުންނަށްޓަކައި އުފާކުރާ ކަމަށެވެ. "އިބޫ އާއި ފަޒޫގެ ތަރިކަ މުދަލެކޭ ނުބުނަން. އެކަމަކު ހަތަރު ރައީސުން އަރައި ފޭބިއިރު އައިކޮއަށް ބިންކޮޅެއް ދިނީ އިބޫ." ނަޒީހާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙާލަތު

    ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެ. ޢާރައި، ބާރާއި މުދާވެރިކަން އޮތީމަ މިއަދު ފުއްޕާފަ އުޅެވިދާނެ. ީީީީީީީ

    53
    1
  2. ލުޓޭރުންގެ ސަރުކާރު

    އައިކޮއަށް ބިންކޮޅު ލިބުނީ ނަޒީހާގެ ޅިޔަނު ހިއްކި ބިމަކުންނޫން..ތިބުނާ 4ރައީސުން ހިއްކިބިންތަކުން...އިބުރާހިމު ރޯނުދަމާ ފަތްލިޔެދިނީ މާކަނޑުން...ގޯތި ދެވިގެން އެކަމަގެ މެޑެލްޖަހަން ލަދުގަނެބަލަ...އިންޑިޔާ މީހުންނަ ބިންދިން ހަމައެކަނި ރައީސަކީ އިބުރާހިމު...ދިވެހި ރަށްވެހިކަން އިންޑިޔާމީހުންނަދިން ހަމައެކަނި ރައީސަކީ އިބުރާހިމު...

    50
    4
  3. އާދަނު

    މާލެއިން ގޯތިދޭކަމަށް ދެއްކުމަކީ ފެން ނެތް ތަނެއްގައި މަސްދުވުން. ތިޔަބުނާ ފަޅެއް ހިއްކާނިމި ބިން ހަމަޖެހެންވެސް ދެ އަހަރު ނަގާނެ! އެހެންވީމާ ރިޔާސީ އިންތިޚާބުު ބޯމަތިވެ ތިމާހުރީ ވަރަށް ފަހަތުގައިކަން އެނގޭތީ ވޯޓު ލިބޭނޭކަމަށް ޖަހާ މަޅި! ރައްޔތިތުން ހޭވެރިވޭ! އެއްކަމެއް ނުވާނެ! މަހިތުން ރައްޔިތުން މިފަހަރު ގުބޯ ނުހެދޭނެ!

    43
    4
  4. މިފްތާހް

    އިބޫ އަށްދެވޭނެ ބިމެއް ނުހުނާނެ، ބިންދޭނީ ދައުލަތުން، އިބޫއަކީ އެމސަތްކަތާހަވާލު ކޮށްފަ ހުރި ސަރުދާރު.

    39
    3
  5. ނަހާ

    ބަލަ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ޙައްގުގޮތުގައި ފޯމު ލައިގެން ޝަރްތު ހަމަވާތީ ލިބުންއެއީ ގޯހެއްނޫން. ޅިޔަނުގެ ހަރުމުދަލަކުންނެއް ނޫން އާއްމުރައްޔިތުންނަށް ބިންދެނީ. އަނެއްކާ ދިވެހިރާޢްޖެވެސް އެއީޅިޔަނުގެ ހަރުމުދާގޮތުގައި ފަތްލިޔެ ރަޖިސްޓްރީކުރީތަ؟ އެހެންވީމަ ތިބުނަން އުޅެނީ އަހަރުމެންނަކީ ޅިޔަނުގެ އާއިލާގެ އަޅުންނަށް ވިއްޔޭތަ؟ މާރީތިވާނެ އަނގަފޭކުރާ ރޮޒޭނާއަށާޢި އޭނާގެ ފިރިމީހާ، އަދީބަށާއި ޒިޔަތު އަދި ކަލޭމެން ކުރާހުރިހާ ނުބައިކަމެއް ދީނުގެ ހުއްދަކަމަށް ހަދާ އިޔާޒަށް ބިން ލިބުނުގޮތް ކިޔާދިނިއްޔާ. ކަލޭގެ ފިރިމީހާކުރާ ކަންތައްތަކުގެ ވާހަކަ އަދި ކަލޭގެ ނުޙައްގު ވަޒީފާގެ ވާހަކަ ދައްކަން މާރީތިވާނެ.

    44
    1
  6. އއ

    މި ނަމުންޑިމޮކްރެޓިކް ހަގީގަތުގަ ރަސްކަމަކައްވުރެ ޚުދުމުޚުތާރު ޒިއްމާ ނުކުރެވޭ ނިޒާމައްވުރެ ހަގީގީ ރަސްކަން މާރަނގަޅުވާނެ.

    31
    2
  7. އަޙުމަދު

    ރައީސް އިބްރާހިމް ހިއްކާފައި ދިން ބިމެއްތޯ؟ އޭނާގެ ތަރިކައިން ލިބުނު ބިންތަކުން ބައެއް ރައްޔިތުންނަށް ދެއްވީތޯ؟ އިންސާނުން ހެދުންލައިގެން އުޅެނީ ވެސް ކޮންމެވެސް ބޭނުމަކު ނޫންތޯއެވެ. ރައީސް އިބްރާހިމް ކުރެއްވި ތިޔަކަމަކީ ކިހާ ޢަދުލު އިންސާފުގެ މަގުން އެއްކިބާވެ ހުންނަވައި ކުރެއްވި ކަމެއްކަން ކޮންމެ ދުވަހަކު މިދަނީ ފާޅުވަމުން ނޫންތޯ؟

    30
    1
  8. ކަޗީ

    މީ ބޮޑު އުދަގުލެއް ކަހަލަ ވެރިކަމެއްނު. ވެރިކަން ކުރަން ނޭގިގެން އިންޑިޔާ އާ ވެރިކަން ކުރަން ހަވާލުކޮއްފަ އަބި އާއިލާ މީހުން ޤައުމުގަ އަޗާތަޅަން ދީގެން މީނަ ނިދާ ހޭލެވެނީ މެންދުރު.

    29
    2
  9. ކަނބިލި

    ހަތަރު ރައީސުން އަރައި ފޭބިއިރު އިންޑިއާ މީހަކަށް ބިންކޮޅެއް ދިނީ އިބޫއޭ ބުނިނަމަ މާ ތާހިރެއްނުން!

    34
  10. ޜައްޔިތުމީހާ

    2 އަހަރުން ބިންހިއްކާގޯތި ދޭންބަމޭ ބުނާއިރު 6 މަސްދުވަސްވީ އަމީނީމަގުގަ ތާރުއަޅާތާ އަދި 2ބައިކުޅަ އެއްބައި ނުނިމޭ ދެންވިސްނާ މިވެރިންކުރާމަސަތްކަތުގެ ސްޕީޑް ހުންނާނެވަރު

    28
  11. އިބިލީސް

    ޏަޒީހާ ބުންޔަސް ހަމަ ލަދުވެތި. މިލިއަނުން ލާރި ލިބޭ ހަސަން ލަތީފާ، ރޮޒެއިނާ އާއި އިމްތިޔާޒު ފަހުމީ އާއި ދެންތިބި މަޖިލިސް މެމެބަރުން ނިކަމިތި ރައްޔިތު މީހުންނަށް ޓާރގެޓް ކޮށްފައި ހުންނަ އެއްޗެއްސައްް އެޕްލައިކޮށްގެން އޭތިގަނޑު ހޯދަން އުޅުން ހަމަ ލަދުވެތި. ޓީވީ ތަކަށާއި ޓުވިޓާގައި އަނގަހުޅުވަން ކެރޭކަން މިމީހުން ރައްޔިތުންނޭ ސަރުކާރޭ ކިޔާފަ

    11
    4
  12. ައަލިމެ1

    ނަޒީހާ އަކީ ވަރައް ނިކަމެތި ވަންނާނެ ތަނެއް ނެތް ބޭފުޅެއް. އެކަން އެގޮތައް އޮތުމުން ހެއޮފުޅުވާންޖެހޭ. ދެން ލަލަލާ

    22
  13. ބޯހިޔަލެއްނެތްރައްޔިތު

    އިބޫ ބިންކޮޅު ދިނީ އިބޫ ހިއްކި ބިމަކުންތަ
    މީހަކު ހިއްކާ ނިމިފަ އޮތްތަނަކުން މަވެސް ދީފާނަން ވެރިކަން މަށަށް ވެރިކަންލިބިއްޖިއްޔާ
    މީގެ ރީއްޗަކީ އިބޫހިއްކައިބިން ދިންނަމަ ދޯ

    17
  14. އަދާލަތު

    އެމްސީ ޙަމީދަށް ގޯތި ލިބުނީ ކޮން އުޞޫލެއްގެ ތެރެއިންތޯ؟ ޙަމީދު ގެންގުޅުނުމީހާގެ ބޮޑުގޯއްޗެއްވެސް އޮތީ ޙަމީދަށް ލިބިފައި. ބަފައިކަލޭގެ ބައިވަރު ގޯތި.

    11
  15. އާނޯޑު މުލައް

    ފުލެޓް ލިބެން ޖެހެނީ އިބްރާހީމް އައް ތާއިދުކުރާ މީހުން ނައް އެކަނިތަ

    11
    1
  16. އެދުރުބެ

    މާލޭގައި ވަރަށް ދަތިހާލުގައި އުޅުނު 20 ހާއެއްހައި މީހުން ދިރިއުޅުމަށް ޔާމީނު އަޅައިދިން ހިޔާ ފްލެޓްތަށް ހުރި ބިން މީހުންނަށް ގޯތި ދިންނަމަ އެތަނުގައި އުޅެވޭނީ ހާހެއްހާމީހުންނަށް

  17. ޜަށު މީޙުން

    މަދުދުވަސް ކޮޅެއް އޮތީ ކޮޢްކޮމެން ނަށް އިރާދަ ކުރެއްވިޔާ

  18. ޑައެލޯގް

    ތިޔަބިން ދެވުނީ އެތަންހިއްކާފަ އޮތުމުންނެވެ. އެތަންހިއްކާ ރަށަކަށްހެދީ ޔާމީނެވެ.

  19. ޜރފޗޗޗފފފގގގ

    ސުކުރިއްޔާ އިބޫ ތިވަރުވެސް ކޮށްދިނީތީ❤️

    1
    6
  20. އިބޫ ހޯލިސް

    އަހަރެންގެ ވެރިކަމެއްގާ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް، އައިޑީކާޑު ނަންބަރާއިއެކު ގޯއްޗެއްގެ ރަޖިސްޓްރީ ހަވާލުކޮށްދޭނަން
    ގޯތި ދެވިފައިވާނީ މާލެ، ހުޅުމާލެ، ގުޅީފަޅު، ވިލިނގިލި ހިމެނޭ ސަރަހައްދުގެ ކަނޑުން
    އެތަންތަން ހިއްކޭނެ ދުވަހެއް ބުނާކަށް ނޭނގެ އެއްގޮތަކައްވެސް