މަޖީދީމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޖީއެން ސައިކަލެއް، ފަތިސް ނަމާދުން ފޭބި މީހެއްގެ ގައިގަ ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ނަމާދުން ފޭބި މީހާގެ ގައިގަ ސައިކަލުން ޖެހުމުން އޭނާ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
އެކްސިޑެންޓް ހިނގީ، ސުލްތާން އާދިލް މިސްކިތް ކައިރީ، ރޭ ފަތިހު 5:01 ހާއިރު އެވެ.
މަގުމަތިން ހިނގާފައި ދަނިކޮށް، މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދެމުން ދަނީ، އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި ސައިކަލު ދުއްވި 22 އަހަރުގެ ދިވެހި ފިރިހެން މިހާ އަކީ، ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށެވެ.
މަންޒަރުދުއް މީހަކު ކުރި ޓްވީޓެއްގައި ބުނީ މަޖީދީމަގުން ވަރަށް ބާރަށް ދުއްވާފައި އައި ޖީއެން ސައިކަލަކުން ޖެހި މަސްޖިދުލް އާދިލުން ފަތިސް ނަމާދުކޮށްގެން ފޭބި މީހެއްގެ ގައިގަ ޖެހި ހިނގީ ފުރާނައަށް ނުރައްކާ ވާވަރުގެ ބޮޑު އެކްސިޑެންޓެއް ކަމަށެވެ.
އަނިޔާވި މީހާގެ ހާލަތާއި ގުޅޭ ގޮތުން އަދި ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ވަނީ ވަރަށް ބޮޑަށް އެކްސިޑެންޓްތައް ގިނަ ވެފައެވެ. އެކްސިޑެންޓްތަކުގައި މީހުން ނިޔާވާ އަދަދާއި ބޮޑެތި އަނިޔާތައް ލިބޭ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ނަމަވެސް މާލޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން އިތުރު މަސައްކަތްތަކެއް ނުކުރާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ބޫން ބޫން ލާފައި، ޕަޓަ ޕަޓަ ޖަހާފައި ބާރު ސްޕީޑުގައި ނަންނުގައްޗެއް ދާ ފާޑަށް ދުއްވާފައި ދާ ސައިކަލްތައް މަޑުކޮއް ހިފަހައްޓަން މިއަދު ފުޅުހިން ބިރު ގަނެފައިވާކަން ފާހަގަވޭ. ފަހަރެއްގާ އެއީ އެބުނާ ގޭންގް ގެ ކުދިންކޮލަކަށް ވެދާނެތީ. ނަމަވެސް މިކަމަށް ހައްލެން ހޯދަން ރައްޔިތުން އެބަޖެހޭ މަސައްކަތެއް ކުރަން. ފުޅުހުންނަކަށް މިކަން މިއަދަކު ވެދާނެ ކަމަކަށް މި ނިކަމެތި އަޅާގެ ސިނކުޑިއަކަށް މިއަދަކު ޤަބޫލެއް ނުކުރެވޭ. ވ ވެދުން.
އެހެންވެއޭމިބުނަނީ އުމަރު ހޮވަންހިގާޝޭ
ތިއީ ފުލުހުން ކުރުވާ ކަމެއް. ހެނދުނު މީހުން އޮފީހަށް ދާ ގަޑީގައި ވެސް ފުލުހުންގެ ކުރިމަތިން ލާފައި ޒިގްޒެގްކޮށް ބާރު ސްޕީޑްގައި ސައިކަލް ދުއްވާ 22 އަހަރު މީހުން އުޅޭ. ދުވަހަކުވެސް ފުލުހުން އެއިން މީހަކު ނުހުއްޓުވާ.
ޓްރެފިކް ބެލެހެއްޓުމުގެ ބަދަލުގައި ފުލުހުން ކުރާކަމަކީ ރައްޔިތުން ފެލައިގެން ސަރުކާރަށް ލާރި ހޯދައިދޭން ސްޓިކާ ޖެހުމާއި މަގުމަތިން ސައިކަލް ކާރު ހުއްޓުވައި މަޅީގައި ބެއްދުން. ނިިކަން ދެކިބަލަ މިއޮއްފަދަ ޢީދު ތެރޭގައި ވެސް މުޅި މާލެތެރޭގައި އެކިކުލަކުލައިގެ ޔުނީފޯމްގައި މަގުތަކަށް ނުކުމެ ސައިކަލް ހުއްޓުވާ ކާރު ހުއްޓުވާ ފުލުހުން ރައްޔިތުންނަށް ބަލާބޮޑުކުރަނީ އިންތިހާއަށް. ލާރި ހޯދުމުގައި މެކުހަށް ޖަހާފަ. މީދެން ބޮޑުވަރު.
މިހާރު ފުލުހުން ކުރަންޖެހޭނީ ދެކަމެއް ، އިސްޓިކާޖަހައިގެން ސޯލިބޭ ވޯޓު ގަންނަށް ރުފިޔާ ހޯދުން ، ޕީޕީއެމްގެ މުޒާހިރާ ތަކުގައި ބައިވެރިވާ މީހުންނަށް އަނިޔާކުރުން ، ވަﷲ އައުލަމް ނިމުނީ
ސައިކަލު ދުއްވި މީހާ ހައްޔަރެއްވެސް ނުކުރޭ ދޯ! ވަރަށް ރަނގަޅު އެހެންވީމަ. މިކަހަލަ ކަންކަން ހިންގާ މީހުން މިނިވަންކަމާއެކު އުދުހެނީ. އަނިޔާ ލިބުނު މީހާއަށް ބޭސްކޮށްދޭން ވެސް ނުޖެހޭނެ ކުޑަމިނުން.
ތީގަކުއްވެރިވާނީ ހިގާގަދިޔަމީހާ އެއީއެމީހާ ސައިކަލްކުރިމައްޗަށްއެރީމާ ޒުވާނާ ހާޒިރްކޮށްލާފަދޫކޮށްލާނެ
ވަކީލު: އެމީހާ ގަޔަކު ސައިކަލަކުން ނުޖެހޭ ، (1) ސައިކަލު ފެނިފައި އޭނާ ސައިކަލު ކުރިމައްޗަށް ވެއްޓިގަތީ (2) ހެމީހާ މަގު ހުރަސްކުރަން އުޅުނީ ޒިބުރާ ކްރޮސިން އަކުން ނޫން (3) މަގުމަތި ބަލަންވާ ވަރަށް ނުބަލާ އެމީހާ ހުރަސް ކުރީ
ގާޒީ: ކައިވެނީގެ ހެކިވެރިޔާގެ ހެއްކާ ، ކިތާބީ ހެއްކާ ، ވަށާޖެހޭ ހެކި ނެތުމުން ތިޔަކަން ސާބިތެއް ނުވޭ
ޒިބުރާކުރޮސް އަކީ ނަމެއްގަ ހުންނަތަނެއް އެހެންގައުމެއްނަމަ ޒިބުރާކުރޮސްއަށް މީހަކުއެރީމަ ސައިކަލާކާރުތަށް ހުއްޓާނެ މިގައުމުގަ އެކަންކުރުމަކީ ދާންޖެހޭ މަންޒިލަށް ދިއުމަށް ވަގުތުގެއްލޭކަމެއް .