މާލެ ސަރަހައްދުން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރިއިރު، ރަށްވެހިކަން ބަދަލު ކުރި އިންޑިއާ މީހަކަށް ވެސް ގޯތި ލިބުމުގެ ޝަރުތު ހަމަވާ ގޮތަށް އޮތީ އޮޅުމަކުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
'ގެދޮރުވެރިޔާ ކޮމިޓީ' އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި ހަބީބް ރަހިމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ އެ މީހާއަށް ވަނީ ގޯތި ލިބުމަށް ޝަރުތު ފުރިހަމަވެފައެވެ. އެކަނި ކުރިމަތިލައިގެން އޭނާ އަށް ވަނީ 62 ޕޮއިންޓު ލިބިފައެވެ. އެ ލިސްޓުން ދައްކާ ގޮތުގައި ޖޮއިންޓްވެގެން ގޯތި ލިބުމުގެ ފުރުސަތު އެމީހާއަށް އޮވެއެވެ.
ނަމަވެސް ރާއްޖޭގެ ރަށްވެހިކަން ހޯދިތާ ފަސް އަހަރު ވެސް ނުވާ މީހަކަށް ގޯތި ލިބިފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ އިންޑިއާ ރައްޔިތެކެވެ. މާލޭގެ ރަށްވެހިކަން 2019 ހޯދި އެމީހާ އަތުގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓެއް ވެސް އޮވެއެވެ.
އެކަމާ ގުޅޭ ގޮތުން ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން ވިދާޅުވީ ހަނީފް ގޯތި ލިސްޓުގައި ހިމެނުނީ އޮޅުމަކުން ކަމަށާއި ދާއިމީ ލިސްޓު ނެރޭ އިރު އެކަން އިސްލާހު ކުރާނެ ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން ޝަރުތު ހަމަނުވާ މީހަކު ފާހަގަވި އިރު ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ލިސްޓު އެކުލަވާލީ ވަރަށް ފަރުވާތެރި ކަމާއެކު އަދި ވަރަށް ދުވަހުން ކަމަށާއި އެހެންކަމުން އެ ލިސްޓުގައި ހިމެނިފައި އޮތް މީހަކު އުނިވެދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ގޯތި ލިބޭ ވަގުތީ މީހުންގެ ލިސްޓުގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްއެމްޕިއާރުސީގެ ހިޔާނާތުގައި ޝާމިލުވާ ބައެއް ފަރާތްތަކުން ހިމެނޭތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ހައުސިން މިނިސްޓްރީން ވަނީ ގޯތި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލައިފައެވެ.
ކުޅުނުމެޗު ތިއޮތީއަތަ ގޮވާފަ
ދަވްލަތުގެ ތަރިކަ މުދަލެއް ވަކިބަޔަކަށް ބަހާލުމުގެ ލައިސަންސް ލިބިފައޮވެގެންތޯ އެއްވެސް އަގަކާނުލާ ބިންތައް ތި ބަހާލަނީ އަޅެ އަގެއްނަގާފަ ބެހިނަމަ އެ އަގުން ގެދޮރު ނުލިބިތިބި ބަޔަކަށް ކަމެއް ކޮށްބެވޭނެނޫންތޯ؟ ދަވްލަތުގައި ހިމެނޭ އަހަރަމެންގެ ހައްގުކޮބައިތޯ؟ ވަކިރަށެއްގެ ރައްޔިތަކަށްވުމަކީ ދަވްލަތުގެ މުދަލުން މަހްރޫމް ކުރެވޭނެ އިންސާފެއްތޯ؟ވަކި ޝަރުތެއް ހަމަވާ ބަޔަކަށް ބިންޖެހޭނީ ވިއްކަން ހިލޭ ނުދެވޭނެކަމަށް ހުކުމް ކޮށްދެއްވާ.
ނުހިމެނުނު ނަންތައް ނުހިމެނީވެސް އޮޅުމަކުންތޯ
ތީ އިންޑިޔާ މީހެއްކަން އާންމުންނަށް އެގުނީމަ ދައްކާނެ ބަހަނާއެއް ނެތީމަ އޮޅުމެއްކަމަށް ބުނެލީ. ތިކަހަލަ ކިތައް އޮޅުން އަރާފަ ބިންތައް ބަހާލެވުނު ކަމަށް ގަބޫލު ކުރާނަންތޯ. ކެންސަލް ކޮށްފަ ހަމަ ހަމައަށް އިންސާފުން ތިކަން އަލުން ކުރަން ފެނޭ
ބިންވެރިންގެ ޖަމާއަތެއް ހަދާގެންއުޅޭ ގުރޫޕްގެ މީހަކު ބުނި ރ ޔާމިނޭ އޭނައައްމިކަންކޮއްދިނީ އޭނަހުރީހަމަހޭގަތަ މިލިއުންކިޔާލުމުންއެގޭ 2019 އޭނަ އެހަބަރުގެނަސްދިނީ އެއްޗެލިބުނީމަތަ މާދަންއެސޮރުވެސް ރައީސްކަމައް ނުނީމަޖިލީސް ގޮނޑިއަކަކައްތަ
އޮޅުމަކުން ވެރިކަމައް އާދެވުނީމަ މިސަރުކާރުންކުރާ ހުރިހާކަމެއްވެސް މިއޮންނަނީ ޒާތަކައް އޮޅިފަ
މިވަރަކަށްހިނި އަންނާނީ. ފަރުވާތެރި ކަމާއެކު އަދި ވަރަށް ދުވަހުން ހެދި ލިސްޓު ކިހިނެތްތަ އޮޅުނީ. ރައްޔިތުން ރަތަށް އެރީމަ އޮޅުނީ. އަނގަބޮޑު ރޮޒޭއާ އޭނާގެ ފިރި އަދި ދަރިވެސް މީގެ އިތުރުން ޒިޔަތާ، އަދީބު، ހުރިހާކަމެއް ދަންނަ އިޔާޒު މިހެންކިޔާނޭކަމެއްނެތް އެމްޑީޕީ ބަތްކައްކާ ކުޅޭކުދިން ވިޔަފާރިވެރިން މިއެންމެންނަށްވެސް ގޯތި ދެވުނީ އޮޅުމަކުންދޯ. އޮޅޭއަސްލަމާ އޮޅޭއަކްރަމާ އޮޅޭ ސަރުކާރު. އަދި މިވާގޮތުން ހާދަ ހީވެޔޭ ވޯޓު ފޮށްޓާ ވޯޓުވެސް އޮޅޭނެހެން. އޮޅޭ އޮޅުންސުވާލި.
ސާބަހޭ ތިކުރައްވާ ހިތްވަރަށް. ތިކަމުންވެސް އެނގެނީ ބަލަންވާވަރަށް ނުބަލައި ތިޔަ ލިސްޓް ނެރުނުކަން. ޙަޤީގަތަކީ ގޯއްޗާއި ފްލެޓު އަސްލު ޙައްޤުވާމީހުން ތިއްބާ ޙައްޤު ނޫން ގިނަ އަދަދެއްގެ ބަޔަކަށްލިބުނުކަން. މިއީ ހިތާމަ ހުރި ކަންކަން. ލިސްޓް ހާމަ ކުރަންޖެހޭނީ އެދިފައިވާ ފަރާތްތައް ދިރިއުލޭ ތަންތަނަށް ޒިޔާރަތްކޮއް އެފަރާތް ތަކަކީ ލިބެންޖެހޭ ޙައްޤު ފަރާތްތޯ ކަށަވަރު ކުރުމަށް ފަހުގައި. އަމާ ބުނީތީ ފަރަށް ދާފަޑަށް މަސައްކަތް ކުރީމަ ކަމަކު ނުދާނެ. ބުއްބޯ ކުޑަ ކުދިންކޮލަކަށް ތި މަސައްކަތް ހަވާލު ކުރުމުން އަތްފައިން ހެދޭނީ ގޯސް. އުއްމީދު ކުރަން މިއަށްވުރެ ޒިންމާދާރު ގޮތެއްގައި ތި މަސައްކަތް މުސްތަޤުބަލު ކުރާނެކަމަށް. ވ ވެދުން.
މިހެންގޮސް އޮޅުމަކުން އަދި އިންޑިޔާމީހަކު ރާއްޖޭގެ ރިޔާސީ އިންތިޚާބުގަ ވާދަވެސްކޮއްފާނެ.
މިވާހަކަ ގަބޫލު ކުރާނެ މީހަކު މިރާއްޖެއަކު ނެތް،ވަރަށް ސަލާމް
ތިދެން ވަރަންމޮޅަށް ކުރިކަމެއްދޯ ރައްޔިތުންނަށް ނޭގޭނެކަމަށް.އަތަށް ގޮވީމަ ތިހެން ބުނެދެން.ސޮރީ ސުލޯ އިބޫ
ތި އިންޑިއާ މީހާއަކީ ރާއްޖެ އަށް އެންމެ ގިނައިން ހިކިފަތް އެތެރެކޮށް އެވިޔަފާރި ފުޅާދާއިރާއެގައި ކުރި މީހެއް ވ ރުފިޔާ ގެންގުޅޭ މީހެއް.
މާލެ ތެރޭގައި ކިޔާއަޑު އިވޭ އޭނައަތުން ބޮޑު ކަޓެއް ނެގި ވާހަކައެއްވެސް.
ނުލިބުނު މީޙުންނަށް ނުލިބުނީ އޮޅުމަކުން ކަމަށްވެސް ވެދާނެ
ޢަދިވެސް ގިނައީ އޮޅުން
ކަލޭމެން ޕޮއިންޓް ދިން ގޮތް ކިޔާދީބަލަ
ނަސީބެއްނު އަނބި ދަރިން ނޯޅުނު ކަން..
ތި ލިސްޓްގައި އަހަރުނަށް ނުފެންނަ ކިހާ ބައިވަރު އޮޅުމެއް ހުންނާނެ
މުޅިލިސްޓް ހީވަނީ ނެރެވުނިީ އޮޅުމަކުންހެން
އޯ ކުރިންބުނިއެތިކެންސަލް
މާލެއަށް އުފަން ނޫން މީހުންނަށް ގޯތި ދިނީ އޮޅުމަކުން ނޫންދޯ
ވަރަށް ރަނގަޅައް ފަރުވާ ތެރިކަމާއެކު ތިޔަ ތިއޮތީ ބަހާ ނިންމާފަ ، ނިކަމެތިން ނިކަމެތި މުއްސަނދިން މުއްސަނދި.
ނޫނޭ ހިންގާލާ ޓީމެއް ތިޔޮތީ. ބަޔަކު ހިންގާލާނީ މިހާވަރަށް. ރައްޔިތުން ހަޅެއްފަޅެއް ޖެހީމަ އޮޅުން އެރީއޯ. ތިޔަވަރު ޒިންމާދާރުކަން ކުޑަ އޮޅުން އަރާބަޔަކަށް ރައްޔިތުން ވޯޓްދީގެން ދެވަނަ ފަހަރަށް އޮޅުން އަރަން ބޭނުން ނުވޭ.
ލިސްޓްގަ ޖެހުނީ އޮޅުމަކުންނެވެ. ލިސްޓް އިން ނަން އުނި ކޮށްފަ އެއް ނެތެވެ.
އޮޅުމަކުން އިސްތިއުފާ ދީބަލަ...
ވަރަށް ރަނގަޅަށް ބަލާފައި ގަސްތުގައި އޮޅުވާލައިގެން ވަކިބަޔަކަށް ގޯތި ދީފައި
ކކކކކކކކކކކކކކކކކ