ސަރުކާރުން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރިއިރު، އިންޑިއާގެ އިތުރު މީހަކަށް ވެސް ގޯތި ލިބިފައިވާކަން ހާމަވެއްޖެއެވެ.

"ވޮއިސް" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖުމްލަ 69.2 ޕޮއިންޓް ލިބިގެން ގޯތި ލިބިފައިވަނީ ދަފްތަރު ނަންބަރު ދރ 3033، މުހައްމަދު ނަޒީރު ނަމަކަށް ކިޔާ މީހަކަށެވެ.

މުހައްމަދު ނަޒީރު ރާއްޖޭގެ ރަށްވެއްސެއްގެ ގޮތުގައި މިހާރު ހުއްޓަސް، އޭނާއަކީ ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅޭ އިންޑިއާ މީހެއްކަން އެ ނޫހަށް ކަށަވަރު ކުރެވިފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި އޭނާ އަކީ ގިނަ ވިޔަފާރިތަކެއް ވެސް ހިންގާ މީހެއް ކަމަށް އެނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

"މުހައްމަދު ނަޒީރު އަކީ ގިނަ ވިޔަފާރިތަކެއް ހިންގާ މީހެކެވެ. އެގޮތުން، އޭނާގެ ނަމުގައި ޕެރަމައުންޓް ހޮޓެލް އާއި، އަލީ ނަޒީރު ކޮންސްޓްރަކްޝަން އާއި, ނިޔު ސަމުދުރާ ސްޕާ އާއި، ޕްލާޒާ ރެޑް އެޕަލް ނަމަކަށް ކިޔާ ވިޔަފާރިތަކެއް އަންނަނީ ހިންގަމުންނެވެ." ވޮއިސް ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

މުހައްމަދު ނަޒީރު ނަމަކަށް ކިޔާ މީހަކަށް ގޯތި ލިބިފައިވާއިރު، އިންޑިއާގެ ހަބީބު ރަހިމާން މުހައްމަދު ހަނީފާ ނަމަކަށް ކިޔާ އިންޑިއާ މީހަކަށް ވެސް ގޯތި ލިބުމުގެ ޝަރުތު ފުރިހަމަވެ، ލިސްޓުގައި ނަން އޮތް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވުމުން ގެދޮރުވެރިޔާ ކޮމެޓީގެ ޗެއާ، އަކްރަމް ކަމާލުއްދީން ވިދާޅުވީ، އިންޑިއާ މީހަކަށް ގޯތި ދީފައި ނުވާނެ ކަމަށާއި އެމީހާއަކީ އެއީ މާލޭ ރައްޔިތެއް ކަމަށެވެ.

"އިންޑިއާ ރައްޔިތަކަށް ގޯތި ދީފައެއް ނުވާނެ، އެއީ މާލެ ރައްޔިތެއް، އެކަން ވަނީ ސަމާލުކަމަށް އައިސްފައި، އެކަމަކު ގޯތި ދިނުމުގެ އުސޫލުގެ ތެރެއިން ގޯތި ލިބުމުގެ ޝަރުތު އޭނާގެ ހަމައެއް ނުވޭ، އެކަން ދާއިމީ ލިސްޓުގައި އިސްލާހު ވާނެ،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އެބޭފުޅުން އާންމުކުރި އުސޫލުގައި އެއްވެސް އިރެއްގައި އެހެން ރަށެއްގައި ރެޖިސްޓަރީވެފައި ނުވާ ފަރާތްތަކަށޭ މާލެއިން ގޯތި ލިބޭނީ އޮންނާނެ ކަމަށެވެ. އެހެން ކަމުން އެބޭފުޅުން ބެލީ ޑީއެންއާރުގެ ސިސްޓަމް ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އޭނާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހެއް ވީމާ އެކަން ސިސްޓަމުން ޕިކް ނުކޮށް އިނީ، އިސްލާހު ކުރާނަން" އަކްރަމް ވިދާޅުވިއެވެ.

މިމައްސަލައިގެ އިތުރުން އެހެން އެފަދަ މައްސަލަތަކެއް ވެސް ހުރިކަން ފާހަގަކޮށް އަކްރަމް ވިދާޅުވީ، ދާއިމީ ލިސްޓު އާންމު ކުރާއިރު، އެފަދަ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. Anonymous

    ހުސްވެސް އޮޅުވާލުން މި ރަނގަޅު ސަރުކާރުން މީ ފަހުއަހަރު ވެރި ކަމުގަ.

    16
    1
  2. ާދަލޭކް

    އިބުރާ މި ޤައުމު ވިއްކާލައިފީ އިބުރާގެ ކިބައިން ޤައުމު ސަލާމަތް ކުރައްވާށި آمين

    21
    1
  3. ކޮއްކޮ

    ތިކަހަލަ ކިތައްމެ އިންޑިޔާ މީހުން ތިބޭނެ އަދި އިންޑިޔާމީހުންނައް ދީފަ ބާކީ ވާނެބާއޭ ހިތަ އަރާ

    19
    1
  4. މޕ

    މިއީ މިހާރު އިންޑިޔާ އަވަށަކަށް ހަދާ ނިންމައިފި.
    ފަގީރު ނިކަމެތި ހައްގުވެރިން ނަށޯދިނީ ގިނައީ މުއްސަދިން އަދި ވިޔަފާރިވެރިން

    20
    1
  5. Anonymous

    ތިއީ ދެން އަރަތެއް ކަހަލަ ކަމެއްނުން، ދެން ނުވެ އޮތް ކަން ތި ނިމުނީ، އިސްލާމީ ގައުމެއްގެ ވެރިއަކަށް ވެ ހުރެ ގައުމަށް ޢައްދާރުވުމަށް ވުރެ ނުބައި ކަމެއް ނޮއޮންނާނެ، މިހުރިހާ ނުބައިކަމެއް ކުރުމަށް ބައިޢަތު ހިފާފަ އެތިބީ މާތްވެގެންވާ މައްކާއަށް ގޮސް.

    21
    1
  6. ތުއްތުނާ

    އިންޑިއާގެ ޑިފެންސް މިނިސްޓަރަށްބާ ؟

    16
    1
  7. ސައްތާރު

    ދެން އިންޑިޔާ މީހުންނައް ވޯޓް ލެވޭ ގޮތް ހަދަންވީ..
    ޢޭރުން ވަރައް ފައްކާވާނެ..
    މީ އެމީހުންގެ ގައުމުގެ ބައެކޭ..

    18
    1
  8. ކިޔު

    އަޅުގަނޑު އުފަންވީ މާލެއަކަށްނޫން. ނަމަވެސް މާލޭގަ ދިރިއުޅެތާ 43 އަހަރު. ގެއެއް ނެތީމަ ރަޖިސްޓަރީކުރީ މާލެ ދަފްތަރުގަ. ދެރަކަމަކީ އަދިވެސް އަޅުގަނޑަކީ މާލެ މީހަކަށް ނުބަލާކަން.

    21
    1
  9. ނިޝީ

    ޢަހަރުމެން އަދިވެސް މިތިބީ ނިކަމެތި ހާލުގަ. ބިންކޮޅެއް ހަމަ ނުލިބުން

    17
    1
  10. Anonymous

    މާތްކަލާކޯ އިންޱިއާ ނޫން ބަޔަކަށް ނޫނީ ނުދޭތި

    15
    1
  11. ސަރަފަކައްދަ

    ނޫނޭ ވާ ސާބަސް އިބަމެނަށް! ވާނީވެސް އެހެންތާ! ދަތް ނުފަލާ ކުދިން ލައްވާ މިކަހަލަ ނާޒުކު ކަންތައްތައް ކުރުވަންޏާ ވާނެ ހަތަރެއްޗެއްވެ މި ނިމެނީ. މަނިކުފާނުމެން ފިނި ކޮޓަރީގައި ތިބެފައި 2ގަޑިން 2 ގަޑިން ބޭހެއް ބޯހެން ކޮފީ ހިއްޕަވަން ތިބީމާ ވާނެގޮތް މި ފެންނަނީ. ދެން ބަޔަކު ނުކުމެ ހޭބޯ ލަވާގަތީމާ މި ހޭވެރިކަމެއްވަނީ. ވ ވެދުން.

    19
  12. އަޙުމަދު

    މިއީ ދިވެހިރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ މައްސަލަ އެއް، ރާއްޖެ އިން ބޭރުމީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުން ، ރާއްޖޭގެ މީހަކާއި ކައިވެނި ކޮށްގެން އުޅުނަސް ރަށްވެހިކަން ދެވި ވޯޓު ލުމުގެ ޙައްޤު ދެވި ސިޔާސި ޙަރަކާތްތައް ހިންގަން ފުރުސަތު ފަހިވެގެން ދިއުމަކީ ދިވެހިންނަށް ދިވެހި ބިމުގައި އަޅުވެތިކަމާއި ކުރިމަތިލާން ޖެހޭނެ ކަމެއް، ސަބަބު ވަރަށް ގިނަ ބައެއް ސަބަބުތައް ، މިގޮތަށް ރައްވެހިކަން ހޯދާ ރައްޔިތުން ރާއްޖޭގައި ބާރުވެރި ކުރުވުމަށް އެގައުމުތަކުން އެމީހާއަށް އިންވެސްޓް ކޮށްދިނުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ނަތީޖާއެއްގެ ގޮތުން ވިޔަފާރި ފުޅާކޮށް ދިވެހިން އެމީހުންގެ މަސައްކަތުގައި އުޅެން ޖެހުން ފައިސާ ޚަރަދުކޮށްގެން ގާނޫނު ތައް އެމީހުންނަށް ފަހިވާގޮތަށް ހެދުން، މިހާރުވެސް ބޭރުމީހުން ކުރާ ވިޔަފާރިތައް ނުހުޓު ވިގެން އުޅެނީ ނުސީދާ އެހީތެރިކަން ބޭރު މީހުން އަތުން އަތުލާ ބައެއް ފަރާތްތައް ތަންފީޒީ އިދާރާތަކުގައި ތިބުމުގެ ސަބަބުން. ރާއްޖޭގެ މީހަކާއި ކައިވެނި ކޮށްގެން އުޅޭ ދުވަސްވަރު ދިގުމުއްދަތަކަށް ވިސާ ދިނުން މައްސަލައެއްނޫން، އެކަމަކު ދިވެހިރައްޔިތުކަން ދިނުން ޤަބޫލެއް ނުކުރެވޭނެ. އައްޑޫ ގައި ހަދާކަމަށް އެބުނާ އިންޓަގްރޭޓެޑް ރިސޯޓް އަކީ ބޭރުމީހުންނަށް ވަޒަން ވެރިކަން ދިނުމަށް ހިންގާ ބޮޑު ޖަރީމާއެއް. ދިވެހިން ވިސްނާ ސަމާލުވެލައްވާ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ.

    8
    1
  13. ސައުދީ

    ގައިމު ތިމީހަކު ދިވެއްސަކާއި އިނދެގެން ދިވެހިރާއްޖޭގެ ރައްޔިތަކަށް ވިތާ ގިނަދުވަހެއް ނުވާނެ ގޯތި ލިބިއްޖެ. އެކަމަކު އަހަރެން މިއުޅެނީ ވަންނާނެ ގެދޮރެއް ނެތް، މަޔަކު ބަފަޔަކު ގެދޮރެއް ނެތް، ކުއްޔަށް އުޅެންޖެހެނީ، އުފަންވީ މާލެއަށް، މައިންބަފައިންނަކި މާލޭމީހުން ގެދޮރު ނެތުމުގެ ސަބަބުން ދަފްތަރުގަ ރަޖިސްޓަރީ ވެފަ އޮންނަތާތިރީސްއަހަރުވެއްޖެ، އެކަމަކުވެސް ތިޔަލިސްޓްގަ ލައްވާ ނުލި. ތިޔަލިސްޓަކީ ބޯހިޔާވަހިކަން އެންމެ މުހިއްމު މީހުންނަށް އޮތް ލިސްޓެއް ނޫންތަ.

    9
    1
  14. އަހްމަދު

    ދެވިހިރާއްޖޭގެ އަންހެނުންނާއި އިދެނގެން އުޅެނީ ނިކަމެތި އިންޑިޔާ މީހުން އެކަނީ! ކޮބާ ދިވެހިންނާއި އިނދެގެން އަދި ކުނިކަހާން ގޮސް ހިތްހަމަ ޖައްސާދޭ އެތަށް ސަތޭކަ ނިކަމެތި ބަންގާޅުމީހުން!!!

    4
    1
  15. މައިކުރޮސްކޯޕު

    މިއީބޮޑުވާ ބިއްލޫރިއަޅާއިގެން ބެލީމަ ބެލުނުވަރު މިކަހަކިތަކަން ހުންނާނެ

    7
    1
  16. Anonymous

    ތިމީހާ އަފުރާޝީމު މަރާލަން ފައިސާ ދިން ކަމަށް ރަށުތެރޭގައި ކުރިން ވާހަކަދެކެވުނެވެ.

    6
    1
  17. ބިޖަންދަރް ސިންގް

    ތިހެން ދަމުން ދަމުން ގޮސް އަނެއްކާ ނެރެންދި މޯދީޖީގެ ނަން ނެތީޔާ ކިތަންމެހާވެސް ރަނގަޅު އެކަމަކު މިހާރު ޝައްކު

    12
    1
  18. ލަކީ

    ހެހެ މޮޔަ ގޮަވަނީ ބަަލަ 3033 މި ނަމް ބަރު ދަފުތަރުގަ ނޯންނާނެ ނޫން އިންޑިޔާމީ ހެއްނަމަ ހެހެ އިންގިރޭސި ބޮޑުވަޒީރު ރިށީސަުނަކު މީކޮން ގައުމެއްގެ މީހެއް އެހެން ވީމަ ވާހަކަ ދައްކާއިރު ވިސްނާފަ ދެއްކުން ރަންރަޅު

  19. ޖުލާ

    ނާށިގެތަކެއް ހިންގާ މީހެއް މީ