މާލޭ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ލިސްޓް ސަރުކާރުން އިއުލާން ކުރިއިރު އެލިސްޓްގައި ދިވެހިރާއްޖޭގެ ރައްވެހިކަން ދީފައިވާ ދިހަ މީހަކު ހިމެނޭކަން މިހާތަނަށް ކަށަވަރު ކުރެވިފައި ކަމަށް ޓްވިޓާގައި މައުލޫމާތު ހާމަކުރާ ސިއްރު އެކައުންޓެއް ކަމަށްވާ "ހަސަން ކުރުސީ" އިން ބުނެފިއެވެ.

އެ ޓްވިޓާ އެކައުންޓުން ވަނީ ގޯތި ލިބުނު މިހާރު ރާއްޖޭގެ ރައްވެހިކަން އޮތް ދިހަ މީހުންގެ ނަން ވެސް ހާމަކޮށްފައެވެ.

ޓްވިޓާގައި ބުނެފައިވާ ގޮތުގައި މިއެންމެނަށް ވެސް ރައްވެހިކަން ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ.

ނަމަވެސް ޓްވިޓާގައި ހާމަކޮށްފައިވާ ލިސްޓްގައި ހިމެނޭ ދިހަ މީހުންނަކީ މިހާރު ރާއްޖެއިން ރައްވެހިކަން ހޯދާފައިވާ ކުރިން ބިދޭސީންގެ ގޮތުގައި ތިބި މީހުންކަން ތިންވަނަ ފަރާތެއް މެދުވެރިކޮށް "ވަގުތު" އަށް އަދި ކަށަވަރެއް ނުކުރެވެއެވެ.

އިންޑިއާ މީހެއްގެ ގޮތުގައި ހުރުމަށްފަހު 2019 ވަނަ އަހަރު ރާއްޖޭގެ ރައްވެހިކަން ލިބުނު މީހަކަށް ގޯތި ދިން މައްސަލަ އިއްޔެ ރޭ ފެންމަތިވެ، ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ވިދާޅުވެފައި ވަނީ އޭނާގެ ނަން ގޯތި ލިބުނު މީހުންގެ ލިސްޓްގައި ޖެހިފައި އޮތީ އޮޅިގެން ކަމަށެވެ.

މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީއެއްގެ ނަން ލިސްޓުގައި އޮތް މައްސަލަ ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބެލީ ޑީއެންއާރުގެ ސިސްޓަމަށް، އޭގައި އޭނާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހެއް ވީމާ އެކަން ސިސްޓަމުން ނުނަގާ އިނީ. އެކަން ސަމާލުކަމަށް އައީމަ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އެ ދަނީ،" އަސްލަމް ވިދާޅުވި އެވެ.

މާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓާއި ގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަތުލަބަލަ

    އިސްލާހު ކުރިޔަސް ތީދެން އޭނަޔައްލިބުނު ގޯއްޗެއްކަމައްވާންޏާ ނުކެރޭނެ ދެނެއް އެގޯތި އަތުލާކައް

    6
    9
  2. ސަރުދާރު

    ކުޑައިރުއްސުރެ މާލޭގައި އުޅެބޮޑުވި، މާލޭ ދަފްތަރުގައި އަޅުގަނޑު ނަން އޮވެ، 5 ދަރިން ގޮވައިގެން މާލޭ ރަށްވެހިންނަށް ކުލި ދައްކައިގެން މާލޭގައި ގަނަތެޅޭއިރު، ރާއްޖެތެރެއަށް އުފަންވީތީ ޝަރުތު ހަމަނުވީ! ނަސްލީ ތަފާތުކުރުމުގެ އިންތިހާ! އިންޑިޔާ މީހާވެސް މާލެ އަށްތޯ އުފަންވީ! ދިވެހިރާއްޖޭގެ ކޯޓަކުން މި ލިސްޓް ބާތިލް ކުރުމަށް ގޮވާލަން! މިއީ ކިހާބޮޑު އަނިޔާއެއްތޯ؟

    31
    3
  3. ރައްދު

    ބޭރުމީހުންނަށް ރައްވެހިކަން ދީ ގޯތިތައް ބަހާފައިވަނީ
    އޮޅިގެން ކަމަށް ސަރުކާރުން ބުނިނަމވެސް އެއީ ގަސްތުގައި
    ކޮށްފައިވާ ކަމެއްކަމަށް ބެލެވެއެވެ ރިޔާސި އިންތިޚާބަށް
    ނުފޫޒް ފޯރުވައި ނަތީޖާ އަނބުރާލުމަށްޓަކައި އެހެންބަޔަކު
    ހިއްކާފައި އޮތްބިމެއް ބަހާލުމަކީ ޒިއްމާދާރުކަން ކުޑަ ހުތުރު
    ކަމެކެވެ.

    27
    1
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    މި ލިސްޓަކީ ސައްޙަ ލިސްޓެއް ނޫނެވެ. މި ލިސްޓަށް އިތުބާރު ކުރަނީ ކިތައް މީހުން ތޯ، ދިހާސް ދިވެހިން ކައިރި އަހައިފިނަމަ ނުވަހާސް ފައްސަތޭކަ މީހުން އިތުބާރު ނުކުރާ ކަމަށް ބުނުން އެކަށީގެން ވެއެވެ. މިއީ "ޗޯރު އިބުރޭ" އަށް ލަވަ ނުވަތަ ސަނާ ކިޔާދީގެން އުޅޭ މީހުންނަށް "ޗޯރު އިބުރޭ" ދީފައިވާ ގޯތި ތަކެވެ. މި ލިސްޓު (ޢާއްމު ރައްޔިތުން ހިމެނޭ) 12 މެންބަރުން ގެ ކޮމިޓީ އަކުން ޗެކު ކުރަންޖެހޭނެ ކަމަށް ޕެޓިޝަން އެއް ނަގަން ފެނެއެވެ.

    18
    1
  5. Anonymous

    ބޭރު މީހުން އެމީހުންގެ ބައްރަށް ދާންވީ!

    10
  6. އަނިޔާ

    މައިކޮރޮސް ކޯޕުއަޅައިގެން ބެލީމަވީވަރު ތިހުރީ...

    9
    1
  7. އަޙްމަދު

    މާލޭދަފް ދަފްތަރުގައި އެތައް އަހަރު ތަކެއް ވީ ކުރިމަތި ލީމަ، ސަރަތު ހަމަނުވާކަމަށް އޮތީ
    އެކަމު ބޭރުމީހުން ދަފްތަރު ގައި ޖެހިފައި ތިޔަތިބީ، ސަރަތު ހަމަވާ ކަމަށް ޖަވާބް ދީފައި ތިއޮތީ
    ލިސްޓާމެދު އިތުބާރެއް ނެތް

    10
  8. އަހުމަދު މުހައްމަދު

    މީ އިންޑިޔާ މީހުންނަށް ގޯތި ދޭން ޖެހި ސަކަރާތެއް؟

    10
  9. އިބުރޭ

    ޑީއެންއާރުން އައިޑީ ކާޑު ކަށަވަރު ކުރުމަށް ވުރެން ސިޓީ ކައުންސިލް އިން އުފަން ދުވަހުގެ ސެޓިފިކޭޓު ބެލުމުން އިނގޭނެ މާ ތަފުސީލުކޮށް އުފަންވި ރަށާއި އަތޮޅު. މި ލިސްޓުގައި މައްސަލަ އުފައްދައިގެން އެ އުޅެނީ ސަރުކާރުން ގަސްތުގައި. މަށަށް ހީވަނީ ރޮޒޭމެން ކަހަލަ މަޖިލީސް މުއްސަދިންގެ ބިމުގެ ވާހަކަ ފަޑުކޮއްލަން ކުރި ކަމެއްހެން މީ. އެހެން ނޫނަސް ތި ލިސްޓުގައި އެބަހުރި ދޮގު މައުލޫމާތު ފޯރުކޮއްގެން ހޮވުނު މީހުންވެސް. މިބުނީ މާލެއަށް އުފަންނޫން މީހުންނަށްވެސް އެބަހުރި ގޯތި ލިބިފައި. ސުވާލަކީ އަސްލަމް ހަމަ އެހާ ގަމާރީހޭ ނޫނީ ކެންޕެއިން ސްޓަންޓެއް ޖައްސާލީހޭ. ވޯޓު ލަންދެން ދެން މިކުޅިވަރުގައި މީހުން ޖެހި ޖަޒުބާތީ ވާނެ. މީ ހަމަ ޖަހާލި ޗިޕެއް. ވިސްނާލާ.

    9
    1
  10. ހަސަދު

    ވަރަށް ބައްލާވަފަ ނެރުއްވި ލިސްތެއްދޮއްތޯ. ފެންވަރު ނެތްމީހުން ކަންކުރަންޏާ ވަނީ މިހެން. ދެންވެސް އަސްލަމް، އަކުރަމް ބޭރު ކުރައްވާފަ އަލުން ލިސްޓު ތައްޔާރު ކުރައްވާ.

  11. އަލިފުތާ

    ދިވެހި ރައްޔިތުން އެބަޖެހޭ، މި ލިސްޓް ބާތިލް ކުރުމަށް ކޯޓަށް ހުށަހަޅަން! މިއީ ބޮޑުވެގެންވާ ބޭއިންސާފެއް! ބޮޑު އަނިޔާއެއް! ބޮޑު ޖަރީމާއެއް!

    11
    1
  12. މަދަދު

    ތަނެއްދޮރެއް ނޭގެ ބަހަނާ އިބޫ ހިއްކިިތަނުން

  13. ލަވް

    ކޮން ޖޮއިންޓެއް އެހެން އެއްޗެއް ކިޔާކަށް؟ ރޮޒޭނާ ޖޮއިންޓް ވެފަތޯ އޮތީ؟ ސަރުތު ހަމަވާ ހުރިހާ އެންމެނަށް ގޯތިދޭން ގޮވާލަން!

    2
    1
  14. ލަވް

    އިބުރޭ އަހަރެން ރޮއްވައިފި އަހަރުމެންގެ ދަރިންގެ ހައްގުގަ ގޯއްޗަށް ލީ! އުޅެން ޖެހޭލެއް ދަތި ކަމުން! އަހަރުމެންނަށް ގޯތި ނުދީ އިންޑިޔާ މީހުނަށް ތިޔަ ދިނީ، ﷲއަށް ދުޢާވެސް ކުރާނަން ކަލޭ ދެން ނުހޮވޭނެ!

  15. މާލޭ މީހާ

    ހުޅު މާލެ އެއީ މާލެ މީހުނައް ބޯހިޔާ ވަހިކަން ދޭން ހިއްކިތަނެއް ބަޔަކައް އޮޅިގެން އުޅުނަސް . ހަސަދަނުވޭ.މީ ހުރިހާއެންމެނައް ގޯތި ބަހަން އޮތް އަތޮޅެއްވެސް ނޫން . ގުޱް ނައިޓް