މާލޭ މީހުންނަށް ގޯތި ލިބުނީ 50 އަހަރު ވަންދެން އެކަމަށް އެދި ކުރި ދުއާ އިން ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފްކޮށް ފަހަކަށް އައިސް އެންމެ ގިނައިން ވާހަކަ ދައްކަވާ އެއްބޭފުޅާއެވެ. ރީކޯ މޫސަ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އަލުން އެމްޑީޕީއަށް ސޮއި ވެސް ކުރައްވާފައެވެ.
ސަރުކާރުން މާލޭ ސަރަހައްދުން ބަހާލާ ގޯތިތައް ލިބުނު މީހުންގެ ލިސްޓް އާއްމު ކުރުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދޭން ރީކޯ މޫސަ ކުރި ޓްވީޓެއްގައި ވިދާޅުވީ ގޯތި ދިނުމުން މާލޭ މީހުންނަށް ލިބިފައިވާ އުފަލުގައި ބައިވެރިވުމުގެ ބަދަލުގައި މަދުބައެއްގެ ފިތުނައިގެ ހުޅުގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
"މާލޭ މީހުނަށް ގޯތި ލިބުމަކީ 50 އަހަރު އެމީހުން ކުރި ދުޢާ. އެކަން ޙައްލުކުރުމަށް ރައީސް ސޯލިޙު ފެއްޓެވި މަސައްކަތުގެ ދަށުން އެތަށް ހާސްބަޔަކަށް ގޯތި ޔަޤީން ވުމުން މާލޭ މީހުންގެ މިއުފަލުގައި ބައވެރިވުމުގެ ބަދަލުގައި މަދު ބައެއްގެ ފިތުނައިގެ ހުޅުގަނޑު ދިޔައީ ފަޅައިގެން،" ރީކޯ މޫސަ ވިދާޅުވިއެވެ.
މާލޭ މީހުންނަށް ގޯތި ނުލިބޭތާ 50 އަހަރު ވެފައިވާ ކަމަށް ރީކޯ މޫސަ އިޝާރާތް ކުރި ނަމަވެސް އޭގެ މާފަހުން ވެސް މާލޭ މީހުންނަށް މާލެ އާއި ހުޅުމާލެ އިން ވެސް ގޯތި ދީފައި ވެއެވެ. އަދި މާލޭ މީހުންނަށް އަތޮޅު ތެރޭގެ ބައެއް ރަށްތަކުން 2000 ގެ އަހަރުތައް ފެށުނު ފަހުން ވެސް ގޯތި ދީފައިވެއެވެ. އެގޮތުން ރީކޯ މޫސަ އާއި އޭނާގެ އާއިލާގެ ވަރަށް ގިނަ މެންބަރުން ވަނީ ލ.އަތޮޅު ގަމުން ވެސް ގިނަ ގޯތިތަކެއް ނަގާފައެވެ.
ގޯތި ހައްގު ނޫން އެތައް ބަޔަކަށް ސަރުކާރުން ގޯތި ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ އުސޫލަށް ފާޑުކިޔުން އަމާޒުވި އެއްސަބަބަކީ ކިތަންމެ ގިނަ ދުވަހަކު މާލޭގައި ދިރިއުޅެފައި ވީނަމަވެސް މާލެ ނޫން ރަށެއްގައި ރަޖިސްޓްރީ ވެފައި އޮތްނަމަ ގޯއްޗަށް ކުރިމަތިނުލެވޭ ގޮތައް އޮތުމުންނެވެ.
އޭގެ އިތުރުން މާލޭ ސަރަހައްދުން ބިން ހިއްކެން އޮތީ ނިސްބަތުން ބަލާއިރު ކުޑަ ޖާގައެއް ނަމަވެސް ރާއްޖޭގެ އާބާދީގެ ނިސްބަތުން މަދު އަދަދެއްގެ ބަޔަކަށް ހިލޭ ބިންތައް ބަހާލަން ނިންމުމުން އެކަމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އަދި ނުދެޔޭ ހަމައެކަނި ލިސްޓެއް އެއީ އެވަރަށް މިސަރުކާރު ނިމެންވާއިރައް ގޯޗެއް ވެސްނެތް އަދި
ފަސް އަހަރު ނިމެން ދޮޅުމަހައް ވީމަ ލިސްޓެއް މިނުރެލީވެސް
ނުފެނޭތަ ޚަބަރު ތައް...
މިހާރު ބޮސްކާލިސް ކުންފުނިން އެތަންތަން ހިއްކާކަމެއް ނޭނގޭދޯ...
އެންމެ ނޫހަކުން ޚަބަރު ކިޔާތިއޭ ތިހެން ތިވަނީ
ތިޔަ ބޭފުޅާ ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާ! ގަވާއިދާ ޚިލާފަށް ރާއްޖެއެތެރެކޮށް މުސާރަ ނުދީ ފިލުވި ބިދޭސީން ކޮބައިތޯ؟ ބޮޑެތި މަހުޖަނުންނާއި ބޮޑެތި ބިންތައް ވާރުތަވާންތިބި އެކްޓިވިސްޓުންނަށް ބިންތައް ބަހާލީމާ އެވާހަކަ ރައްޔިތުން ދައްކާނެ! ކަލޭ މޮޔަނުގޮވާ ބްރާންޗާ!
މީނަ ﷲ އަށް މަލާމަތް ކުރަނީތަ؟
އެ 50 އަހަރު ތެރޭގައި އެއިރު މީނާ ހުރީ ފިލްމު ކުޅެން
އަހަރެން ދުއާކުރާތާ 60 އަހަރު
މާލެ ރައްޔިތުންނަށް ވަށައިގެންވާ ހުރިހާ ފަޅަކާއި ސަރަހައްދު އެއްކޮށް ހިއްކައިގެން ވެސް ގޯތި ދޭއިރު، ރަށްރަށު މީހުންނަށް ދިރިއުޅޭ ރަށުގެ ފަޅު ނޫނީ ނެތް. ރަށުގައި ހިއްކާނެ ފަޅެއްނެތިއްޔާ ދެން ގޯތި ލިބޭނެ ގޮތެއްނެތް. މާލެ މީހުންނަށް ކޮންއިންސާފަކުން ތޯ މިގޮތަށް ގޯތި ދޭންޖެހެނީ. މާލެ މީހުންނަށް ކަމަކު ނުދޭ މިހެން ހިއްކާ ބިމަކުން ރަށެއްގެ މީހަކަށް ފްލެޓްގަނޑެއް ދިނަސް. މިހެންވެ މިބުނަނީ ތިޔަދޭ ގޯތި ތަކުން މާލޭގައި ގިނަދުވަސް ހޭއްދަކޮށްފައިވާ މީހުނަށް ވެސް ގޯތި ދޭށޭ.މާލެ ވަށައިގެންވާ ފަޅުތަކާއި ގިރިތަކަކީ މާލޭ މީހުންގެ އެކަނި ތަންތަނެއް ނޫން.
ދުޢާކޮށއގެން ގޯތި ދޭން ނެރުނު ލިސްޓު ރަނގަޅަށް ބެލީމަ ސާފުވީ އަނބިދަރިންނާއި މައިންބަފައިން ނަމުގައި ބުރި ބުރިއަށް ބިޔަ ގެ ނަގައި ރާއްޖެތެރެ މީހުންނަށް ކުއްޔަށް ދީގެން ތިބި އެތައް މަހުޖަނަކަށް އެމީހުންގެ ބިޔަ އިމާރާތުން ެ އާއިލާތަކަށް ނުފުދޭތީ އިތުރު ބިންތައް ކަނޑައެޅިފައިވާ ކަން ފޮނަދޫ ދަާއިރާގެ މެމްބަރ ސިރާޖު ވިދާޅުވެފައިވާ ފަދައިން. އަދި މިޔާއެކު މާލޭގެ ބޭފުޅު ވެގެން އުޅޭ ޢާއިލާތަކުގެ މީހުންނަށް ވެސް ގޯތި ލިބިފައިވާކަން ފާހަގަ ކުރެވޭ
ހަޖަމް ޕްލީސް...
ރަށުގައި އޮތް ގޯތި ދޫކޮށްލާފަތޯ މާލެއިން ތިބަޔަކަށްވެސް ތަންތަން ރަޖިސްޓްރީވަނީ
ދަރަނި ނުދީގެން 4 އަހަރުވީ ކުންފުނިތައްއެބަތިބި ދުއާކޮއްލަކޮއްލާ ލިބޭތޯ ނެގިމުދާ ނޫނީލާރިލިބޭތޯ ބޮންދެއް ކިޔަނީދުބާއީ ދުބާއީ ބޮސް
ދިވެހިރާއްޖޭގެ މުސްތަގުބަލަށްޓަކައި ޕްލޭންކޮށް، އާބާދުކުރެވެމުންދާ ސިޓީގެ ބިންތައް، މާލެއިން އެތަކެއް ބިމެއް ވާރުތަވާންތިބި މަހުޖަނުންނާއި އިންޑިޔާ އިން ހިޖުރަކޮށްފިތިބި މަހުޖަނުންނަށް ހިލޭ ބަހާލާއިރު، ކަލޭމެންގެ ލަދުހަޔާތް ކޮބައިތޯ؟ މިހިރަ ބީތާއާ!
ރީކޯ މޫސަ ވެސް މޮޔަފުޅު ވީބާ؟
ދުޢާކުރާނީ ހުސްތާހިރުވަންތަ ﷲ ވަތަޢާލާއަށް. 50 ކީއްކުރަން މުޅިޢުމުރު ދުޢާކުރިޔަސް، އެމީހާ ހުސްއަތާ އެކަލާނގެ ނުފޮނުއްވާނެ. ވީއިރު ހަކީމުވަންތަ ރައްބުނައްރަޙުމާން އަށް ކުޑައިމީސްވާފަދަ ގޮތަކަށް މީހުނަށް ދޭހަވާ ޢިބާރާތަކުން ބަހެއް ބުނެވިފައިވާނަމަ އެކަމާ މަޢާފަށް އެދި ތައުބާ ވާން ޖެހޭނެ.
އަދިވެސް ނުލިބެ. އޮތީ ބަޔަކާ ގުޅެން ޖެހޭ ގޮތަށް. ގުޅެވޭނެ މީހެއް ނެތް. އުމުރު ހުސްވަނީމިހާރު. ދެން ލިބޭއިރު ގޯތި ހުހަށް ބާއްވާފަ ހޮސްޕިޓަލް އެނދުމަތީ ދިރިއުޅެންޖެހޭ އުމުރާ ގާތްކުރަނީ.
މިލިޔަނުން މުސާރަ ނަގާ މިވީ ހުރިހާ ވެރިކަމެއްގެ ސިޔާސީވެރިންނަށް ލައުނަތް ހުރި. ވަކި ޕާޓީއެއްގެ މީހަކު އިސްތިސްނާ ނުކުރަން.
އަހަރެމެން 100 އަހަރު ވަންދެން ދުއާކުރީމަވެސް ރީކޯމޫސަ ދައުލަތަށް ދައްކަން ޖެހޭ 100 މިލިޔަން ޑޮލަރު އަދިވެސް ނުދައްކާ މޫސަ ކަލޭ މާ އަގުބޮޑު ފަޓުލޫނު އަދި ގަމީސް ތިލަނީ ކޮންތަނެއް ފޮރުވަން ، މޫސަ ތިހުރީ އޮރިޔާމުން މޫސަގެ ދަރަނި ގޯނި ހުރިހާ ދިވެހިންނަށް އެބަފެނޭ ، ހަޔާތް ކުޑަ ކާޅާ
ވިލިނގިލިން ވެސް ގޯތި ދިން1992 ގައި....އަދުރޭގެ ހިސާބުތޯ މޫސަގެ ހިސާބުތޯ....ހެ ހެ
މީދެން ކާކު މިހާރު އުރައްޕެއް ހުރި މީހެއް ނޫން! މަރިޔަން ނިސާ އެބަގޮވާ!