އަޟްހާ އީދު ފާހަގަ ކުރުމަށް ބޭއްވި ޝޯއެއްގައި ނިވާކަން ކުޑަ ގޮތަކަށް ހެދުން އަޅައިގެން ނެށުމުން މުއައްސަސާތަކުން އެކަމަށް ހިތްވަރުދޭކަން އެނގިއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރުގާ އަޅައިގެން ނިވާކަން ކުޑަ ގޮތެއްގައި ޝޯއެއް ބާއްވާފައިވަނީ ގއ. ވިލިނގިލީގައެވެ.
ޖޫން 29 ވަނަ ދުވަހުގެ ރޭ ބޭއްވި މި ޝޯގެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެވީޑިއޯއިން ފެނިގެން ދަނީ 3 އަންހެނަކު ނަށާ މަންޒަރެވެ. އޭގެ ތެރެއިން ބުރުގާ އަޅައިގެން ތިބީ ދެ އަންހެނުންނެވެ.
ކުރު ހެދުން ލައިގެން އެމީހުން ތިބިއިރު، ބެލެވޭ ގޮތުގައި އެމީހުން ތިބީ ނިވާކަން ކުޑަކަމަށް ސިފަވާގޮތަށް ގަޔަށް ބާރު ހަމުގެ ކުލައިގެ އެއްޗެއް ލައިގެންނެވެ.
އެކަމާ ގުޅިގެން އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވަނީ ކަނޑައެޅިގެން ދީނުގައި ހަރާމްކުރައްވާފައިވާ ކަންކަން އުފާ ފާޅުކުރުމުގެ ނަމުގައި ނުކޮށް އެފަދަ ކަންކަމުގައި ބައިވެރިވެސް ނުވުމަށް ގޮވާލައްވައިފައެވެ.
އެކަން ނުުހުއްޓުވުމުން އިލިޔާސް ވަނީ މުއައްސަސާތަަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"ކަމާ ބެހޭ މުއައްސަސާތަކުން މިފަދަ މުންކަރާތްތައް ނުހުއްޓުވުމަކީ އެ ފަރާތްތަކުން އެ މުންކަރާތްތަކަށް ހިތްވަރު ދޭކަމުގެ ހެއްކެއް. މި ކަމުގެ ނަތީޖާ ވަރަށް ހިތިވާނެ.". އިލްޔާސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ އިރު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އީދު ކުޅިވަރުތަކުގައި ވެސް ހެދުން އެޅުމުގެ ވަކި މިންގަނޑުތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.
ބަލަ ތިކަމަށް ދުރާލާ ނަސޭހަތް ދޭން އިން މިނިސްޓްރީ އަކީ އިސްލާމިކް މިނިސްޓްރީ، ފިޔަވަޅު އަޅަން އިނީ ހޯންމިނިސްޓަރު، މިދެ މުއްސަސާ އޮތީ މަނިކުފާނުމެންގެ ބެލުމުގެ ދަށުގަ، ޔައުނީ ހިތްވަރު ދޭ ބަޔަކީ އަދާލަތު ޕާޓީއޭ
ބަލަގަ to ތުބުޅިލާގެން ދީނަށް ގައްދާރުވާ 3 ބަލާވެރިކަން ތިތިބީ އެ މުއަށްސަސާތަކުގަ ކާލޭ މެލޭސިޔާގަ ނާޗަރަނގީ ކުޅެވޭތީ ކަލެޔަށް ހެޔޮ މިވެރިކަން އޯކޭ އިމުރާނު މިނިސްޓަރ ކަން ލިބުނީމަ ދީނެއް ރައްބިޔެއްރަސޫލެއްނެއް mihaaru މިވެރިކަން ދެމެހެއްޓުމަށް ތުބުޅިބާލާ މޭކަޕްކޮށް އިންޑިޔާއިން ދޭ ކަޅުފައިސާ އަންބޮޑިޖަހާގެން ދޮލަގުގަ ކާލަކާލާ
އޮރިޔާމުން ނަށަނީ 2 ޖިންސު މައްސުނިވެގެން. ލަދުން ބޯ ހަލާކު. މިކަމުގައި ރައްތަކުގެ ކައުންސިލްތައްވެސް ޖަމިއްޔާތައްވެސް ހަމަ ހަޔާތްކުޑައީ
ޥޯޓް ލާން ގާތްވީމާ އަނގަފަޅަފި
ޢިލްޔާސް ކަލޭ ކޯއްޗެއް ކިޔަން ތިއުޅެނީ. ކަލެއަކީ މާރަނގަޅުމީހެއްތަ ވަކިން
ހެދުން އެޅުމުގެ ޤާނޫނެއް" އިސްލާމް ދީނުގަ އޮވޭ. އެއީ ހުރިހާ ކަމެއްގެ އަސާސް. ހުރިހާ ގާނޫނުތަކުގެ އަސާސް. ކީރިތި ގުރުއާން. ނަމަވެސް އެ އަސާސް ނުވަތަ ގުރުއާނުގެ ބަދަލުގަ، ގުރުއާނަށްވުރެ މޮޅު ގާނޫނެއް ހަދަންވެގެން އަމަލުކުރަންޖެހޭ އަސާސީ ގާނޫނަކީ ދީނެއްމިއްލަތެއް ނުދަންނަ، ކޮރަޕްޝަނާ ފަސާދައިގެ ތެރެއަށް ހެއްލިފައި ތިބި ބަޔަކު ހަދައިގެން އުޅޭ އެއްޗަށް ކަމުގަ މިއަދު މިވަނީ ބަލައިގެންފަ. އެއަށް ޤާނޫނު އަސާސީއޭ ކިޔައި ނަންވެސް ދީފި! އެމީހުން ރުހޭގޮތަށް ޤާނޫނު ހަދައި އެއަށް އަމަލުކުރަން އެންމެނަށް މަޖުބޫރުކޮށްފި. އޭގައި ކުށެއްކަމަށް ނުބުނާ ކޮންމެ ކަމަކީ ހުއްދަކަމަކަށް ހަދައިފި. އޮރިޔާމުން ނެށުން ހުއްދަ! ބުރުގާ ނޭޅުން ހުއްދ! ގަޔަށް ބާރު އަދި ގައިގެ ވަނާތައް ފާޅުކުރުންވެސް ހުއްދަ! އަންހެނުންގެ ހައްގޭ ކިޔައި އަންހެނުންގެ ބޮލަށް ޗިޕުޖަހައިގެން އެމީހުންގެ ޒީނަތާއި އަބުރު ވެއްޔާ މޮޑެލާ އެއްޗަކަށް ތިޔަހެދި ބާޠިލު ޤާނޫނު އަސާސީ ވެއްޖެ. ނަމާދު ނުކުރާ މީހުންނާ ޒަކާތް ނުދޭ މީހުންނަކަށް އަދަބެއްނުދީ ނަމާދު ނުކުރުމަކީވެސް ހުއްދަކަމަކަށް ވެއްޖެ. ވީމާ، ވިލިގިލީގެ ޑާންސޭ ކިޔައިވާހަކަ ދެއްކޭކަށް ނެތް!ޢަމަލުކުރަމުންދާ ޤާނޫނުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް އެއީ ހުއްދަ ކަމެއް ކަމަށް އެޤާނޫނު ބުނޭ!
ތިހާ އިސްލާމްދީން ދެކެ ލޯބިވާނަމަ ރައްޔިތުން ނުކުންނަންވީއެއްނު ގާނޫނު އަސާސީއާދެކޮޅަށް މުޒާހަރާކުރަން!
ޤުރުއާން ބޮލާލާޖެހީމަވެސް އެކަކުވެސް ރައްޔިތުންގެ މަޖިލިސްކުރާ ގެއޭ ކިޔާތަނާ ދެކޮޅަށް ބަހެއް ނުބުނޭ!
ދުންޔަވީ ހުރިހާ ނުބައިކަމަކައް ހިއްވަރުދެނީ ޢަދާވަތު ޕާޓީ
މީޝައްކެތް އޮތްކަމެއްނޫން ހުއްޓުވުމާއި ނުހުއްޓުވުމުގެ ހުރިާ ބާރެއް އޮތީ އެމީހުންގެ އަތުގަ ހާދައަވަހައް ޒިންމާއިން ރެކެންއުޅޭބައެކޭމީ
އިއްލި ތިކިޔަނީ ކީކޭ ތިޔަ އަދާލަތު މުޅިވެރިކަމުގަ ވަކިހިއްޕާ ސަރުކާރުން ކުރާ ޖަރީމާތައް ބަލަހައްޓާގެން ހަނު
ތިއީ ގާނޫނުގެމައްސަލައެއް
ރޯދޮގު!!! އެއްވެސް މުއައްސަސާ އަކުން ހިއްވަރެއް ނުދޭ. !އިންތިހާބުކާރިވާތީ ދީން ހަނދާންވަނީ !!!ތިމަންނައަކީ ހައްގުބަސްބުނާ ގައުމުދެކެ ލޯބިވާ މީހެއްނަމަ މިހުރިހާ ޖަރީމާ ސާލިހު ހިންގި އިރު އޭނަޔާ އިދިކޮޅައް ބަހެއް ބުނާނެ. !!!
އޮޅިގެންވެސް ސަރުކާރޭ ނުބުނާތި
ތިވެސް ރޯދޮގު! ކޮންގޮތަކުން ތިހެންބުނެވޭނީ ؟ ހިއްވަރުދިނަސް ްއެކަން އޮންނާނީ ސިއްރު ކޮއްފަ . ޖާސޫސުން ތިބެނީތަ؟ ާj
ދެން ކީއްވެޔޯ ވާގިވެރިވާން މިހުންނަނީ.
މިފަހަރު ނުބުނާތި ވޯޓްލާން. ތިމީހުން ނާއި ހެދި ވޯޓްލެ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުވނީމަ ލަދުން ބޯހަލާކު
މަބުނީ ގަވޮމުގެ ހޯމް މިނިސްޓަރަކަށް ނެތްވަރުގެ ބޮޑު ޝޭހެއް ލައިގެން އުޅޭއިރުވެސް ގަވްމުގައި ފާޙިޝް ކަންތައް އާންމުވާއިރުވެސް ޗުއްޕުވެސް ބުނެލަން ނުކެރިފަ ސަނާކިއުމާގެން، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެއް ކަމަށް އިމުރާނަށް ނޭންގެނީބާ؟؟ މަޤާމަށްޓަކައި ދީން ވިއްކާލުން ތީ..
މިޝޭޙްމީ ކޮންމެ އިންތިހާބަކަށް ގާތްވީމަ ފާޅުވާ ޝޭޙް އަކަށް ވެއްޖެ.
ތި ބޭފުޅާ ދީނީ ސަނަދުނަންގަވައިގެން ސިޔާސީކަންކަމުގަ ނޫޅުއްވާ ރައްރަށަށް ދަރުންދޭން ދާންވީންނު
ތިކަންހިގީ ޖަހާލަތު ޕާޓީގެ ބައިވެރިވުމާއި އެކު ތިކަން އިންތިޒާމުކުރި ގުރޫޕްތަކާއި މެދު ފިޔަވަޅުއަޅަންޖެހޭ