ބ. އަތޮޅުގެ ހުރިހާ ރަށެއްގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުމާއި ވިންދު ހުރީ މި ވެރިކަން ބަދަލު ކުރަން ކަމަށާއި އެމީހުންގެ ވިސްނުމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ނަން އޮތީ ވަރަށް ކުރީގައި ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ތާއީދު ހޯދައި ދިނުމުގެ ގޮތުން އަމީން އާއި ޖޭޕީގެ އިސް ބޭފުޅުންތަކެއް ވަނީ ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކަކާ ބައްދަލު ކުރައްވައިފައެވެ.

އަމީން މީހަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ޖޭޕީ

ގާސިމްގެ ތަރުޖަމާނު އަބްދުﷲ އަމީނާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވި މި ދަތުރުގައި އެ ބޭފުޅުން ވަނީ ގޭގެއަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ.

އަމީން "ވަގުތަށް" ވިދާޅުވި ގޮތުގައި ބ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށާއި ގާސިމްއާ އޮތީ ގުޅިފައެވެ. އަދި ގާސިމް ފޯރުކޮށްދެއްވާފައި ހުރި އެހީތަކާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގާސިމް އަދާކުރައްވާފައި ހުރި ރޯލާ އެކު، ވަރަށް ގިނަ މީހުން ގާސިމްއާ މެދުގައި ވަރަށް "ޕޮޒިޓިވް"ކޮށް ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން މީހަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ޖޭޕީ

"އަޅުގަނޑުމެންނަށް މަސައްކަތްކޮށް ލެވިއްޖެ ނަމަ، ވަރަށް އުންމީދު އެބައޮތް." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައްޔިތުންގެ ޝަކުވާތަކުގެ ތެރޭގައި ތަކެތީގެ އަގުތައް ބޮޑުވުމުގެ މައްސަލަ އާއި ބޭރުގެ ސިފައިން ތިބުމާއި ޗާގޯސްގެ މައްސަލަ ފަދަ ވަރަށް ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށެވެ. އަދި ވޯޓަށްޓަކައި އެއްވެސް ކަމެއް ނުކުރުވާ މުވައްޒަފުންތަކެއް ނަގައި ސަރުކާރުން ބޭކާރު ހަރަދުތައް ކުރާތީ އެކަމުގެ ޝަކުވާތައް ވެސް ހުރި ކަމަށް އަމީން ވިދާޅުވިއެވެ.

"ޝަކުވާގެ ލިސްޓު ވަރަށް ދިގު. އެއީ މިހެން ހުރި މައްސަލަތައް ހައްލު ކުރަން އައި ބަޔަކާ ދޭތެރޭގައި އެ ވަރުގެ ޝަކުވާގެ ދިގު ލިސްޓެއް އިވޭނެ ކަމަށް ހީނުކުރަން،" އަމީން ވިދާޅުވިއެވެ.

 

އަމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ބ. އަތޮޅުން ގާސިމަށް ވަރަށް ބޮޑު ތާއީދެއް ލިބުނު ތަން ފެނިފައިވާ ކަމަށެވެ. އަދި ގާސިމްއާ މެދުގައި ރައްޔިތުން ވަރަށް ބޮޑެތި އުންމީދުތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިފަހަރު އެއަށް ވުރެ ބޮޑު ތާއީދެއް ގާސިމަށް ދޭނެ ކަމަށް އުންމީދު ކުރަނީ. އެމީހުންގެ ވިސްނުން ހުރީ އެގޮތަށް އިރާދަކުރެއްވިއްޔާ." އަމީން ވިދާޅުވިއެވެ.

އަމީން އާއި އޭނާގެ ޓީމު، ބަޔަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ޖޭޕީ

އަމީން ވިދާޅުވީ ބ. އަތޮޅަށް ފަހު މިއަދުގެ ވަގުތެއްގައި ރ. އަތޮޅުގެ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އަމާޒަކީ ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގަތުން ކަމަށް އަމީން ވިދާޅުވިއެވެ.

ގާސިމްގެ އަރިސް ގިނަ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިފަހަރަކީ ގާސިމްގެ ފަހަރެވެ. އެކިއެކި ހިސާބުތައް ޖައްސަވައި އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ގާސިމަށް މިފަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށެވެ. އަދި ގާސިމްގެ ވަރުގެ ގާބިލް އިތުރު ބޭފުޅަކު މިފަހަރަކު ނެތް ކަމަށް ވެސް އެބޭފުޅުން ގަބޫލު ކުރައްވައެވެ.

ދެ އަމީން ރައްޔިތަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ޖޭޕީ

އަމީން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ގާސިމް ވެސް ރަށްރަށަށް ވަޑައިގަންނަވާނެއެވެ. އަދި ގާސިމްގެ އަމާޒަކީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގަތުން ކަމަށް އަމީން ވިދާޅުވިއެވެ.

އެކަމަކު، ގާސިމް ރަށްރަށަށް ވަޑައިގަންނަވަން ފައްޓަވާނެ ވަކި އިރެއް އަމީން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ހަލީމް

    އަމީން ހުއްނާނީ މި ކެމްޕެއިން ނިމޭއިރު އެކައުންޓު މިލިއަނުން ފުރާލައިގެން، ގާސިމް ހުއްނާނީ އަސްލު ފައިސާ ހަރަދު ކުރަންޖެހޭ މުއައްޒިފުންނަށް މުސާރަ ނުދެވި އަދި ރައްުޔިތުންނަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ.

  2. ހުސޭނުބޭ

    ތިހާ ކުރީގައި އޮތީމާ ވޯޓުލުމުގެ ބޭނުމެއްވެސް ނެތް! އަވަހަށް ރައީސްކަމުގެ ހުވާކުރޭ!

    15
    1
  3. ހުވަދޫ އަލިބެއްޔާ

    ކޮންމެވެސް މީހަކު ނަވާޒު އަތުން ފަނި ފުޅި އަތުލަން ވެއްޖެއެންނު..

    11
  4. އއ

    ހީވަނީ ވޯޓުލާންވަންދެންހެން.

    11
  5. ލުޓޭރުންގެ ސަރުކާރު

    ގާސިމުގެ ނަން ކުރީގަނެތް ތަނެދައްކަބަލަ...ދައުލަތް ލޫޓުވާ ސަރުކާރުތައް ވައްޓާ ރިޝްވަތުގެ ގޮތުގަ ހަދިޔާބަހާ ދައުލަތަށް ދައްކަންޖެހޭ ޓެކްސްނުދައްކާ ވެރިކަމާހެދި އަބަދު މަރުފަލިޖަހާ 10000ރުފިޔާއިން ފެށިކަމަށްބުނާ ވިޔަފާރިކުރަން 10000ރުފިޔާ ހޯދިގޮތެނޭގޭ މުއްސަދިވުމުގެ ކުރިން އާދައިގެ ނިކަމެތި ފަގީރުކުއްޖެ ރައްޔިތުންގެ ބިންތަކާ ފަޅުތަކާ ގިރިތަކާ ދައުލަތް ޒިންމާވެ ގާސިމަށް ބޮޑެތި ލޯނުލިބޭ މިހުންނަނީ ރަށުތެރޭކިޔާ ވާހަކަތަކުގެ ކުޑަމިންވަރެއް....ގާސިމަށް ނުފެނުނީ ހަމައެކަނި އިންޑިޔާ ސިފައިން މިރާއްޖޭގަތިބިކަން..ވަރިހަމަވީ އަނިބިމީހާއަށް ވަޒީރުކަންލިބުނު ސަރުކާރުން ކުރަމުންދާ ވިޔާނުދާކަންތައްތަ..

  6. ނޒމ

    ބ އަތޮޅުގައި ގިނައީ ޖޭޕީގެ ވަގު ފޯމް

    11
  7. ައަކްމަދު

    ނަޝީދު މަތިން ބައިން ޖެހެނީ. ޖުމްހޫރީ އޮތީ ނިންމާފަ. ޤާސިމް ހޮވަން ވީ ފަހަރު.

    10
  8. އާދަމް ޝާފިޔު

    ދެވަނަ ފޮޓޯގައި އެހެރީ ގޮއިދޫއިން ވަގު ފޯމް ފުރި ގޮލާ

  9. Anonymous

    އަމީނުއެހެދީ ކަނޑައެޅިގެން ބޮޑުދޮގެއް ބ ަތޮޅުގައިވެސް ކުރީގައިއޮތީ ރައީސްޔާމީނުގެނަން އަހަރެންނަކީ ބ އަތޮޅުގެ އެއްމެމީހުންގިނަ ރަށުގެތެރެއިން އެއްރަށެއްގެމީހަކީމެވެ.

    6
    2
  10. މޯޑް

    ގާސިމަށް މިސަރުކާރު ގޯސްވިއިރު ގާސިމްގެ އަނބިމީހާ ނަހުލާ ހުރީ މިސަރުކާގެ ވަޒީރެއްގޮތުގައި މިއިންވެސް އިގެނީ ގާސިމްގެ އިހްލާސްތެރިކަމެއް ނެތްކަން

  11. އާދަނު

    މުޅި ބ އަތޮޅުން ޤާސިމް ސަރ އަށް ލިބޭނޭކަމަށް އާދަނުގެ ފޮތްތަކުން ދައްކަނީ 13 ޕަސެންޓް! މި ވާހަކަ އަމީންގެ ނޯޓުފޮތުގައި ތަރީޚާއެކު ލިޔެލާތި!

  12. ހަސަން

    ތިގޮވަނީ ކޮސް ޤާސިމަކަ ތާއިދުނެތް ތިހަދަނީ ދޮގު ބުރޯ ބ.އަތޮޅު އޮތީ ރ.ޔާމިނުއާއި އެކުގާ

    6
    2
  13. އަބްދުﷲ އަލީ / ބ.އަތޮޅު

    ވޯޓުގެ އެއްވެސް ކުރިއެރުމެއް ނެތް... ގާސިމް ކައިރީގައި ކެންޕެއިންގައި އުޅޭ މީހުންވެސް ވޯޓް ނުލާނެ ގާސިމަކަށް މިކަން 2 އަމީން އެނގޭނެ

    10
  14. ލުޠުފީ

    މިޔޮއްހާދުވަހު ނޭނގުނުދޯ ބޭރުގެ ސިފައިން ރާއްޖޭގައިތިބިކަމެއް. މީހަކު ބުނީމަ އެނގުނީ ދޯ. ބަލަ ކަލޭމެން ބައިވެރިވެގެން އަދި ބައި ނަގައިގެންނޭ ތިޔަ ހުރިހާ ޖަރީމާއެއް ހިންގާފައިވަނީ. މިހާރު މާކުންބޭ ބަނޑު ފުރުނީމައި ކޮން ވާހަކައެއް ދައްކާކަށް.

    11
  15. ޔޫސުބާ

    ރައްޔިތުން ފެއްނަމޫސުންއައީ ފިރުމާލަދީ ފާހާނާވެސް ސާފްކޮއްދޭނެ ވޯޓްލާނިމެންދެން ދެން ނިކަމަތިމީހާ ނޭގޭނެ ތިއިންމީހެއްގެ ގެއައްދިޔައަސް ރަޝުންހަދިޔާގެނަސް ގެއައް ވަދެގޮވާލީމަ ފޮނުވާނެ ގޭގަގެންގުޅޭމީހާ މަގާމުލިބުނުމީހާއާދިމާވެއްޖެނަމަ ބުނާނެ ނޭގެއޭ ގެނާކެޔޮގަނޑު މިތާބަހައްޓާޝޭ މިދަނީ މީޓިންއަޝޭއޮފީސް

  16. ކަލުބެ

    5 މީހުން ވެގެން 1 ހައިޖެކްކޮށްގެން ހޯދާވައްތަރު ތާއީދު މީކޮންވައްތަރު ތާއީދު؟

  17. ޕޮގުބާ

    ލާރި ދިންވަރަކަށް ގާސިމް ނަންކުރަންވާނެ އެމްޑީޕީއާ ޕީޕީއެމް ފަހަތުން ގާސިމް ޖެހޭނީ ދުވަން

    12
  18. އަދީބު

    ވޯޓު ލުމާ ހަމައަށް އަބަދުވެސް ގާސިމްގެ ނަން އޮންނާނީ ކުރީގައި. އެހެނަސް ވޯޓު ލީމަ އެ ނަން ފަހަތަށް ސޮހިގެން ދަނީ.

  19. ހާސަރު

    ތީ އިންތިޚާބު ތަކާ ދިމާކޮށް އަބަދުވެސް ތިބޭފުޅުން ގާސިމް އިބްރާހިމަށް ދައްކާ އަވާމެންދުރެއް.

  20. ހިމް

    ނަވާޒުމެން ލައިގެން ތިކަން ކިހިނެއް ކުރާނީ؟ އަނިޔާ ލިބުނު މީހުންގެ އާާއިލާތަކާ ހަމައަށް ދާން ކެރޭތަ މިމީހުންނަށް؟ ކޮންމެވެސް އެއްޗެއް ކިޔާފައި ގާސިމު އަތުން ލާރިގަނޑު ކާލަން މިއުޅެނީ އަނެއްކާވެސް.

    6
    1
  21. ސަނާ

    ގާސިމައް ވޯޓް ނުދެނަން އިބޫ އައް ދޭން ޖެހުނަސް

  22. އަހަރެންގެ ވަގުތު

    ރިޔާސީ އިންތިހާބުގެ ފޯރި، ވޯޓު ލީމާ މީހަކު އެގޭނީ

  23. ޓތ

    މީ ސީދާ ދޮގެއް

  24. ސަރަގު

    ވަގުކަލޭގެ މިއޮށްހާދުވަހު ބޮނދާއޮވެފަ އައިސް މޮޅުވާހަކަ ދައްކާފަ ޤާސިމް ފެލަނީނު

  25. ވަޙީދުބެ

    އަދިވެސް އަމީންމެންކަހަލަ މީހުން ޤާސިމް ހުސްކުރަނީދޯ. އެފަކީރު މިހާރު ހުސްތޮށިގަނޑަކަށް ވެއްޖެ.