ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ވައްކަން ކުރައްވާފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

މޫސާ އަލި މަނިކާއި އާރްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ގުޅިގެން އެ ކުންފުނީގެ އެކައުންޓުން 13.8 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށް ބުނެ، "ދިޔަރެސް" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މޫސަ އެ ހަބަރު ދޮގު ކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުޢާމަލާތްތައް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ." މޫސަ ވިދާޅުވިއެވެ.

މޫސާ އެ ހަބަރު ދޮގުކުރެއްވިއިރު، އާރުޑީސީއާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަންސޫރު

    ބުރޯ ހިސާބުބައްލަވާ ދުވަހެތްވޭ މިހާރު ދޮގުވެސް ހެދިދާނެ ވައްކަންވެސް ކުރެވިދާނެ އަދިވެސް ތައުބާވާންފުރުސަތު އެބައޮތް

    22
  2. ާމާމީ

    ވަގުން ބުނާނީ ދެންތިބީ ހުސްވަގުން ކަމައް

    20
  3. ޙަހަހަ

    ޥަގުން ހުސް

    14
  4. ޗޯރުއައުޓް

    ތިޖޫރި ވަގު

    18
  5. ދިބާ

    ސޯޓުބޭލުނީ

    21
  6. ޒައިކް23

    އެސޮރުމެން އެހާ ގަޅިއެއް ނުވާނެ އަމިއްލަ އެކައުންޓަކަށް ކޮށްފާނެ ހެން ހިޔެއް ނުވޭ.. ކޮންމެ އަހަރަކު އޮޓިޑްކުރާއިރު ފެެންނާނެތާ އެވަރުގެ އެއްޗެއް ކޮށްފަ އޮތްްނަމަ.. ފުުލުުހުން ފައިލްކުރާނެ ކޮންމެ މީހަކު މައްސަލައެއް ލިޔަސް..އަސްލެއް އޮތްނަމަ ސުވާލުކުރާނެތާ.. ތިޔަަ ވެގެން އުޅެނީ އެމްސީ ހަމީދު ކޮއްކޮއަށް އެތާނގެ ޑީ.އެމްޑީކަން ނުދީގެން ފިލުވާ ހަސަދައެއް.. އެސޮރު އެތަނުން މަންޖެއަކާ ހިތާވެ އަންހެނުން ވަރިފަށަށް އަރާ މޫކޭ ބޮލަށް ތުރާވީމަޔޯ ނުދިނީ ކުރިން ދޭން އުޅެފަ ވެސް..

    2
    7
  7. ގާސިމް

    ފުރާޅު ވަގު

  8. މަހުވާ ވަގުން

    މާ ތާހިރުވާނެ މީހުނަށް ދޭންހުރި ފައިސާތައް އާރު.ޑީ.ސީ އާއި ފެނަކަ ދީނިންމީމަ. ވޯޓުން ފެންނާނެ ރައްޔިތުންގެ ފައިސާކޮޅު ޕަކަޅާކޮށްގެން އުޅުނީމަ ވާނެގޮތް.ސިޔާސީ ވަޒީފާ ތި ދެނީ މީހުންގެ އަތުން ދަރަނިނަގައި ދައްކަންހުރި ފައިސާނުދައްކާ ،އެ ފައިސާ ކޮޅުން އަދި ވައްކަން

  9. އެދުރުބޭޭ

    ސަރުކާރަށް، މިހިނދުން މިހިނދަށް މިދެމީހުން ހައްޔަރުކޮށް މަޤާމުން ދުރުކުރަން ގޮވާލަން. ސަރުކާރުގެ ލާރިއަކީ ރަތްޔިރުންގެ ފައިސާ. ރަޢިސަކަށްވެސް ވަގެއް މަގާމެއްގައެއް ބެހެއްޓިގެންނުވާނެ. މިހާބައިވަރު ފައިސާ އަމިއްލައެކައުންޓަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ތިއީ ތިޖޫރީފެޅުމުގެ ރިކޯޑް އޮތް، އެކަމުގައި ކުރިއަރާހުރި ތަނެއް.

  10. މަޑުއްވަރީ

    ވައްކަމުގެ ތުހުމަތު އެޅުނީމަ ރީތި ގޮތަކީ ބަޓް ނަގަން ރަށަށް ކަނޑާލުން.

    11
  11. ހަކީމް

    މަހޭ އެއްބަސްވިތަ

    9
    1
  12. 1234

    އެބޭފުޅުންނެއް ނުކުރާނެ ވައްކަމެއް؟ ކުރައްވާނީ ތިނެސްކަން

  13. ޭައަހަރެން

    މޫކޭ ތިކަން ބަލާ ތަހުގީގުކުރަން މާގިނަ ދިވަހެއް ނެތް. ކަލޭގެ ވާހަކަ ދެއްކުމުގެ ބަހުރުވަ ހުރިގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށްވެސް މީހުންގެ ނަފްރަތު އެބަލިބޭ.

  14. މަރޮށި އަލީ

    ކުރިއަށް ވަރިން އަދި މިހާރު މާގޯސް!

  15. ހިޗަނަ

    ހާދަ އަވަހަކަށް ބިތުފަންގި ނެގެން ފެށީ؟ އަދިވެސް އެކްޓިވިސްޓު ޕާޓ**ން ނަށް ވަޒީފާ ދީގެން ތެޅިބަލަ