ސަރުކާރާއި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އެންމެ 3500 މީހުން ހަމަނުވާ ޕާޓީއެއްގެ ފައިބުޑަށް ވެއްޓިއްޖެ ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު މަލާމާތްކުރައްވައިފިއެވެ.

ޒައިދު އެހެން ވިދާޅުވީ ރޭ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންގެ ބައިވެރިވުމަށް އިޝާރާތް ކުރައްވައެވެ.

ޒައިދު ވިދާޅުވީ މީހަކު ބުނަނީ އެއޮށް ބޮޑު ޕީޕީއެމް މީހާރު އެންމެ 3،500 ހަމަނުވާ ޕާޓީއެއްގެ ފައިބުޑަށް ވެއްޓި ކަމަށެވެ.

"ޕީޕީއެމް އަކީ މިހާރު އެމީހުން ބެރުޖަހަން ގެންގުޅޭ ޑްރަމްސިޓް އެކޯ. ހާދަހާ ލަދުވެތި ކަމެކޯ. އަޅުގަނޑު ދެންނެވިން އެހެންހޭ.". ޒައިދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވައި ދެ ބޭފުޅުން ގުޅިވަޑައިގެން އެއް ކެންޑިޑޭޓަކު ނެރެ ސަރުކާރު ބަލި ކުރަން ސިޔާސީ ޕާޓީތަކަށް ނަޝީދު ވަނީ ރޭ ދައުވަތު ދެއްވާފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ޔާމީން ކުރިމަތިނުލައްވައި ދެ ބޭފުޅުން އެކުގައި ބާރަށް މަސައްކަތް ކުރައްވައިގެން ރައްޔިތުން އެދޭ ގޮތް ހޯދައިދޭން ޖެހޭ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށެވެ. ރައްޔިތުން ބޭނުންވާ ރަނގަޅު ގޮތް ހޯދައި ދެވޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރަނީ ރައީސް ޔާމީން ރާއްޖޭގެ ޒައާމަތާއި ހަވާލުވެގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. އާމިނަތު

    ޢޮޅިގެންވެސް އެމްޑީޕީ ގެ ފައިބުޑަކައް ނުވެއްޓޭނެ

    66
    3
  2. މާމި

    އަހަރެމެން ކަލޭ ތީ މީހެއްކަމައް ނުބަލަން އިނގޭ

    74
    3
    • ޅާބު

      .ތިވަރުގެ ދީނީ އިލްމްވެރިއެއް ނުދެކެން..އެއީ ހުރިހާ ކަމަކާ ބެހޭތީވެ

      38
      1
  3. ގގގ

    2023 ރައީސް ޔާމީން އިންޝާﷲ އާމީން

    77
    7
    • ގޮވެލި

      ދެން ސޯސް އުގުޅާނީ ޒައިދުގެ ބޮލުގަ

  4. ހަޔަސިންތް

    ދީނީއިލްމުވެރިޔެއްބާ ނޫނީ ސިޔާސީ ދޮގުވެރިއެއްބާ

    77
    5
  5. ސޭކު

    މީ އިލްމުވެރިންތަ އަޅެ؟

    61
    1
  6. ހަގީގަތް

    ތިބޭފުޅާ ތިބިރު ގަންނަނީ ގުޅިގެން ނިކުމެދާނެތީވެ.
    އިބޫވެސް އިންތިހާބު ކާމިޔާބު ކުރީ ތިކަހަލަ ކުދި ޕާޓީ ތަކުގެ ފައިބުޑަށް ވެއްޓިގެން

    64
    1
  7. ބަދަވި

    ޖަހާލަތު ޕާޓީ ތިޔައީ މީހުން ވަގައް ވައްދައިގެން 3000 ހަމަކޮށްގެން އުޅޭ ޕާޓީއެއް

    60
    3
  8. ހުސޭނުބޭ

    ދީނީ ޢިލްމުވެރިއެއްތޯ! އެހެންވިއްޔާ އެކަމުގެ ޙުކުމް ބުނެދެއްވާ!

    60
    1
  9. އައްޔަ

    ޝައިޚް ........ ހައްޖަށް ދާން އެތައް ދުވަހެއްވަންދެން މަސައްކަތްކޮށްގެންވެސް ފުރުސަތުނުލިބި ކިއުގައިޖެހިގެން ތިއްބާ އޭގެތެރެއިން 50 މީހުންގެ ޖާގަ ދަމާގަނެގެން ދުނިޔޭގެ އަމިއްލަ އެދުމަށްޓަކައި ހައްޖަށް ދިޔަ މީހުންގެ ޙުކުމަކީ ކޮބައިތޯ؟

    70
    1
    • ރަދީފްއޮފިޝިއަލް

      މީތި ވަރަށް ސަޅި.ޖަވާބު ދޭން ކެރޭނެ ބާ؟؟

      23
  10. ހިޔަޅު

    ތީ މީހަކު ބުނި ވާހަކައެއް ނޫނޭ. ތިމާ އަމިއްލައަށް މީހެއްގެ ނަމުގައި ބުނާ ދޮގެއް. ޒައިދު ޗޯރު އިބުރޭގެ ފޫކޮޅުގައި ދޫލަމުން ދުވިއަސް ޕީޕީއެމް ޗޯރު އިބުރޭގެ ފޫކޮޅުގައި ދޫލާކަށްނުދާނެ.

    53
    1
  11. ޒައިދު

    ކަމަކު ނުދޭ. ތިއީ ސިޔާސީ އެކްޓިވިސްޓެއް. ދީން ދަންނަ މީހަކަށް ނުވޭ.

    50
    1
  12. ރަދީފްއޮފިޝަލް

    ކަލެއަށް އެނގޭނީ ހަދީސް.އަލަށް އުފައްދާ ކޮންމެ ޕާޓީއެއްގެ ފުރަތަމ ޖަލްސާގަ އޭރު އުފެދިފަ ހުރި ހުރިހާ ޕާޓީއެއް ބައިވެރިވޭ.އެއީ ފައި ބުޑަށް ވެއްޓުމެއް ނޫން.ކަލެއަށް މިކަން ހިނގާ މަގު ނޭނގޭނަމަ ތިހެން ކިޔާނެ.

    43
  13. ބުރުގާ

    "މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް" އޭ ؟؟؟! ތީ އަދާލަތު ޕާޓީގެ ސިޔާސީ އެކްޓިވިސްޓު ރަންޑިއެއްނު.

    51
    1
  14. ޢހ

    ޝެއިޚް ތިދަނީ ހައްދު ފަހަނައަޅާ. އެއީ ޝޭޚާއި ބެހޭ ކަމެއްތޯ؟

    50
    2
  15. ވަގުސޭކު

    ކަލޭ ޕާޓީގައި 3000 ހަމަ ނުވޭ

    41
    3
  16. ކައްޒާބު

    ޒައިދު ކަލެއާވެސް ސުވާލުކުރެވޭނެ ދުވަހެއް އެބައޮތް..ބިރެއްވެސް ނުގަނޭތަ އިލްމު އެގިހުރެ ތިގޮތަށް އުޅެން…ބިތުފަންގީގެ ފަހަތުގައި ހިނގާ ކަންތަށް ކަލެއަށް ނޭގެނީތަ؟ ނޫނީ ނޭގޭކަމަށް ހަނދަނީތަ؟ ނޫނީ ނުފެންނަނީތަ..ނޫނީ ނުފެންނަ ކަމަށް ހެނދެނީތަ…ރަނގަޅު އެމީހަކު ކުރި ކަމެއް އެމީހަކަށް އެކަމަކު އިލްމު ކިޔަވައިގެން ހުރިމީހަކު ތިހާ ކަނުމީހަކަށް ވީމަ ހޭލެވޭނީ މަހުޝަރުގަ ހެން މަށައް ހީވަނީ…

    43
    1
  17. މަހުމޫދު

    މި ޒައދު މީ ދެންކާކު؟

    40
    2
  18. ހާލުފޮޅި

    ވެެއްޓުނަސް އޮށޯތަސް އެއީ ތިބޭފުޅާޔާ ބެހޭ ކަމެއް ނޫން..

    46
    3
  19. އަހައްމަދު

    އިބޫ ގުޅުނު އަދާލަތާ ޝިޔާމް ޕާޓީގައި ލައްކައިން ތިބިކަމަށް ހީވަނީތަ. ހަހަހަ. ލަދެއްވެސް ނުގަނޭ ދޯ..

    19
  20. އަލީ

    ވަރައް ހިތައް އުނދަގޫވި ދޯ ސައުދީން ކަލެއައް ދިން 1000 ޑޮލަރު ކަނޑާލީމަ ދޯ

    21
  21. ގެމަނަ

    ޒައިދު ކަލޭމޮޔަވަނީތަ ފުރަތަމަ ކަލޭ ނަޝީދުއަތުން ފޭރިގަތް ޕާޓީގަ ހުރުމުގެ ހުކުމް ބުނެދީބަލަ ފޭރުން އެއީ މިހާރު ކަލެއަށް ހަލާލުކަމެއްތޯ..........ތިހުރީދުއާދެއްވި ވެރިޔާއާއިއެކު ގައުމުފަސާދަކުރަން ނިކުމެދޯ ކަލޭބަލަންހުންނާތި މިފަހަރު ސޯލިހަށް މިގައުމުގެ އެކަކުވެސް ވޯޓެއްނުދޭނެ އެއްބުރުން ބަލިވެ ސޯލިފިލާނެކަމީ ކަށަވަރުކަމެއް.

    16
  22. ރައްދު

    ފޭކުޝޭހް މިއީ ކާކު ބަލައި ގަން ނާނެ މީހެއް

    13
  23. ޑައެލޯގް

    އިސްލާމްދީނުގައި މަލާމަތްކުރުމަކީ ބޮޑާކަމެވެ. ބޮޑާކަމަކީ ﷲ އެންމެ ނުރުއްސަވާ އެއްކަމެކެވެ. އާދުބާގާގެމީހުނާއި ސަމޫދުބާގާގެމީހުނާއި ވަރަށް ގިނަގަބީލާތަކެއް ނެތިގެންދިޔައީ ބޮޑާކަމާހެދިއެވެ. ޒައިދުގެ ތިބޮޑާކަމަށް ﷲ ޖަޒާދެއްވާނެއެވެ. އަހަރުމެންމިތިބީ ބަލާށެވެ.

    14
  24. ކޮވިޑް

    އަދާލަތުގެ ޝައްހަ މެމްބަރ އަދަދު ކަލޭ ބުނެދީބަލަ؟ އެކި ޕާޓީ ތަކުން ވަގަށް ނެގި މެމްބަރ ގެ އަދަދު ކަލޭ ކިޔާދީބަލަ؟ މުނާފިޤް ޝޭކް.

    13
  25. އިބްރާހިމް

    ހެޔޮނުވާނެ ތި ދީނީތާކިހާނަގައިގެން ސިޔާސީ ކަންކަމުގަ މަނިކްފާނު އުޅުއްވާ

    14
    1
  26. ސިޔާސީ ޢިލްމްވެރިން

    ބަލަ ޝޭޚެކޭ ބުނާއިރު ބުނިބުންޏައް (އޭނާބުނި،މީނާބުނި)މިހެން ކިޔައިގެން ވާހަދެއްކުމަކީ ނަހީކުރައްވާފަވާކަމެއްކަންވެސް ހަނދާންނެތީތަ އެހެންވީމަ މަބުނަނީ ތިޔައީ ދީނީ ޢިލްމްވެރިން ނެއްނޫނޭ ތިޔައީ……

    14
  27. އަވަށުމީހުން

    ވަގަށް މާލެއިން ގެދޮރު ދިނީމާ ބޭނުން ގޮތަކަށް ފަތުވާ ނެރޭ ދެމީހުންތީ.. ދުނިޔެއަށްޓަކާއި ދީން ވިއްކާގެން އުޅޭބައެއްތީ..

    15
  28. ރުކުމާ

    މާފޮނުވާހަކަ ނުދައްކާ އަގަމަޑުން ލައިގެން ހުރެ އަލީ ޒައީދު ލާދީނީ މީހުންގެ ފައިބުޑު ދޫހާކަންނޫން ތިޔަހުރީ މިހާރު ކަނޑައެޅިގެން މުންކަރާތްތަށް ނުހުއްޓުވޭ ވެރިޔެއްގެ ފޫބުޑު ދޫހާކަން ތިޔަހުރީ ކީއްވެ މަންފާވާތީ ކޮން އެއްޗެއް ތިޔަ ވިދާޅުވަނީ އޮރިޔާން ހާލުގައި މަގުމަތީގައި މީހުން އުޅުނު ވެރިކަމެއް މިނޫނީ ދެކުނިންތޯ އަގަ ފަޅައިގެން ނުދިޔައީމެއްނޫން ހުން ހޮޅި ވާހަކަ ނުދައްކާ ހުރޭ ނަޝީދާއި ޔާމީން ހަދާނެ އެއްޗެއް ތުބުލީ ބައިގަޑަށް ނޭގޭނެ

    10
  29. ބަކޫ

    ކަލެޔަށް ދީނީއިލްމުވެރިޔެކޭ ކިޔާމީހަކަށްވެސް ފާފަވެރިވާނެ ތަންދޮރުނޭގޭސޭކާ.... ކަލޭލައްއްވައި ހެޔެނުވާނެ އިސްލާމީގައަުމެއްގައި ދީނީ ދަރުސް ދެއްވާކަށް މީނަގެ ހުއްދަބާތިލްކުރަންޖެހޭނީ އަހަރެންގަބޫލްކުރާގޮތުގައި...

    11
  30. އަޙުމަދު

    މީނާއަކީ ގާތްގަނޑަކަށް 2017 ގައި ރަށެއް %75 އިންސައްތަ މީހުން ރަމަޟާން މަހު ރޯދަ ނުހިފާ ރަށެއްގެ ވާހަކައިން ބޮޑު ފިތުނަވެރި ދޮގެއް ހެދި މީހެއް، މި ދޮގު ހެދުމާއި ގުޅިގެން ކަމާއިބެހޭ މިނިސްޓްރީ އަށް މީނާ ޙާޒިރުވާން އެންގުމުން ފޯނު ނިވާލައިގެން އުޅުނީ ފަހުން އެތައް ބައެއްގެ ޙާޒިރުގައި އެއީ ރަގަޅު ވާހަކައެއް ނޫންކަމަށް އެއްބަސްވީ. މިހާރު ވެސް އެރަށަށް މީނާ ނާރާނެ މީނާގެ ބަރުދަނަށް ރަނާއި ޖަވާހިރު ދޭން ބުންޏަސް. މިއީ މީނާގެ އަޚުލާގު ހުރިގޮތަކީ.

    13
  31. އަޙްމަދު

    ކަލެޔަކީ ސިޔާސީ މީހެއްތަ؟؟

  32. އަލީ

    ދީނީ އިލްމުވެރިންނޯ ހެހެ!!! ތިޔާ ތާކިހާ އަޅައިގެން ވެރިންގެ ބޫޓު ލޮންނަ މީހުން

  33. އަލީ

    ފަހުޒަމާނުގަ މިކަހަލަ މީހުން ފާޅުވާނެކަމައް އޮވޭ!! ހައިރާން ވާންޖެހޭ ކަހަލަ ކަންކަމެއް ނޫން މީކީ

  34. އ މ ރ ބ

    މިހިރަ ސޭހު މަރުމޯލާ!

  35. ގޮވެލި

    ދެން ސޯސް އުގުޅާނީ ޒައިދުގެ ބޮލުގަ

  36. ޒަމާން

    އިލްމުވެރިން ގައިގަ ހުންނަން ޖެހޭސިފައެއްބާތީ

  37. ސަރީ

    އަދުރޭ ކަލޭ ދައުލަތް ކޮޅާލަން ފަސޭހަވާނީ ޔާމީން އައިސްގެން ކަން ޔަގީންވާތީ ދޯ؟ ބަލަ ރެހެންދި ކިތައް ފްލެޓް ކަލޭ ނުަހައްގުން އަތުލައިގަތީ؟ މިސަރުކާރުންވެސް ވައްކަން ޕީޕީއެމް ސަރުކާރުންވެސް ވައްކަން. ވަގުންނަށް ފުރުޞަތެއް ނެތް އިންޝާﷲ ވަގުން އައުޓް.

  38. ޒާހިރު

    ޢެމްޑީޕީ މެމްބަރުން ޑިމެކްރެޓްސް ޢައްސޮއިކޮއް ނިމިއްޖެ ޒައިދުއައް ތަނެއް ދޮރެއް ޖެހޭވަޔެއް އިޔޮއް އެގޭބާ؟