ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި ހޯދަމުންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ)ގެ ބަންދުން ދޫކޮށްލައިފިއެވެ.

މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަތިހު ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދިނީ މާލޭގެ ކެފޭއެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި ގައްބަރޭ ހޯދަން އިއުލާނު ކޮށްފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

އޭނާ ހޯދަން އިއުލާނު ކުރިތާ ހަތް ދުވަސް ފަހުން އޭނާ ފުުލުހަށް ހާޒިރުވިއިރު، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އަދި ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ ބަންދުން ދޫކޮށްލީ މިއަދެވެ. ނަމަވެސް ބަންދުން ދޫކޮށްލީ ކިހިނެއްވެގެން ކަން ސާފެއް ނުވެއެވެ.

ގައްބަރޭ ހައްޔަރު ކޮށްފައި ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ގައްބަރޭ ހައްޔަރު ކުރީ ޒަރީރަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ޒަރީރަށް ހަމަލާދިން މައްސަލައިގައި މީގެ ކުރިން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދާއޫދް އިބްރާހިމް

    ގުއި ބަރޭ ވެސް ކިޔަންވީނު..

    16
  2. .ނުހާ

    .ކުއްވެރިން ހިފެހެއްޓޭނެގޮތެއް..އެއައްވުރެ ގައުމުގެ ހާލަތު މާގޯސް..

    10
  3. ޙެހެހ

    ސީޒަން ލައިގަންނަނީތަ

    11
  4. ސަރަފަކައްދަ

    އިންސާފު މި ޤައުމުގައެއް ޤާއިމެއް ނުކުރެވޭނެ. ޤައުމުގައި ތިބި ހަރު ކުލައިގެ ރައްޔިތުން ތިބީ ކޮރަޕްޓް ވެފައޭ ބުނާކަށް މަމެން ނެތީމު. އެހެން ކަމުން ބޮޑު ސޯބުތައް އެނބުރޭ ގޮތަކަށްތާ ކުދި ސޯބުތައްވެސް އެނބުރޭނީ. އަންނަން އޮތް ޖީލު ތަކުގެ ހާލަތުވެސް އޮންނާނީ މިގޮތައް. މި ޤައުމުގައި އެއްވެސް ރައްޔިތަކަށް ހަމަޖެހިލައިގެނެއް ނޫލެވޭނެ. އުލެން ބޭނުމިއްޔާ ކޮންމެ އިނގިއްޔަކަށް ބޮޑީ ގާރޑެއް ލައިގެން އުލެވިދާނެ. ވާނެ ހަތަރެއްޗެއްވެ ނިމިފައި މިއޮތީ. މިއީ ބަޔަކު ގަސްތުގައި މި ޤައުމު ފުނޑާލި ކަމަށް ބުނާކަށް މަމެން ނެތީމު.

    10
  5. ރައްޔިތުމީހާ

    ދޫ ކޮއްލާވަރު ހައްޔަރު ކުރަނީ ކީއްވެތަ؟؟ ދައުލަތަށްވެސް ބުރައެއް އަދި ހަރަދެއް، ކުއްވެރިޔާއަށްވެސް ބުރައެއް.

    2
    1
  6. އަހައްމަދޫ

    ކުރީ ދުވީ މަރުތޭލެއްހިފައިގެން. ދެން ދުވާނީ ކޯޗެއް ހިފައިގެން ކަމެއްވެސް ނޭންގެ. އެހެނެއްނުވާނީ . ހައްޔަރުކުރީ ދޫކޮށްލީ

  7. ސަލް

    ކުއްވެރިން ހައްޔަރުކޮއްފަ ނުބޭތިއްބޭ ގައުމެއްގެ ރައްޔިތަކަށް ހަމަޖެހުމެއް ނުލިބޭނެ.

    • ކަބާ

      ދެން ހަމަޖެހުން ގާއިމްކުރެވޭ ވަރުގެ ވެރިޔަކު ގެންނަންވީންނު