މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ހދ. މަކުނުދޫގައި 1,200 މީޓަރުގެ އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަކުނުދޫގައި މިރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ މަކުނުދޫ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރަށަށް ވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށެވެ. އަދި މަކުނުދޫ އަށް މިހާތަނަށް ވަޑައިގަތީ އެންމެ ދެ ވަޒީރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ނާޒިމް މިއަދު މަކުނުދޫގައި. ---

ނާޒިމް ވިދާޅުވީ މިކަމުން ވެސް މަކުނުދޫ އަށް ސަރުކާރުން އަޅާނުލާ ކަން ފާހަގަވެފައިވާ ކަމަށެވެ. މި ރަށަކީ ސަރުކާރަށް ބޭނުން ނެތް ރަށެއްގެ ގޮތުގައި ސިފަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެން ނޫން ނަމަ، މި ރަށުގައި ވަރަށް ގިނަ މިނިސްޓަރުން ވަޑައިގެން ވަރަށް ގިނަ ކަންކަން ކުރައްވާ ތަން ފެންނާނެ. އެކަމަކު، ސީޒަން އައުމާއެކު، ވަރަށް ގިނަ ބޭފުޅުން ފެނުމަކީ އެކަށީގެންވާ ކަމެއް،" ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަކުނުދޫ އެކަހެރިވެފައި އޮތް އޮތުމުން ސަލާމަތްކޮށް ދެއްވާނީ އޭނާ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަކުނުދޫގައި އެއާޕޯޓު އެޅުމަށް ރަށުގެ އެކަކު ވެސް ދެކޮޅެއް ނޫނެވެ. އެކަމަކު، އެއާޕޯޓުގެ އުންމީދުގައި ރައްޔިތުން ތިބޭތާ އެތައް އަހަރެއްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ރަށުގައި "މަސް ބަންދުކުރާ" ބަޔަކަށް ދިން ނަމަވެސް އެކަން ވެސް ވާ ތަން ނުފެންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިއަދު މަކުނުދޫގައި. ---

"އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތް ޔަގީންކަމަކީ އަޅުގަނޑުގެ ސަރުކާރެއްގައި ތިޔަބޭފުޅުންނަށް 1200 މީޓަރުގެ ރަންވޭއެއް އަޅައި އެއާޕޯޓެއް މި ރަށުގައި ގާއިމުކޮށްދޭނަމޭ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަކުނުދޫގައި ކައިރީގައި އޮންނަ ސޮނޭވާ ސީކްރެޓް ރިސޯޓު މި އަހަރުގެ ތެރޭގައި ހުޅުވާ އިރު، އެއާ ޓެކްސީ މެދުވެރިކޮށް މި ރަށު ރައްޔިތުން މާލެ އަށް ދަތުރު ކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަކުނުދޫގައި ހޮސްޕިޓަލެއް އަޅައި ގައިނޮކޮލޮޖިސްޓުންނާ އެކުގައި މި ރަށުގައި ގައިނޮކޮލޮޖީ ވޯޑެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި ސްކޭން ކުރެވޭނެ ގޮތާއި އެކްސްރޭ ކުރެވޭނެ ގޮތް ވެސް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ މަކުނުދޫގައި 14 ގެސްޓްހައުސް އަޅައި، އެ ގެސްޓްހައުސްތަކުގެ ތަޅުދަނޑި ޒުވާނުންނާ ހަވާލު ކުރައްވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވައިފައެވެ. އަދި ފުޓްބޯޅަ ދަނޑު އަމިއްލަ ހަރަދުގައި ނަމަވެސް ހަދައި ދެއްވާނެ ކަމުގެ ޔަގީން ވެސް އޭނާ ދެއްވިއެވެ.

މީގެއިތުރުން އައުޓް ޖޯ ޖިމްއަކާއި ކުޑަކުދިންގެ ޕާކެއް ވެސް އަޅުއްވައި ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވަނުވާ

    މޮޅުއަނގަ ތަޅާއިރު ކެމްޕޭން މެނޭޖަރ އަކަށް ލާފަހުރިމީހާ އެހެންމީހުންނާށް ދޭން އޮތް ފައިސާ ފިރަތަމަ އެހައްގިވެރިންނަށް ހޯދަދެވޭތޯ ބަލާބަލަ
    އޭގެފަހުން އެއަރ ޕޯޓެޭ ފުލެޓޭ ގޮވާނީ

    6
    1
  2. އަލީޙަސަން

    ނާޒިމްސރ ތިޔައީ ޤާބިލް ޢިލްމީ ތަޖްރިބާކާރު މުދައްބިރެކެވެ.

    3
    5
  3. ކިޔުންތެރިއެއް

    ނާޒިމަށް މަކުނުދޫ ފެނިގެން ތި އުޅެނީ ކެމްޕޭން ފެށުނީމަ. ނާޒިމު މަކުނުދޫ އަށް ނޭރިޔަސް ނާޒިމަށް ވެރިކަން ނުލިބުނަސް ސޮނެވާގެ ގެސްޓުން ސީޕްލޭން ގައި ރިސޯޓަށް އުފުލާނެ. ވަރަށް ވެދުން.

  4. ޡުހުރާ

    ޏާޒިމު ސަރ ގެ ހިންގުންތެރިކަމާއި އިޚްލާޞްތެރިކަމާމެދު އެކެއްގެ ހިތުގައި ވެސް ޝައްކުކަމެއް ނެތެވެ.

    4
    3
  5. Anonymous

    ނާޒިމް ހެޔޮނުވާނެ. ބުނެބަލަ ރާއްޖޭގެ ކޮއްމެރަށެއްގަ އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅާނަން. ހުރިހާ އެއަރލައިން ތަކުގެޓިކެޓް ހިލޭހަދާދޭނަން. ދިވެހިކޮންމެ ރައްޔިތަކަށް ފަންސާސްހާސް ރުފިޔާގެ މުސާރައެއްދޭނަން. އޭރުން ނާޒިމް އެއޮތީހޮވިފަ. ތިޔަހީކުރާގޮތުން!!

  6. Anonymous

    ރައީސްކަމާއިހެދި މޮޔަވިއަސް ތީބޮޑުވަރު!! ޕާޓީގަ ދިހަހާސް ބޯހަމަނުވާއިރު!!

    4
    1
  7. ލޮލް

    ތިގޮތަށް ކިތަށް ރަށަށް އަރާ ކިހާ ވަޢުދެއްވާނެ. ހަރާމޭ ވެރިކަން ލިބުމަށްފަހު ތިއިން އެންމެ ވަޢުދެއްމަތިންވެސް ހަނދާން ހުރިއްޔާ. ރަނގަޅަށް ވިއްޔާ ދައުރު ނިމިގެންދާއިރު މަކުނުދޫ މަތިންވެސް ހަނދާނެއް ނުހުންނާނެ. ނަމަވެސް ގޮތް ނިންމާނީ މަކުނުދޫ ރައްޔިތުން.

    5
    1
  8. ހޮޅުއަށި

    ކޮއްމެ ދެގޭދޭތެރޭގަވެސް އެއާރޕޯރޓް އަޅަންވީހަމަ، ރައްޔިތުންނަށް ލުއިފަސޭހަގޮތް ހޯދަދޭންވެގެން ގިނަ އެއާރޕޯރޓްތައް ހަދާވަރަކަށް ޚަރަދުތައް ބޮޑުވެ އެއާރޕޯރޓުންނަގާފީ ތައްދާނީ ބޮޑުވަމުން، އެއިން ކޮއްމެ އެއާރޕޯރޓަކުން ދަތުރުކުރާނީ އެއްމެ ދެތިން މީހުންނަށްވާތީ ޓިކެޓްވިއްކައިގެން އެއާރލައިންނަށް ލިބޭއެއްޗަކުން ދެކޮޅުނުޖެއްސިގެން އެއްމެފަހުން މަޖުބޫރުވާނީ ފްލައިޓް ޓިކެޓް އަގުބޮޑުކުރަން، ދެން އެއިންދަތުރުކުރާމީހުންގެ ޖީބަށް ބަރުބޮޑުވެ ރައްޔިތުން ހުރިހާ ރުޅިއެއްބާލާނީ ސަރުކާރަށެވެ. ދެން އެއްމެންވެގެންނިކުއްނާނީ މަނިކްފާނުގެ ސަރުކާރު ބަދަލުކޮށްލާށެވެ. ރައްޔިތުންނަށް ލުއިފަސޭހަގޮތްތައް ހޯދަދޭންވެގެން ސަރުކާރުން ކުރާ ކަންތައްތަކުން އެއިރެއްގެ ހުންނަ ރައީސަކަށް ދިމާވަމުންދާ ނޭދެވޭ ކަންތައްތައްވެސް ވަކި މަދެއްނޫނެވެ.

  9. ހުސޭނުބޭ

    މިހާރު އެއްފަހަރަކަށް ހުއްޓާލަންވެއްޖެއެއްނު! މާ ގިނައިންވިއްޔާ ތި ހުސްއަނގަތަޅަނީ!

    1
    1
  10. ަަްްއރ15

    އެޢާޕޯޓް އެޅީމަ ނިމުނީދެންދޯ، ބޯޓުންފައިބާގެން އައިސް ޖޯލިފަތިތަކުގަ ދުފާފަ ކުޅުބުރުވަން ތިބެނީ، ވައޭ މީތި، ރަށުތެރެ ރަނގަޅުކޮއްބަލަ ފުރަތަމަވަރަށްވައޭ ރައްތައް