ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓްކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ދިނުން މަޖުބޫރު ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިގު ވަނީ އިއްޔެ އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި ފޮރިން މިނިސްޓަރ ޝާހިދު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ތިއްބެވި ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.

އެޓްވީޓްގައި ޠާރިގު ވިދާޅުވީ ޝާހިދުއަށް ރަނިން މޭޓްކަން ދިނުމަށް ރައީސް ސޯލިހަށް މަޖުބޫރު ވާނެ ކަމަށެވެ. ރަނިން މޭޓް ނެގުމުގެ އިހްތިޔާރު ނެތް ވެރިއެއް ހޮވަން ހެޔޮ ނުވާނެ ކަމަށާއި މިއީ މަޖުބޫރު ކައިވެންޏެއް ކަމަށް ޠާރިގު ވިދާޅުވިއެވެ. "ކަނޑު ވިއްކާލުމުގެ ބައިވެރިޔާ ޝާހިދުއަށް ރަނިންގ މޭޓްކަން ދިނުމަށް ރައީސް ސޯލިހަށް މަޖުބޫރުވާނެކަން އަހަރެމެންނަށް އެނގޭ. ރަނިންގ މޭޓްނެގުމުގެ ވެސް އިހުތިޔާރުނެތް ވެރިއެއް ހޮވަން ހެޔޮނުވާނެ. ތިއީ މަޖުބޫރު ކައިވެންޏެއް. 9 ސެޕްޓެމްބަރުގައި ބާލާނެ." ޠާރިގު ވިދާޅުވިއެވެ.

ޝާހިދަކީ ކަނޑު ވިއްކާލުމުގެ ބައިވެރިޔާ ކަމަށް ޠާރިގު ވިދާޅުވީ ރާއްޖެ އާއި ފޯޅަވައްސާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައި ކުރުމުގެ ޝާހިދު އަދާކުރި ދައުރާއި ގުޅިގެންނެވެ. އެމައްސަލައިގެ ޝާހިދުގެ އިތުބާރު ނެތް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގައި މަރުތަޅު އެޅުވިފައި އޮތުމުން ޝާހިދުގެ މައްސަލަ ވެސް ކުރިއަކަށް ނުދެއެވެ.

ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް މިހާރު ކެމްޕޭން ފަށާފައި ވީނަމަވެސް ރައީސް ސޯލިހް އަދި އެމަނިކުފާނުގެ ރަނިން މޭޓް އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަމަސްތޭ

    ކަލޭމެން މި ކަމަމާނޫޅެ ޕީޕީ ކަންތަކާ އުޅެބަލަ . . ވަގު އެއޮތީ ޖަލުގައި . . ކެނޑި ޑޭޓެއް ހޯދަން އުޅޭ . . .

    12
    18
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ފައިސަލް ނަސީމް އަށް އަހަރުމެން ވޯޓު-ލީ ކޯލިޝަން އަކަށެވެ. ނަމަވެސް މިހާރު އެހުރީ ކޯލިޝަން އަކު ނޫނެވެ. މިއީ އަހަރުމެންނަށް ފައިސަލް ނަސީމް ދިން ލަނޑެކެވެ. ސަރުކާރު ބަދަލުކޮށް، ފައިސަލް ނަސީމް ގޮވައިގެން ޝަރިއްޔަތަށް ދާނަމެވެ. ފައިސަލް ނަސީމް މުސާރަ ނަގަނީ އަހަރުމެންގެ ޖީބުން ނެވެ! މުސާރަ އަނބުރާ ކޯޓަށް ދައްކަން ޖެހޭނެއެވެ!

    9
    4
    • ބެންޖަމިން

      އަސްލުވެސް ޤާސިމް އަށް ވެސް ދޮގާއި މަކަރާއި ހީލަތް ހެދީ ފައިސަލް ނަސީމް. ފައިސަލް ނަސީމް ކޯލިޝަނުން ވަކިވާނަމަ މަޤާމް ދޫކޮށްލަން ޖެހޭ. ރައްޔިތުން ފައިސަލް ނަސީމް އަށް ވޯޓު-ލީ ކޯލިޝަން އަކަށް.

      5
      3
    • ސުރައްޔާ

      އެބުނާހެން. ފައިސަލް ނަސީމް ކޯލިޝަނެއް ނޫން ވިއްޔާ ވޯޓުލީ ސަބަބު ގެއްލުނީ! އަހަރުމެން ފައިސަލް ނަސީމް އަށް ވޯޓުލީ ޤާސިމް އަށް ކުރި އިތުބާރަކަށް ކޯލިޝަން އަކަށް.

  3. ައަލަތަށި

    އިންޑިއަން ޕަޕެޓުސް. ޕުލޭނަކީ؛ އިބޫ ދެވަނަ ދައުރު ނިންމާފަ ޟާހިދު ރައީސް ކަމަށް އައުން. އޭރުން ދިވެހި ރާއްޖެ ރަސްމީކޮށް އިންޑިއާގެ ސުޓޭޓަކަށް ބަދަލް ވާނެ. ޚާއިނުން ތަކަށް އޮތީ ޖަލުގެ ކުޑަގޮޅިކަން ހަދާން ނައްތާނުލާތި. ވޯޓު ދޭނީ ގާނޫނީ ވެރިކަމެއް ކުރާނެ މީހަކަށް.

    12
    2
  4. ޗުކި އާދަނު

    ކެޑިޑޭޓް އޮތީޖަލުގަ ސާހިދު ޤައުމާއިގެ ކުރިޔާދެ ހަމައެކަނީ އިދިކޮޅު މިފަހަރު ކުޅިބަލަން މަޑުކުރަނީ

    6
    5
  5. ފޫހި

    ތޯރިގު އަކީ ނިގޫފިތިފާހުރި މީހެއް އެހެންވީމާ މި ކަލޭގެ ކިޔާނެ މިކަހަލަ އެއްޗެހި ޔާމީންވެރިކަމުގާ 5 އަހަރުން ބޯޑު މަހުޖަނަކައްވެފާ އެހެންވީމާ ނޯންނާނެ ސަލާމަތްވެވޭކައް ޖެހޭނީ ޔާމީނައް ސަނާކިޔުމުގާ އުމުރުދުއްވާލަން ރައްޔިތުންގެ ހަޒާނާ ދޮވެލާގެން