ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ކުރިއަށް ގެންދަން ހައިކޯޓު ފަނޑިޔާރުންގެ ޗުއްޓީގެ ސަބަބުން ހުރަސް އެޅިއްޖެއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލުން ވިދާޅުވީ ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވަން ތާވަލް ކުރި ނަމަވެސް އާދީއްތަ ދުވަހު ވަނީ އެ އަޑުއެހުން ކެންސަލްވިކަން އަންގާފައިވާ ކަމަށެވެ.

ނަމަވެސް ހައި ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށް، އެންމެ ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އޭގެ ފަހުން، އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރު އަދި ޔާމީންގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު ހުޒައިފާ މުހައްމަދު އިމަޖެންސީ ޗުއްޓީއެއް ނަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރު ހުޒައިފާ މުހައްމަދު އެމަޖެންސީ ޗުއްޓީއެއް ނެންގެވުމުންނެވެ.

ފަނޑިޔާރު ހުޒައިފާ ޗުއްޓީއަށް ފަހު އަންނަ ހަފްތާގައި މަސައްކަތައް ނިކުންނަވަން ތާވަލްކޮށްފައި އޮތްނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗްގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ސަލީމް މިހަފްތާގައި ޗުއްޓީއަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. އެހެންކަމުން އަންނަ ހަފްތާގައި ވެސް ރައީސް ޔާމީން މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލެއް ނުކުރެވޭނެއެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު ސަލީމް ދިހަ ދުވަހުގެ ޗުއްޓީއަކަށް ފަހު އެނބުރި މަސައްކަތައް ނިކުންނަވާނީ މިމަހުގެ ފަހުކޮޅުއެވެ.

ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަތަކަކީ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މައްސަލަތަކެއްް ކަމަށް ވާތީ އެއްވެސް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވޭނީ ތިން ފަނޑިޔާރުން ހާޒިރުވެ ތިއްބަވައިގެންނެވެ.

ހައިކޯޓުގައި އޮތް މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން އަދި މަދުވެގެން ދެއަޑުއެހުން ބާއްވަން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިމަހު ފަހުކޮޅު ހުޅުވާލާނެއެވެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކަށް ވާނީ އޮގަސްޓް މަހުގެ 07 ވަނަ ދުވަހެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ފަނޑިޔާރުންގެ ޗުއްޓީގެ ސަބަބުން އިތުރު ހުރަހެއް ކުރިމަތިވެފައި ވާއިރު އިންތިހާބުގައި ވާދަކުރުމަށް އޮންނަ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ނުކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަކަށް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ކިޔުންތެރިއެއް

    ރޭވިގެން ކުރެވޭކަމެށްތީ

    108
    5
    • ލުޓޭރުންގެ ސަރުކާރު

      ޗޯރޭ ބުނީ އަތެއްނުބާންމޯ މިއޮތީ ދެފައި ބާނާފަ...ﷲވޮޑިގެންވޭ ނުހައްގުން އަނިޔާ ތިދެނީ ހުރަގެއަށް ލައިގެން...ތިއީ އަނިޔާ...ސިޔާސީކަންކަމުގަ އަނިޔާދިނަސް ވާނީ ހަމަ އަނިޔާއަށް..ރޔާމީން ޖަލުގައޮތަސް އިންޝާﷲ2023ގެ ވެރިކަންކުރާނީ ރޔާމީން..

      23
      2
      • ޓިނު

        ކަލޯ ގަޔާ ޖަލުގެ ރައީސްތޯ؟ .ޔާމިިނު ވެރިކަމުގަ ކިތައްމީހުން ޖަލަށްލީތޯ ކޮބާތޯ ކޯޓްގެ ފުރާޅުޓިނު
        ކޯބާހޭ ރާޖެޓީވީ ހުޅު .

        3
        18
        • އިބްރާހިމް

          ޔާމީން ވެރިކަމުގައި ޖަލަށްލި ސިޔާސީވެރިން ޖަލުގައި ބައިތިއްބައިގެން ނޫންގޮތަކަށް މި ޤައުމަށް ހަމަޖެހުން ލިބޭނެކަމަށް ނުފެނޭ.

          9
          1
  2. Anonymous

    ާއިންސާފް ލިބިލައްވާނެ ދުވަހެއް އަންނާނެ!! إِنْ شَاءَ ٱللَّٰهُ . ފަޑިޔާރުންގެ ތެރެއިން އަދުލުވެރިކަމެއް ނެތްމީހާ ާައަށް އޮތް ހަލާކެއްގެ ބޮޑުކަމާއެވެ!!!!

    126
    3
  3. ޠާމީނު

    ޗުއްޓީ އަށް ދިއަޔަސް އޯކޭ، ކާފީ ހެކި ނެތި މީހެއްހެ ހައްގެއް ނިގުޅައިނުގަނެވޭނެ. ޙާއްސަ ކޮށް ތިކަމުގެ ބާވަތުން ޔާމީނު އަށް ތާއީދު ކުރާ އެތައް ރަައްއިތެއްގެވެސް ހައްގުތިއައީ.

    87
    6
  4. މާޒިން

    ގައުމުގަ ޔާމީން މައްސަލައާއި ގުޅިގެން ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ޗުއްޓީއަށް ވަޑައިގަތުމަށްވުރެ މި ގައުމީ ބޮޑު މައްސަލައަށް އަދި އެތައްހާސް ބަޔަކު އެ މައްސަލައަކަށް އިންތިޒާރުގަ ތިއްބި މައްސަލައަށް އިސްކަން ދިނުމީ ހަމަގައިމުވެސް ގައުމުގެ ރައްޔިތުންގެ އުއްމީދު ކަމަށް ނޫނީ ނުވާނެ.

    38
    1
  5. އިބޫގެ ޓީމް

    މިއީ ހަމަ ރާވައިގެން ކުރާ ކަމެއް. މި މީހުން މިކަމުގެ ބަސް އިއްވަން ޖެހޭނެ ދުވަހެއް އަންނާނެ އިންޝާ ﷲ

    80
    3
  6. ދަރަނި ދަންތުރަ

    ސީދާ ރާވައިގެން ތިން ފަނޑިޔާރުން އެއްބަސްވެގެން ސަރުކާރުން ބޭނުންވާ ގޮތަށް ރައީސް ޔާމީނުއަށް ކުރިމަތި ނުލެވޭނެ ގޮތް ހަދަނީ ، މި އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ނަމަ ސޯލިބޭއަށް ވެސް ކުރިމަތި ނުލެވޭނެ ، ސޯލިބޭ މިކަން ހަނދާން ކުރާތި

    36
    1
  7. Anonymous

    މި ފެންނަނީ ފަނޑިޔާރުގެޔަށް އަތް ނުބާނާކަކުގެ ހެކި. އިބޫ ސޯލިހް ވިދާޅުވީމަ ގަބޫލު ކުރަން ޖެހޭނެ.

    56
    11
  8. ހުސޭނުބޭ

    ޗުއްޓީ ނެގީ ހަމަ ވިދާޅުވި ގޮތަށް.

    53
    4
  9. ދަވާލާ

    މި ތިން ފަނޑިޔާރުން މިދުނިޔޭގައި ހިތުހުރި ގޮތަކަށް ކަންތައްތައް ކުރެވިދާނެ ، ﷲ ހަޒުރަތުގައި ޖަވާބު ދާރީ ވާންޖެހޭ ދުވަހު ސޯލިބޭ ހިސާން އަލީ ޒާހިރު ނުހުންނާނެ ، އެދުވަހުން ވެސް ފަހަރަކު ފަނޑިޔާރަކު ޗުއްޓީ ނަގާނީބާ ؟

    66
    2
  10. އއ

    ޕޕމ އުވާލާ! އަދުރޭއައް އެގިހުރެ އެހެން ކެންޑިޑޭޓަކު ނެރުނަ ނުދީ ޔާމީނު ޔާމީނުކިޔައިގެން އިބޫ އަތުން ރިސްވަތުކައި އަދި ގައުމުގެ އިސްލާހައް ސިޔާސީޕާޓީ ހިންގަންދިން ފައިސާއިން ޔާމީނު ދޫކޮއްލާށޭ ގޮވުން ފިޔަވާ އެހެންކަމެއް ނުކޮއް ތިބި ސިޔާމް އަދުރޭ ސައީދު މުއީޒު މީ ޚިޔާނާތުގެ ދައުވާ ކުރަންޖެހޭ މީހުން.!!!

    5
    24
  11. ހޭލޯ

    ޔާމީނުގެ އެކަނިތަ ހައްގެއް އޮންނާނީ؟ ކުށް ކުރާ އެންމެން ވެސް ހަމަ ހަމަ ވާން ޖެހޭނީ. ޖަލުގަ އޮތީ ޔާމީނު އެކަންޏެއް ނޫނެއްނު؟

    17
    64
  12. އަޒާ

    މީ ހާދަ ނުލަފާ ބައެކޭ، ގުޅިގެން ރައީސް ޔާމީނަށް ހާދަ އަނިއެކޭ ތިޔަ ދެމުންދަނީ، ދުވަހެއް އަންނާނެކަން ހަދާނުގައި ބަހައްޓާތި ޝައިތާނުންތަކާ،

    64
    9
  13. އިބްރާހިމް

    ތީ ސަރުކާރުން އެކަން އެގޮތަށް ރާވައިގެން ކުރިއަށް ގެންދާ ކަން ކަން

    62
    4
  14. ާއެނޮން

    ތި ހުޒެއިފާ އަކީ އަބަދުވެސް ތިހެން އުޅޭ މީހެއް... މައްސަލަ ނުބަލަން ރެކިގެން އުޅޭ އެމްޑީޕީ ޕަޕެޓެއް

    59
    8
  15. ޜައްޔިތުމީހާ

    ރޭވިގެމް ހިންގާކަމަކައްވާނަމަ ތިކަންކުރާބަޔަކާ ތިކަމާކުރިމަތިލާންޖެހޭ ދުވަސް އަންނާނެ

    66
    4
  16. މަރޭ

    ކުރަން ޖެހޭ ކަންކަން ވެސް ކަންކަން ކެރިގެން ނިންމަން ނުކެރޭމީހުން ކުރާނީ އެކިކަހަލަ ރޭވުން ރަވާގެން. އެކަމަކު ކަންކަން ކުރަން ކެރޭމީހުން ކުރަން ޖެހޭ ކަންކަން ކުރާނީ ފާޅުގަ.މިއީ ކުރިގެ ވެރިކަމާ މިހާރުގެ ވެރިކަމުގެ ތަފާތު.

    39
    1
  17. އައްމި

    މިމައްސަލައަކީ ކޮންމެ ހެންވެސް ގޮތެއް ނިންމަން ޖެހޭ މައްސަލައަކަށް ވާތީ، ފަނޑިޔާރުންވެސް މިކަމަށް ސަމާލުކަން ދިނުން އެދެން، މީހެއްގެ އިންތިހާބީ ބޮޑު ޙައްޤަކަށް ތި އޮތް އަރައި ގަނަވެނީ، ފަނޑިޔާރުގެ ހުންނަ ބޭނުމަކީ މީހުންނަށް އިންސާފު ހޯދައި ދިނުން، އެހެން ނޫންނަމަ ކީތްކުރަން ހުންނަ ތަނެއް ތޯ؟

    66
    2
  18. ކާރިމް

    މީ އަދި މާ މަތީ ބައެއް .. މި މީހުނާ ދިމާއަށް އެއްޗެކޭވެސް ނުބުނެވޭނެ.

    21
    1
  19. ރާއްޖެތެރެ

    މީ ސީދާ ރޭވިގެން ހިގަމުންދާ ކަންތައްގަޑެއް.

    21
    1
  20. ޝައިޚް

    ސަރުކާރުގެ އެންގުމަށް ފަނޑިޔާރުން ނުޙައްޤުން އިންސާނަކަށް ދޭ އަނިޔާ ނިކަން ދެކިބަލާށެވެ. މާތް ﷲގެ އިރާދަފުޅާއެކު އަދި އެހެންދުވަހެއްވެސް އަންނާނެއެވެ. ދުއިސައްތަ އެތަށްމީހަކު ހިމެނޭ ލިސްޓަކުން އެއްމެ މީހެއްގެ މައްސަލަބަލާ އެމީހާޔަށް މިހާބޮޑަތި އަނިޔާތައްދޭއިރު މިމީސްމީހުން މަރުވާނޭކަމަށް ޤަބޫލު ނުކުރަނީހެއްޔެވެ؟ ހިއުމަންރައިޓް ފަދަ މުއައްސަސާތައް ތިބީ ގަދަ ނިދީގައިހެއްޔެވެ؟ މި މީސްމީހުންނަށް ދުނިޔެމަތީގައިވެސް ޢަޒާބުއައުން އެކަށީގެންވެއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

    22
    1
  21. އާދަނު

    ރިޔާސީ އިންތިޚާބުގައި ޔާމީން ވާދަކޮށް ކެމްޕައިންނަށް ނުކުމެއްޖެނަމަ ބޮޑު އަޣުލަބިއްޔަތަކުން ޔާމީން އިންތިޚާބު ނަގާނޭކަމަށް ބެލެވޭތީ ބަޔަކު ބިރުން މިތިބަ ތެޅި މަރުވަނީއެވެ.

    23
    2
  22. ފަހަރި

    މިހާރު ޗުއްޓީ ސިލިޕް ހެދިދާނެ ނެގިޗުއްޓީ ގެބޭނުންވެސް ސިއްރުކުރެވިދާނެ މިހާދިގު ލާގެންދިޔަސަބަބުވެސް އިންސާފުލިބޭ ދުވަހު ތިހުރިހާކަމެތް ހާމަވާނެ އޭރުއޮށްނާނީ ވަގުތު ފާއިތުވެފެ

    19
    1
  23. ބީޓޭ

    ޖުޑިޝަރީ މިނިވަންވެފަ އޮތްވަރުން ވާގޮތް.
    ހަމަ މިދަނޑިވަޅުގަ ފަނޑިޔާރުން ޗުއްޓީ ނުނަގާވާނެ
    ގޮތެއްހަމަނެތީބާ؟ ގައުމުގެ ހާލަތް މިހާދަށުދަރަޖަ އަކަށް ވެޓިގެން ދިޔަދުވަހެއް ހަޔާތުގަވެސް ނުދެކެން.
    މާތްކަލާންގެއާއިވަކީލް.

    19
    1
  24. އިއްބެ

    މިކަން މިގޮތަށް ރާވާފައިއޮތްކަން އީސީ ފުވާދަށް ސަރުކާރުން އަންގާފަ އޮތީމާ ފުއާދު ކުރިންބުނި އެތި ކެންސަލްކޮށް ބަސް ބަދަލުކޮށްލީ! ވަރަށް ސާފް!!! ކިހާދުވަހަކު މި އަނިޔާވެރިކަމުގައި ދެމި ތިބެވިދާނެބާ؟

    18
    1
  25. މަގޭޚިޔާލުމީ

    ޝަރީޢަތަށް ކަންކަން ސާބިތު ވާނެ ގޮތްތައް ވަނީ ބަޔާންކުރެވިފައި. އެހެންވީމާ އެހުރިހާ ކަންކަން ހަމަނުވާތީ ޝަރީޢަތަށް ކަމެއް ސާބިތު ނުވިޔަސް ރައްޔިތުންގެ ލޯމައްޗަށް މީހެއްގެ ނަޒާހަތްތެރިކަން ނެތްކަން ވަނީ ސާބިތުވެފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިމާރާތްކޮށްލި ބޮޑު ގެޔަކާއި، އެކައުންޓަށް ޖަމާކޮށްލި ފައިސާތަކުގެ ގިނަކަމުން ގައުމެއްގެ ވެރިކަމަށް ދެވަނަ ފަހަރަށް ގެންނަން ނުފުދޭކަން ސާބިތުވޭ.

    6
    14
  26. ވާގޮނުސްކޮ

    ރައްޔިތުންނައް އޮޅުވާލިޔަސް އޮޅުވާނުލެވޭނެ ފަރާތެއް
    ވާކަން ދަންނަންޖެހޭނެ. ކެހިވެރީން ގެކެހިވެރި ރޭވުން
    ތައް ފުނޑުވެގެންދާނެ ދުވަހެއް އަންނާނެކަން ކަށަވަރު. ގެއްލިގެންމިދަނީ ރ ޔާމީންއާއި އެމަނިކުފާނައް ތާއީދްއޮތް ރައްޔިތުންގެ ވެސްހައްގު
    އެރައްޔިތުން ހިތްތަކުގަ ތިޔަކެހިވެރީންނާމެދު ހެޔޮހިތެއް ނުވާނެ، އެހިތްތަކުގެ ބަދުދުއާ ތިޔަ ކެހިވެރީންނައް ނުޖެހިއްޖެނަމަ ރަންގަޅު.

    17
    1
  27. ހަގީގަތް

    ހަމަ ގަސްތުގަ ރާވައިގެން ކުރާކަމެއްތީ މިދުނިޔެ ނޫނަސް ދުނިޔެއެއް އެބައޮތް..
    މަރުއައިސް ޖެހުނީމަ ނޯންނާނެ ކުރާނެ ކަމެއް ތިގޮތަކަށް ނުފިލޭނެ އޭރުން ޖަވާބު ދޭންޖެހޭނެ

    14
    1
  28. އހ

    ކޮންމެ އިންސާނަކު ވެސް މަރުވާނޭކަން ހަދާން ކުރާތި

    15
  29. ހިކި ކިރު

    ފުޅުފުޅުގައި މައްސަލަތައް ނިންމާ ކުރިއަށް ގެންދިއުމަށް އެދުނު ނަމަ މިއަދަކު ތި ކަމަކާއި ކުރިމަތި ލާކަށް ނުޖެހުނީސްކަން ޔަޤީން. އަނެއްސޮރު އެ އޮތީ ބަލިވެގެންނޭ ބުނެ ޑޮކްޓަރުގެ ލިއުންތައް ކޯޓަށް ހުށައަލާފައި. މިވެސް ޝަރިއްޔަތް ތައް ކުރިއަށް ދިއުމުގެ ބޮޑު ހުރަހަކަށް ވާކަން މިއަލާއަށް ފާހަގަވޭ. ވ ވެދުން.

    6
    7
  30. ާމާމީ

    ޥަރައް ވިސްނާތި

    10
    1
  31. އާދަންބެ

    ރާއްޖޭ ވޯޓުލާ އާބާދީގެ 56% އާ ތި ކުޅެނީ. ވިސްނާލަންޖެހޭ ކަމެއް.

    14
    2
  32. ޒީރޯ

    ތިޔައީ ނުހަނު ބިރުގަންނަ އަންހެން ކަބަލެއް އިސްތިއުފާ ދޭންވީނޫންތޯ

    16
    1
  33. ވަން

    ފަޑިޔާރުން ކަމަށްވިޔަސް ބަލިވެސްވާނެ!

    12
  34. ޒާ

    ތިއެއް ކިޔާނެކަމެއްނެތް. ހުރިހާ ރޭވުމެއް ރާވާފައި އޮތީ ޔާމީންގެ ކެންޑިދެންސީ ކެންސަލްވާނެގޮތަށް. މީ ސަރުކާރުގެ ރޭވުމެއް. ފެނޭނޫންތޯ ޖުޑިޝަރީ މިނިވަންވެފައިވާވަރު. އެއްވެސް އިޚްލާސްތެރިކަމެއް ހުރިނަމަ މިފަދަ ޚައްސާސް ސަރީއަތެއްގާ، އެތައްހާސް ރައްޔިތުންނެއްގެ ވިންދާގުޅޭ މައްސަލައެއްގާ ތިހެން ކަންތައް ނުކުރީސް. މިހާރު ގަބޫލެއް ނުކުރެވޭ ތިބުނާ ދެ ފަނޑިޔާރުން ބެންޗްގާ ތިބެގެން އިންސާފުވެރި ޝަރީއަތެއް ޔާމީނުގެ މައްޗަށް ހިންގާނެކަމަކަށް. އެދަނީ ފާޅުގާ ޔާމީނަށް ގެއްލުން ދެމުން.

    17
    1
  35. އެމީހާ

    އިބޫ ނުފޫޒު ނުފޯރުވަމޭ ބުންޏަސް ކިހިނެއް ގަބޫލް ކުރެވޭނީ ހަމަގައިމުވެސް ރައްޔިތުންނެއް ގަބޫލް ނުކުރާނެ

    14
    1
  36. ޙާލުގެ ދުލުން

    މުޅި ދައުލަތް އެއްކޮށް ޗުއްޓީއަށް ދިޔަސް.ﷲގެ މިންވަރުފުޅު މާބޮޑު.ޙައްޤަށް ނަޞްރުދެއްވާނެ.އަޅަމެންގެވެރި އިލާހު
    މިނުބައިރޭވުންތެރިންގެ ވަކިތަކުން ރައީސް ޔާމީން ސަލާމަތްކޮށްދެއްވާށި! އާމީން.

    24
    1
  37. ދަރަނި ދަންތުރަ

    އެއްވެސް ސަބަބަކާ ހުރެ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ނަމަ ސޯލިބޭއަށް ވެސް ކުރިމަތި ނުލެވޭނެ މިއީ ގިނަ ދިވެހިންގެ ނިންމުން ، މިކޮމެންޓް ޕަބްލިޝް ނުކުރިޔަސް ކަން ހިނގާނީ މިބުނި މަގުން

    20
    1
  38. ސުވޭ

    މިއީ ގަސްދުގައި ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތައް. މިވާހަކަތައް ރާއްޖޭގެ އެއްވެސް އެހެން ނޫހެއްގައި އެބައޮތްބާ؟؟ ނޯންނާނެ. މިއަދު ގައުމުގެ ހާލަތު އޮތްގޮތް މިއީ.

    18
  39. ޢަލީ

    ޗުއްޓީ ނެގުމަކުން މައްސަލައެއްނެތް. އެކަމަކު އެތައްހާސް ރައްޔިތެއްގެ އިހްސާސްއާގުޅޭ ގައުމީ މައްސަލައެއްގާ ހޭލާތިބެގެންވެސް މައްސަލަ ނިންމައި ދޭންޖެހޭ. މީ އާދައިގެ ޝަރީއަތެއްނޫން. އެކަން ކިށްދެއްވާ ގައުމީ މަސްލަހަތަށްޓަކައިވެސް.

  40. ނޯނޭމް

    ހުޒޭފާ މެޑިކަލް ކަމެއްގާ ޗުއްޓީނެގިކަމަށްބުނާއިރު މީސްތަކުންގެ އުއްމީދު ފެނަށް ދުއްވާލުމުން މީހުން ކޮށްފާނެ ދުޢާއަށް ރައްކާތެރި ވެވުނުތޯ؟

    11
    1
  41. ޔާމީނު

    ޖަވާބުދާރީ ވާންޖެހޭ ދުވަހު އެންމެންވެސް ޖަވާބުދާރީ ވާންޖެހޭނެ.. ކޮމެންޓްތައް ކިޔާލީމާ ހީވާކަހަލަ ޔާމީނު މި ޖާވާބުދާރީ ވާން ނުޖެހޭމީހެކޭ.. ކޯޓުން މިނިވަން ކުރަން ހުކުމް ކުރިޔަސް ޔާމީނު ވައްކަން ނުކުރާކަމަކަށް ނުވާނެ..

    3
    9
  42. ހަސަނު

    ހާދަހާ ނުބައި ނުލަފާބައެކެވެ، މިމީހުންނަށް ﷲ (ސވތ) ގެ ކުޅަދުންވަންތަކަން ދަށްކަވާނެތެވެ، އާމީން!

    12
    0
  43. ޓިނު

    ކުރިކް ރިޒާ ބަލިވެ އުޅޭތީ ޔާމިނުގެ ސަރިޔަށް ކުރިޔަށް ނުގެންދެވި ލަސްވަނީތާ.

  44. އަހްމަދު

    ތިޔަބައި މީހުން ތިޔަ ރާވާ ރޭވުމަށްވުރެ ﷲގެ ރޭވުން މާމޮޅުވެ މަތިވެރިވެގެންވޭ.

    11
    0
  45. ނެގުނުކަތީބު

    ޔާﷲ މިބައިމީހުންގެ ޗުއްޓީ އެމީހުންގެ އުމުރަށް ދަމަހައްޓާނދޭވެ.

    8
    2
  46. ޙެހެހ

    ﷲގެ ނިޔާ އަންނަ ދުވަހު ޗުއްޓީ ނަގައިގެން ނުފިލޭނެ ، މިއަދުވެސް ދިވެހިން ވިސްނާނަމަ އިބްރަތްތަކެއް އެހެރަ ފެންނަނީ ، އެއްކޮށް ބަދަހުކޮށް އޮތް ރީނދޫ ބާގަނޑު މިއަދު އެތިބީ ރޫޅިފަ އަމިއްލަ އަށް ، އަމިއްލަ އެދުންތަކާއިހުރެ ، ފައިސާއާއި ހެދި ، ކުރިން ކިޔަމުން ދިޔަ ސަނާތައް ، މިއަދު މަލާމާތްތަކުން އެހެރަގޮވަނީ ، އެކަކަށްވުރެ އަނެކަކު ކުރިވައްކަމުގެ ވާހަކަ ، އަސްލު އަދިވެސް ހާމަވެ ، ތި ބައިގަނޑު ހަލާކުވެ ދާނެ

  47. ވެކާ

    މާލެން ބިނަް ދިނުމާ މިކަމާ ގުޅުމެއް ވޭބާ

  48. Anonymous

    މީރޭވިގެން ހިނގާ ކަމެއްވަންޏާ މިކަމުގެ ހެޔޮނިމުން ކޮންމެސް ދުވަހަކުން ފެންނާނެ.

  49. އަބްދޫ

    ފަނޑިޔާރުންވެސް ޗުއްޓީ ނަގަންވާނެ. އިސްތިުއުނާފް ގަ ޔާމީނު ނޫންމީހުންވެސް އެބް ތިބި.

  50. Anonymous

    ޔާމީނު
    ޖުލައި 11, 2023 13:22

    ޖަވާބުދާރީ ވާންޖެހޭ ދުވަހު އެންމެންވެސް ޖަވާބުދާރީ ވާންޖެހޭނެ.. ކޮމެންޓްތައް ކިޔާލީމާ ހީވާކަހަލަ ޔާމީނު މި ޖާވާބުދާރީ ވާން ނުޖެހޭމީހެކޭ.. ކޯޓުން މިނިވަން ކުރަން ހުކުމް ކުރިޔަސް ޔާމީނު ވައްކަން ނުކުރާކަމަކަށް ނުވާނެ..

    ޔާމީން ކުރިވައްކަމެއްވިއްޔާ ކަލޭވެސް އެކަންކުރި ބައިވެރިވެސްވި އަޅެ ނޫންތަ؟

    1
    4
  51. އިބްރާހިމް

    މިއީ ފަނޑިޔާރުންނަށް އެނގުމަކާއިނުލާ ސަރުކާރުން ކޮށްގެން އުޅޭކަމެއްކަމަށްވުމީ ގާތްކަމެއް. ފަނޑިޔާރުންނަކީ އެމީހުންގެ ދިފާއުގައިވެސް އެއްވެސް އެއްޗެއް ނުބުނެވޭތޮތަށް އަނގަ ތަޅުލާފައި ތިބޭބައެކެވެ.

  52. އިބްރާހިމް

    މި ސަރުކާރުން ކަންކަން ކުރަމުންދާގޮތުން ލަފާކުރެވެނީ މި ކަމަކީ ފަނޑިޔާރުންނަށްވެސް ނޭނގި ސަރުކާރުން ފަތުރައިގެން އުޅޭ ވާހަކައެއްކަމަށް.