އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ރާއްޖެއިން ފުރުވާލީ ސަރުކާރުން ބޭނުންވާ ގޮތަށް ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ހެކިބަސް ނެގުމަށްފަހު ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ރޭ މާލޭ މަގުމަތީގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އަދީބް ފުރުވާލީ ސަރުކާރުން ބޭނުންވާ ގޮތަށް ހެކިބަސް ނެގުމަށްފަހުގައި ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ އަދީބް ފުރުވާލެވުނުއިރު ރައީސް ޔާމީން އޮރިޔާންކުރަމުން ގެންދާ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

"މިއަދުގެ ސަރުކާރުން މިވަނީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެޔަށް ވަދެ ނުފޫޒް ފޯރުވަމުން. އަދި ހަމައެއާއެކު ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްވާ ގޮތަށް ކަންތައްތައް ކުރަމުން. އެމްއެމްޕީ އާރުސީ މައްސަލައިގައި ރައީސް ޔާމީން އޮރިޔާން ކުރަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ފެނިގެންދިޔައީ އެމްއެމްޕީއާރުސީގެ މުގުރުގައި ހުރި ކުރީގެ ނައިބު ރައީސް އަދީބް މިރޭ މިވަނީ ރާއްޖެއިން ބޭރަށް ފުރުވާލާފައި. މިފުރުވާލީ އެމީހުން ބޭނުންވާ ގޮތަށް ހެކިބަސް ނަގާ ނިންމާފައި. މިވަރުގެ އަނިޔާވެރި ސަރުކާރަކާ ދެކޮޅަށް އަޅުގަނޑުމެން އެބަޖެހޭ މިޔަށްވުރެ ވަރުގަދައަށް މަސައްކަތްކުރަން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޤައުމަށާއި ރައްޔިތުންނަށް ޤައްދާރުވެފައި ހުރި މީހެއް ކަމަށާއި ރައީސް ސޯލިހުވަނީ ޤާނޫނު އަސާސީއަށްވެސް ޤައްދާރުވެފައިކަމަށެވެ. އަދި ރައީސް ސޯލިހުއަށް އިތުރު ދައުރެއް ނުދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އިބްރާހިމް މުހައްމަދު ސާލިހުއަކީ މި ޤައުމަށް ޤައްދާރުވެފައި ހުރި މީހެއް. އެވަރުގެ ޤައްދާރަކަށް އަދި އެއާއެކީ ޤާނޫނު އަސާސީއާ ހުރީ ޚިލާފުވެފަ، އެވަރުގެ ޤައްދާރަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީގެން ނުވާނެ. އެވަރުގެ ނުބައި ނުލަފާ ޖައްބާރު ޖާހިލަކަށް ޤައުމުގެ ވެރިކަން ކުރަން ފުރުސަތުދޭން ހެޔޮ ނުވާނެ." އަދުރޭ ވިދާޅުވިއެވެ.

ރަޢިސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށާއި އެމަނިކުފާނަށް އިތުރަށް އަނިޔާ ނުކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ޕީޕީއެމް ޕީއެންސީގެ ހުރިހާ މެންބަރުން ގުޅިގެން މިސަރުކާރު ބަދަލުކުރަން ފިސާރި ކެރިގެން މަސައްކަތް ކުރާނެ ކަމަށާއި ރައީސް ސޯލިހުއަށް އިންތިހާބު ކާމިޔާބު ވިޔަ ނުދޭނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ކުރާ އަނިޔާއަކީ މިޤައުމަށް ކުރާ އަނިޔާ ކަމަށާއި ރައީސް ޔާމީނާއެކީ މިޤައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދާނެ ކަމަށް އިދިކޮޅުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަމަސްތޭ

    ކަލެޔަށް ހާދަ އިނގެއޭދޯ . . . ޗޯރު ޔާމިނު ހަމަ ޖަލުގަ އޮންނަން ޖެހޭނީ ކިތަންމެ ބުންވިޔަސް . . ( ކާކުގެ ވެރިކަމެއްގަަތަ ޤަހުމު ދަވާލައިގެން މިއުޅެނީ . . ޔާމިނު ހުރީ ރައީސްކަމުގަ ' އޭނާގެ އަތެއްނެތި ކިހިނެއް މިވަރު ކަމެއް ހިންގޭނީ . . ކުޑަކުއްޖަކަށްވެސް މި ވަރު އިނގޭނެ )

    1
    5
  2. ބޯހަލާކު

    މުގޫ އޮތީޔާމީން އަތުގަ، އަދީބުހުރީ ވަލަށްވާންކުރަން،،،،އިންސާފުންދަނީ ކޮންދިމާލަކުން !؟

  3. ްއަލީ

    ވޯޓުނުލާނެ ސަބަބު
    ހަމަހަމަ ކަން ނެތުން
    އަލީވަހީދު އައީ
    އަދީބު ފުރުވާލީ
    ޔާމީނު ގޮޅީގައި ވާނުވާގަ
    ވަކީލުން ޗުއްޓީގައި