ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މައުލޫމާތު ހޯދަން ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރު މުހައްމަދު ނިހާދު އާއްމު އިއުލާނެއް ކޮށްފިއެވެ.

ފޭދޫ ދާއިރާގެ މެންބަރު ނިހާދު ރައީސްގެ ޗީފް އޮފް ސްޓާފްގެ މައުލޫމާތު ހޯދަން އާއްމު އިއުލާނެއް ކުރީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ. ނިހާދު ކުރި ޓްވީޓެއްގައި އަލީ ޒާހިރު ޓެގްކޮށް އަލީ ޒާހިރުގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ނިހާދަށް އެކަން އަންގައި ދިނުމަށް އެދިފައި ވެއެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި އަލީ ޒާހިރު އަކީ މިސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއްބޭފުޅާއެވެ. ގައިދީންނަށް މައާފު ދިނުމުން ފެށިގެން ގޮސް، އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ވެސް މަޖިލިސް މެންބަރުންނާއި އަދި އެހެން ފަރާތްތަކުން ވެސް އަލީ ޒާހިރުގެ "އެހީ" ހޯދަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އިދިކޮޅު ޕީޕީއެމް އިން ތުހުމަތު ކުރާ ގޮތުގައި ޝަރުއީ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަނީ އަލީ ޒާހިރު މެދުވެރިކޮށެވެ. ނަމަވެސް އެތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވަނީ ޗީފް އޮފް ސްޓާފް އެވެ.

ރައީސް ސޯލިހްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރި އަލީ ޒާހިރަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ ނައިބު ރައީސް އެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް އަލީ ޒާހިރު އައްޔަން ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާަމަރީ

    އޭނަގެ އެކައުންޓަށް އޮޅިގެން ޖަމާވި ފައިސާތައް އަނބުރާދީފިތޯ ބަލާލަބަލަ..

    16
  2. ހުސޭނުބޭ

    ވަގަކު ހޯދަންތަ ތި އިޢުލާންކުރީ

    19
  3. ޗޯރޭ

    ނިހާދަކީވެސް ތާކުހުރި މަރުމޯލެއް،،

    14
    3
  4. ޢިންނު

    ތި މީހާ އަކީ ވަރަށް ނުލަފާ ޖައްބާރު މީހެއް

    14
    2
  5. އުގުރި

    ތިޔައީ އިޔެ މެބްދުރު ލާރި ފެނިގެން މޮޔަވެފައި ހުރި މީހެއް..

  6. އިސްޢާފް ސަލީމް

    މި ކިޔައިދެނީ އަޑުއަހާ
    1. ދެރުފިޔަ އެއްތަނެއްގައި އޮއްވާ ފެނިފައިނުވާ މިހާރު ފައިސާ ބޮނޑިބޮނޑިއަށް ނަގާ ރިޝްވަތުގޮނެއް
    1. ޢިލްމުވެރިންގެ ތާޖު އަޅައިގެންހުރި ބަތާ ޙަރާމީއެއް
    1. ކޯޓުފުރޭތައެއް
    1. ޝަރީޢަތްތަކަށް އަތްބާނާ މީގޮނެއް
    1. ފަނޑިޔާރުންނށް ބިރުދައްކަ ހޯމާއްޔެއް
    1. ދޮގުވެރި ކައްޒާބެއް

  7. މުއްލާ

    ނިހާދަކީ އެެއްވެސް މިންވަރަކަށް ޕާރފޮމްކުރެވޭ މީހެއްނޫ ން. ޢެހެން ވީމާ، ނޫސްތަކުގެ ސުރުޚީ އަށް އަރާލަން ކޮންމެވެސް ކަމެއް ކޮށްލަންވާނެތާ.

  8. މަޖިލިސް

    އެނަން ކިޔާ މެމްބަރަކު އުޅޭތަ؟