މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)ގެ ފައިގައި ޓެގް އެޅުވުމަށްފަހު ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ އިސޫ ބަންދުން މިއަދު ދޫކޮށްލާފައިވަނީ ހަރުކަށި ޝަރުތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.
އެގޮތުން ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓައި ފައިގައި ޓެގް އެޅުވުމަށް ވެސް އަމުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަސޫ ދޫކޮށްލުމުން އެ މައްސަލައިގައި ހިމެނޭ ހެކިންނަށް ޖިސްމާނީ ރައްކާތެރިކަން ދިނުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ރިލްވާންގެ މައްސަލައިގައި ދައުވާކޮށްފައިވާ އަހުމަދު އިސްމާއީލް (އަހަންދު) ވެސް ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގައި ދޫކޮށްލާފައެވެ. އޭނާގެ ފައިގައިވެސް ވަނީ ޓެގް އަޅުވާފައެވެ. އަދި އަސޫއަށް ކޮށްފައިވާ ޝަރުތުތައް އޭނާއަށް ވެސް ވަނީ ކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ އަހުމަދު މުއާ (ގަޓް މުއާ) ގެ ބަންދު އަދި މުރާޖާ ނުކުރާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީންގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ދައުވާ އުފުލާފައެވެ. އެ މީހުންގެ ތެރެއިން ދައުވާ ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގައި ވެސް ދެ މީހެއްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ދައުވާ އުފުލާފައެވެ. އެ ދެ މީހުން ވެސް ވަނީ ކުށްސާބިތުނުވެ މިނިވަންވެފައެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފު ވެސް ކޮށްފައެއް ނުވެއެވެ.
މި ހަމަ ވައްތަރީ ރިލްވާންގެ މައްސަލައިގައި ކަމެއް ކުރީމޭ ބުނަން ސަރުކާރުން ކުރިކަމަށް. އަލީ ވަހީދު ސޮރީ ބުނެލީމަ މާފު ދިން ގޮތައް މީނާއަށް މާފު ދޭންވީނު
ޖަލު އޮތީ ފުރިފަ، ކުށްވެރިންގެން ގުޅެވޭނެ ފައިސާ އެއްނެއް ކުކުޅު ކޮށިން ބޭރު ކުރީމަ ބިންގަނޑު ހާވައިގެން ކާނެދޯ🤭🤔
ތި އިސޫ އުޅެނީ ހިޔާ ފްލެޓް ދިހައެއްގައި.
މީނާ އަކީ ދާދާ އެއް.
ކަލެ އަށް ކީއް؟
ޖަލުގަ އޮންނަންޖެހޭ މީހަކު ފުލެޓެއްގަ އުޅެންޏާ އެވާހަކަ ދައްކާނެ. ތިޔައެދޭ އިޙްތިރާމަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫނޭ.
ތިޔައީކީ ދައްކަންޖެހޭ ބަހަނާއެއްނޫން. ކޯޓުން ކުރަންޖެހޭ ކަމަކީ ޝަރީއަތް ކުރުން. އަވަސްކޮށް ޝަރީޢަތް ނިންމާ ޙުކުމްކުރަންވީ. ޝަޜީޢަތް ކުރަން ނޭގެންޏާ އިސްތިއުފާ ދިފަ ގެއަށް ދާންވީ.