ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާ އަންހެނުންތަކެއް ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ އަންހެނަކާއި، 22 އަހަރުގެ އަންހެނެއްގެ އިތުރުން، 20 އަހަރުގެ އަންނެކެވެ. މި ތިން މީހުންވެސް ދޫކޮށްލާފައި ވަނީ ޝަރުތު ކުރުމަށް ފަހުއެވެ.

މި މީހުން ވައްކަން ކޮށްގެން ހައްޔަރު ކުރިއިރު، އެ މީހުން ހައްޔަރު ކޮށްފައި ވަނީ އިޖުރާތްތަކާއި އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން މި މީހުންނަކީ ގަވާއިދާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބައެއް ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާގޮތުގައި، މި މީހުން ވައްކަން ކޮށްގެން ނެގި ސާމާނުތައް ވަނީ ވެރި ފަރާތާއި ހަވާލު ކޮށްފައެވެ. މި މީހުން ވަގަށް ނަގާފައި ވަނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަރީ

    ާިަްަަްިއންޑިޔާ ގެ ޕަންޖާބު މީހުންނަން ވަރަަަައް ބަލަން ވާނެ. ވިޔަފާރި ވެރިން އަދި މެއިޑުން ގެންގުޅޭ މީހުންވެސް . ވަރަށް ޗޯރު ބައެއް

    21
  2. ހަލީމް

    އިންދިޔާ ރަޔަތުންނައް އެންމް ރަކާތެރި ތަނަކީ ރާއްޖެ......ސަލާން!!!

    14
  3. އހ

    މިއީ އަސްލު ވެރިކަން ބަދަލުކުރަން ޖެހޭ އެއް ސަބަބު އަދި ހުރީ ބައިވަރު

    20
  4. މޮހޮރު

    ވަގު ވެރިކަމެއްގަ އިންޑިޔާިންވެސް ގެންނާނީ ހަމަވަގުން

    15
  5. މޕ

    އެމްބަސީއިން އަންގާއިރައް ދޫކޮއްލާނެ

    20
  6. މަޗާ

    ވައްކަނ ކުރީ ކޮން ގައުމެންގަ.އިންޑިޔަދޯ

    11
    1
  7. މޮހޮނު

    އިންޑިއާ އަވައްގަނޑެއް މިއޮތީ، ތި ހުރިހާ ކަމެއްވެސް ވާނެ، އެޅޭނެ ފިޔަވަޅެއްވެސް ނޯންނާނެ... އިންޑިއާގަ އެ މީހުންނަށް ނުލިބޭހާ މިނިވަންކޮށް މިތާ ތި މީހުން އުޅެނީ...

    18
  8. އަހަންމަދު

    ވައްކަންކުރުން އެއީ ގަވައިދުގަ ހުއްދަ ކޮށްފަ އޮތް ކަމެއްތަ. ދެން ކޮންގޮތަކުންތަ ތި އިންޑިއާމީހުން ގަވާއިދާއެއްގޮތަށް އުޅެކަމަށް ތިލިޔުނީ!

  9. އަހަންމަދު

    މިއީ ކޮންކަހަލަ ގައުމީ މަސްލަހަތެއް؟
    ރަގަޅަށްވިއްޔާ ތިވާނީ ކޮންމެވެސް އެމްޑީޕީގެ ބޮޑުންތަކެއްގެ މެއިޑުންނަށް!
    ވައިސަރީ މިއޮތް ޒީރޯ ޓޮލޮރެންސެއް!