ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ތުރާކުނުގެ ރަށުގެ ފުޓްބޯޅަ ދަނޑު ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ، ހއ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅު ތެރެއިން މިއަދު މެންދުރުކުރީގައެވެ. މި މަސައްކަތާ ހަވާލުވެގެން މަސައްކަތް ނިންމާފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑްއިންނެވެ.

ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

އެމަނިކުފާނު ތުރާކުނު ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވީ، ހއ. އަތޮޅަށް ރައީސް ޞާލިޙް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅު ތެރެއިން މިއަދު މެންދުރުކުރީގައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހް އެންމެ ފުރަތަމަ ވަޑައިގަތީ ށ. އަތޮޅަށެވެ. އޭގެ ފަހުގައި އެމަނިކުފާނު ވަނީ ކ. އަތޮޅާއި މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަކަށް ވަޑައިގެން ރިޔާސީ ކެމްޕެއިން ކުރައްވައިފައެވެ. ރައީސް އެންމެ ފަހުން ހއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުއްޓަށެވެ.

ހޯރަފުއްޓަށް ވަޑައިގެންނެވުމުން ރަށުގެ އެމްޑީޕީ ސަޕޯޓަރުން ވަނީ އެއާޕޯޓުގެ ބޭރުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަދު ފަސް ރަށަކަށް ވަޑައިގަންނަވާނެއެވެ.

އެއީ ހޯރަފުށީގެ އިތުރުން ހއ. ތުރާކުނާއި ހއ. އުލިގަމާއި ހއ. މޮޅަދޫ އާއި ހއ. އިހަވަންދޫއަށެވެ. އަދި ހއ. މާރަންދޫ އާއި ހއ. ތަކަންދޫ އާއި ހއ. ކެލާ އަދި ހއ. ވަށަފަރު އަދި ހއ. ދިއްދޫ އަށް ވަޑައިގަންނަވާނީ މާދަމާއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިހަވަންދޫ އާއި ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ބާކީ ހުރި ރަށްރަށުގައި ކަންމަތީ ބައްދަލުވުންތައް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިންތިހާބައް ހާދަހާ ފިއްޔެކޭ ދޯ އެ ޖަހަނީ!
    ފިލި ޖެހިވަރަކަށް މަސް ދަލަށް އަރާނެ. އެކަމަކު "އެހީވުމުގެ ނަމުގާ ކެހީގާ ބަނީމާ ދަލަށް ބޯމަހާނީ" ގަމާރު ޖާހިލުން. ކިރިޔާވެސް ތަންދޮރުދަންނަ މީހަކު ވޯޓެއް ނުލާނެ

  2. ސަންގު

    ޖަންގަލި ހުޅުވާފަ ޖަނަވާރުން ލިޔަސް ދެން ޗޯރެއް މިގައުމުގެ ރަށްޔަތުންނެއް ދެވަނަދައުރަކަށް ނުހޮވާނެ ވަރިހަމަ ކިރުފެލި ހުންޏަށް ރަންއަޅާފަ ކާންދަންދިނަސް.

  3. ދަގަ

    އޯ ގަދަ.. މިއީ ރައީސުން ދަނޑު ހުޅުވާ ގޮތްތަ؟ ދެއްކުން ،،،،،،،،،،