މި ވެރިކަމުގެ ފަސް އަހަރަކީ ފަހުގެ ތާރީހެއްގައި އެންމެ ކުށްމަތު ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގެ ތެރެއިން ތުރާކުނަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިހާތަނަށް އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނުކުރެވި ހުރި ކަމަށެވެ.

އެ ރަށުގައި ތަރައްގީގެ މަޝްރޫއުއެއް މީގެކުރިން ހިންގި ކަމަށްވާނަމަ އެކަމެއް ކޮށްފައިވަނީ އަމިއްލަ މީހަކު ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރަކުން މާބޮޑު އަޅާލުމެއް މި ރަށާ ދޭތެރޭގައި މީގެކުރިން ނެތް. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ޖަޒީރާ ރާއްޖޭގެ ސިޔާސަތާއި އެކުގައި މަސައްކަތް ފެށީ އާބާތީ ކުޑަވިއަސް އަސާސީ ހިދުމަތްތައް ދިނުމަށް. އެގޮތުން ތުރާކުނު ވެސް އުލިގަމު ވެސް މިހެން ވަކިވަކިން ހުރި އާބާދީ ކުދި ރަށްތަކުގައި ވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށިން." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ތުރާކުނުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ވަކިވަކިން ހުންނަ ރަށްތަކަށް ދިރުމެއް އަންނަނީ ދެން ހުންނަ ރަށްތަކާއި ގުޅުވާލެވިގެން ކަމަށާއި މި ރަށުގައި ނެތް ކައިރީގައި ޖެހިގެން ހުންނަ ރަށުން ލިބޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަދައިދެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ރާއްޖެ އާރްޓީއެލްގެ ހިދުމަތުން ގުޅާލުމުގެ މަސައްކަތް ފަށައިގެންފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދު ހއ، ހދ އަދި ށ. އަތޮޅުގައި އެކަން ރަނގަޅަށް ކުރެވެމުން އެބަދާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވެނީ މުޖްތަމައު އަމާންކޮށް ކުރިއަށް ގެންދެވޭތީ ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ތަރައްގީގެ މަޝްރޫއުތަކަށް އަމާޒުކޮށްގެން މިގެންދެވެނީ އެ ސަބަބަށްޓަކައި ކަމަށެވެ.

ކުރިއަށް މިއޮތް ތަނުގައި އެންމެ މުހިންމު ސިޔާސަތަކަށް ވާނީ ރާއްޖެއަކީ އަމާން ތަނަކަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ވޭދުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުށްމަދު ފަސް އަހަރު ކަމަށް ފުލުހުން ރިޕޯޓްތަކުން ދައްކާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގައި އެ އިންސައްތަ ކުރިއަށްވުރެ ދަށްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކ

    ހެހެހެ މަހީ ހީ ހަލާކު މިއީ އަޅޭ މޮޔައެއްތަ

    29
    • Anonymous

      އެއްޖިންސުގެ ގުޅުން ކުށަކަށް ނުހަދާ. ވައްކަން ކުށަކަށް ނުހަދާ. ޙިޔާނާތް ނުވަތަ ކޮރަޕްޝަން ކުށަކަށް ނަހަދާ. ޒިނޭކުރުން ކުށަކަށް ނަހަދާ. މީހުންމެރުން ކުށަކަށް ނަހަދާ. އެހެންވީމަ ކުށްމަދުވާނެތާ.

      14
  2. ހުސޭނުބޭ

    މީނައަކީ އިދިކޮޅު ދެއޯ! ކޮންމެއ ވާހަކައެއްވެސް ބުނާނީ ދިމާ އިދިކޮޅަށް! ދުރަތަމަ މީނަ ވަށައިގެން މީނަވެސް ޝާމިލްވާގޮތަށް އެތިބީ ހުސް ވަގުން. އެމީުހންގެ މައްސަލަތައް އެކަނި ބެލިޔަސް ބަލާ މީހަކު އަވަދިވާނެ!

    28
  3. އުއްތަމަ

    ސުބުހާނަﷲ ކަލޭ ބުނެފިއްޔާ ހުރިހާކަމެއް ގަބޫލުކުރަންވީތަ ކަލޭ ބުނެބަލަ ހިންނަވަރަކީ އިންޑިއާއޭ ބުރިޖުން މިއޮތީ ގުޅާލާފައޭ ........ނޫނޭ ކަލޭއެބަހުރި ދޮގުހަދަން ދަސްކޮށްފަ (އިހަށްނުވި ރަށްކަލެއް ފަހަކުންނުވާނެ ވަގުތުފާއިތުވެއްޖެ) .

    13
  4. Anonymous

    އެހެންވެ ދޯ ނ.މަނަދޫގައި އެކަނި ދިރިއުޅުނު އަންހެނަކު ކޮށާ ކުދިކޮށްލީ އަދި މިނޫންވެސް ކިތައް ކަންތަން. .
    ބަހާއި ޢަމަލު ދިމާވާގޮތަށް ވާހަކަފުޅު ދައްކަވާ

    10
  5. އިބުރާހީމު

    އަމާން ވާނީ މިވަރަކަށް. ވިޔަފާރިތަށް ރަނގަޅުވި ވާހަކަ އެއީ ހަމަ ތެދެއް. މާލޭގެ ހުރިހާ ދިމާލަކުންވެސް މިހާރު ޕާޓޭން މިނިވަންކަމާ އެކު ފެނޭ. އެމީހުންގެ ވިޔަފާރި ވަރަށްވެސް ފުޅާވެެއްޖެ. ދެން ހަލާކު ކުރާނީ އާބާދީ ކުދި ރަށްރަށް. މިހާރުވެސް އަޑު މި އިވެނީ ކޮންމެވެސް އިންޑިއާ މީހަކަށް ރައްޔިތުކަން ދީފި ވާހަކަ. ދެން އެމީހުން ގެނެސް އެ ކުދި ރަށްރަށަށް އަޅާލާފަ ބުނޭ ވަރަށްވެސް ކަންތައް ކޮއްދެވިއްޖެއޭ. އިމްރާނުވެސް އެ ބުނީ އެންނު މުޒާހަރާ ނުކުރެވޭ ގޮތް ހަދާނަމޭ. މި ސަރުކާރާއި މި ސަރުކާރާއި ބައްޔަތު ހިފައިގެން މިއުޅޭ އަދާލަތު ޝޭހުންނާއި އެމްޑީއޭ އަކީ އިންޑިއާއަށް ވިކި އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް. މިހާރުވެސް މަ ނުބުނާނަން އެމީހުންގެ އަމިއްލަ ކަރުގައި އިންޑިއާއިން ހުންނާނީ މަޅި އަޅުވާފަ އެކޭވެސް. ވީ ވޯންޓް ޔާމީން.

  6. ފާތުން

    ވަރަށް ކުށްމަދު އަލަންގިރި ކަންތަކޯ މީހުން ގެލުމާއި މަރުވުން ކިހާ ކުށްމަދު ދޯ

  7. ާދަލޭކް

    މިއީވާ ވެރިއެއް މިހާރުވެސް މިހިންގަނީ 2018 އިން ފެށިގެން 10 ވަނާ އަހަރު ދުނިއެއިން ބެރަށް ކުދިން ކިޔަވަން ފޮނުވަން ވައުދުވި.

  8. ސިމާހު

    ކީކޭ ބުނާނީ ލިޔެފަދިނީމަ ބަލައިގެންް ކިޔަނީ....އޭގަ އޮތް އެއްޗަކައްވެސް ބަލާނުލާ... އަލުން ޕުރައިމަރީއެއްބާއްވާފަ ރަނގަޅު ތައުލީމީ މީހެއް ނަގަމާ ބަހީ