މި އަހަރުގެ ރިޔާސީ އިންތިހާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން އިއުލާނުކޮށްފިއެވެ.

އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

  1. މޮނިޓަރަކަށް ވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިނަށެވެ. އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރެވެމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް އީސީން ބުނެއެވެ.

އަދި ބޮރޮޑްކޮމްގައި ރަޖިސްޓްރީ ކޮށްފައިވާ ރޭޑިއޯ ނުވަތަ ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއް ކަމުގައިވުމާއި ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހަކަށްވާންޖެހޭނެ ކަމަށް އީސީން ބުނެއެވެ. އަދި އެ މީހަކީ ބައިނަލްއަގްވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިންތިހާބަށް އޮބްޒާވަރަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ބައެއް ޝަރުތުތަކަކީ:

  • 18 ފުރިފައިވާ ދިވެއްސަކަށްވުން
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  • އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

އީސީން އިއުލާނުގައި ވާގޮތުން އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުރިހާ ލިޔެކިއުންތަކަކާއިއެކު އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު