ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ”އިންސްޕެކްޓާ ކޯސް” 41 ފުލުހުން ފުރޮހަމަކޮށްފިއެވެ.

ކޯސް ނިންމުމަށް އެންސީޕޯލްގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވި ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

މެއި މަހުގެ 17 އިން ފެށިގެން ޖުލައި މަހުގެ 19 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ފުލުހުންގެ ގާނޫނުނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތައް، ޑިވެލޮޕިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

އިންސްޕެކްޓަރ ކޯހުގައި 41 ފުލުހުން ބައިވެރިވިި ކަމަށާއި އެއީ 35 ފިރިހެން ބައިވެރިންނާއި ހަ އަންހެން ބައިވެރިން ކަމަށެވެ.

އިންސްޕެކްޓާ ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝަހީދެވެ. ކޯހުން ދެވަނަ އަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އާމިނަތު އަލީ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ޝަޒީނާ ސައީދެވެ.

އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޙުވަދު އަތޮޅަށް ނިސްބަތް 3 ފުލުހުން ވަނަތަކަށް ހޮވުނީމައި އެނގެނީ ހުވަދޫއަންްސް އަކީ ދާއިރާއަކުންވެސް ކުރެވޭ ބަޔެއްކަން. މަރުހަބާ ވަނަ ވަނައަށް ހޮވުނި ބައިވެރިން ، މަރުހަބާ ކޯސް ކާމިޔާބު ކަމާއި އެކު ނިންމި ބައިވެރިންނަށް

    1
    1
  2. ލޮކި

    ވާކަމެއް ހަރާމުން ހަރާމް