މާލެ ސިޓީ ކައުންސިލުން މާލޭގައި ހިތްފަސޭހަ މައިޒާންތަކެއް ތަރައްގީ ކުރަން ފަށައިފިއެވެ.
މިއީ މާލެސިޓީގެ ހަތަރު ވަނަ ދައުރުގެ ކައުންސިލުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ "ހިތްފަސޭހަ މަގުމަތި" އަދި "ޗާލު މާލެޓީ" އަމާޒަށް ވާސިލްވުމަށް މިދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތެކެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގެ ކާރޫބާރޫބޮޑު ސަރަހައްދުތަކުގެ ތެރެއިން ފާހަގަ ކުރެވޭ ހުސް ތަންތަނުގައި ހިތްފަސޭހަ މައިޒާންތަކެއް ކައުންސިލުން ތަރައްގީ ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މައިޒާންތައް ތަރައްގީކޮށްފައި ވަނީ މީހުންނަށް އިށީނދެވޭނެ ގޮތަށް ފަރުމާކޮށްގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މަޖީދީމަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީކުރި ބުރުގެ މަސައްކަތުގެ ތެރެއިން. pic.twitter.com/PuUVMpzxof
— Malé City Council (@MaleCitymv) July 20, 2023
މި މަސައްކަތުގެ ތެރެއިން މަޖީދީ މަގާއި ފަނޑިޔާރު މަގާ ގުޅޭ ކަންމަތީގައި މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރި ބުރުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ.
މީގެއިތުރުން އެހެން ބައެއް ސަރަހައްދުތަކުގައި މިފަދަ މައިޒާންތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި މާލެ ސިޓީގައިވާ މިފަދަ ބިނާތަކާއި މައިޒާންތައް ވަނީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައެވެ. ނަމަވެސް ހަތަރު ވަނަ ދައުރުގެ ކައުންސިލް ވުޖޫދުވުމާއެކު މާލޭގެ ޕާކުތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހަލުވިކަމާއިއެކު ފަށައިގަތެވެ.
ބަޖެޓްގެ ދަތިކަމާއެކު ވެސް މިސްކިތްތަކާއި، އާންމުތަންތަނާއި، ޕާކު މައިޒާންތައް އާބާތުރަފިލުވައި، އިތުރު ހިތްފަސޭހަ މައިޒާންތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިފައެވެ.
ތިޔަކަމާ ޓެކުސީ ދުއްވާ ބައެއްމީހުން ދެކޮޅު
ބަންގާޅީންނަށް ހަދާދޭ ތަންތަންތީ ހުސްވެސް. ބޮނޑިބަތްޕާކުވެސް ފުރިފައި އެމީހުން. މަޖީދީ މަގު މެދުގައި ޓްރެފިކްތެރޭ ގޮނޑިޖަހައިގެން ހައްތާ ކޮންޖެސްޓް ކުރުންނޫން ކޮންކަމެއްތީ. ދުއްވާއެއްޗިއްސަށް ހައްތާ އުނގަޫވަނީ މުއިއްޒާހެދި.
މުޅި މާލެ މިދަނީ މުއިއްޒުވަމުން. މުއިއްޒުވަމުންދާއިރު އެއްވެސް ކަމެއް ފަސޭހައެއް ނުވާނެ.
ކިހާ ބޮޑު އުނދަގުލެއް. ތިކަން ނުކޮށް ފެންހިންދާ ޕަމްޕް 24 ގަޑިއިރު އޮން ކޮށްފައި ބަހަށްޓަބަލަ...
ޖެއްސުން ކުރަންވިޔަސް ހައްދެއް އޮންނަންވާނެ.
ވެހޭނެ ވަރަކަށް ވެހި ފެންބޮޑުވީމާ މީހަކު ފޮނުވަނީ ޕަމްޕް އޮން ކުރަން. މިއީ 2023 ވިއްޔާ، އޮޓޯއަށް ލާފަ ބެހެއްޓޭކަމަކަށް ނުވޭ. ހިތުން ވަރަށް ސްމާރޓް މީހަކަށްވެގެން އުޅޭމީހެއް. ޕަމްޕްވެސް މުއިއްޒުވެފަ.
ޕަމްޕް އޮންކޮށްފަ ބެހެއްޓިޔަސް ކަލޭ ބުނާނެ، ކިހާބޮޑު އުނދަގުލައްހޭ 24 ގަޑިއިރު ޕަމްޕް އޮންކޮށްފަ ބަހައްޓަންޖެހޭހޭ،
ބޭކާރު ކަންތައްކުރާ ބޯގޮވާފައި ތިބި ބައެއް. ކާކުތޯ އުޅެނީ މަޖީދީމަގު މެދުގައި އިށީންދެގެން ތިބެން؟ ތިޔައީ ބަނގްލަދޭޝް މީހުންނަށް ހަދާދޭ ތަނެެއް.
ކަން ކަން ކުރަނ ދައްނަ މީހުން ކަން ކަމާއި ހަވާލު ވީމަ ފެނިގެންދާނީ މިކަހަލަ އުފާވެރި މަންޒަރު . ބަނގާޅިން ވެސް އަދި އެހެންމީހުން ވެސް އުފަލުގައި އުޅޭނެދޯ ޑރ ނުބުނޭ ދޯ ފެން ބޮޑުވަނީ އަރިވީމަ އޭ މާލެ އެއްފަރާތައް
ޕަންޕު ބަލަހައްޓަނީ އަސްލަމް....މިނިސްޓަރު...
ޢޭގެ ތަޅުދަނޑި އޮންނަނީ ހައުސިން މިނިސްޓްރީގައި. ފެން ހިންދުމަކީ ފެންބޮޑު ވުމުން ސިފައިންކުރާކަމެއް....
ތީއޭ މައްސަލައަކީ ޕާކްތަކާ މައިޒާން ތައްހެދުން އޭގެބަދަލުގައި މަގުމަތި ތަރުބިއްޔަތު ކުރިއްޔާ މާރަގަޅެންނު ޕާކިންތަށް ގިނަކޮށްދީބަލަ އޭރުން މަގުމަތި ރީތިވާނެ ރައްޔަތުން ފެލަން އިސްޓިކާޖަހައިގެން ދައުލަތަށް ލާރިވައްދަން ކޮންމެ ސަރުކާރަކުންވެސް
ބަންގާޅިންނާ ގުރޫޕުތައް ހިންހަމަ ޖައްސާލަން ވަރަށް ރަގަނޅު ކަމެތްތީ ހަކުރުބޯ ޕާޓޭން ނިދާނެތަންތަން އެކިނަންނަމުގައި ތި ގޮތަށް ހަދާދޭތީ އުފާކުރަން
ތިކަހަލަ ދެތިން ޕާކް ތަރައްގީކޮށްލީމާ މާލޭ މީހުން މޮޔަވެގެން މުއިއްޒު އަށް ގައުމުގެ ވެރިކަން ދޭނެ. ގައުމުގެ ވެރިކަން ލިބިއްޖެއްޔާ ކުޅިވަރު ދައްކާލާތި. ހިނގާލާނެ ތަންކޮޅެއް ވެސް މަގެއްގައި ނުބާއްވާތި.
ތިއީތަ މާލޭގަ ނުވެފަ އޮތްކަމަކީ؟ ތިއަށްވުރެ މާރަނގަޅުވާނެ ތިހުރިހާ ތަނެއްގަ ކާރާއި ސައިކަލް ޕާކު ކުރެވޭނެގޮތް ހެދިއްޔާ. މިހާރުވެސް މާލެ އެއޮންނަކީ ވެހިކލަ ތަކުން ފުރިފަ ވިއްޔާ!!! ޕާރކުކުރާނެ ތަންކޮޅެއްވެސް ލިބެނީކީނޫން.
ސިނގިރޭޓުބޯ މީހުންގެ އުނދަގުލާ ހެދި ތި ތަނުން ލިބޭ އެއްވެސް ހިތްހަމަ ޖެހުމެއް ނޯންނާނެ..މިހާރުވެސް ހޮޓާތަކުން ކާއެއްޗެއް ރަހަވެސް ނުލާ ދުމާހެދި..މަނަލޯ އެކަމަކު
ޅަޑަ ބޮޑުކޮށްލާ
މާލޭ ސިޓީގައި ރަސްފަންނު، ރައިވެރިޔާ މައިޒާން، ބިނާކުރައްވާ ކުޑަ ކުދިންގެ ބަގީޗާ އާއި ޖުމުހޫރީ މައިދާން އާބާތުރަ ފިލުވާ ރަސްރަނިބަގީޗާ ތަރައްޤީ ކުރީ ރައީސް ޔާމީން. މިހާރު މި މަސައްކަތް ކުރައްވަނީ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު. ޕީޕީއެމް ފިކުރަކީ ގައުމު ތަރައްގީ ކުރުން. ހިތްފަސޭހަ ތަނަކަށް މާލެ ހަދާ ރައްޔިތުންނަށް ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ގޮތް ހެދުން.. ރައްޔިތުން ވިސްނާ. ސެޕްޓެމްބަރު 9 އަންނަނީ
ސާބަހޭ މުއިއްްޒް. ތިވަރެއް ނެތް.
މާލެ ސިޓީ ދުއް އެއްމެ ހިންގުންތެރި މޭޔަރ މުއިއްޒް އަކީ. ޝައްކެއްނެތް.
މާލެ ކަހަކަ ކާރު ބާރު ބޮޑު ތަނަކަށް ވަރަށް މުހިއްމުކަމެކެވެ. ޝުކުރިއްޔާ
ޕަމްޕަކީ ސިޓީ ކައުންސިލުގެ ދަށުގަ ހުންނަ އެއްޗެއް ނޫން. އެއީ އެމްޑަބްލިއުއެސްސީގެ ދަށުގަ ހުންނަ އެއްޗެއް. ހަގީގަތް ބަލާފަ ކޮމެންޓް ކުރައްވާ
ސަރުކާރަށް ވުރެ އަދުގެ ސިޓީ ކައުންސިލް މާ ރަނގަޅު. އެތައް ކަމެއް އެބަ ކޮށްދޭ. މުއިޒް ހަމަ ގަދައީ.
މިކަހަލަ ތަންތަން އަދިވެސް ގިނަ ކުރަން ވީ. މުއިއްޒް ހަވާލުވިފަހުން މިކަން ވަރަށް ރަނގަޅަށް އެބަކުރޭ
ހާދަ ރަނގަޅު ކަންކަމޭ އަދުގެ މާލޭ ސިޓީ ކައުންސިލުން މިކުރަނީ. ބަޔަކަށް ހަޖަމް ނުވިޔަސް މިއީ ހަމަ އެއްވަނައިގެ ކައުންސިލެއް
މިއީ އަހަރުމެން މިބުނާ ވާހަކައަކީ. މުއިއްޒު ތަފާތު ދައްކާނެއޭ. ކަންކުރާނެޔޭ.
މިހެން ވާން ޖެހޭނެ. ރައްޔިތުންނަށް މިހިމްމު މިކަހަލަ ކަންކަން ކޮށްދޭން ވާނެ. ސާބަހޭ
ދެން ދަރިން ގޮވައިގެން ވެސް ދެވޭނެ ދޯ.ގެ ތިރި މިއީ
ލޮނުޒިޔާރަތް ޕާކް ފިޔަވާ މާލޭގެ ގިނަ ޕާކް ހެދީ މުއީޒް ގެ މޭސްތިރިކަމުގައި. ތަފާތު ބޭފުޅެއް
ކުރިން އަހަރެން މުއިއްްޒް އަށް ތާއިދު ނުކުރިޔަސް މިހާރު ކުރަން. ސަބަބަކީ މިކަހަލަ ކަންތަކުގެ އިތުރުން އެތައް ހެޔޮ ކަންތައް ކޮށްދޭތީ
2009 އިން ފެށިގެން މާލޭގެ މިއުޅެނީ. ހިޔެއް ނުކުރަން ސިޓީ ކައުންސިލަކީ މިކަހަލަ ކަންކަން ކުރާ ތަނެއް ކަން. ނަމަވެސް މިހާރު ނަތީޖާ އެބަ ދައްކާ
ޝުކުރިއްޔާ މޭޔަރ ޝުކުރަން ނަރީޝް. ވަރަށް މުހިންމު ކަމެއް. މިއީ
ފުރިހަމަ ތިތަން. ދެކުނުން އިއްޔެގަ
ހާދަ ސަޅި ތަންކޮލެކޭ. ތިކަހަލަ ތަންތަން ގިނަކޮށްލީމަ މާލެ ރީތިވާނެ ވަރަށް
މުއިއްޒް އަށް ތާއިދު ނުކުރަން.އެޖަމަކު ކަންކަން ކޮށްދޭކަން ގަބޫލުކުރަން.
މިކަހަލަ ތަންތަން މާލޭގެ ހުރިހާ ސަރަހައްދެއްގައި ގިނަކޮށް މާލެ ސިޓީ އެއްގެ ވައްތަރު ގެންނަން ވީ. ތިކުރާ މަސައްކަތް ބަލައިގަންނަން
މިގައުމުގަ ތިބި އެއްމެ ހިންގުންތެރި ދެމީހުންނަކީ އެމްޓީސީސީގެ އެމްޑީ އާޒިމް އަދި މާލޭ މޭޔަރ މުއިއްޒް
ނިކަން ޗާލު. ނިކަން ފުރިހަމަ. މުއިއްޒް ވަރެއް ހަމަ ނެތް