އަން ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަނުގެ ޕާޓީތަކުން މިއަދު ހދ. ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފިއެވެ.

މި ވެހިކަލް ބުރު، މިއަދު ހަވީރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ބާއްވާފައިވާއިރު، މި ހަރަކާތުގައި އިދިކޮޅު ޕާޓީތަކަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.

ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ ސައިކަލްބުރުގެ ތެރެއިން - ފޮޓޯ: ކުޅުދުއްފުށި ޑޮޓްކޮމް

"ވަގުތަށް" މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވެހިކަލް ބުރުގައި ގިނަ އަދަދަކަށް ބައިވެރިވެފައިވަނީ ސައިކަލުތަކެވެ. ރީނދޫ ފުއްޕާހަމާއި، އިދިކޮޅަށް ތާއީދުކޮށް ލިޔެފައިވާ ޝިއާރުތައް ހުރި ބޯޑުތަކާއިއެކު މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، މި ވެހިކަލް ބުރުގައި 310 ވަރަކަށް މީހުން ބައިވެރިވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހަރަކާތުގައި އުމުރުން 18 އަހަރު ނުފުރޭ ކުދިންވެސް ބައިވެރިކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، 18 އަހަރުން ދަށުން 45 ވަރަކަށް ކުދިން، މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ ސައިކަލްބުރުގެ ތެރެއިން - ފޮޓޯ: ކުޅުދުއްފުށި ޑޮޓްކޮމް

އިދިކޮޅަށް ތާއީދު ހޯދުމުގެ ގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، މި މަހުގެ ތެރޭގައި އެކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ. އިބޫ ކުޅުދުއްފުއްޓަށް ވަޑައިގެން، އެރަށުގައި ޖަލްސާއެއްވެސް ބާއްވާފައިވެއެވެ. އެޖަލްސާގައި، ރައީސް ޔާމީންގެ ވެރިކަމުގައި، ކުޅުދުއްފުށީގައި ކުރިއަށް ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއިރު، އޭނާވަނީ ކުޅުދުއްފުށީ އެއަރޕޯޓު އަޅާ ސަރަޙައްދަށްވެސް ވަޑައިގެންފައެވެ.

ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ ސައިކަލްބުރުގެ ތެރެއިން - ފޮޓޯ: ކުޅުދުއްފުށި ޑޮޓްކޮމް

ހަމައެހެންމެ، މިދިޔަ ބުދަ ދުވަހުގެ ރޭ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން، އެރަށުގައި ސަރުކާރުން ހިންގެވި ދެ މަޝްރޫޢެއް ނިންމަވާ ދެއްވާފައެވެ. ރައީސް ޔާމީނަށް މަރުޙަބާ ދެންނެވުމަށާއި، އެމަނިކުފާނު ބޭއްވި ޖަލްސާގައި 940 އެއްހާ މީހުން ބައިވެރިވެފައިވެއެވެ.

އިންތިޙާބަށް މަހަކަށް ވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން، މިއަދުވަނީ ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ވެހިކަލް ބުރު ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާއަލިފް

    މިއެއްޗިހި ތަކާ ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ ރައީސް ޔާންޓޭ އަޅައިދިން ތަޅުންމަތިން ނުދިޔައީސް...ކީއްކުރާނީދޯ ލާދީނީ ގަލަމުނިޔާ ތަކެއްވިއްޔާ

  2. ގަދަ

    ދިވެހިރައިޔަތުން ތިކުރައްވާ ބުރަމަސެއްކަތައްސާބަސް ބާރާއް ކުރިޔައް

  3. ޕޕމ

    700 ގޮނޑި ޕީޕީ ޖަލްސާގަހުރީ ދެންކިހެނެތް 940މީހުން ތިބެނީ

    • ހުސޭނުބޭ

      ވީމާ ހީކުރިވަރަށްވުރެ ގިނައިން ޖަލްސާއަށް މީހުން ދިޔައީދޯ! މީހުން ގުނުމުގެ ބަދަލުގައި ގޮނޑިކޮޅު ގުނާލާފައި ތި އައީ!

  4. ޔަގީނޭ

    އިދިކޮޅުން ބޮޑު ވެހިކަލް ބުރު ބާއްވަމުން ދާއިރު އެފަދަ ވެހިކަލް ބުރު ތަކުގައި ކުޑަ ކުދިން ބައިވެރި ކުރުން އެއީ މަނާ ކަމެކޭ މިފަދަ މަނާ ކަންކަން ކޮށްގެން ވެރިކަމަށް އަންނަ މީހުންނަށް ވެރިކަން ނުކުރެވިގެން ފެއިލް ވެގެން ދާނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ މިކަން ކަން އެގިގެން މިހާރު މާލެ އިން ހިޔާ ޕްރޮޖެކްޓް އަށާއި އަދި ވިލިމާލެ ހިޔާ ޕްރޮޖެކްޓް އަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކޮށް އެމެންނާއި ލިޔުން ތައް ހަވާލު ކުރަންވީ ނޫންތޭ ކިއެއްކުރަންތޭ އިންތިޚާބަށް ފަހަށް އެކަން ކަން ބަހައްޓަންވީ އިންތިޚާބުގެ ކުރިން އެކަން ނުނިންމައެއް ޕީޕީއެމް އަށް ގިނަ އަދަދެެއްގެ ވޯޓް ތަކެއް މާލެ ސަރަހައްދުން ނުލިބޭނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ.

  5. ކުޅުދުއްފުށިމީހާ

    ބަލަ ކޮޅަށް މީހުންތިބިކަން ނުދެނެހުރިން ދޯ. ޙެހެހެ