އިސްލާމް ދީން އޮންނާނެ ތޯ ރައީސުލް ޖުމްހުރިއްޔާ އަބްދުލް ޔާމީން އަބްދުލް ޤައްޔޫމް ކުރެއްވި ސުވާލަށް ޖަވާބު ދޭކަށް ނުޖެހޭ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވަނީ އިބޫއަށާއި އެމްޑީޕީއަށް ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ސަރުކާރެއްގައި އިސްލާމް ދީން އޮންނާނެތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ރާއްޖެ ޓީވީގެ "އިބޫ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރާއްޖޭގައި އެހެން ދީނެއް އޮންނާނެ ތޯ އެއީ ސުވާލު އުފެދޭ ކަމެއް ނޫން ކަމަށާއި އެއީ ޖަވާބު ދޭންޖެހޭ ވަރުގެ ސުވާލެއް ކަމަށް އިބޫ ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމެއްގައި ވިޔަސް ކުރައްވަން ޖެހޭ ސުވާލެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

"މިސާލަކަށް ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް އޮންނާނެތޯ މިއީ ސުވާލު އުފެދޭނެ ކަމެއްވެސް ނޫން. އެއީ ޖަވާބު ދޭންޖެހޭ ވަރުގެ ސުވާލެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ނޯންނާނެ ދެއްތޯ. އެއީ ރައްޔިތުން އަޅުގަނޑުމެންގެ ކާބަފައިން އެތައް ޒަމާނުއްސުރެ ހިތުގެ އަޑިން އެންމެން ގަބޫލުކޮށްގެން ތިބި ކަމެއް. އެހެންވީމަ އެކަހަލަ ސުވާލުތައް އުފައްދާކަށްވެސް ނުވާނެ. އެއީއަކީ އެއް އަޅުގަނޑަށް ހިއެއްނުވޭ ސިޔާސީ ބޭނުމަކު ކުރައްވަންޖެހޭ ކަމެއް ކަމެއްކަމަށް." އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމީން އަށް އިބޫއަށް މިސުވާލު ކުރައްވާފައިވާއިރު، 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވެއްޓުމަށް ދިމާވި މައިގަނޑު ސަބަބަކީ އިސްލާމީ އުސޫލުތަކަށް ގޮން ޖަހާލުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލީ

    އިސްލާމް ދީން އޮންނާނެ އެކަމު ހަމަ ވެރިކަން ލިބޭއިރަށް ކުރިންވެސް ލާދީނީ ފިކުރު ޕްރޮމޯޓު ކުރަން ޔަހޫދީންއަށް ފުރުސަތު ދޭތީ. މިހާރުވެސް އިބޫ އަކީ ނަޝީދުގެ އަޅެއް.

  2. ރަނާ

    ނޯއާންސާ އިޒް އޯލްސޯ އެން އާންސާ. ސޮރީ އިބޫ. ރާއްޖޭގެ ވެރިކަން ހަވާލު ކުރެވޭ ފެންވަރުގެމީހެއް ނޫން ތިޔަކީ. ރައްޔިތުން ގެޖަވާބު ކަމިންގް ސޫން. އިންތިޒާރު ކޮއްލައްވާ.

  3. މަހަށްދޭދޭ

    ދަ ލާދީނިއަން ފިކުރޭ މެންނަށް ނުކެރޭނެ އެހެން ޖަވާބެއް ދޭން ދޯ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

  4. ބޭބެ

    ކަލޭ ރަގަނޅުވާނީ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނިއްޔާ!! މުޅި ކޮސް ގޮވޭނީ!!!

  5. އާދަމްބެ

    އިއްތިހާދުގެ ވެރިކަމެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުޞަތެއް ނޯންނާނެ ކަމަށް ބުނެފިނަމަ އީޔޫގެ އެހީ ކަނޑާނެއެވެ.އެހެންވެ އެބަސް ބުނާކަށް ނުކެރޭނެއެވެ.އިއްތިހާދުގެ އެހީގައި ވެރިކަމަށް ހަމަ އައުމާއި އެކު މިޤައުމުގެ އަތާތުރުކު މިޤައުމުގެ ޤާނޫންއަސާސީގެ 9 ވަނަ މާއްދާވެސް އުވާލާނެއެވެ.މިބައިމީހުން މިރާއްޖޭގެ ވެރިކަމަށް އައިސްފިނަމަ ހުރިހާގޮތަކުންވެސް ޤައުމަށް އޮތީ ނުރައްކަލެވެ.

  6. Anonymous

    ކޮބާ އިބޫކަލޭގެ ވެރިކަމަށް އަރުވަން ޕްރޮމޯޓް ކުރަމުންދާ މި%100 މުސްލިމުގައުމުގައި އޭނަގެ އަރިހުގައިއުޅޭ ސަޕޯޓަރުން، ޚާއްސަކޮށް އަދާލަތުޕާޓީގެ ސޭކް އިލްޔާސް، ޑރ.ޢިޔާޒުއާއި އަލީޒާހިރުފަދަ ދީނީ އޮފިޝަލުން އަދި ޢަނާރާއާއި ޝިދާތާގަދަ ބޭކަނބަލުން، މިބޭބޭފުޅުން ކަކުނި ހޮރުތަކަށްވަދެ ފިލާފައިތިބީތަ؟؟ އިދިކޮޅު ބައިގަނޑުގެ ޢަޒުމަކީ އިބޫކަލޭގެ ވެރިކަމަށް އެރުވުމަށްފަހު ގައުމުގައި އަޅާ ބުދުފައްޅިތަކުގައި އަޅުކަންކޮށް އެއްޖިންސުން ކައިވެނިކުރުން މިގައުމުގައި ހިންގުމަށްކަން ފަޅާއަރަމުން މިދަނީ، ވޯޓްދޭ މުސްލިމު ރައްޔިތުން ވިސްނަންވީ ވަގުތެއް.

  7. އަހުން

    އިސްލާމްދީން އޮންނާނެ އެކަމަކު ތަމެން ހިޔާރުކުރާނީ ކުރިސްޓިޔަނުން ބުނާގޮތަކަށް އޯކޭ ވެތިކަމަށް އަޔަސް އަންނިޔަށް ހެދިގޮތް ހަދާލާނަން.

  8. އަންތަރީސް

    ކަލޭ ޖަވާބުދޭން ޖެހޭނެ! ކަލޭ ވެރިކަމަށް އެރުމަށް ފޮށާ އަރުވައި ޖަހައިގެން ނިކުންނައުރު އެސުވާލު ކަލޭމެންނާއި ކުރެވޭނެ އަދި ކަލޭމެން ޖަވާބުވެސް ދޭންޖެހޭނެ. ޢެހެން ނޫނީ އިންތިހާބަށް ކުރިމަތިނުލާ އިންތިހާބާ..

  9. މުހައްމަދު

    ތި ހުރިހާ ާހަކަ އެް ދެއްކި އިރުވެސް އިސްލާމް ދީން އޮންނާނެއެކެ ކަނދައެޅިގެން އިބޫއަކަށް ބުނާކަށް ނުކެރުނު. އެނގޭ ތިޔައީ ހަމަސީދާ އަންނީގެ ޕަޕެޓެއްކަން.

  10. ب

    މިއަށް ކިޔަނީ ފިތުނަ ފަސާދަ އުފެއްދުން

  11. ب

    އިދިކޮޅަށް ލިޔެލާ ކޮމެންޓެއް ފޮނުވަން ނުކެރޭ

  12. ޑިމޮކްރަޓިސްޓް

    ޖަވާބުދޭން ޖެހޭ.. އެވަރުގެ މަގާމަކާ ކަލޭ ކުރިމަތިލައިގެން ތިހިރީ.. ކޮންމެ ކަމެއް ކަލޭމެން ތިކުރަނީ ގަދަބާރާ ގައްޑާކަމާ ބޮޑާކަމާއެކީ..

  13. ޝިދާތާ

    ޖަވާބު ދެއްވުން އެއީ މައަސަލަ އެއްތޯ ؟ބޭޜުގެ ނުފޫޒު ތަކުން މިގައުމަށް ކުރާ ޕްރެޝަރާއި ދީނީ މިނިވަންކަން ނުދެވިގެން ބަޔާންތައް ނެރެގެން އުޅޭތަން މަނިކުފާނަށް ފެނިވަޑައި ނުގަންނަވަނީތޯ؟ދިވެހި ރައްޔިތުން ލާދީނީ ޕާޓީގެ ލަގަބު ވެސް ދީފައި އޮތީ މަނިކުފާނު ނިސްބަތް ވެ ވަޑާއިގަންނަވާ އެމްޑީޕީ އަކަށް ނޫންތޯ؟ ތި ގޮތަށް ޖަވާބު ނުދެއްވުމަކީ ބިރުވެރި އަދި ނުރައްކާތެރި އަޑި ނޭގޭ އެޖެންޑާ އެއް އޮތްކަމުގެ ހެއްކެއް ކަމަށް ގަބޫލް ކުރެވޭ.

  14. ކޮލެޖް

    ޔާމީން ކޮއްލީ އެންމެ ސުވާލަކުން އިބޫ އަތަށްގޮވާ މަރަށް ތެޅޭމަހެއްހެން ތެޅެންފެށީމާ އިބޫގެ ނާގާބިލްކަމާއި އެކު ފެއިލްވެ އަހަރެންނާއި އަޢިލާގެ ވޯޓް ޔާމީން ޔަގީން ކޮއްފި.