ށ. މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ޓެކްނިކަލް ސާވޭއެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިލަންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މިލަންދޫ ކައުންސިލާއި ރައްޔިތުން ވެސް ހުށަހެޅި އެންމެ މުހިންމު ކަމަކީ އެ ރަށުގައި އެއާޕޯޓެއް އެޅުން ކަމަށެވެ. އެކަމަކު، އެއާޕޯޓު އެޅުމަށްޓަކައި ޓެކްނިކަލް ސާވޭއެއް ހަދަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއީ އެއާޕޯޓެއް އެޅޭނެ ތަނެއްތޯ އަޅާ ނަމަ، ކޮން ކަމެއްތޯ ކުރަން ޖެހޭނީ. އަޅުގަނޑު އެކަން އަސްލަމްއާ ހަވާލު ކުރާނަން. އެއަށް ފަހު، އެއީ ކުރެވޭ ވަރު ކަމެއްތޯ ބެލުމަށް ފަހުގައި އެއާ ބެހޭ ގޮތުން އަޅުގަނޑު ނިންމުމެއް ނިންމާނަން." ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.

މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރަށް ށ. އަތޮޅުގައި ހިންގާފައި ވަނީ 19 މަޝްރޫއެވެ. އަދި 2014 ވަނަ އަހަރުން 2018 ގެ ނިޔަލަށް ހިންގުނީ 56 މަޝްރޫއު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ދަތި އުނދަގުލާ އެކު، ހޭދަކުރި ދެ އަހަރާއި އެކުގައި މި ސަރުކާރުން 159 މަޝްރޫއު ށ. އަތޮޅުގައި ހިންގާފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގޮތް ނިންމާނީ ތި ރައްޔިތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މިލަންދޫގައި މިހާރު ވެސް ބަނދަރު ބޮޑުކޮށް ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަގުތައް ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހިނގަމުން އަންނަ އިރު، އެކަންކަން ނިމެން ވަގުތު ނަގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

"މި ހުރިހާ މަސައްކަތެއް ނިމުމަށް ވަނީ މިސްރާބު ޖަހާފައި،" ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ، މިލަންދޫ ބާކީ ނުކުރައްވާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދައުރުގައި މިލަންދޫގެ ހުރިހާ މަގުތައް ޒަމާނީ ފެންވަރަކަށް ހަދައި ނިންމާނެ ކަމަށެވެ. ކުނި މެނޭޖް ކުރުމަށް ޒަމާނީ ވަސީލަތް ރަށުގައި ގާއިމުކޮށް ރަށަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް އިތުރު ހައުސިން ޔުނިޓްތައް ރަށުގައި އަޅައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މިލަންދޫގެ ބިން އިތުރުކޮށް ޗަކަ ބިން ހިއްކައި ބޭނުންވާ ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ށ. އަތޮޅުގައި މިހާރު ވެސް އެއާޕޯޓެއް އޮވެއެވެ. އެއީ މިލަންދޫން ފުރައިގެން 15 މިނެޓެއް ހާއިރު ތެރޭގައި ދެވޭހާ ކައިރީގައި އޮންނަ ށ. ފުނަދޫގައި އޮންނަ އެއާޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 20000

    ކޮންމެ ދެގެ ދޭތެރޭގައި އެއަރ ޕޯޓެއް އެޅުމަކީ ރަގަޅު ކަމެއްބާ؟

    10
    1
  2. Anonymous

    ހަހަހަހަހަ. ސާރވޭ ދޯ . މީހާރު މީހުންނާ އިންނަވެސް މީހުން ސާރވޭ ކުރަޔޭ ކިޔާ އަޑުއަހަން.

  3. ލުޠުފީ

    ތިއީ ސާވޭ އެއް ހަދަން ޖެހޭ ވަރުގެ ކަމެއް ނޫން. މިލަންދޫގައި އެއަރޕޯޓެއް އަޅާނެ ބިމެއް އުފެއްދޭކަށް ނެތް. އެހެނެއްނޫން. ފަޅު ހިއްކާފަ އެތަނަށް އިރުމަތީފަރާތުގައި ހުރި ގިނަ ގެތަތަކާއި އެހެނިހެން ޢިމާރާތްތައް ބަދަލުކޮށްފަ އެ ފަރާތުގައި އެޅިދާނެ. އެކަމަކު އެއީ 3 އެއަރޕޯޓް އަޅާނެ ޚަރަދު.

    10
  4. ހުސޭނުބޭ

    މިލަންދޫ މީހުންގެ ބޯކައި ނިމުނީ. ދެން މި އަހަރު ނިމެންދެން އެބުނާ ސާވޭއެއް ހަދާބެޔޯ! މިލަންދޫގައި ތިބި ބޯބީތާ މީހުން މި ދޮގުވެރިޔާއަށް ވޯޓުދޭނެ!

  5. ސަލީމް

    ކޮބާބޭނުމެއް އަލީރިޒާ މީހުން ވާވައްދަން ޖައްސާގޭމް ފުނަދޫ އެއަރޕޯރޓް ބުޑުދަށު އޮތް ރަށެއް އޮތް

  6. ދެން

    ފުނަދޫއިން ދާން ކިރިޔާ 15 މިނެޓު ނަގާ އިރު ކޮން އެއާޕޯޓެއް އަޅަނީ؟ އެއަކުން ދަތުރު ކުރާނެ މާކަ ގިނަ މީހުންނެއް ނޫޅޭނެ. ތީ ބޭކާރު ހަރަދު. ކަމެއް ކޮށްދެންޏާ ރަށަށް ފައިދާވާނެ އެހެން ގޮތެއް ހޯދާފަ އެކަމެއް ކޮއްދީބަލަ.