މިހާރުވެސް އެއާޕޯޓެއް ހިންގަމުންދާ ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމަށްޓަކައި ބިންް ހިއްކައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރޫފެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގް އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 390 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ ދަށުން 300 ދުވަސް ތެރޭގައި ބިން ހިއްކައި ނިންމަން ޖެހޭނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

އެ މަޝްރޫއުގެ ދަށުން އެއަރޕޯޓަށް ބޭނުންވާ 56.83 ހެކްޓަރ ބިން ހިއްކައި 4433 މީޓަރ ގެ ބޮޑުހިލަ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށް، 2.4 ކިލޯމީޓަރުގެ ރަންވޭއަކާއ،ި އިންޓަރނޭޝަނަލް ޕެސެންޖަރ ޓަރމިނަލް އަދި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ހިންގާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔާރި

    ސޮއެކޮށް ފޮޓޯ ނަގާލީމަ އެ ނިމުނީ. ތިކަން ކުރެވޭވަރުގެ މީހަކު ދެން ހޮވަނީ. އިންޝާ ﷲ މުއިއްޒު

  2. ހުސޭނުބޭ

    ކައްދޫ އެއަރޕޯޓް މިހާދުވަސްވަންދެން އިންޓނޭޝަނަލްނުވެ އޮތީ ވޯޓުލާދުވަސް ކައިރިނުވާތީ!

  3. އިބޫ ހޯލިސް

    ހައުދަހާ ބޮދެޓިއަގޭ މިހާރަކަށްއައިސް ތިޔަ ފެންނަނީ