ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާތައް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ބައްލަވާކަން ހާމަވެއްޖެއެވެ.
މުއިއްޒު ވަނީ އޭނާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ހއ.އަތޮޅުގައި ފައްޓަވާފައެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ ހަނިމާދޫއަށެވެ.
މުއިއްޒު ހަނިމާދޫގައި ޖަގަހަ ބައްދަލުވުމެއްގެ ވީޑިއޯ ކޮޅެއް ހިއްސާކުރަމުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީގެ ކެނޑިޑޭޓް ވެސް ކެމްޕޭން ދަތުރުފުޅު މިއަދު ފައްޓަވާފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ އެއްވެސް ސަޕޯޓަރެއް ޕީއެންސީގެ ކެމްޕޭން އިވެންޓުތަކަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރަން." މަހްލޫފް ވިދާޅުވެފައިވެއެވެ.
މަހްލޫފް ވިދާޅުވީ ބޮޑު އާބާދީއެއް އޮތް ހަނިމާދޫއިން ޕީއެންސީގެ ޖަލްސާގައި 20 މީހުން ބައިވެރިވުމަކީ އެއްބުރުން ރައީސް ސޯލިހްގެ ތަރައްގީއާއިގެން ކުރިއަށްދާން ބޭނުންވާ މިންވަރު ބުނެދޭ ސާފު މެސެޖެއް ކަމަށެވެ.
މަހްލޫފް އެހެން ވިދާޅުވި ނަމަވެސް މިއަދު ހަނިމާދޫގައި ބޭއްވީ މުއިއްޒުގެ ކެމްޕޭން ޖަލްސާއެއް ނޫނެވެ. ރަސްމީ ކެމްޕޭން ޖަލްސާ ހަނިމާދޫގައި ބާއްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. އަންގާރަ ދުވަހު ހަވީރު މުއިއްޒު އަށް ހަނިމާދޫން މަރުހަބާ ކިޔުމަށް ވެސް ވަނީ ތާވަލް ކޮށްފައެވެ.
މިއަދު މުއިއްޒު ފަށްޓަވާފައިވާ ދަތުރުފުޅުގައި ހަނިމާދޫއަށް ވަޓައިގަތުމަށްފަހު ދެން ވަޑައިގަންނަވާނީ ނޮޅިވަރަމް އަދި ކުޅުދުއްފުއްޓަށެވެ. މިރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ މަކުނުދޫ، ހޯރަފުށި އަދި އިހަވަންދުއަށް ވަޑައިގަންނަވައެވެ. ހޯމަ ދުވަހު އުތީމު، ވަށަފަރު، ކެލާ، ބާރަށް އަދި ދިއްދުއަށް މުއިއްޒު ވަޑައިގަންނަވާނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް އެމަނިކުފާނަށް އައިސްފައި އޮތް ޖަލު ހުކުމުގެ ސަބަބުން ޕީޕީއެމްގެ ކެމްޕޭން ފަށައިގަންނަން ހުރަސްތައް ކުރިމަތިވިއެވެ. ޕީޕީއެމް އަށް ކެންޑިޑޭޓެއް ކަނޑައެޅުނީ ވެސް އެހެން ސިޔާސީ ޕާޓީތަކަށްވުރެ ފަހުންނެވެ.
ގަޑި ކައިރިވާވަރަކަށް ބެލުން ގިނަވާނެ އިބޫ ހޮވުނަސް ނުހިވުނަސް މަޤާމު ގެއްލޭނެ ވަރަށް ސަލާމް
ޑރ މުއިއްޒުގެ ދަތުރުގަ ހއ ހދ ގެ ހުރިހާރަށަކަށް ވަޑައިގަންނަވަންވާނެ. ބޮޑެތި ރަށްތަކާ އެއްވަރުގެ އިސްކަމެއް ކުދި ރަށްތަކަށް ދެއްވަންވާނެ. މިގައުމުގެ ކޮންމެ ރަށަކީ އަދި ކޮންމެ ރައްޔިތަކީވެސް މިހިންމު މީހަކަށްވާންވާނެ. ވެެިއެއްގެ އެންމެ މުހިންމު އެއްސިފައަކީ ހަމަހަމަކަމާއެކު ކަންކަން ކުރުން.
ހޭބަލި ވެފަ ދޯ މިތިބެނީ. މީހުން ދައްކާ ވާހަކަ އަޑުއަހައިގެން ދޯ އެއަށް ޖަވާބުދީ ކުރިއަށް ޕޮލޭން ކުރެވޭނީ. ކޯޗުންވެސް އިދިކޮޅު ޓީމުގެ މެޗުތައް ބަލާނެ
""މަހްލޫފް ވިދާޅުވީ ބޮޑު އާބާދީއެއް އޮތް
ހަނިމާދޫއިން ޕީއެންސީގެ ޖަލްސާގައި 20 މީހުން ބައިވެރިވުމަކީ އެއްބުރުން ރައީސް ސޯލިހްގެ ތަރައްގީއާއިގެން ކުރިއަށްދާން ބޭނުންވާ މިންވަރު ބުނެދޭ ސާފު މެސެޖެއް ކަމަށެވެ.
މަހްލޫފް އެހެން ވިދާޅުވި ނަމަވެސް މިއަދު ހަނިމާދޫގައި ބޭއްވީ މުއިއްޒުގެ ކެމްޕޭން ޖަލްސާއެއް ނޫނެވެ. ރަސްމީ ކެމްޕޭން ޖަލްސާ ހަނިމާދޫގައި ބާއްވަން ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. އަންގާރަ ދުވަހު ހަވީރު މުއިއްޒު އަށް ހަނިމާދޫން މަރުހަބާ ކިޔުމަށް ވެސް ވަނީ ތާވަލް ކޮށްފައެވެ."""
ބަހުލޫލަކީ އަބަދުވެސް މިންވަރަށްވުރެ އަނގަ ފުޅާ ގޮލައެއް. މީހާއަށްވުރެ ބޮޑު ވާހަކަ ދައްކާ ގޮލައެއް. ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ ގޮލައެއް. ދައްކާ ވަހަކަތަކުގަ ބުރަދަން ދަށް ގޮލައެއް. ރަނގަޅަށް ނުބަލާ ވާހަކަ ދައްކާ ގޮލައެއް. ފާޑުފުޅާ އަނގާ
އިބޫކަހަލަ ތަނެއްދޮރެއް ނޭގޭ ނުކިޔަވާ ހުރިބައިގަނޑެއް އިބޫގެ ފަހަތުގައި އުޅެނީ. ގައުމުގައި ވަގެއް، ކުއްވެރިއެއް ރާބޯމީހެއް ޓެކްސްނުދައްކާމީހެއް ހުރިއްޔާ އިބޫއެވަނީ ގެންގޮސް އޭނާގެ ފަހަތަށްލާފައެވެ.
މަހްލޫފު ދެން ސަލާން ބުނެފަ ގޭގަ އޮވެގެން މުއިއްޒުގެ ހުރިހާ ޖަލްސާތައް ބަލާ. އަނެއްކާ ފަހުވަގުތު އަމިއްލައަށް ކަރުމަޅި ނާޅާތި ފަހުވަގުތު.
މުއިއްޒު= ޔާމީން
މުއިއްޒުގެ ކެންޕޭނު ޖަލްސާތައް މަހުލޫފު ބެލުމަކީ ހަރާން ކަމެއްތަ؟
އާނ ހަރާން ކަމެއް
އެމްއެމް ޕީއާރސީން ދަމައިގަތް ޑޮލަރުބޮނޑި ދައްކަންޖެހޭ ދުވަސް ކައިރިވަނީ.
..މަގާމު ދިފާއު ކުރަނީ ދޯ.
ކަލޯ މަހުލޫފޫ ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު މަޖުބޫރުން މީހުން މަރުޙަބާކިޔަން ނެރެވުނަކަސް އެހެން ކެނޑިޑޭޓުން ކެމްޕެއިނަށްދާއިރު އެކަން އެހެނެއް ނުކުރެވޭނެދޯ... އިބްރާހިމް މުޙައްމަދު ދެވެނަ ދައުރަކަށް ﷲ ގެ އިރާދަފުޅާއި ރަޙްމަތްފުޅުން ނުހޮވޭނެ...
ކަލޯ މަހުލޫކް މާގިނަ ވާހަކަ ދެއްކުމެއް ނެތް ރެޑީ ޓު ޕެކް.
ކުދިން ބަލަން އެންމެން ގޭގަ ތިބީމަތާ ބޭނުން އެއްޗެއް މީނަޔަށް ހެދޭނީ... މިއީ ފައްކާ ހިޔަޅުވިސްނުމެއް.. މިހާރުވެސް އާއިލި ވެރިކަމެއް ފަށާފަ މިއޮތީ... ޓިކެޓްވެސް، ރަނިންމޭޓްކަންވެސް، ކެމްޕިޔަން މެނޭޖަރުކަންވެސް... ގޭތެރެއިން... މިވަރު ފުކެއް ބޮޑު.
މަހުފޫލު މިހާއަވަހަށް ބާކީ ވީތަ؟