މާލެ ސަރަހައްދުން ގޯތި ދިނުމަށް މި ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ ގޯތިތައް ދެ ދުވަހެއްގެ ތެރޭގައި ކަނޑަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަގުތަށް" ވިދާޅުވީ ގޯތިތައް ކެނޑުމުގެ މަސައްކަތް މިހާރު ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި ކަނޑަން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އެންމެ ފުރަތަމަ ކަނޑަން ފަށާނީ ހުޅުމާލެ އާއި ގުޅީފަޅުން ހިއްކާފައިވާ ސަރަހައްދުގެ ގޯތިތައް ކަމަށެވެ.
ސަރުކާރުން ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި 18،955 މީހުން ހިމެނެއެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ގޯތި ލިބޭ އެންމެންނަށް ގޯތީގެ ދާއިމީ ރަޖިސްޓްރީ 11 ނޮވެމްބަރުގެ ކުރިން ހަވާލުކޮށް ނިމޭނެއެވެ.
މާލޭ ސަރަހައްދުން ގޯތި ދޫކުރާ ތިން ކެޓެގަރީގެ ގުރުލުން މިއަދު ނިންމާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2450، 3250، އަދި 3650 އަކަފޫޓުގެ ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުމެވެ.
އެ ގުރުއަތުން ކުރިއަށް ދިޔައީ ގަލޮޅު ސްޓޭޑިއަމްގަ އެވެ. އަދި ހުރިހާ އެންމެންހެ ގުރު ނަގައި މިހާރު ވަނީ ނިންމާލައިފައެވެ.
ގިިނަ އަދަދެއްގެ ގޯތި ދޫކުރަން ނިންމިއިރު ގޯތިތައް ހިމެނޭ ސަރަހައްދު ހިއްކައި ގޯތި ދެވޭނެކަމާ މެދު ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ސުވާލު އުފައްދައިފައެވެ.
ގިރާވަރު ފަޅުން ދޫކުރި ފެންތި ކަނޑާނީ ކިހިނެތް ރޮނގަކުންތަ
ގޯތިތަށް ދޮންވީތޯ އެހާއަވަހަށް ކަޑާލަނީ
ކަނޑުން ލިބުނު ކުދިންނަށް ކިހިނެއްތޯ ދެނީ ހަމަ އަހާލީ
ހުޅުމާލެއިން ގޯތިލިބުނު އެންމެންގެ ލޯއްބާއި ޝުކުރުހައްޤުވަނީ ރައީސް ޔާމީންއަށެވެ. އެނިކުފާނު ހިއްކާފައިވާ ބިމުން އެތައްބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދިޔައީއެވެ. މިސަރުކާރުން 5 އަހަރު ވީއިރު ބިންކަނޑާލަން ތައްކޮޅެއްވެސް އަދި ހިއްކާވެސް ނުލެވުނެވެ. ބިންކޮޅެއް ހިއްކާލާފަ ގޯތި ކަނޑާލިނަމަވެސް ރަގަނޅުތާއެވެ. ވޯޓަށް ޖަހާލާ ކަޑައެއްގެ ގޮތުގައި މިކަންކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ.
ތިކަމުގާ ޝުކުރުއަދާކުރާނީ ޔާމީނަށެވެ. އަދި ވޯޓުދޭނީ މުއިއްޒުއަށެވެ. ސަބަބަކި ތިތަން އުފެއްދީ ޔާމީނެވެ. ކަލޭމެންގެ ކަމަކީ ކަޑަޖަހާލުން އެކަންޏެވެ. ގިރާވަރު ފަޅުން ތިގޮތަށް ކަނޑާފަދޭދުވަހުން ކަލޭމެނަށް ވޯޓުދޭނަމެވެ. އެއީ ފެނާނަރުދަމާއާއި ބްރިޖްއެޅި ދެވޭގޮތަށް އޮތުމުންނެވެ. ޔާމީނުމެން އެއޮތީ ދެވޭގޮތް ހަދާފައެވެ.
ޝުކުރިއްޔާ ރައީސް އަބްދުﷲ ޔާމީން. ފްލެޓް އަޅާފައި ދެވޭހާ ފެންވަރެއް މި ސަރުކާރުގައި ނެތުމުން ،ދެން މޮޔައިންހެން ،އަގުބޮޑު ބިންތައް ބަހާލަނީ. ވޯޓެއް ލިބޭތޯ ،ޖާހިލު އިލްމެއް ހިލްމެއް ނެތް ބަޔަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. އިބްރާހިމާއި އަޅާ ބަލާއިރު ތިޔަ ހަމަ ގިގަ ޕްރޮޖެކްޓެއް.
މާލޭގެ ގަދަރުވެރި ޚާންދާނެއްގެ ބޭފުޅަކު ތިބަހުރުވައިން ވާހަކަފުޅު ދެއްކެވީމަ ވަރަށް ދެރަވެއްޖެ. ގޯތި އެއީ ކަޑާ އެއްޗެއްތޯ ނުވަތަ އިންކަޑައަޅާ ދައްކާއެއްޗެށްތޯ ބައްލަވައިލައްވައިގެންނޫނީ
އިތުރު ނޫސްކޮންފަރެންސެއް ނުދެއްވުން
ރަގަޅުވާނެ. ބޭފުޅެއްގެ އިތުރުން މަނިކިފާނަކީ ސްޓޭޓުމިނިސްޓަރެއް. ވީމާ މިނިސްޓްރީވެސް އެބަ ބަދުނާނުވޭ. އޭގެއިތުރުން ޒުވާނުން ހިމިނޭގޮތަށް ގިނަބަޔަކު އެބަ މަގުފުރެދޭ.
ތިއައީރަތްޔެތުންގެ ބިން ތިގޯތިލިބޭނެ އެމްޑީޕީއަށް ވޯޓް ނުދިނަސް ވޯޓް ދޭންވާމީހާއެނގޭނެ ދިވެހި ކޮންމެރަތްޔެތަކަށް އަހަރެމެންގެ ގައުމް އަހަރެމެންޖިހޭ ސަލާމަަތްކުރަން
ގޯތިދިނަކަސް ވޯޓް ނެތް ދެވޭކަށް ސޮރީ ކުރިން އަބަދުވެސް ދިނީ އެމްޑީޕީއަށް މިހާރު ބޭނުމީ ބަދަލެއް
ނުދެވޭނެ ، ރައްޔިތުން ނުކުމެ ހުއްޓުވަންޖެހޭ އެއްވެސް އިންސާފެއްނެތް ، މިވަގުތު ބިމުހެ ދަތިކަން ހުރިގޮތަށް ބަލާއިރު ދިރިއުޅުގެ ހާލަތަށް ބަލަންޖެހޭ ، އެއްވެސްވަރަކަށް ނުބަލާ ، ރައްޔިތުން ނުކުންނަންޖެހޭ ، އިންސަަފަކީ ވެރިކަމަށް ތާއީދުކުރީމަ ދޭންޖެހޭ އެއްޗަކަށް ވެގެން ނުވާނެ ، އެންމެނަށް ހަމަހަމަ ވާންޖެހޭ
ގޯތި ދޫކުރުމަކީ ސިޓީ ކައުސިލްގެ ކަމެކައް ވާތީ، މި ޖަރީމާ ހިންގި ބަޔަކާމެދު ފިޔަވަޅު އަޅަންޖެހޭ...