މި ގައުމުގައި އަމިއްލާ ޖީބުން އެތައްހާސް ކުދިންނަށް ކިޔަވައިދެއްވާފައިވާ މީހަކަށްވުރެ ބޮޑަށް ކިޔެވިފައިވާ މީހަކު ނުހުންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ހދ. ނެއްލައިދޫގައި ޖުމުހޫރީ ޕާޓީއިން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަމިއްލަފުޅު މަސައްކަތުން ލިބިވަޑައިގެން އެއްޗަކުން ދިވެހި ރައްޔިތުން ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަން ކަމަށާއި ސިޔާސީ އެކި ކަންތައްތައް ގެނެސްދެއްވުމުގެ މަސައްކަތް 1980ގެ މެދު ތެރެއިން ފައްޓަވައިގެން މިއަދާ ހަމައަށް ކޮށްދެއްވަމުންދާ ކަމަށެވެ.
"ގާސިމް ކުރެއްވި މަސައްކަތްފުޅުގެ ތެރެއިން ގާނޫނު އަސާސީއެއް ލިބިއްޖެ. ރާއްޖޭގައި އެއް ޕާޓިއަށްވުރެ ގިނަ ޕާޓީ އޮންނަ ނިޒާމެއް ވަނީ އައިސްފައި. ވެރިކަމުގެ ބާވަތްތައް މި އޮތީ ބެހިފައި. މި ހުރިހާ ކަންތައް ގެނެސްދެއްވިއިރުގައި ވެސް އަދިއަދަށް މިއަދާ ހަމައަށް ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންތައްތައް ބައެއް ކަހަލަ ވެރިކަންތަކުގެ ސަބަބުން ގެނެވުނު ނަމަވެސް އެ ހިދުމަތް ފުޅާކޯށްދިނުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި.". ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ 2008 ވަނަ އަހަރުގައި ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ އެހީފުޅާއިއެކުގައި ކަމަށެވެ. ނަމަވެސް އެ ކޯލިޝަން ވެސް ރޫޅާލަން ޖެހުނު ކަމަށް ވިދާޅުވިއެވެ. އަދި 2013 ވަނަ އަހަރުގެ އިންތިހާބުގައި ޕީޕީއެމް ސަރުކާރެއް ގައުމަށް ވެސް ގާސިމް ގިނަގުނަ މަސައްކަތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ.
އެ ވެރިކަން ރާއްޖެއަށް އައިސް ގެނެސްދީފައިވާ ތަރައްގީގައި ގާސިމްގެ ޒިންމާތަކާއި ހިއްސާތަކެއް އޮތް ކަމަށާއި އޭނާގެ ގިނަގުނަ ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށް ނިހާން ވިދާޅުވިއެވެ.
" ކޮންމެ ފަހަރަކު ނިކެމެ ވަޑައިގެން ރައްޔިތުންނަށް މަސައްކަތްފުޅުކޮށްދެއްވީމަ އެ ހުރިހާ ގިލަވެރިކަމާއި ދައްޗަކާއި ހުރިހާ ތުރާލެއްވިއްޔާ ގާސިމަށް. ގޯސް ހެއްދެވީ ގާސިމްކަމަށް ވެގެން ދަނީ. ދެން އޮތީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ވިދާޅުވާނެ ގާސިމް ކޮން ކަމަކާހޭ ނިކުމެ ތި އުޅެނީ. ކޮންއެއްޗެއްހޭ މަދު ވެގެން ތި އުޅެނީ. ކިތައް ފަޅު ކިތައް ރަށް ހޯދަންދޭ ތި އުޅެނީ. މި ބާވަތުގެ ވާހަކަ އަންނާނެ. ދެން ދަމުން ވިދާޅުވާނެ ކޮބާހޭ މަނިކުފާނުގެ ޑިގްރީ." ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މި ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުންނަށް އަމިއްލަ ޖީބުން ކިޔަވައިދެއްވި ބޭފުޅަކަށްވުރެ ބޮޑަށް ކިޔެވިފައި ހުރި ބޭފުޅަކު ނުހުންނާނެ ކަމަށެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެތަނެއްގެ ރައްޔިތުންނަށް ކިޔައިދޭން އިސްނަގާ މީހާއަށްވުރެ މާތް އިތުރު އެއްވެސް މީހަކު ނެތް ކަމަށްވެސް ވިދާޅުވިއެވެ. އެ މީހެއް އަމަލުތައް ދުނިޔެ ނިމިގެން ދިއުމަށް ފަހުގައި އާހިރަތުގައި ވެސް އެމީހަކަށް ސަވާބު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ބޯހަލާކު. މިސޮރަށް އަންޑަސްޓޭންޑިންގ ބޭސްކޮށްދޭންވީނު. އެކަމަކު ބުނަން. މަނަމަވެސް މަހުންމަހަށް ބޮޑު މުސާރަ ދީފަ ބަހައްޓަންޏާ ގޯސްވިޔަސް ގޮވާނަން.
ރޯނުއެދުރު ޑރ.ގާސިމު ވަރުގެ އެދުރެއް ހަމަ ނުހުންނާނެ
ކަލަ ގޮވާ ވެރިންނަކަށް ރައްޔިތުން ދޭނެ ވޯޓެއް ނޯންނާނެ. ވ ވެދުން.
ނިހާނޫ ! ތަމެންގެ ލަދު ކޮބާ! ސޭޓު ހޭއަރުވާލަނީދޯ!
ތެންކިޔޫ ފޯ ދަ ލައުރާ!
4 ލައްކަ ރައްޔިތުން ދާރާ ވިކޭވަރު ކޮއްލި ބަޔަކަށްވުރެ ވިކިފަ ހުރި ބަޔަކު ނުހުންނާނެ. ނިހާންވެސް ވިކިފައެއްނު ތިހިރީ
އޭނަ އެއީ ޓީޗަރެއްތަ؟
ބުރުމާ ކިޔަވައިދިން ހަމަ އެކަކުވެސް ނެތް...
ޢާނ! ގާސިމު އަގަހުޅުވާލީމާ ތިކަންއެގެޔޭ!
ނަިހާން ގާސިމަކީ އަމިއްލަ ޖީބުން ކަމެއްކޮށްދެވޭ ފެންވަރުގެ މީހެއްނޫން. ސަންއައިލެންޑް ހެދުމަށް ވޯލްޑް ބޭންކުން ދަވްލަތުގެ ގެރެންޓީ އަށް ނަގާދިން 35 މިލިއންޑޮލަރުގެ ލޯނު ހޯދުމަށް ހުށަހެޅި ޕްރޮޕޯސަލް ގަ ކުދިންނަށް ކިޔަވައިދޭން ފައިސާ ހުރީ ހިމަނާފަ އެކަމުގެ ސަބަބުން 35 މިލިއންޑޮލަރު ލިބުނީވެސް ދަވްލަތުންގެރެންޓީ ދިގެން ދަވްކލަތުގެ ތަކެތި މޯގޭޖްކޮށްގެން ލޯނުނަގާމީހާ އެއީ އަމިއްލަ ޖީބުނަ ހަރަދުކޮށްގެން ރައޔިތުންނަށް ކަމެއްކޮށްދޭ މީހެއްނޫން. ރައޔިތުންނަށް އޮޅުވާނުލައވާ. އަހަރެން ދުށިން އެންދެރިމާގެގަ ފަގީރުކުއްޖެއްހެން އުޅެނިކޮށް ވެސް އަހަރެން ދުށީ އެޭއެފް 3 ނަމނަބަރު ފިހާރަ ދީގެ ތެޔޮވިއްކަނިކޮށްވެސް. އައްޑޫގަމުންގެނައިތަކތި ހަވާލުކޮށްގެ އުޅުނުތަންވެސް. އަހަރެން ދުށިނަ މޫންލައިޓްނޫހުގަ އޮއްވާ ދަންވަރު 3 ޖެހި އިރު ފުބަދޫން ތެޔޮބަރުކޮށްގެންއަންނަނިކޮށް މާލޭ ނެރު މައޗަށް ޔެޔޮފިﷲާ އަރުވާފަ ހުރިދޯނި ބަންޑު ޖަހާލައިގެން ތެޔޮފީފާތައ ގުރާބު ތުނޑިއަށް އެރުވި ވަހަކަވެސް އެކަމަކު ގާސިމް މުއްސަނދިވީ އެސްބިއައި އިން 1500 ރުފިޔާގެ ލޯނަކުން. މީހުން ބުއްދިގަބޫލުކުރާ ޒާތުގެ ވާހަކަ މީހުންގަބބޫލުކުރާނީ.