ރާއްޖޭގައި ފަނޑިޔާރުން ވިދާޅުވަމުން ގެންދަވަނީ މިނިވަންކަން ނެތް ކަމުގެ ވާހަކަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފާރަތުން ވާދަކުރައްވާ ކެނޑިޑޭޓް ގާސިމް އިބްރާހިމާއެކު ނ.މާފަރަށް ވަޑައިގެން ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ރާއްޖެ މިހާރު މިއޮތީ ވަރަށް އެހެންކަހަލަ ހާލަތަކަށް އައިސްފައި ކަމަށެވެ. އަދި ހަމައެކަނި ދައުލަތް ހިންގުމުގެ ނިޒާމަށް ބެލިކަމުގަވިޔަސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މިގޮތުން އަލީ ހުސައިން ދެން އިޝާރަތް ކުރެއްވީ ސުޕްރީމް ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓަށް މުވައްޒަފުން ހަމަޖައްސައި ނުދެއްވާ ވާހަކައަށެވެ. އެކަމުގައި ފަނޑިޔާރުންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކައެވެ.

"ދާދި މިދާކަށް ދުވަހު އަޅުގަނޑުމެންނަށް އަޑު އިވިގެން ދިޔައީ ސްޕްރީމް ކޯޓެއްގެ ފަނޑިޔާރު ސްޕްރީމް ކޯޓުގެ އަޑުއެހުމެއްގަ ވިދާޅުވި ވާހަކަތައް. ސްޕްރީމް ކޯޓު ގާތްގަނޑަކަށް ހަމަ ތަޅުލެވިފަ އޮތް ކަމަށް ވިދާޅުވި ސްޕްރީމް ކޯޓުގެ ފަނޑިޔާރު. މަސައްކަތް ކުރެވޭނެ ގޮތެއް ނެތުމާ އަދި މަސައްކަތް ކުރަން ބޭނުންވާ އިދާރީ މުވައްޒަފުން ނުލެވި އޮންނަތާ ދެ އަހަރަށްވުރެ ގިނަދުވަސް ވެފައިވާކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ވިދާޅުވަނީ.." އަލީ ހުސެއިން ވިދާޅުވިއެވެ.

ދަޢުލަތުގެ ތިން ބާރުން އެއް ބާރަކީ ކޯޓުތައް ކަމަށް ވާއިރު ފަނޑިޔާރުން ވިދާޅުވަމުން އެ ގެންދަވަނީ އެ ފަނޑިޔާރުންގެ މިނިވަންކަން ނެތް ކަމުގެ ވާހަކަތައް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ސްޕްރީމް ކޯޓަށް އިދާރީ މަސައްކަތްތަށް ކުރާނެ ސެކެރެޓަރީ ޖެނެރަލްއަކު އައްޔަން ކޮށްދިނުމަށް ފަނޑިޔާރުން ތިބީ އާދޭސް ކޮށްކޮށް ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

"ދަޢުލަތުގެ ތިން ބާރުން އެއްބާރު މި ވިދާޅުވަނީ ތިމަންނަމެންގެ މިނިވަންކަމެއް ނެތޭ.. ތިމަންނަމެން ބޭނުންވާ މީހަކު މިތަނަކަށް ލުމުގެ މިނިވަންކަމެއް ނެތޭ. އެކަން ނުކުރެވޭތާ ތިމަންނަމެން މިތިބީ އާދޭސް ކޮށްކޮށޭ..މި ތަނަށް އިދާރީ މުވައްޒަފު، ސެކެޓްރީ ޖެނެރަލަކު ސްޕްރީމް ކޯޓަށް ލައިދެތޯ..." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވަނީ ޖުޑިޝަރީ ސަރވިސް ހަގީގަތުގައި މިނިވަން ނުވާ ކަމުގެ ވާހަކަތައް ކަމަށާއި، ކުރީ ސަރުކާރަށްފަހު އިބްރާހިމް މުހައްމަދު ޞޯލިހު އާއި ސަރުކާރު ހަވާލުކުރި އެއް މަޤްސަދަކީ ރާއްޖޭގެ ޝަރުޢީ ނިޒާމް އިސްލާހު ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މި ދިޔަ ސަރުކާރު ބަދަލުކޮށް މި 2018ގަ މި ސަރުކާރު އިބްރާހިމް މުހައްމަދު ޞޯލިހުއާ މި ސަރުކާރު ހަވާލު ކުރީ، ދިވެހިރާއްޖޭގެ ރައީސްކަމާއި ހަވާލުކުރީ އެއް މަޤްސަދު. އެންމެ މަޤްސަދެއް ހާސިލްކުރުމަށް ވަންޏާމު އެންމެ މުހިންމު އެއް މަޤްސަދަކަށްވާނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް އިސްލާހު ކުރުން.." އަލީ ހުސެއިން ވިދާޅުވިއެވެ.

އޭގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ރައްޔިތުން ލާ ވޯޓްއަކީ ހަމައެކަނި ވޯޓެއް ނޫން ކަމަށާ އެއީ ރައްޔިތުންނަށް މަތިކުރެވިފައިވާ ވަރަށްބޮޑު އަމާނާތެއްކަމަށާ، އެ އަމާނާތާ ޙިޔާނާތްތެރި ވެއްޖެނަމަ އެކަމުގެ ޒިންމާޔާ އޭގެ ސަބަބުން ލިބޭ ދެރަ ނިކަމެތިކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނީ ހަމަ ރައްޔިތުން ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙާލު

    ތިޔައީ 2 ބޯގެރި ދުއްވާމީހުން! ސަރުކާރުގަ ތިބެމެ އެކަންކަން ނުފެނި ވޯޓުކާރިވީމަ ގުދޯގުދޯ މަގޭ ގުދޯ

    16
    1
  2. ނަސީރު..

    ތ. ހިރިލަންދޫގަ ޖުމްހޫރީ ޕާޓިގެ ޖަގަހަ ހަދަން ދިން ފައިސާކޮޅު، ލޯނު ނުދައް ކަލޭގެ ކާލާފިއެވެ.

  3. ކަލްދޯބަޖޭ

    ޢިންސާފާ މިނިވަންކަން އެތަނެއްގަނެއްނަމަ ރައްޔިތުންނިކުމެގާއިމުކުރާނެ އެމަންޒަރްމި ފެއްނަނީ ގާއިމުނުކުރި މީހުންބޭރުކޮއްއެކަން ކުރެވޭބަޔަކުގެނަސްކުރާނެ މިވޯޓްގަމިއަދުނިކުމެ ގޮވުމުގެބޭނުމެއްނެއް ވަގުތުފާއިތުވެއްޖެ އެބައެއްގެ މޭޒުކޮޅުމަތީ ގަލަމް ބާއްވާފަ ބޫޓައްއަރާތައްޔާރު ވާންވީ އިތުރައް ދޭނެފޮތެއްފަންސުރެއް ހަނޑުލެއް ނެއެތް 5 އަހަރުވަންދެން ބިސްގަނޑުއަޅައަޅާ .ނައިޓައްގޮސްތިބެވިއްޖެ

  4. ވަށްޑެ

    އެކަމަކު ޗޯރުއެބުނަނީ ޔާމީނުދޫކޮށްލެވޭކަށް ނެތޯ މީނައަނގައިން އެހެންބުނެފަ އެބުނަނީ ފަންޑިޔާރުންނޯ އޭނަޖަލުގަ ބަހަށްޓަނީ މިއީ މިކަލޭގެ ނާގާބިލްކަން ހުރިވަރު މީނަހިތުންރަށްޔަތުން މިހެއްލުނީގުނބޯ މީނަބުނެފިއްޔާ ދުވާލުވެސް ރޭނގަޑަށް ބަދަލުވެދާނެހެން މީނައަށްހީވަނީ އުތަ ރަށްޔަތުންގެ ކުރިމަތީ ދޮގުހަދަމުންގޮސް މީހާގެ މޫނުވެސް އެހެރަ މިދުނިޔެމަތީގަ އަނދަނީ.