މާލޭގެ މީހުންނަށް ގޯތި ދިނުމުގައި ސަރުކާރުން ގެންގުޅުނު އުސޫލު ގޯސް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ގަބޫލު ކުރައްވާ މޭރުމަކުން އޭނާ ވާހަކަދައްކަވައިފިއެވެ.
ރ، ދުވާފަރުގައި މިރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކޮށްދެއްވި އެންމެ ރަނގަޅު ކަމަކީ އެ މީހުންނަށް ގޯތި ދެއްވުން ކަމަށެވެ. ގޯތި ދިނުމުގައި އެއްވެސް ތަފާތެއް ނުކުރާ ކަމަށާއި އޭގެ ހެއްކަކީ ހުޅުމާލޭގައި ގެސްޓު ހައުސްއެއް ހަދަން ވާދަވެރި ކެނޑިޑޭޓުގެ އަނބިކަނބަލުންނަށް ވެސް ބިން ދިނުން ކަމަށް އިމްރާން ވިދާޅުވެއްޖެ އެވެ.
"އެންމެ ފުރަތަމަ ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ ތެރޭގައި އަޅުގަނޑުމެންގެ ވާދަވެރި ކެނޑިޑޭޓްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ އިނގޭތޯ. އެކަމަނާ ރީތި ގެސްޓު ހައުސްއެއް އަޅުއްވަން އެކަމަނާއަށް ބިމެއް ދެއްވީ. އަދުލުވެރިކަމެއް ނެތް ނަމަ ނުލިބޭނެތާ. ހުސް އަޅުގަނޑުމެންގެ މީހުންނަށް ބަހާފަތާ އެހެން މީހަކަށް އެއްޗެއް ލިބޭނީ.". އިމްރާން ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި އިމްރާން އިޝާރާތް ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަށެވެ. އިމްރާން ވަނީ 12 ބުރީގެ ހަތަރުހާސް އަކަފޫޓުގެ އިމާރާތެއް ހުއްޓަ ޝަރުތުހަމަވި ގޮތެއް ނޭނގޭ ކަމަށް ވިދާޅުވީ ސަރުކާރުގެ ގޯތި އުސޫލާއި މެދު ސުވާލު އުފައްދަވާފައެވެ.
"ދެން އަޅުގަނޑަކަށް ނޭނގެ 12 ބުރީގެ ހަތަރުހާސް އަކަފޫޓުގެ އިމާރާތެއް ހުއްޓަ ޝަރުތުހަމަވި ގޮތެއް. ދެން ފޯމު ލައްވާފައި ހުރިހާ އެއްޗެއް ލެއްވީމާ މިނިސްޓަރު އަސްލަމްއެއް ނުބައްލަވާނެތާ ދެން ހުރި ބޭފުޅާއެއް ލިބިފައި ހުރީ ކޮންއެއްޗެއްތޯއެއް. ފޯމުގައި ލިޔެފައި ހުރި އެއްޗެއްތާ ބައްލަވާނީ. އޭގަ ހުރި ޝަރުތު ފުރިހަމަވީމަ އެ ބޭފުޅުންގެ ޝަރުތާ އެއްގޮތަށް ގެންދަވާނެތާ. އަކްރަމް ނުބައްލަވާނެތާ އެ ބޭފުޅާގެ ބާކީ ދެން ހުރީ ކޮންކަންތައްތަކެއްތޯ. ފޯމުގައި އޮތް ޝަތުރު ގެއްލޭނީ. އެ ހަމަވީމަ އެ އުސޫލުން ހަމަހަމަކޮށް ގެންދެވީ. އެ ބޭފުޅާއަށް ވެސް ހުޅުމާލެއިން ގޯތި ލިބުނީ" އިމްރާން ވިދާޅުވިއެވެ.
ސާޖިދާގެ 12 ބުރީގެ އިމާރާތެއް ހުންނަ ކަމަށް އިމްރާން އިޝާރާތް ކުރެއްވި ނަމަވެސް އެއީ ދޮގު ވާހަކައެވެ. ސާޖިދާ އަށް ގޯތި ލިބުނީ އޭނާގެ އާއިލާ މެންބަރުންނާއިއެކު ޖޮއިންޓް ވެގެން ގޯތި ފޯމް ލުމުންނެވެ.
އިމްރާން އިތުރަށް ވިދާޅުވީ މި ނިމިދާ ފަސް އަހަރުގެ ތެރޭގައި ސިޔާސީ އެންމެ މީހަކުވެސް ވެސް ޖަލަަށް ލާން ހުކުމް ނުކުރާ ކަމަށެވެ. އެހެން ނަމަވެސް ނިމިގެން ދިޔަ ވެރިކަމުގައި ކަން ހިނގީ އެގޮތަށްތޯ އިމްރާން ސުވާލު ކުރެއްވި އެވެ.
މީއީ ސޭހެއްތަ ނޫނީ ސޭކެއްތަ؟؟
ޝަރުތު ހެދީ މިސަރުކާރުން. އެކަން އިބޫ ޖަހުލު ކައިރި އައްސަވާ. ގޯތި ލިބުން މީހުންތެރޭ އަދާލަތުގެ މެމްބަރުންނާއި އެމްްޑީޕީގެ މަޖިލިސް މެމްބަރުންވެސް ހިމެނޭ
އަނެއްކާވެސް ޖަލައް🤓5 އަހަރައް..ފަހަރިބޭ
އިމުރާނު ...ފިލްމީތަރިޔަކަށް ހުޅުމާލޭން ގޯތިލިބުނުކަމަށްއެބަކިޔާ އެފިމީތަރީގެ ބައްޕަގެ އެބައޮތް ވިލިމާލޭގެ ބޮޑުގޯއްޗެ އެގޯތީގެ ހަމައެކަނި ވާރިސަކީ އެފިލްމީތަރިކަމަށްކިޔާ ދެން ގޯތިދިނުން އިންސާފުގެވާހަކައަށް މިސާލުޖެހުންރީތިނޫން..އިއްތިފާގުން ހުޅުމާލޭގެ ހިކިފަސްތަނުން ގޯތިލިބުމުގެ ނަސީބުލިބުނީ މޑޕގެ އިސްމީހުންނާ އެމީހުންގެ އާއިލާތަކަށް..މިވެސް އިއްތިފާގެ..
ނަސީދު ހުޅުމަލޭ ފޭސް 1 ބަހާ ހުސްކުރީ ރަނގަލަކަށް ނޫން
👏👏👏👏👏 ދައުލަތުގެ މަޤާމުތައް ހަވާލު ކުރަނީ ނިދާފަ ތިބެގެން ކަންކަން ކުރާކަށް ނޫން. އެހެން ނޫން ނަމަ އަހަރެމެން ފޯމް ލީމަ ރިޖެކްޓެއް ނުކުރާނެ. ކިހިނެއް ތޯ ކުރިން ރަށެއްގަ އަޅުގަނޑުގެ ރަޖިސްޓްރީ އޮތްކަން އެނގުނީ. އަޅުގަނޑެއް ނުޖަހަން. އެހެން ވީމަ ދޭން ބޭނުން މީހަކަށް ދިނީ ވޯޓް ލިބޭނެ ކަމަށް. ބަލަން ތިބޭ
ހާދަ ދޯދިޔާ އޭ.
ފޯމު ނުބައިކޮށް ފުރީމަ ވެސް ހަމަ ބަލާލުމެއް ނެތި ދިނީ ތަ އެހނެްވީމަ.
ފްލެޓް ދޭންވީމަ އެބަ ހާލަތު ބަލާ، ގެއަށް ގޮސް އެބަބަލާ...
ތިއީ މަކަރާއި ހީލަތުގެ ބައިގަނޑެއް
އިދިކޮޅު ކެންޑިޑޭޓުގެ އަނބިކަނބަލުންގެ ގޯއްޗެއް އިމްރޯންއައް ފެނުނީކޮންތާކުންބާ
އިމްރާނަށް ހަގީގަތް އެނގިވަޑައިގެން ހުނަވާމެ، އޮޅުވާ ލެއްވުމެއް ގެންގުޅުއްވަނީ ތޯއެވެ. މިސަރުކާރުން ރީތިކޮށް
އޮމާންކޮށް ވެރިކަން ކުރަން ފުރުސަތު ފަހިކޮށްދިނީ ޕޕމ އެވެ މަގުމަތީގައި ހަމަޖެހުން ގާއިމުވެފައި އޮތީ އަދި ސިޔާސީ ފަރާތްތަކާއި އާއްމުން ޖަލަންލާން ނުޖެހުނީ އަޚްލާގު ރަނގަޅު ބަޔަކު އިދިކޮޅުގައި ތިބީމައެވެ އެކަމަކު މޑޕ އިދިކޮޅުގައި އެވެއްޖެނަމަ ޖަލަށް ހުށަހެޅޭ މީހުން ގިނަވާނެއެވެ މަގުމަތީގެ އަމާންކަން ގެއްލޭނެއެވެ ހަމަނުޖެހުން އިތުރުވާނެއެވެ ކުރީ ސަރުކާރުން މީހުންޖަލަށް ލާން ޖެހުނީ އެހެންވެއެވެ.
ކިހިނެއްތޯ އިމްރާނަށް އެތަނުގައި އަޅަނީ ގެސްޓްހައުސްއެއްކަމާއި ލިބިފަވާ ލޮޓް ނަމްބަރާއި މިހުރިހާ އެއްޗެއް އެނގެނީ. މުއިޒަށް ވެސް އަދި ނޭގިކަންނޭގެ އޮންނާނީ ލިބުންކަންވެސް. އިމްރާން މުއިޒުގެ އަންހެނުންނާ ގުޅުމެއް އޮތީތޯ. ނަޝީދުވެސް އޭނަގެ ތިބި ހަލާލުދަރިން މިހާރު އިބޫގެ ދަރިންނަށް ހެދޭތޯ އެދަނީ މަސައްކަތް ކުރަމުން. ނޫނީ ސިހުރު ހަދާމީހުން ގެންގުޅޭ ކަހަލަ ޝައިތޯނެއް އިޔާޒުމެންގެ މަސައްކަތުން އިމްރާނަށް ހޯދަދީފަ ހުރީތޯ އައިބު ވެސް ގެނެސްދޭނެއޭ ކިޔާފަ. އެކަހަލަ ގިނަ ވާހަކަ ތަކެއް އިމްރާހިގެ އަގައިން ނިކުންނަނީ. ޢިމްރާނަށް ނޭގިގެން ތިއުޅެނީ އެމްޑީޕީގެ ފަލްސަފާ. އެއީ އިލްމުވެރިންގެ އަގު ވައްޓާލަ ބަދުނާމުވާނެ ހުރިހާ ކަމެއް އެމީހުން ލައްވާ ކުރުވުމުގެ ސަގާފަތް. ޝަހީމް. އިލިޔާސްމެންނަށް ވެސް މިކަންމިހާރު ހަދާން ހުންނާނެހެންވެސް ހީވެސްނުވޭ
ޔާﷲމިފުޅަކާ އިމްރާނުގެ ކިބައިން ދިވެހިން ސަލާމަތް ކުަރައްވާނދޭވެ.އާމީން ގައިމު އެއި ޙައްޖަށްގޮސް އިބްރާހިމް ރައީސް ހޮވަން ދުޢާކޮށްފަޔޯ. ﷲދެނެވޮޑިގެންވާނީ. އެކަމަކު މިއެންމެންގެ ކަމަކީ މުޅަމަސްކެއުން. 2018 ގައި ހަޅޭއްލެ ިއިރު ބުނާތީ އެހިން ކޮންމެކަމެއް ކުރަނި އިސްތިޚާރާ ނަމާދު ކޮށްފާޔޯ.މީވެސް ޝައިޚެކޯ. ބޮލުރޮދިކެނޑިފަހުރި. ޒާތީގޮތުން ދެމީހަކާ ޖައްސާލާފަ. ލަދެއްވެސް ނުގަނޭ. އަމިއްލަމީހާގެ އަގު ވެއްޓޭއިރުވެސް. އެއްވެސް މީހެއްގެ އިޙްތިރާމެއް ގަދަރެއް މީނާއަކަށް ނުލިބޭ.އެކަމަކުވެސް މަގާމުގެ ދަހިވެތި ކަމުގައި ދުނިޔޭގެ އެދުންވެރިކަމުގައި ހަފުސް ވެފަ.ބޮޑާކިބުރުވެރި ލަދުޙަޔާތްކުޑަމީހެއް.
2018 ގައި އެމްޑީޕީ އާއި އިންޑިޔާ އެމްބަސީން މިރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދާދޭން ހެދި އުުކުޅަކީ ސިޔާސީ ގިނައަދަދެއްގެ މީހުން ޖަލައްވަދެ ރައީސު ޔާމީނު ސަރުކާރަށް ނަފުރަތު އުފައްދާ ރައްޔިތުން ޖަޒުބާތުގައި ޖައްސާ ގުންބޯ ހައްދާލާ، އަދާލަތު ޕާޓީގެ ދެތިން ޝޭހުން ބޯކާލާ ގުންބޯ ހައްދައިގެން އެމްޑީޕީން ހޯދި ސަރުކާރެއް !
ފަހަރިމްރާން ކަލޭ ރަގަޅުވާނީ ހަމަ އެއް ދަމަން. ނޫނީ ޖަލުގަ އިންނަން. އިރާފަކުރެއްވިއްޔާ ކަލޭ އުމުރަށް ޖަލުގަ އިބްނަތަން ދެކޭނނެ ރައްޔިތުން. ހިންގާފަ ހުރި ޖަރީމާތަކަށް ކަލެއަށް ހައްގު ޝަޒާ ލިބޭނެ
ރ ޔާމީން އެއީ ސިޔާސީ މީހެއް ނޫންތަ ؟ މާންއަކީ ޒާތީ ހަސަދައެއް ފިލުވާލިއްޔޭ ތިބުނަނީ ޔާމީނަށް އާ ތެދެއް އެނޫންމީހަކު ޖަލަކަށްނުލާބބބބ