މިހާރު ވެރިކަންކުރާ އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ރާއްޖޭގެ ކޮންމެ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށް އެއް ފަޅެއްގައި ހުންނަ ރަށްތައް އެއް ކަރަންޓު ވިއުގައަކުން ގުޅާލަދޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އުފާވެރި އަމާންރާއްޖެ މެނިފެސްޓޯގެ ދަށުން އިގްތިސޯދީ ބޮޑު ބަދަލަށް ސަރުކާރުން ޕްލޭންކޮށްފައިވާ ކަންތައްތައް މިރޭ ވަނީ ހާމަކޮށްފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝައުނާ ވިދާޅުވީ ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއްގެ ގައުމެއް ކަމަށެވެ. އެހެންކަމުން މެނިފެސްޓޯ ރާވާފައިވަނީ ތިމާވެށި ހިމާޔަތް ކުރެވޭނެ ގޮތަށް ކަމަށެވެ.

އެމްޑީޕީން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް

ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ވެސް ކާރިސާތަކަށް އިޖާބަ ދިނުމަށް ތައްޔާރުވުމަކީ އެމްޑީޕީގެ ސިޔާސަތުތަކުގެ އެއް އަމާޒު ކަމަށް ޝައުނާ ވިދާޅުވިއެވެ. ވިލުންވެރި އިގްތިސޯދެއް އުފައްދާއިރު ރަށު ކައުންސިލްތަކާއި އެކުގައި ތިމާވެށީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްވެގެން އަންނަ އިރުގައި އެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

"މި އިގްތިސާދީ ބޮޑު ބަދަލު އަންނަ އިރުގައި އަޅުގަނޑުމެންނަށް މާހައުލީ ނިޒާމްތައް ރައްކާތެރިކުރުމަށް ބޭނުންވޭ ގްރީން އަދި ބްލޫ ވަޒީފާތައް. މި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ތަމްރީންތައް ދިނުމަށް ވެސް އަޅުގަނޑުމެންވާނެ އިސްކަމެއްދީފައި." ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް ދެވަނަ ދައުރެއްގައި ރަށްރަށުގައި ޒަމާނީ ކުނިކޮށި ގާއިމްކޮށް ވެހިކަލާއި މެޝިނަރީ ހޯދާ އަދި ކޮންމެ ރަށަކުން ކުނި ބޭރުކުރޭނެ ނިޒާމް ގާއިމް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޝައުނާ ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް

މެނިފެސްޓޯގައި ހިމެނޭ ބައެއް އެހެން ކަންތައްތައް:

  • އޯޝަން ބޭސް ސައިންސްގެ ދާއިރާއިން ދިރާސާ ކުރުމަށް މަގުފަހިކުރުމަށް ވެސް ކުރިއަށްއޮތް ދައުރުގައި ކަންތައްތަކެއް ކުރުން
  • ކުރިއަށް އޮތް އަހަރުގެ ތެރޭގައި 121 މެގާވޮޓަށް ކަރަންޓު އުފެއްދޭ ވަރު އިދުރުކޮށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރުން
  • ގޭބިސީތަކުގައި ސޯލާ ފެނަލް ހަރުކުރެވޭނެ މަގު ފަހިކޮށްދީ އެކަމަށް މާލީ އެހީ ފަސޭހައިން ލިބޭނެ ގޮތް ހަދައިދިނުން ބެޓްރީ އެނާޖީ ސިސްޓަމާއި އެކީގައި ކޮންމެ ރަށެއްގައި ކަރަންޓު އުފެއްދުމަށް ސޯލާ ފެނަލް ހަރުކުރެވޭނެ ގޮތަށް ހަމަޖެއްސުން
  • އެއް ފަޅެއްގައި ގުޅާލެވޭގޮތަށް ހުރި ރަށްތައް އެއް ކަރަންޓު ވިއުގައަކުން ގުޅައިދިނުން
  • ތައުލީމީ ނިޒާމުގެ ތެރެއިން ކޮންމެ ކުއްޖަކީ މޫސުމީ ބަދަލުތަކަށް އަހުލުވެރި ކުއްޖަކަށް ހެދުން
  • ކާރިސާތަކަށް ތައްޔާރުވުމަށް އިޖާބަދިނުން
  • މޫސުމީ ނުރައްކާތަކަށް ދުރާލާ އިންޒާރުދޭ ނިޒާމެއް މުޅި ރާއްޖޭގައި ގާއިމްކުރުން.
އެމްޑީޕީން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް

"ރާއްޖޭގައި ތިމާވެށްޓާއި ރަށްޓެހި ވިޔަފާރިތައް އުފެއްދުމަށް ވެސް އެބަ ބޭނުންވޭ. އެކަން ފަހިކުރުމަށް ރާއްޖެއަށް އެތެރެކުރާ ވިޔަފާރިތަކަށް ލުއި ދިނުމަށް ވެސް ވަނީ ރާވާފައި. މާހައުލީ ނިޒާމްގެ ރައްކާތެރިކަމުގެ ވާހަކަދައްކާއިރުގައި 1995 ވަނަ އަހަރުން ފެށިގެން ޖުމްލަ 79 ސަރަހައްދެއް ވަނީ ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައި 54000 ހެކްޓަރުގެ ސަރަހައްދުތައް އަޅުގަނޑުމެންނަށް ހިމާޔަތް ކުރެވިއްޖެ. މީގެ ތެރެއިން 16000 ހެކްޓަރު ހިމާޔަތްކުރީ މި ސަރުކާރުން. މި ސަރަހައްދުތައް އެއް ނިޒާމެއްގެ ތެރެއަށް ފައްތަން އެބަޖެހޭ. އަޅުގަނޑުމެން މެނޭޖްމެންޓް ޕްލޭންތަކެއްގެ ތެރެއިން އަޅުގަނޑުމެން މި އަމާޒު ހިފަނީ ރާއްޖޭގައި ނެޝަނަލް ޕާކް ސިސްޓަމެއް ކުރިއަށް އޮތް ދައުރުގެ ތެރޭގައި ތައާރަފްކުރުމަށް." ޝައުނާ ވިދާޅުވިއެވެ.

އެމްޑީޕީން މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ޝައުނާ ވާހަކަ ދައްކަވަނީ-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް

މި ސަރުކާރުގައި ތަންފީޒުކުރެވުނު އެންމެ ބޮޑު ކާމިޔާބު ސިޔާސަތަކީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭޒްއައުޓް ކުރުމުގެ ސިޔާސަތު ކަން މިނިސްޓަރު ފާހަގަކުރެއްވެވިއެވެ. 13 ބާވަތެއްގެ ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން އުފެއްދުމާއި އެތެރެ ކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް އަމާޒުހިފީ މީގެ ދެ އަހަރު ކުރިން ކަމަށާއި އެ މަސައްކަތުން 13 ބާވަތެއްގެ ތެރެއިން 12 ބާވަތެއް އުފެއްދުމާއި ބޭނުންކުރުމާއި ރާއްޖެއަށް އެތެރެ ކުރުން ވެސް މިހާރު ވަނީ މަނާކުރެވިފައި ކަމަށް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުއިއްޒު މިފަހަރު

    މި ސަރުކާރު އައި އިރު ހުރިހާ މިސްކިތެއްގައި އޭސީ ހަރުކުރަން ކިޔާފަ އެވަރުވެސް ނުވި. ކަނޑުގެ އޮޔެގެ ބާރުން ކަރަންޓު އުފައްދަން ވެސް ކި. ވީކަމެއް ހަރާމް. އަމަލީ މަސައްކަތް ދެއްކި މުއިއްޒުއަށް ވޯޓު ދޭނީ

    10
    1
  2. ހުސޭނުބޭ

    އެހެން އެއްޗެއް ގުޅާ. ސޮރީ. ވޯޓުދެވޭކަށް ނެތް!

    7
    1
  3. ޙިންނަބެ

    އަހުންގެޔަކު ފުރާޅެއް ދެން ކިޔާހެނަކުން ތިޔާ ވައުފު ފުއްދާނީ ކަނބުލޯ ހާދަ ދެރައޭ

  4. ބޯކުދުކަލޯ

    ކިތައްރައްތޯއޮތީ އެއްފަޅެއްގެތެރޭދިރިއުޅޭ އައްޑޫ މާހެރެ ކައްބޯހެރެތަ އެތާދިރިއުޅޭނީ ފިނދަނާ ރާބޮއްލާތައް ފުލޯޓިން ރޫމްތަކުގައުޅެނީ ތަންމާހާ އުޑި ފިލޮޅި

  5. ބަގު

    ދެން ދެނަރު ގުޅާ .... ވޯޓެއް ނުދޭނަން

  6. ދިނަށަ

    ކޮތަޅޭ..