އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މައި މަރުކަޒަކަށް ރާއްޖެ ހަދަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ކުރިއަށް އޮތް ދައުރަށް އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ "އިގުތިސާދީ ބޮޑު ބަދަލު"ގެ ބައި، މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ ހާއްސަ އިވެންޓުގައި މިރޭ ވަނީ ލޯންޗުކޮށްފައެވެ.

މިރޭ ލޯންޗުކުރި އިގުތިސާދީ ބޮޑު ބަދަލުގެ ބައިގެ ބައިގައި ހިމެނޭ އެކާވީސް ވަނަ ގަރުނަށް މާލީ ދާއިރާގައި ގިނަ ކަންކަންތަކެއް ކުރުމަށް ހިމަނާފައި ވެއެވެ.

އެގޮތުން ރާއްޖޭގައި އިސްލާމިކް ފައިނޭންސް އިތުރަށް ފުޅާ ކުރުމަށް ގައުމީ މާސްޓަރ ޕްލޭނެއް އެކުލަވާލައި، ރާއްޖެއަކީ އިސްލާމިކް ފައިނޭންޝަލް ހަބަކަށް ހެދުމަށް އިސްލާމިކް ފައިނޭންސަށް ޚާއްސަ ރީޖަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރާނެ ކަމަށް މެނިފެސްޓޯގައި ހިމަނައިފައި ވެއެވެ.

އޭގެ އިތުރުން އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އިތުރަށް މިދާއިރާއަށް އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިތުބާރު ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ފައިނޭންސާއި ގުޅުން ހުރި ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

  • ހަމަ އެހެންމެ ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތްތަކުގައި އިސްލާމިކް ފައިނޭންސަށް އިސްކަންދީ، ބޭންކިންގ، އިންޝޫރަންސް، އަދި ޕެންޝަން ފަންޑް ފަދަ ދާއިރާތަކަށް ކޮންވެންޝަނަލް ފައިނޭންސަށްވުރެ ފަހިކޮށް ފަސޭހައިން އިސްލާމިކް ފައިނޭންސަށް އެކްސެސް ލިބޭނެ މާލީ ނިޒާމެއް ގާއިމުކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

  • އެކާވީސް ވަނަ ގަރުނަށް މާލީ ދާއިރާގެ ބައިގައި ހިމެނޭ އިތުރު ވައުދުތައް
  • - ކިޔަވާ ކުދިންނާއި އާންމުންގެ ތެރޭގައި ފައިނޭންޝަލް ލިޓްރަސީ އިތުރުކޮށް، އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާނެ އިންސާނީ ވަސީލަތް ތަރައްގީކުރުން
  • - ޒަކާތާބެހޭ ގާނޫނެއް އެކުލަވާލައި، ޒަކާތް ފަންޑުން އިންވެސްޓްކުރެވޭނެ ޝަރީއާ ކޮމްޕްލަޔަންޓް އިންވެސްޓްމަންޓް ޕްރޮޑަކްޓްތައް ފަހިކޮށް، އޭގެއިން ނަފާ ހޯދާ، ފަންޑު އިތުރުކުރުން
  • - ވަގުފްގެ ނިޒާމެއް އެކުލަވާލައި ބައިނަލްއަގްވާމީ ވަގުފް ފަންޑުތަކުން ރާއްޖޭގެ ވަގުފްތަކަށް އިންވެސްޓްކުރާނެ ނިޒާމެއް ގާއިމުކުރާނެ.
  • - އިސްލާމިކް ވެންޗަރ ކެޕިޓަލް ފަންޑެއް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދިނުން.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސެންބެ ޕީޕީއެމް

    އަރަބިއްޔާގެ ކުދިން މޫނުބުރުގާ އަޅާތީ ކެތް ނުވެގެން އުޅޭ ބަޔަކު މިތަނަށް އިސްލާމިކް ފައިނޭންސް ގެންނަ ވާހަކަ ތި ދައްކަނީ. ރިބަވީ ލޯނުތަށް 100 ބިލިއަން ފަހަނަ އަޅާ ގޮއްސި. ދެން ކަލޭމެން ގެޔައްދޭ

    4
    1
  2. ލުޓޭރުންގެ ސަރުކާރު

    އިންޑިޔާގަ އޮތީ އިސްލާމިކް ފައިނޭސް ތޯބަލަންވީ ތިދައްކާވާހަކަ ދިމާވާނީއޭރުން..އިންޑިޔާ ރުފިޔާއާ ރާއްޖޭގެ ދިވެހިރުފިޔާ އެއްވަރުކުރަންއުޅޭ ބަޔަކަށް އިސްލާމްކިޔާ އެއްވެސްކަމެނުކުރެވޭނެ..25ރުފިޔާއަށް ޑޮލަރުރޭޓު ބޮޑުކުރަން އަންގާފައޮތްވާހަކަ ނޫސްތަކުގައެއޮތީ..ދެން މަނީހެއިސްޓެ ތިކުޅެނީ...ރައްޔިތުން ގުނބޯހައްދަން މަނީހެއިސްޓްގެ ކޮސްޓިއުމްލައްވާފަ ޝޯކުޅުވީ އޭގެން ރައްޔިތުންނަ ދިންމެސެޖަކީކޮބާ..ތިމާމެންނަ ދެވަނަ ދައުރެއް ދީފިއްޔާ މިގައުމު ހިންގާނީ ވަގުންގޮތަށްކަމަށް މާސްކްއަޅާފަ ޑާންސްކޮއްފަ ކުޅިބަލަން ރައްޔިތުން ބައިތިއްބާފަ ގައުމު ދޮވެލާގެން ތިމާމެންފިލާނެކަން ރައްޔިތުން އަތްޖަހަންތިބޭށޭ...ހެޔޮނުވާނެ ދިވެހިރައްޔިތުންނޭ ހޭއަރާ ގައުމާ ދީނުގެ ހައްގުގަ އަމިއްލަ ޖީބަށް ނުބަލާ ގައުމައްޓަކާ މިފަހަރު ވޯޓުދީ މިވެރިން ގައުމު އަޅުވެތިކޮއްފި މިގައުމު މިނިވަންކުރަން ވޯޓުދީ މިނޫންބަޔަކަށް..

  3. Anonymous

    ކަލެއަށް ކުރެވޭނެ އެއްކަމެއްވެސްނެތް! ކަމެއްކުރަންޏާފިލައިގެން ރައްކާވޭ! ކަލޭކޮންމެ އެއްޗެއް ދެއްކިއަސް މިގައުގައި ތިވާހަކަތައް ގަބޫލުކުރާނެ އެކަކުވެސްނެތް!

  4. ޖަޑު

    އިސްލާމް ކުރިޔަށްލީމަ ނިމުނީތޯ؟؟ ބަލާބަލަ ބީއެމްއެލްއިން ދޫކުރާލޯނުތައް އިސްލާމް ކުރިޔަށްކާގެން، ދެންހުރީ ހުސްކާފަރު ލޯނު އިންޓްރެސްޓް ތަފާތެއްނެތް، ނަމަށް އިސްލާމް މީތޯ ތިބުނާއިސްލާމަކީ އިސްލާމީ ގާނޫނޫމިތަނަށް ގެނެސްދީބަލާ. ބޭކާރު ވާހަމަ ގިނައީ .

  5. ނަގޫ

    ބަލަ 2018 ގެ މެނިފެސްޓޯގަވެސް ތިގޮވެލި ގޮވި. ވީކަމެއް ހަރާމް