އަދާލަތު ޕާޓީގެ ހަތަރު މީހަކު ސަރުކާރާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއިދު ކުރަން ނިންމައިފި ކަމަށް އަދާލަތު ޕާޓީން މިހެން ބުނެފިއެވެ.
އަދާލަތު ޕާޓީން މިހެން ބުނީ މުއިއްޒު އިއްޔެ ފުވައްމުލަކަށް ވަޑައިގަތް އިރު ފެހި ޓީޝާޓްގައި އަދާލަތު ޕާޓީގެ މެންބަރުންތަކެއް މުއިއްޒަށް މަރުހަބާ ދަންނަވަން ނިކުތުމުން ޓްވިޓާގައި އާއްމު ކުރި ކުރު ބަޔާނެއްގައެވެ.
މުއިއްޒަށް މަރުހަބާ ކިޔުމުގައި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި ކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފެތުރި ނަމަވެސް ފޮޓޯތަކުން ފެންނަ މީހުންގެ ނަމާއި އެޑްރެސް ހާމަކޮށް އަދާލަތު ޕާޓީން ބުނީ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ފެހި ޓީޝާޓްގައި ތިބި މީހުންގެ ތެރެއިން ނުވަ މީހުންނަކީ އަދާލަތު ޕާޓީގެ މެންބަރުން ނޫން ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ ފެހި ޓީޝާޓްގައި ތިބި ބަޔަކު ބައިވެރިކޮށްގެން ކުރާ ކެމްޕޭނަކީ މުއިއްޒަށް ތާއީދުނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީގެ ފަރާތުން ކުރާ ޑެސްޕަރޭޓް ކެމްޕޭނެއް ކަމަށެވެ. އަދާލަތު ޕާޓީގެ ތާއީދު މުއިއްޒަށް އޮތްކަން ދައްކަން އަދާލަތު ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގަނީ ސްކޭމެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުނެއެވެ.
ޕީއެންސީގެ ކެންޑިޑޭޓް ޑރ މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިކަމަށް ބުނެ ބައެއް މީޑިޔާތަކުން ޚަބަރު ފަތުރާތީ ދަންނަވަން. މިއީ ޑރ މުއިއްޒަށް ތާއީދުނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީގެ ފަރާތުން ކުރާ ޑެސްޕަރޭޓް ކެމްޕޭނެއް. އަދާލަތު ޕާޓީގެ… pic.twitter.com/CMGfiSkkXd
— Adhaalath Party (@AdhaalathOffice) August 27, 2023
މުއިއްޒަށް މަރުހަބާ ކިޔުމުގައި ބައިވެރިވި މީހުންގެ ތެރެއިން ނުވަ މީހުންނަކީ އަދާލަތު ޕާޓީގެ މެންބަރުން ނޫން ކަމަށް އެޕާޓީން ބުނި ނަމަވެސް އެމީހުންނަކީ އިއްޔެ އާއި ހަމައަށް އަދާލަތު ޕާޓީން ފުވައްމުލަކުގައި ހިންގި ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވި މީހުންނެވެ. އޭގެތެރޭގައި އަދާލަތު ޕާޓީ ފުރަތަމަ އުފެއްދިއިރު އެޕާޓީއަށް ސޮއި ކުރި މެންބަރުން ވެސް ހިމެނެއެވެ.
އަދާލަތު ޕާޓީން އަންނަނީ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ކޮށްދިނުމަށް ކެމްޕޭން ކުރަމުންނެވެ.
ޢަދާލަތު ޕާޓީ ރީފޯމްކޮށް އާލީޑާޝިޕަކަށް ފުރުސަތު ފަހިކުރަން އެބަޖެހޭ، ފާއިތުވެ ދިޔަތަނުގައި ލީޑާޝިޕުން ގޯސްތަކެއް ހެދިފައިވާކަން މެމްބަރުން ފާހަގަކުރޭ، ލީޑާޝިޕް ރީފޯމް ކޮށް ރަގަޅު ދުޅަހެޔު ދީނީ ސިޔާސީ އިޤުތިސާދީ އިޖުތިމާޢީ ޕާޓީއަކަށް އަދާލަތު ޕާޓީ ހަދަން އެބަޖެހޭ !
މުނާފިޤުންގެ ޕާޓީއަށް އަބަދުވެސް އެނގޭނީ ދޮގުބަޔާން ނެރެން ، ދީން ވިއްކާލިބަޔަކު ދެން ނުކުރާނީނކޮންކަމެއް
4 ނޫން އިނގޭތޯ! އަޅުގަންޑަކީވެސް އަދާލަތުގެ މެމްބަރެއް. ވޯޓު ދޭނީ މުއިއްޒަށް އިންޝާ ﷲ.
އިމްރާން އަކީ މަގާމުގެ ދަހިވެތި ކަމުގައި އުޅޭ ދެ ފުށް ދެ ގޮތް މީހެއް.
ޑެސްޕަރޭޓް މީހުން ފެނޭ އެބަ މިހާރު،!!
އަދާލަތުޕާޓީވެސް ރޫޅުނީ
ޓިކެޓު ޖަހައިގަނެގެން އައިސް ހުދު ފޮތިކޮޅަކަށް ހެދިގެން ދަޅަދަށްކާ މީކަހަށް ވޯޓު ދީގެން ރައްޔިތުން އަނެއްކާވެސް ތަކުރާރުކުރާނީ މި ނިމިގެން ދިޔަ ހިތި ފަސް އަހަރުފަދަ ދުވަސްވަރެކެވެ. ހިކުމަތް އިސްކުރައްވައިގެން މެނުވީ ވޯޓު ނުދެއްވާތި.
ވަރަށް އަވަހަށް އައްޑޫ ސިޓީގެ އަދާލަތު މެމްބަރުން ވެސް މުއިއްޒުގެ ކެމްޕެއިން ޖަގަހައެއް ހުޅުވާނެ. އާންމު މެމްބަރުން ބޭނުން ވަނީ މުއިއްޒުއަށް ވޯޓްދޭން.
ކަލޯ މަވެސް މީ އަދާލަތު މީހެއް! ނަކަހަލަ ކިތައްމީހުން ތިބޭނެ!މުއިއްޒަށް ތާޢިދުކުރަނީ!