ރައީސް އޮފީހުން ބޭނުންވި ގޮތަށް ދައުލަތުގެ މީޑިއާއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ކެނޑިޑޭޓުންގެ "ރިޔާސީ ބަހުސް" ކެންސަލް ކޮށްފިއެވެ.
މި ބަހުސް ބޭއްވުމަށް ޕީއެސްއެމް އިން ކަނޑައެޅި ތާރީހަކީ އަންނަ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން ރައީސް އޮފީސް އިން އިއްޔެއިން ފަށައިގެން ގެންދިޔައީ ޕީއެސްއެމް ބަހުސް ކެންސަލް ކުރުމަށް ތަކުރާރުކޮށް ޕީއެސްއެމްއަށް އަންގަމުންނެވެ.
ޕީއެސްއެމް ބަހުސް ކެންސަލް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށް އަމާޒުވި ފާޑު ކިޔުންތަކާއި ގުޅިގެން ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އިއުލާނު ކުރުމަށް ފަހުގައެވެ.
ރައީސް ސޯލިހްގެ ކެމްޕެއިން ޓީމްގެ ފަރާތުން އެގޮތަށް އިއުލާނު ކުރުމާއެކު އެމްޑީޕީން ވަނީ އެރޭ އެ ޕާޓީގެ ބޮޑު ޖަލްސާއެއއް މާލޭގައި ބާއްވާ ކަން ވަނީ އިއުލާނު ކޮށްފައެވެ.
ޖަލްސާ އިއުލާނު ކުރުމާއެކު ރައީސް އޮފީސް އިން ގެންދިޔައީ ބަހުސް ކެންސަލް ކުރުން ނޫން ޗޮއިސްއެއް ނެތް ކަން ތަކުރާރުކޮށް ޕީއެސްއެމްއަށް އަންގަމުންނެވެ.
ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ ގޮތަށް މި ބަހުސް ބޭއްވުމަކީ ޕީއެސްއެމްގެ އަމާޒެއް ކަމަށެވެ.
ނަމަވެސް، ރިޔާސީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ތަފާތު ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ އެ ދުވަހުގައި ބާއްވަން ތައްޔާރުވަމުންދިޔަ ޕީއެސްއެމްގެ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތުމުންނާއި، އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވުމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމެއް ކަމަށް ޕީއެސްއެމުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"އެހެންކަމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެންނާތީ، ޕީއެސްއެމުން ގަސްތުކުރަނީ މިހާރު ވެސް ބަހުސެއް ރާވާފައިވާ ފަރާތަކާއި ގުޅިގެން ބަހުސް ކުރިއަށް ގެންދިއުމަށެވެ.". ޕީއެސްއެމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެގޮތުން ސަންގު ޓިވީން ބައްވާ ބަހުސްގައި ޕީއެސްއެމުން ޕާޓްނަރ ވެގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ވަމުންދާކަމަށް ވިދާޅުވިއެވެ.
ޕީއެސްއެމްއިން ސަންގު ޓީވީގެ ބަހުސް އާ ޕާޓްނަރަކަށްވާއިރު ސަންގު ބަހުސްއަށް ފިއްލެވިކަން ރައީސް ސޯލިހް ރަސްމީކޮށް އަންގާފައިވާ ކަަމަށް ސަންގު ޓީވީން ވަނީ ބުނެފައެވެ.
ބަހުސް ކުރާނެކަމެއްނެތް ހުރިހާ ރައްޔަތުންވެސް ކުކުޅު ރިހަ މީރުކޮށް ކައްކަން އިނގޭ ރައީސަކަށް ވޯޓުދެއްވަން ވީ. ފުރީ ޗިކެން ކަރީ ފަސް އަހަރު ނިމެންދެން ލިބުމަކީ ކިހާބޮޑު ނިއުމަތެއްތޯ
ރައްރަށުން ފެނަކަ މުޒިފުންނާއި ސްޓެލްކޯ މުއަޒިފުން އަދި ސަރުކާރު ބައެއް ކުންފުނިތަކުން ގެންގޮސްގެން ބާއްވާ ޖަލްސާއެއްގެ ވާހަކަ އެބުބަނީ
ބާއްވަންވީ ކެންޑިޑޭޓުންގެ ކެއްކުމުގެ މުބާރާތެއް
އަދީބު މިނިވަންކަމާއެކީ އުދުހެނީ
ޔާމީން ރިޝްވާނުގެ ގާތިލުން ވީނުވީއެއް ނޭނގޭ
ކޮބާހޭ އިންސާފު ކޮބާހޭ އިންސާފު
މިވަރުންވެސް ބަޔަކު މީހުން ގަމާރު ކަންމަތީ ގަމާރުންގެ ގޮތުގަ އިބޫޗޯރު މަހާޗޯރާއެކު
ބަހުސްކުރިޔަސް ނުކުރިޔަސް މިފަހަރު ވޯޓު ނަމްބަރު ހަތަރަކަށް
އަޅެ އިބޫ ކޮންފާޑަކަށް ތިއުޅެނީ ނަޝީދު ވަރަށް އެބަހޭ
މިވަރުގެ ފިނޑި މީހަކު ދެވަނަ ފަހަރަށް ވެރިކަމަށް ގެންނަން ދިވެހީން ވޯޓު ދޭނީ ހަމަ ބޮލައް ތާނގީ ވެއްޓިފަ ތިބިއްޔާ
ވަރަށް ނާގާބިލު މީހެއް އިބުރޭ އަކީ. ގައުމު ދަރުވާ އަޅުވެތިކޮށްފި
އެމްޑީޕީގެ ބޮޑުޖަލްސާ ބޮއިކޮޓު ކުރަން ގޮވާލަން. ވާނުވާ ނޭނގޭ ބޮޓަކަށް އަލުން ވެރިކަން ދޭކަށް ދިވެހިން ނޫޅޭ. ވޯޓުން ތަޅާ ބޭރުކުރާގޮތަށް ދިވެހިން ތިބީ. ނުހިއްކާ އޮތް ފަޅަކުން ފުލެޓާއި ގޯތި ބެހިޔަސް ދިވެހިން ތިބީ އިބުރޭއަށް ދެވަނަ ދައުރެއް ދޭގޮތަކަށް ނޫން. ދިވެހި ގައުމުގެ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި މިއަދު މިއޮތީ. ހުރިހާ ރައްޔިތުން އެއް ޢަޒުމެއްގައި މިސަރުކާރު ގެނައުމަށް ވާގިވެރިވީ އެންމެންނަށް ނޫނެކޭ ބުނަންޖެހޭ! އަދި އިންޑިޔާ ފަސްޓް ޕޮލިސީއަށް ވާގިދީ ވަކާލާތުކުރާ މީހުންނަށްވެސް ނޫނެކޭ ބުނަންޖެހޭ! އަހަރެމެން ބޭނުމީ ޚާރިޖީ، ދާޚިލީ އަދި ހުރިހާ ދާއިރާއެއްގައިވެސް އެންމެ ފުރަތަމަ ދިވެހިންނަށާއި ދިވެހި ރާއްޖެއަށް އިސްކަންދޭނެ ވެރިއެއް. މޯލްޑިވްސް ފަސްޓް.
އިނބުރާހީމު.ކަހަލަ މީހަކަށް އިލްމީ ބަހުސް ކުރެވޭމެ ގޮތެއް ނޯންނާނެ.
ރަށްރަށަށްގޮސް ބަލައިގެން ފަތް ކިޔަމުންދާ މީހަކަށް ރިއަލް ތައިމްގަ ވާހަކަ ނުދެއްކޭނެ. މޑޕ ގެ ވެރިކަން މިހިންގަނީ ޑީޕް ސްޓޭޓަކުން.
ޑީޕް ސްޓޭޓް ހިންގަނީ އިމްރާނު ވެރިއަކަށް ހުރެ
އިބުރާހީމް ކޫލް ކުރާފަންކާ ޖެއްސީތަ. މިވެރިންގެ ޝޯ މިހިންގަނީ ހަމަ އިންޑިއަން އެމްބަސީއިންތަ؟
ގާބިލްކަމެއްނެތް މީހަކު ވެރިއަކަށް ދައްކައިގެން މިގައުމު ހަލާކުކޮށް ނިންމައިފި.
ބަހުސެއްވެސް ކުރާނެ ކަމެއް ނެތް.. ވޯޓެއްވެސް ނަގާނެކަމެއް ނެތް. އިންޑިޔާ ބޭނުންވާ މީހަކު އައްޔަންކޮއްފަ ސިޓީއަކުން ރާއްޖެއަށް އަންގާލަންވީ.
މިތާ ރައްޔިތުންނަކީ ބޭރުފުށުން ފެންނަ ގިރިޓީ ކޮއްފަ ތިބޭ ކެންޑިޑޭޓުންގެ ދަޅަޔަށް ހެއްލޭ ބަޔެއް. ޚިދުމަދުގެ ދިގު ޓުރެކް ރެކޯޑެއް އަދި ކޮއްދީފައި ހުންނަ އިޚްލާސްތެރި މަސައްކަތެއް އެހީއެއް ހެވެއް ދަންނަ ބަޔެއް ނޫން. މިތާތިބޭ ދިވެހިންނަކީ ދުނިޔޭގެ ފެންވަރުގަވެސް ބޮލުރޮދި ކޮށިފައިވުމުގައި އަރާތިބި ބަޔެކެވެ. ގައުމު އާރާސްތުކޮއް ހީވެސް ނުކުރާހާ ތަރައްގީގެނެސްދިން ލީޑަރަށްވެސް ދޯކާ ދީފައި ވޯޓު ދިނީ ޖަޒީރާ ރާއްޖެއަށެވެ. މިއަދު ދަރަމުންގޮސް މިތިބީ ބުރާންތިވާ ވަރަށް ޖަޒީރާވެފައެވެ. އަދިވެސް އުޅެނީ ގިރިޓީވެގެން ނިކުމެ ހުރި އިންޖިނޭރަކަށް މާލީ ބޮޑު ގޮންޖެހުމެެއް ލާގަނެފައޮއްވާ ގައުމު ހަވާލުކުރާށެވެ. އެއީވެސް އެކަމުގެ ހަގީގީ ތަޖުރިބާ ހުރި ލީޑަރަކު ނިކުމެއް ހުއްޓާއެވެ. ދިވެހިންނަށް ރާއްޖެ ހަމަ އެއްކޮއް މުސްތަގުބަލުގައި ގެއްލިގެންދާނެ ކަމާމެދު މިއަދު މާބޮޑު ޝައްކެއް ނުކުރަމެވެ.
މަނޫޅެން ދެން އެމްޑީޕީ ޖަލްސާއަށްދާކަށެއް ލަދުން ބޯހަލާކު ފެއިލްގެ މައްޗަށް ފެއިލް އެންމެ ކުޑަ ކުއްޖާއަށްވެސް އިނގޭނެ ދެން މިވަރުވީމަ ކަމަށް ޤާބިލްނޫންކަން
"ޝައްކެތްނެތޭ ބަހުސެއް ނެތޭ
ދައްކާނެއާ ހެއްކެތްނެތޭ
ފިނޑިއެއްކަމަށް ކަށަވަރުވުމުން
ވޯޓެއްދެވެން ނޯންނާނެއޭ"
ވަރަށް ސަޅި
ޕީއެސްއެމް އަކީ ސަރުކާރުން އެޅިހާ ބަތަކަށް ރިހަ އަޅާތަނެއް.މިހާރު މިނިވަން ކަމެއްނެތް.މިސަބަބުތައްޓަކައި ޗޯރަށް ނޫނެކޭ ބުނަންވީ.ދަރަނި ބޯގެ ސަރުކާރު ނިމުމަކަށް ގެންނަންވީ.
އެފަދަ މީހުން ވެރިކަމަށް ހޮވަން ވޯޓްދޭނީ މޮޔައިން
ޓީވީ އަށް އަރާ ކިޔާފާނެ ދެކޮޅު ނުޖެހޭ މޮޔަވާހަޔަކުން އިބޫ ސަލާމަތް ކުރުވީ އަނގަ ކުކުޅުބިހެއްހެން ހަދައިގެން މައްޗަށް ބަލަހައްޓައިގެން ހުރެ ތާރީޙް ކިޔާފާނެ ކޮންމެފަދަ ގޮތަކަށްވެސް 2019 ން 2023 ށް ވެސް ބުނީ 10 އަހަރޭ .
ފިނޑި ރައީސް
ބަހުސެއްގަ ބައިވެރިވެގެން ފާސްވެ ވެރިކަމަށް އައުމުގެ ގާބިލު ކަމެއް ޗޯރޭގެ ނެތް...
ކެންޑިޑޭޓުންނަށް ވަގުތްނުވެގެނެށް ނޫން ތިޔަބުނާ ބަހުސް އެއް ކެންސަލް ކުރީ ޕީ،އެސް،އެމ ގެ މުއައްޒިފުންގެ ހުރި ކަނބޮޑު ވުންތަކާ ތަފާތް ކުރުން ތަކާ ހެދި އެކުންފުނީގެ މުއައްޒިފުން އަހްތިޖާޖް ކުރަނ އުޅޭތީ ތަނުގެ ވެރިން ބިރުން
އައްޗީޑި!
ކުރިޔައް އޮތް 5 އަހަރު ސޯލިހައް ދޭން ވިއްޔޯ އަދި.
އައްޅޭ..... މިހާވަރުން ވެސް އިބްރާހިމްގެ ހަމަ ގާބިލުކަން ފަހުމްނުވޭބާ؟؟ ތާއީދުކުރާނެ މީހަކަށް ތާއީދުކުރުމަކީ އޮތްހައްގެއް. ހަމަ އެބީދައިން ވިސްނާފިކުރުކުރުމަކީވެސް އޮތްކަމެއް. އެއާއެކު ފާއިތުވީދުވަސް ތަކުގަ ގައުމުގެ ކަންކަން ހިނގާދިޔައީ އެންމެ އެދެވޭ ގޮތައްތޯ އާއިނަތީޖާ ހާސިލްވެފާ ވަނީ ކިހާ މިންވަރަކަށްތޯ ބަލާ ސުވާލު
އުފައްދަންޖެހޭ. އެގޮތުން އިގްތިސާދީ އުމްރާނީ އިޖްތިމާއީ ދާއިރާއިން ގައުމައް ހާސިލްވީ އަދި ރައްޔިތުންނައް ކުރީކޮންމަންފާއެއްތޯ ވިސްނަންޖެހޭނެ.
ފަހުގެ ތާރީޚްގައި ހިންގާމިދިޔަ 10 އަހަރުގެ ދެދައުރުގަ އިސްވެދެންނެވުނު ދަައިރާތަކުގަ ދައުލަތް ހިންގުމުގެ ހަރުދަނާކަމުގަ ހުރީކިހާވަރެއްގެ ފަރަގެއްތޯއާއިމެދުވިސްނުމައް ފަހު ކުރިއަށްއޮތްދުވަސް
ތަކުގަ މުޅިގައުމައް ފައިދާ ކުރާނެގޮތަކީ ކޮބައިތޯއާއިމެދު ވިސްނުމައްފަހުގަ ގޮތްނިންމުމަކީ ކޮންމެ ރައްޔިތަކުގެ މައްޗައްވާޖިބްކަމެއް.
މަބުނީމެއްނު ޗޯރު އިބުރޭ އެއް ބައިވެރިއެއްނުވާނެ، ރީތިކޮށް އޮރިޔާންވާނޭ. ޕީއެސް އެމަކީ ސަރުކާރުގެ ގޮނޑިކޮއްކޮއެއް . ސޯލިހު ބުނާގޮތަށް ނަހަދާފިނަމަ އަލީޚާލިދު ދާންޖެހޭނީ ގެއަށް. ދުވާލުގެ އިރު އެގޭފަދައިން މިސަރުކާރުގެ ނުފޫޒު މުއައްސަސާ ތަކަށް ފޯރުވަމުންދާއިރުވެސް ހުރިހާ ސީސީ ތައް އެތިބެނީ ނޯމަރާލައިގެން. ﷲ އިރާދަ ކުރެއްވިއްޔާ ތިޔަބައި މީހުން ތިޔަކުރާ ކަންތަކުގެ ބަދަލު ވަރަށް އަވަހަށް ތިޔަބައި މީހުނަށް ލިބިގެންދާނެ.
ދައުލަތުގެ މީޑިއާ ހިސޯރު ކުރުމަކީ މީ. އިބޫ އަށް ޖަވާބު ނުދެވޭނެކަން ޔަގީންވާތީ މީޑިޔާއަށް ނުފޫޒު ފޯރުވީ. މިވަރުން ކިހިނެތް ވެރިކަން ކުރާނީ. މިހުރިހާ ދުވަހުވެސް އަންނިގެ ބާރުގަ ވެރިކަން ކުރީ. ވަރަށް ސާފު. ސޮރީ ނޯވޯޓް
ދެން ރައްޔިތުންގެ ޓީވީއޭ ކިޔާ އަނގަފުޅާ ނުކުރާތި ، ތީހަމަ އަމިއްލަ އެދުމާއި މަޤާމުގެ ދަހިވެތިކަމުގައި ތިބި ބަޔަކު ހިންގާ ތަނެއް ، އިތުބާރެއް ނެތް
ގޮރު ބޮވިއްޖެ! ނުކެރޭނެ އެރުނޑިއަކައް މުއިއްޒުއެއް ނޫން، ދެންތިބި ކެންޑިޓޭޓުންނާ ހަމަލޮލައް ފެންނަ ހިސާބައް އަރާކައް. ލަދުން މަރުވާވަރު ކުރާނެ.
🐔🐔🐔 ފިނޑިކަމުން