(ޅ. ނައިފަރު) މި ރަށުން 200 ޒުވާނުން އިދިކޮޅު ޕީޕީއެމަށް ސޮއިކޮށްފިއެވެ.

މި ޒުވާނުން ޕީޕީއެމާ ސޮއިކުރި ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިޒުވާނުންގެ ތެރޭގައި ކުރިން އެމްޑީޕީގައި ހަރަކާތްތެރިވި ޒުވާނުންނާއި، އަލަށް ޕާޓީއަކާއި ގުޅުނު ޒުވާނުންވެސް ހިމެނެއެވެ.

ނައިފަރުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ޒުވާނުންނަށް އިސްކަން ދޭނެ ބައެއް ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންފި ނަމަ، ޒުވާނުން ބޭނުންވާ ކަންކަން ފުރިހަމަކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒާއި ބިން ހިއްކުމާއެކު މުއިއްޒުގެ ގިނަ ވައުދުތައް ނައިފަރަށް

މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެންފި ނަމަ، ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ފުޓްބޯޅައިގެ މައި އިދާރާ ފީފާ އެޕްރޫވްޑް ފުޓްބޯޅަ ދަނޑެއް އަޅައި ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އހ

    އަލްހަމްދު ލިއްލާހި

    14
  2. ހަގީގަތް

    އެމްޑީޕީ ރޫޅެނީ

  3. މޕ

    އިބޫއަށް ގޮތް ހުސްވެގެން އެހެން ޕާޓީތަކާ މަސްވަރާ ކުރަނީ އެހެން ޕާޓީ އަކުން ކޯލިޝަން ހަދާތޯ ކޮންމެ ގޮތެއް ހަދާފަ ވެސް އިބޫ ބޭނުންވަނީ ވެރިކަން

    10
  4. ޔަރާ

    ކިހާވަރެއް ދީގެންތޯ؟ އަހަރެންނަށްވެސް ދީބަލަ ސޮއެކޮށްދީފާނަން.

    1
    4