ރައްޔިތުން ދަރާ ކަމަށް އިދިކޮޅުން ވާހަކަ ދައްކަނީ ހަސަދަ ވެރިވާތީ ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ޅ. ހިންނަވަރުގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ ބޭންކުތަކުން ފައިސާ ދޫކުރަނީ އެ ގައުމެއް ހިންގަން ހުންނަ މީހެއްގެ ވައްޓަފާޅިއަށް ބަލައި އެ ބޭފުޅަކަށް އޮންނަ އިތުބާރެއްގެ މައްޗަށް ކަމަށެވެ.
އަދި ރާއްޖެއަށް ބޭންކުތަކުން ލޯނު ދޫކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެކަންކަމަށް ބެލުމަށް ފަހު ކަމަށް ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެހެން ރައީސުން ލޯނު ހޯދަން ބޭނުން ނުވަނީ ނޫން ކަމަށާއި އަދި އެ ބޭފުޅުން ވެސް ސަލާން ޖަހާ ނާށިގަނޑު ހިފައިގެން ހުރިހާ ގައުމުތަކަށް ވެސް ދިޔަ ކަމަށެވެ. އެކަމަކު އެ ގައުމުތަކުން އެ ރައީސްއަށްއަށް އިތުބާރު ނެތުމުން ފައިސާ ނުދިނީ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"މިއަދު ދިވެހި ރައްޔިތުން ދަރާ ވާހަކަ އެ ދައްކަނީ ކީއްވެތޯ؟، ހަސަދަވެރިވަނީ، އެއީ ފައިސާ ހޯދާ ފައިސާ ދިވެހި ރައްޔިތުންނަށް ހަރަދުކޮށް ދިވެހިރައްޔިތުން ބޭނުންވާ ތަރައްގީ ބާރުމިނުގައި ގޮސް އެ ނިންމާލަ ދެއްވަނީ، ބޭރު ގައުމުތަކުން ރާއްޖޭގައި ނެތް ފައިސާ ހޯދައިގެން، ގެނެސްދީގެން،"، ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރާއްޖެއަށް ލިބޭ ފައިސާއިން ރާއްޖޭގައި މި ފަސް އަހަރު ކުރެއްވި ކަންކަން ކުރަން އަދި 300 އަހަރު ބޭނުންވާނެ ކަމަށެވެ.
ސިޔާމް ވިދާޅުވީ ދިވެހީންނަކީ ވިސްނޭ ބައެއް ކަމަށާއި އަދި އަޅުގަނޑުމެން ކަންކަމާމެދު ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މިހާރު ރާއްޖޭގެ އިގްތިސޯދު ދެ ގުނައަށް އަދި ތިން ގުނައަށް ގެންނަން މިހާރު އޮތީ ތައްޔާރުވެފައި ކަމަށް ވިދާޅުވިއެވެ.
ބޯހަމަ ނުޖެހޭ މީހުން ވެސް އުޅޭނެ
ދަރަނިވެޔަކަށް ދަރަންޏެއް ނުފެންނާނެ.
ކަލޭގެ ދަރަނި ބައިތުލްމާލުން ފައިސާ ނަގައިގެން އަދާކޮށްދިނީމާ އެ ނިމުނީނު! އަދި ނުވިތާކަށް ރަހުނަކާނުލައި ބީއެމްއެލްއިން 18 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން ފައިވިއްދާފައި ތި ހުންނަނީ.
މަނިކުފާނުވެސް ކޮސް ގޮވަން ފެށީދޮތަ! މަ ހީކުރީ މަނިކުފާނަކީ ވަރަށް ކަންކަމަށް ލޯ ހުލުވޭ ސިނކުޑި ތަނަސް މީހެއްކަމަށް. މިހާރު ޔަޤީންވެއްޖެ. މަނިކުފާނަކީ ހަމަ ކނޑ ކޮހެއް ކަމަށް.
118 ބިލޔަން ރުފިޔާއިން މިގައުމު ދަރުވާލިކަމަށް ހުރިހާ ސިޔާސީ ލީޑަރުންވެސް އެދަނީ ބުނަމުން! ސިޔާމުގެ ވިސްނުމުގައި މީ ދަރައްޏެއްނޫންތަ! މީ ދެތިން ދުވަހެއްކުރިން ސިޔާމު ވިދާޅުވި ދަރަނި ނަގައިގެން ނޫނީ ތަރައްގީ ނުކުރެވޭނެކަމަށް!
ރަށްޔްތުންގެ ފައިސާއިން ފައިސާދީގެން ސިންގަޕޫރު ޖަލުން ޗޯރު ކަލޭ ސަލާމަތް ކޮށްދިނީމަ ފުއްޕަނީދޯ.
ރަށްޔަތުންގެ ފައިސާއިން ފައިސާދީގެން ސިންގަޕޫރު ޖަލުން ޗޯރު ކަލޭ ސަލާމަތް ކޮށްދިނީމަ ފުއްޕަނީދޯ.
ނުދަރާތީ ދޯ. މިހާރު 18 އަށް ޑޮލަރު ލިބެނީ އަދި 6 ކުން 8 ކަށް ޖީއެސްޓީ ބޮޑު ކުރީ އަދި ކޮތަޅުން 2 ރުފިޔާ ނަގަން ފެށީ. ބެންކު ކާޑުން ރާއްޖޭން ބޭރުން ބޭނުން ކުރެވޭ ވަރު ކުރީ ސަރުކާރު އޮތްއިރު 600 ޑޮލަރު މަހަކައް މިހާރު 250 ޑޮލަރު ދުވާލަކަށް.
ހުރިހާ އެއްޗެއްގެ އަގު ބޮޑުވީ ރައްޔިތު މީހާގެ ޖީބު ހުސްވަނީ
ކަލޯ މާމުއި ސޭޓް ކީކޭތަ މިޔަނީ.
ކަނބަލުން ރީތިތޯބަލަމާ ހިނގާ މިސޮރާއެކީ.
ދަރަނިބޯ.
މިރާއްޖޭގެ ވެރިކަމަށް ހުރިހާ ގޮތަކުން ވެސް ކުފޫ ހަމަވަނީ ގާސިމް އިބްރާހިމް ކޮތަޅު ޓެކުހޭ އެއްވެސް ގޮތަކުން ކުފޫ ހަމަނުވެއޭ ދެން ނެތޭ އެއްވެސް ގޮތަކުން އަރާ ހަމަކޮށްލެވޭނެ ކެންޑިޑޭޓެއް ވެސް ގާސިމް އަދި ވެސް ކެމްޕެއިންގެ ފޯރި ރަނގަޅު ކުރަންވީއޭ ކުނޫޒު ހަރުގޭގައި ރަނގަޅަށް އެބަޖެހޭ ޖަލްސާ ތައް 24 ގަޑިއިރު ޖައްސަން
ޤަބޮޫލު ނުކުރާތި
މީހަކު ހިލްޓަން އަށް ދަރާފައި އޮތަކަސް، ރައްޔިތުން ކަންބޮޑެއް ނުވާނެ. އެއީ ތެދެއްތޯ ( ފަހަރެއްގައި ) މީހަކު އަހާލަފާނެ. އެކަމަކު މީހެއްގެ ގައިން މާމުތް ފައިބަންފަށައިފިއްޔާ ވަރަށް ޢަޖައިބުވާނެ.