ކޮވިޑް-19ގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާ އިގްތިސޯދު ކޮޅަށް ޖެހި ގޮތް ހޯދަން ދުބާއީ އާއި ޔޫރަޕްގެ ތަންތަނުން ބޭފުޅުން އައިސް ރެސިޕީ ހޯއްދެވި ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
މިރޭ ކާނިވަލުގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ, ކޮވިޑް-19ގެ ހާދިސާގައި މުޅި ދުނިޔެ ބަންދުވެގެން ދިޔަ ކަމަށާއި، ރާއްޖޭގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ރައްޔިތުން ހާއްސަކޮށް ސަރުކާރު ހިންގަވާ ބޭފުޅުން ތިބީ ވަރަށް ބޮޑު ހާސް ކަމެއްގެ ތެރޭގައި ކަމަށެވެ.
އަދި ބައްދަލުުވުމެއްގެ ތެރޭގައި ބައެއް ވިޔަފާރިވެރިން ދެއްކީ "އަޅުގަނޑުމެން ހަލާކުވެގެން ހިނގައްޖެ" ކަމުގެ ވާހަކަ ކަަމަށް ސިޔާމް ވިދާޅުވިއެވެ.
"ދެން އަނބުރާ ތިމަންނަ މެންނަ ވިޔަފާރި ކުރުމުގެ އެއްވެސް ފުރުސަތެއް ނެތް ވާހަކަ، ހަމަ އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރީމު. އެ ދުވަހު އަޅުގަނޑުމެންގެ އޯގާތެރި ރައީސް ވިދާޅުވަނީ އަޅުގަނޑު ދުނިޔޭގެ އެކި ބޭންކްތަކުން، ދުނިޔޭގެ ލާރި ހުރި ތާކުން ހޯދައިގެން މި އިންޑަސްޓްރީ ކޮޅަށް ޖަހާނެ ވާހަކަ.".
މިގޮތުން ވަރަށް ގިނަ ގައުމުތަކުން ލޯނު ނެންގެވި ކަަމަށާއި، އެއީ ދަރަންޏެއް ނޫން ކަމަށާއި، އަރަންޏެއް ކަމަށް ސިޔާމް ވިދާޅުވިއެެވެ.
އެހެން ނަމަވެސް ކޮވިޑްގެ ވަބާއިން އަރައިގަނެވި ތިން މަސް ދުވަސް ތެރޭގައި ބޯޑަރު ހުޅުވަން ރައީސް ނިންމެވިކަންވެސް ސިޔާމް ފާހަގަކުރެއްވިއެވެ. އެއާއެކު ރާއްޖޭގެ އިގްތިސޯދު މަޑުމަޑުން ގޮސް، ހަމައަކަށް އެޅި، މިހާރު އެންމެ ރަނގަޅަށް އިގްތިސޯދު ކޮޅަށް ޖެހިފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެ ދުވަހު އަޅުގަނޑުމެންގެ ރާއްޖެއަށް ދުބާއީންނާއި، މޮރިޝަސްއިންނާއި، ޔޫރަޕްގެ އެކި ގައުމުތަކުން ބޭފުޅުން އައި، އަޅުގަނޑާއި ބައްދަލު ކުރި އެ ބޭފުޅުން، ބައްދަލުކޮށްފައި ވިދާޅުވި ކޮބައިތޯ ރާއްޖޭގައި އޮތް ރެސިޕީއަކީ، މި ތަނަށް ޓޫރިޒަމް ގެނެސް މިބޯޑަރު ހުރި ރެސިޕީއަކީ ކޮބައިތޯ. ދުބާއިގެ ބޭފުޅުން ހައިރާންވި ދުނިޔޭގެ އެކި ގައުމުތަކުގެ ބޭފުޅުން ހައިރާންވި.".
އެބޭފުުޅުން ދަންނަވަނީ މިކަން ކުރަން ނޭނގޭ ވާހަކަ ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.
"އަޅެ ބުނެދީބަލާށޭ، ކޮން ކަމެއް ކޮށްގެންތޯ ރާއްޖޭގެ ބޯޑަރު ހުޅުވައިގެން ދިވެހި ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހީ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭ، ޔޫރަޕްގެ ޖަރުމަން ވިލާތް ހިމެނޭ. ބޮޑެތި އިގްތިސޯދު ހިފަހައްޓަމުންދާ ބޮޑެތި ގައުމުތައް ހިމެނޭ."،
މިކަމުން އެނގުނީ މި ގަރުނުގައި ރައީސްއެއްގެ މަގާމުގައި ހުންނެވި އެންމެ މޮޅު، އެންމެ ހިކުމަތްތެރި، އެންމެ އޯގާތެރި، އެންމެ ވިސްނުން ތޫނު އިގްތިސޯދު ކޮޅަށް ޖެހި ބޭފުޅަކަށް ހުރީ ރައީސް ސޯލިހް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
"އެެހެންވީމަ އަޅުގަނޑުމެން ވިސްނަންވީ މި އިގްތިސޯދު މިހިސާބަށް އައިސް، އިގްތިސޯދު ޑަބަލް ކުރާނެ ގޮތެއް. އިގްތިސޯދު ޑަބަލް ވާނެ، ޓްރިޕަލް ވާނެ. އެކަން އަޅުގަނޑުމެންގެ ރައީސްއަށް ދަނޭ، ހުދު އަޅުގަނޑުމެންނަށްވެސް އެކަން ކުރަން އެނގޭ.".
ކޮވިޑޭކިޔައިގެން ކުރިވައްކަން ބަލާނަން މުއިއްޒު ސަރުކާރުގައި
ދިވެހި ރައްޔިތުން ތިކަން ގަބޫލު ކުރޭ
ސަންޓްރެވަލް ސިޔާމުއަށް ރާއްޖޭގެ ބޭންކުތަކުން މިއަނުން ޑޮލަރުދޭންޖެހޭ ސަބަު ހޯދަން އެބީއައި ނޫޅޭތަ؟
ސަންޓްރެވަލް ސިޔާމުއަށް ރާއްޖޭގެ ބޭންކުތަކުން މިލިއަނުން ޑޮލަރުދޭންޖެހޭ ސަބަު ހޯދަން އެބީއައި ނޫޅޭތަ؟
ދުބާއީ ވެރިޔާ އެހިތަ ކިވިޑު ފެސިލިޓީއަށް ހަކުރު ކިލޮއެއް 16 ރުފިޔާއަށް ގަނެގެން ހިންގި ވައްކަން ހިންގިގޮތުގެ ވާހަކަ؟
ދިވެހި ދައުލަތުގެ ހަޒާނާގަ ހުރި 948 މިލިއަނާ ސޮވެެރިން ފަންޑުގަ ހުރި 500 މިލިއަން ޑޮލަރު ހުސްކޮށްލާ ބަދަލުގެ ނަމުގަ މުޅި ގައުމު ދަވާލާ ގައުމުގަ އެއްވެސް މެގަ ޕްރޮޖެކްޓެއް ނުހިންގާ ގައުމު 110 ބިލިއަނުން ދަރުވާލި ފޯމިއުލާ ހޯދަން ދުބާއީން ނޫޅެތަ؟
އެބުނަނީ ސޯލިބޭ ކައްކާ ރިހަގަނޑުގެ ރެސިޕީ ހޯދަން އުޅުނުވާހަކަ!
ރެސިޕީ ހޯދިގޮތް ކިޔާލަ ދޭނަން މި މީދޫއިން ދެން މިދާއިރާގެ ގޮނޑިއަށް ކުރިމަތި ލައިފިއްޔާ
ކޮވިޑުބަލީގައި މިގައުމުގެ އިގުތިސާދު ކޮޅަށްޖެހުމަށް ބޭނުންކުރި އެއްމެ ބެސްޓު ރެސިޕީއަކީ ކޮވިޑު ބަލިމީހުންގެ ނޭވާލާ ނިޒާމުގެ ފަރުވާއަށް 80 މިލިޔަން ޑޮލަރަށް ގަތްހާ ވެންޓިލޭޓަރތަކުގެ ފިޔަފަޅުވައި މައްޗަށް އުދުއްސާލީ، އަދި ކޮވިޑު ދުވަސްވަރު ބޭރުގައުމަތަކުން ދިން ފައިސާގެ އެހީ 99މިލިޔަން ޑޮލަރ ހިބަރު މަހެއްގެ ބަނޑު ތެރެއަށް ވައްދާފަ ކަނޑު އަޑިއަށް ފޮނުވާލީ!!. މިއަށްވުރެ މޮޅު ރެސިޕީއެއް ރައީސެއްގެ ގާބިލުކަމާއި ހިކުމަތްތެރިކަމުގެ މޮޅުކަމުން ގައުމަކަށް އުފަން ކުރައްވާނެތޯ؟؟ މި އަޖާއިބުވަނިވި ރެސިޕީ ނުލިބިގެންއުޅޭހާ ގައުތަކަށް ފޮނުވަންވީ ނޫންތޯ؟؟
އިންޑިޔާ ފައިސާއިން ގަނެގެން ގެނެސްފަ ތިބި މީހުންގެ ކުރިމަތީގަ ހާދަ ފޮންޏެކޭ ތިދައްކަނީ.
އަނގަ އޮތީމަ ކޮންމެ އެއްޗެކޭވެސް ކިޔިދާނެ. ކަލޭމެންނަށް އެނގޭތަ މި ޖާހިލު ސަރުކާރުން ނޯންނެ މާސްކު ގަނޑެއްވެސް ރައްޔިތަކަށް ހިލޭ ދީފަ.
ނުވިތާކަށް މާސްކް ގަންނަން ބޭސްފިހާރައަށް ދާ މީހާވެސް މާސްކް ނާޅައޭ ކިޔާފާ ޖުރިމާނަކޮށް ރައްޔިތުންފެލާލީ ކޮވިޑްގައި.
ކޮވިޑްގަ ރަތްޔިތުންނަށް ބޭރުގައުމުތަކުން ދިން މާސްކުތަކައްވެސް ވީގޮތެއްނޭންގެ މާސްކުތައްވެސް ވިއްކާފަ ރުފިޔާކޮޅު ބޭނުންކުރިކަމައް ބުނެއުޅޭ ތެދެއް ދޮގެއްނޭންގެ ދުބާއީ ބޭނުމެއްނުވާނެ އެހެންގައުމުތަކުގަ އިގްތިސޯދު ވާހަކަދައްކާކައް ކޮވިޑުގަ ޑުބާއިގެ އިގްތިސޯދު ދަށެއްނުވޭ ފައިސާއެބަހުރި ތެޔޮއެބަހުރި ވިޔަފާރިތައް އެބަހުރެ ކޮވިޑު ތެރޭގަ ޑުބާއީ އިގްތިސޯދު އިނދައެއް ނުޖެހޭ.
ބޭރު ގައުމު ތަކުން އެއައީ އެވަރުގެ ހިޔާނާތްތަކެއް ހިންގީމާވެސް ރައްޔިތުން އެތިބެނީ ހަމަ ހަމައިގާތޯ ބަލަން ،،،،،
މީ ބޮލަށް ބެރިއެއް ވެއްޓިފަހުރި މީހެއްތަ؟ކޮވިޑުގަ ކުރި ވައްކަމުގެ ރެސިޕީ ދޯ.
މީ އަނެއް
މީ އަނެއްކާ ދެވަނަ ކާޕެޓު ޗޯރުބާ!
މާމުއި ފައިބާގޮތުގެ ވާހަކަ ދުބާއިން އެހިތަ ކަލެއެކޭ ޖާބިރެކޭ ހުރީ ކޮންތަފާތެއް.
ކޮވިޑުގައި ވަށްކަންކުރިމޮޅެތި ގޮތްތައް ހޯދަން ދުބާއީއިންގުޅީދޯ. ދަރަނިއަދާނުކޮށް ފިލާނެގޮތް ހޯދަންވެސްގުޅި ދޯ ސިޔާމޫ
ކޮވިޑްގަ ރާއްޖޭގެ އިގުތިސޯދު ކޮޅަށް ޖެހުމާ މީހުން ގެ ފުރާނަތައް ސަލާމަތް ކުރެވުނީ ރާއްޖެ އުފެދިފައިވާ ގޮތުން. ކަރަންޓީނު ކުރި ހުރިހާ ގައުމަކުންވެސް
ކާމިޔާބު ކުރާނީ %56 އިން ކަމަށް ބުނަނީ އެމްޑީޕީން ދޯ ތިންވަނަ ފަރާތަކުން ތިޔާ ވާހަކަ ނުބުނޭދޯ މަމެންގެ ހިސާބު ތަކުން ރިޔާސީ އިންތިޚާބުގެ ނަތީޖާ މިއަދާއި ހަމައަށް ދައްކާ ގޮތަކީ: 1. މުއިއްޒު 39 ހާސް 2. ގާސިމް 38 ހާސް 3. އިބޫ 30 ހާސް 4. އިލްޔާސް 8 ހާސް 5. ކާރނަލް ނާޒިމް 4 ހާސް 6. އުމަރު 3 ހާސް 7. ފާރިޝް 100 8. ޒަމީލު 10 ވޯޓް. މިތަނުން ބޮޑަށް ކުރިއެރުން މިހާރު ހޯދަނީ ގާސިމް އިބްރާހިމް ގާސިމްގެ ކެމްޕެއިން ވަރަށް ވަރުގަދަކޮށްފި އަދިވެސް ދަނީ ވަރުގަދަ ވަމުންނޭ އިބޫ ގެ ނަމްބަރަކީ 3 ލިބޭނީ ވެސް އިންތިޚާބުން ތިންވަނަ އެއީ ޔަގީން މުޖައްރިބު ކަމެކޭ އަންނި އާއި ކާރނަލް ނާޒިމް އާއި އަދި އުމަރު ތާއީދު ކުރާނެ ވޯޓް ލުމުގެ ކުރިން ގާސިމަށް އަންނަ ހޯމަ ދުވަހު އެކަން ހިނގާނެ ތަމެން ބަލަން ތިބޭތި އެއިރުން ގާސިމް ރާއްޖޭގެ ރައީސް ކަން ކުރާނީ ދެވަނަ ބުރުގައި ރައީސް ޔާމީން ވެސް ގެއަށް ދޫކޮށްލާ ތަނުން ޔާމީން ތާއީދު ކުރާނީ ގާސިމް އިބްރާހިމް އަށް އެއްވެސް ޝަރުތަކާއި ނުލައި ތާއީދު ކުރާނެއޭ ގައުމުން އިންޑިއާ ސިފައިން ބާލާނެ ކަމުގެ ޔަގީން ކަން ގާސިމް ދިނުމުން މިގައުމުން އިންޑިއާ ސިފައިން މުއިއްޒު ނުބާލާނެއޭ އޭނާ އިތުރަށް އެކަން ވަރުގަދައޭ ކުރާނީ އޭނާ އަކީ އަންހެނެކޭ އޭނާ އަށް ނުވާނެއޭ އެކަމެއް....
ޑުބާއީގެ ވިޔަފާރި ވެރިއަކު ސިމުގެއަރިހުގައި ތިޔަވާހަކަ އަހާފާނެ!ރެސިޕީ ހޯދަން ޑުބާއީގެ ސަރުކާރުން އެދޭނަމަ އެކަން އަންގާނީ ސިޔާމަކަށް ނޫން! ފޮރިން މިނިސްޓްރީއަށް! ރިސިޕީ ހޯދަން އުޅުނު ގައުމުތަކުގެ ލިސްޓް ހޯދަން ނޫސްތަކުން އެދެމުން ފޮރިން މިނިސްޓަރ ފިއްލަވަނީ! ސިޔާމު ފިއްލަވާ ކޮން އިރަކުންތޯ!