އިންޑިއާ ސިފައިން ރާއްޖެއިން ބާލާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން ކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ. އަދި ހަގީގަތަކީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެގޮތުން އެގްރިމަންޓްތައް ބުނާ ގޮތަށް ބޭރު ސިފައިން ތިބި ކަމަށާއި ހެލިކޮޕްޓަރުތައް ދުއްވަން ވެސް ބޭރުގެ ސިފައިން އެބަ ތިބި ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އެގްރިމަންޓްތައް ބުނާ ގޮތުން ދިވެހީން ތަމްރީންކޮށްފައި އެމީހުން [ބޭރު ސިފައިން] ދާން ޖެހޭނެ. އިންޑިއާ އައުޓް ޖަހައިގެން މަގުމައްޗަށް ނިކުމެ ހަޅޭއްލަވައިގެން ސިފައިން ބޭރެއް ނުކުރެވޭނެ. އަޅުގަނޑުގެ ސިޔާސަތު ވަރަށް ތަފާތު. ޑިޕްލޮމަސީ ބޭނުންކޮށްގެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ސަރުކާރެއްގައި މި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ރާއްޖެއިން އިރާދަ ކުރެއްވިއްޔާ ބާލާނަން. އެކަމާ ދޭތެރޭ ޝައްކު ނުކުރައްވާތި،". ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ޖިއޯ ޕޮލިޓިކްސްގެ ތެރެއިން ގައުމުތަކާ ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށާއި އަދި އަސްކަރީ ތަމްރީންތަކަށް ސިފައިން އައުން މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި އިޅޭ ބިދޭސީންގެ މައްސަލައަކީ ވެސް ގައުމީ މައްސަލައެއް ކަމަށެވެ. އަދި ޓެރަރިޒަމްގެ މައްސަލައަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި ވެސް މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ޚާރިޖީ ސިޔާސަތަކަށް ވާނީ "ދިވެހީން ފުރަތަމަ" ކަމަށެވެ.
"ދިވެހީންނަށް ނޫން ބަޔަކަށް ކަންކަން ނުކުރެވޭނެ. ދިވެހީންނަށް އިސްކަން ދީގެން ކުރާ ސިޔާސަތެއް އިރާދަ ކުރެއްވިއްޔާ ކުރިއަށް ގެންނާނަން. އަދި ކައިރި ގައުމުތަކާ ގުޅުން ބަދަހި ކުރާނަން. އަދި އެންމެންގެ ފަރާތުން މަންފާ ލިބޭގޮތަށް ޚާރިޖީ ސިޔަސަތު ބައްޓަން ކުރާނަން،". ނާޒިމް ވިދާޅުވިއެވެ.
ޑިޕުލަމަސީއެއް ނުހިނގާނެ އެމީހުންގެ ދަރަނި ދަންތުރާގެ ތިބޭހާ ހިނދަކު. ޑިޕްލޮމެސީ ވޯކް ކުރާނީ ލެވަރޭޖެއް އޮވެގެން. އެހެން ނޫނީ މޭޒުދޮށަށް ދިޔާމަ ދަތްދޮޅިއަށް އަތްބާނާފަ ކުޑަކަކޫޖައްސާފަ ބަހައްޓާނީ. ނާޒިމްމެން ހީކުރަނީ ފިލްމު ފިލްމުން ފެންނަގޮތަށް ހުސްއަތާގޮސް ޑިޕުލޮމެސީ ހިންގިދާނެކަމަށްތޯއެވެ. ޑިޕުލޮމަސީ ހިންގޭނީ ފުރަތަމަ ލެވަރޭޖް އުފައްދައިގެން. އެކަން ކުރެވޭނެތޯ އެމީހުންނަކީ ރާއްޖޭގެ އެންމެބޮޑު ކުރެޑިޓާގެގޮތުގައި އޮތްހާހިނދަކު.؟ އެކަން ކުރެވޭނީ ގާސިމް އެވިދާޅުވާ ވަރުގެ ގުރާންޓެއް ދޭނެ ބަޔަކު ލިބި ފުރަތަމަ ދަރަނި ތިރިކޮއްގެން. އެޔަށްފަހު ޑިޕުލޮމެސީ ހިންގޭނީ. ފެނޭތަ ފަލަސްތީނު ރައްޔިތުން އެއްވެސް ލެވަރޭޖެއްނެތި ޑިޕުލޮމެސީ ހިންގަންދިޔާމަ ވާގޮތް. އަހަރެމެންވެސް ގާތްގަނޑަކަށް އެދަރަޖައަށް މިދަނީ އަޅުވެތިވާން.
ވެރީ ވެލް ސޭޑް
އެމީހުން ރާއްޖެއަކުން ނުފައިބާނެ..މިއީ 2008 ގަ ނަޝީދު ކިޔާ މީހަކަށް ރައީސުލް ޖުމްހޫރިއްޔާކަން ދިނީމަ ދިވެހިންނަށް ލިބުނު ލަގާއެއް...
ޜާއްޖޭޖެ ތައުލީމީ ސިޔަސަތުގައި އިސްލާމްދީން އިނގިރޭސި ބަހަށް ބަދހަލުކުރަން ޢެމްޑީޕީން ނިންމާފައި ވާިރު މިދހާިރާްއަށް ބަހުސްގަ ނުބެލުނީ ކީއްވެތޯ؟ ސަންގު ތާއީދު ކުރަނީތޯ! ޢެގޮތަށް.