އދ.މާމިގިލީގައި ޕޯޓެއް އަޅުއްވައި އެހެނިހެން ބޮޑެތި މަޝްރޫޢުތައް ކުރިޔަށް ގެންދަވާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސި ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މިއަދު އެ އަތޮޅުގެ މާމިގިލިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ އެ ރަށުގައި އެމަނިކުފާނު ހިންގަން ބޭނުންވާ ބޮޑެތި މަޝްރޫޢުތައް ވަނީ ފާހަގަކުރައްވާ ރައްޔިތުންނަށް ބާރު ސްޕީޑްގައި މަޝްރޫޢުތައް ނިންމައިދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

ޑރ.މުއިއްޒު އދ.މާމިގިލީގެ ޒުވާނުންނާއެކު-ވަގުތު އިމޭޖްސް-މުހައްމަދު އަލީފް

މުއިއްޒު ވަނީ މާމިގިލީގައި ޕޯޓެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.އެއީ އެރަށުގައި ކުރިޔަށް ގެންދަން ދެކިވަޑައިންނަވާ މުހިންމު މަޝްރޫޢުއެއް ކަމުގައި ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕޯޓްގެ ހިދުމަތް ފަށާނަން.ދެން އެއާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ވެސް އެއާ ގުޅުވާލައިގެން ކުރާނަން..ޕޯޓެއް ކުރިޔަށް ދާނީ ޕޯޓާއި ގުޅިގެން ކުރިޔަށް ދާން ޖެހޭ ކަންކަން ލައިގެން."

ތައުލީމަކީ މުހިންމު އެއްޗެއްކަމަށް ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާމިގިލީގެ ސްކޫލްގައި ދަރިވަރުންނަށް ތައުލީމު ހާސިލްކުރެވޭނެ ރަނގަޅު ގޮތް ގޮތް ފަހިކޮށްދެއްވާނެކަމަށެވެ. އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯ އަކީ އާދައިގެ މެނިފެސްޓޯ އެއް ނޫން ކަމަށާއި އޭގައި ޚާއްސަ އަހަމިއްޔަތުކަމެއް ސިއްހީ ދާއިރާއަށް ވާނެ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މާމިގިލިއަށް ވެސް އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ދެން އެއާއެކު ފާހަގަކޮސްލަން ޖެހޭ ސިއްހީ ނިޒާމު ރަނގަޅުކޮށްލަން ޖެހޭ.އެހެންވީމާ ރައްޔިތުން އެދޭ ފެންވަރުގެ ހޮސްޕިޓަލެއް މިރަށުގައި ޤާއިމްކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަކީ ޑރ.މުއިއްޒު ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވަމުންދާ ވަޢުދެކެވެ.މިހާރަށްވުރެ ބޮޑަށް ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހައުސިން ޔުނިޓްތަކެއް އަޅުއްވައި ދެއްވާނެކަމަށް މުއިއްޒު ވަނީ އެރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން އަރުވާފައެވެ.މާމިގިލީގައި ބޭންކްގެ ބްރާންޗެއް އަޅުއްވާ ދެއްވާނެ ކަމުގެ ވަޢުދު އެމަނިކުފާނު ވެފައިވެއެވެ. ފެންފުށީގެ ރައްޔިތުން ޖަލްސާގައި ތިބީމަ އާއެކު މުއިއްޒު ވަނީ އެރަށުގެ ބަނދަރު ތަރައްޤީކޮށް މަގުތައް އަަޅުއްވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

"ރަށުގެ އާބާދީއާ ބަލާފަ މިރަށުގައި ބޭންކްގެ ބްރާންޗެއް ޤާއިމްކޮށްދޭނަން." މުއިއްޒު ވަނީ މާމިގިލީގެ ރައްޔިތުންނަށް ބޭންކްގެ ބްރާންޗެއް ޤާއިމްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    މުއިއްޒު މިއީ ކުރިންވެސް ހިޔާ ފްލެޓާއި، ބްރިޖާއި، ޕޭސް 2 ހެދި މީހާ. އިންޝާﷲ މިކަންވެސް ވާނީ މުއިއްޒަށް

  2. ަސާޝީ

    ޢިބޫ ބުނުވަނީ 800 ޑޮލަރު ދެއްކޭނޭ ރިފަިނޭންސުން. ރިފައިނޭންސަކީ ދަރަނި މައްޗަށް ދަރަނި ނެގުން ، ދަރަނި އަދާކުރަންވެސް ދަރަނިނެގުން . މީގެ ހައްދެއްނެތް. މިހާރުވެސް ކަނޑު ވިއްކާލާ ކެންޕެއިނަށް ބަހަން ލާރި ހޯދިީ . މިމީހުންނަށް ވޯޓްދީފިޔާ ދެން އުފުލަންޖެހޭ ބުރަ މާބޮޑުވެ ނުރައްކާތެރި ބުރަވޭނަކަށް

  3. ގައުމީ ލޯބި

    މަދު މިލިޔަން މީހުން އުޅޭ ގައުމެއްގެ (ހާހުން މީހުން ގުނާލެވޭ) ވަކިވަކި ރަށްތަކަށް ވަކި އިންވެސްޓްމެންޓް ބޭންކް ހެދުމުގެ ވާހަކަ ދެއްކީމަ، އެބަ ސާބިތުވޭ މި މީހުންގެ ވިސްނުމުގެ ފެންވަރާއި ޤާބިލުކަން އަދި ހޭލުންތެރިކަން ހުރިވަރު..

    ޕޯޑިއަމަށް އެރުނީމަ، މީހާ ކިޔާ ނުކިޔާ ނޭގިގެންގޮސް ކޮސްގޮވަނީ..!

    ގައުމު އޮތީ އަރައިނުގަނެވޭވަރަށް ދަރާފައި، އެކަމަކު ވަޢުދުމިވަނީ، އެއާރޕޯޓު އެޅުމާއި، އިންވެސްޓުކުރުމަށް، ހިލޭ އެހީދިނުމާއި އިނާޔަށް އިތުރުކުރުމަށް، އިންފްރާސްޓްރަކްޗަރ ހެދުމާއި އެކު ވަޒީފާ ގިނަކުރުމަށް، އަދި ލޯނު ކުޑަކުރުމަށް.

    މިކަންކަން ކުރުމަށް ފައިސާ ހޯދާނެ ގޮތެއް ނުބުނެދެވޭ، އިތުރު ޓެކްސް ނުނަގާނަމޯ، ލޯނު ނުނަގާނަމޯ، އިގްތިސޯދު ކުރިއަރުވާނެ ފޯމިއުލާއެއް ނުދެއްކޭ، ހަމަ އެކަނި ލޯނު ރީސްޓްރަކްޗަރ ކުރުމުގެ ވާހަކަ ދެއްކެނީ،

    ގިނަ ލޯނު ނަގާފައިވަނީ އިންޑިޔާއިން، އެމީހުން ބޭރުކޮށް މިނިވަން ކުރާނަމޭ، އެމީހުން ނުރުހޭ ބަޔަކަށް ލޯނު ރީސްޓްރަކްޗަ ވާނެ ގޮތެއް އެބައޮތްތޯ؟ ހަމަޔަގީނުންވެސް ނުވާނެ، އެއީ ޖީއެމްއާރު ބޭރުކުރީމަ، އިންޑިޔާ އެމްބަސީކުރިމަތީގައި ވިސާކިއުޖެއްސުވިމީހުން، އޭރުގެ 50މލ ލޯނު އެއްފަހަރާދެއްކުމަށް އެދުނުމީހުން..

    ދެން ކޮން ބޯގޯސް ވާހަކަ ތަކެއް މިދައްކަނީ ޕޯޑިޔަމް ތަކުގައި، މީހުން އޮޅުވާލައިގެން ވެރިކަމަށް އައުން ދޯ ބެނުމަކީ؟