(އއ. މަތިވެރި) އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހިދުމަތް ދިނުމުގައި އިންސާފުވެރިވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުޢިއްޒު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުގައި މިރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ޑރ. މުއިއްޒު ވަނީ މިރަށުގައި އޭނާގެ ސަރުކާރުގައި ހިންގާނެ ބޮޑެތި މަޝްރޫޢުތަކެއް އިއުލާން ކޮށްދެއްވާފައެވެ.

ދިވެހީންގެރާއްޖޭގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އއ.މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ- ވަގުތު އިމޭޖްސް - މުހައްމަދު އަލިފް

"އެހެންވީމަ މިރަށުގައި ވެސް އެގޮތައް ހުރި މަޝްރޫޢޫތައް އަދި މި އަތޮޅުގައި ވެސް އަދި މި ދާއިރާގައި ވެސް މަޝްރޫޢުތައް ޖުމްލަކޮށް މިދެންނެވި ގޮތަށް ގެންދާނީ.". މުއިއްޒު މަތިވެރި ރައްޔިތުންނާ މުހާތަބު ކުރައްވަމުން ވިދާޅުވިއެވެ.

އެގޮތުން އއ. އަތޮޅުގައި ފަތުރުވެރިކަން ރަނގަޅު ކުރަންޖެހޭ ކަމަށާއި މިކަމަށް އޮންނަ ހަމައެކަނި ހައްލަކީ މި އަތޮޅުގައި ފެންވަރު ރަނގަޅު އެއާޕޯޓެއް ޤާއިމް ކުރުން ކަމަށް ވިދާޅުވިއެވެ.

"މި އަތޮޅާއި މި ސަރަހައްދައް ޓޫރިޒަމް ފުޅާ ކުރުމަށް ރިސޯޓްތައް އަޅާނަން. މި އަތޮޅަށް އެއާޕޯޓެއް ވަރަށް މުހިންމު.އެހެންވީމަ މި އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި އެއާޕޯޓެއް ޤާއިމްކޮށްދޭނަން.". މުއިއްޒު ވަނީ އެއާޕޯޓެއްގެ ޔަގީންކަން އަރުވާފައެވެ.

އިގްތިޞާދީ ގޮތުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެ މުއިއްޒު ވަނީ މި ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫޢުތަކަކީ އެއްވެސް ހާލަތެއްގައި އޭނާގެ ވެރިކަމުގައި ހުއްޓިގެން ދާނެ މަޝްރޫޢުތަކެއް ނޫން ކަމަށް ވެސް ފާހަގަކުރައްވާފައެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެއްވެސް ރަށެއްގައި ނުފެށި، ފެށުމަށްޓަކައި ސޮއި ކުރެވިފައިވާ މަޝްރޫޢުތައް ކުރިޔަށް ގެންދެއްވާނެ ކަަމަށް ތަކުރާރު ކޮށް މުއިއްޒު ވިދާޅުވިއެވެ.

ދިވެހީންގެރާއްޖޭގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އއ.މަތިވެރި އަށް ވަޑައިގަތުމުން އެމްޑީޕީގެ އެކްޓިވިސްޓުން ހަމަނުޖެހުން ހިންގަނީ ވަގުތު އިމޭޖްސް - މުހައްމަދު އަލިފް

ޑރ.މުއިއްޒު އަތޮޅު ތެރެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މިރަށަށް ވަޑައިގަތުމުން އެމްޑީީޕީ އެކްޓިވިސްޓުންތަކެއް ހަމަނުޖެހުން ހިންގާފައިވެސްވެއެވެ. އެރަށަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުންނާއި ސަލާމަތް ކުރެއްވުމުގައި ޑރ. މުއިއްޒު އުޅުއްވަނިކޮށް އެ ހިސާބު ކެފޭއަކުން ތިން އެމްޑީޕީ އެކްޓިވިސްޓުން ނުކުމެ ހޮޅިއެއް ހިފައިގެން ތިބެ ވަނީ "ހޮޅި މުއިއްޒު" މިހެން ގޮވާފައެވެ. އަދި އެގޮތަށް ގޮވަމުން ދިޔަ ގަޑީގައި ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. ފުރަތަމަ މުޒާހަރާ ކުރަމުން ދިޔަ އިރުގައި ފުލުހުން އެއްވެސް ވަރަކަށް އެމީހުން ހުއްޓުވަން މަސައްކަތްކޮށްފައި ނުވެއެވެ. ނަމަވެސް އެތަނުން އެކަކު މުއިއްޒު ސަލާމް ކުރެއްވުމަށްފަހު ހިނގާގަތް ގަޑީގައި އެ މީހުންތަކުގެ ތެރެއަށް ވަދެގަތުމުން ފުލުހުން ވަނީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުއިއްޒޭ ބޭނުމީ

    މުއިއްޒު ހިދުމަތް ކުރި 5 އަހަރު ބްރިޖާއި، ހިޔާ ފުލެޓާއި، ޕޭސް 2 ނިންމަދިން.
    މި ކޯލުށަން އެކުގަ އުޅުނީ 5 އަހަރު ރައްޔިތުން އަތުން ވައްކަން ކުރަން. މިފަހަރު މުއިއްޒު އެއްބުރުން ހޮވާ އިބޫ، ގާސިމުމެންގެ ކިބައިން ގައުމު ސަލާމަތް ކުރާނަން. އިންޝާ ﷲ

  2. ވަމުންދަނީ

    މިއަދު ރިޔާސީ އިންތިޚާބުގެ ނަތީޖާ. 1. މުއިއްޒު 43 ހާސް ވޯޓް 2. ގާސިމް 39 ހާސް ވޯޓް. 3. އިބޫ 38 ހާސް ވޯޓް. 4. އިލްޔާސް 8 ހާސް ވޯޓް. 5. ނާޒިމް 5 ހާސް ވޯޓް. 6. އުމަރު 4 ހާސ ވޯޓް. 7. ފާރިޝް 100 ވޯޓް. ޒަމީލް 2 ވޯޓް. މީ މިއަދު މިހާތަނާއި ހަމައަށް އައިއިރު ވޯޓްގެ ނަތީޖާ. ކުރިއަރަމުން ދަނީ މުއިއްޒު ތަންކޮޅެއް ބާރަށް މުއިއްޒު ކުރިއަރަމުން ދަނީ ގާސިމް ދަނީ މަޑުމަޑުން ކުރިއަރަމުން ގާސިމްގެ ކެމްޕެއިން އަދިވެސް ދެކުނާއި އެންމެ އުތުރުގައި ވަރުގަދަ

  3. ނިމެނީނިމެނީ

    މިވެރިކަން އަންނަ އާދީއްތަ ދުވަހު އޮންނާނީ ނިމިފައޭ މިވެރިކަން މިނިމެނީއޭ މިވެރިކަމުގެ އެންމެ ފަހު ހަފްތާއޭ މީ މިވެރިކަން މިިނިމެނީ ނިމެނީ

  4. Anonymous

    ނިމެނިި