ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންގެ ތާއިދު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އޮތް ކަން ހާމަވެއްޖެއެވެ.

މިގޮތަށް ހާމަވެގެން ގޮސްފައި ވަނީ، އިލްމުވެރިންގެ ގުޅުން ޖަމިއްޔާގެ ފަރާތުން، ގިނަ އިލްމުވެރިން ތިއްބަވާ ވައިބާ ގްރޫޕެއްގައި ކުރިއަށްގެންދިޔަ ޕޯލްގެ ނަތީޖާއިންނެވެ.

އެ ޕޯލް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުގެ 12:02 އިން މި މަހުގެ 4 ވަނަ ދުވަހުގެ 12:02 އާ ހަމައަށެވެ.

މިގޮތުން އިލްމުވެރިންގެ ގުޅުމުން ކުރެއްްވި ޓްވީޓެއްގައި އެ މައުލޫމާތު ހިއްސާ ކުރައްވާފައިވާއިރު، އެ ޕޮލްގައި ބުނެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި ދިވެހި ރައްޖޭގެ އިލްމުވެރިންގެ ގުޅުމުން ތާއިދު ކުރަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކާކުތޯއެވެ.

މިއަށް އެ ގްރޫޕްގައި ތިބި 105 ބޭފުޅަކު ވަނީ ވޯޓު ދެއްވާފައެވެ. އޭގެ ތެރެއިން އެންމެ ވޯޓު ލިބިވަޑައިގެންފައި ވަނީ ޑރ. މުއިއްޒުއަށެވެ. އޭނާއަށް 87 ވޯޓު ލިބިވަޑައިގެންނެވިއިރު، އެއީ ވޯޓުލީ މީހުންގެ %82 އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ އުމަރު ނަސީރަށެވެ. އެއީ 9 ވޯޓެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތްއިރު، އެއީ ފަސް ވޯޓެވެ.

މީގެ އިތުރުން ހަސަން ޒަމީލަށް އެއްވެސް ވޯޓެއް ލިބިވަޑައިގެންފައިނުވާއިރު، ދެން ހުރި ހުރިހާ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންފައި ވަނީ އެއް ވޯޓެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިސްލާހު

    އެއްމެ ވޯޓެއްނޫން.އެންމެ ގިނަވޯޓު ލިބުނީ މުއިއްޒު އަށް.

  2. މުއިއްޒު އެއްބުރުން

    ގިނަ އިލްމުވެރިން ހަމަ މުއިއްޒަށް ތާއީދުކުރަނީ އެއީ ދިނީ ރަނގަޅު މީހަކަށް ވާތީ. އިބޫއަށް ވޯޓުލީކަމަށް ބެލެވެނީ މި ސަރުކާރާއި ގުޅިފަވާ، މި ސަރުކާރުން މުސާރަ ހިނގާ ފަރާތްތަށް

  3. އަލީ

    މަވެސްމިހުރީ ތިޔަގޮތުގައި. ސުކުރިއްޔާ

  4. އ މ ރ ބ

    ހިޔޮވިސްނޭ އެކަކުވެސް އިބޫއަކަށް ވޯޓެއް ނުދޭނެ އެއީ ސީދާ ބޮޑު ގައްދާރެއް

  5. ޙުސައިން

    ދިވެހިރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެކަމަށް ޤަބޫލުކުރެވެނީ އަމިއްލަ، މިނިވަން ކެންޑިޑޭޓެއް ނެރެގެން. ޕާޓީތަކުގެ ފިކުރު ނެތް ބަޔަކަށް.

  6. ސޭކުސްތާނު

    އިލްމުވެރިންނެއްނޫން. ދެއަނގައިގެވެރި ފިތުނަވެރިން.

    • ޔަހުޔާ

      ދެ އަނގަވެރިން ނަކީ އިމްރާނާއި ޝޭހު އިލިޔާސް އާއި ޢިޔާޒު އެންމެންމަށް އިނގޭ އެއްޗެއް

  7. Anonymous

    ފިލާތިބެ ކޮން އަޑުތަކެއް ތިއަރުވަނީ. ވައިބާ ގްރޫޕެކޭ..... ތިއީވެސް މީހުން މިހާރު ވޯޓުލާން ބޭނުންކުރާ އެއްޗެއްތަ!

    "އަންހެނުންވެސް ނާހާނޭ ފައިސާހޯދީ ކިހިނެއްތޯވެސް" ބުނާ ލީޑަރެއްގެ ފައިދަށަށް ވެއްޓިފަވާ ބައިގަނޑެއް.

    • މިހާރު

      އިބު ރަނގަޅު ކަމުން ރޯމާދުވާލު ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަނީ ސަރުކާރު ކުންފުނިތަކާ ސަރުކާރު މުއައްސަސާ ބޭނުން ކޮއްގެން

  8. ރަބަތު

    ދީނީ އިލްމުވެރިން ދީނަށްޓަކައި ލީ ވޯޓެއްނަމަ މުއިއްޒް އަކަށް ނޫން ލާނީކީ. އިސްލާމީ ޝަރީއަށް ގާއިމް ކުރާނަނޭ އެންމެ ހަރު އަޑުން ގޮވާ އުމަރު ނަސީރު އަށް އެ ވޯޓްލުން މާ އައުލާކަން ބޮޑު. ދީނީ ތާކިހާ އަޅައިން ވަކި މީހަކު ނުހޮވަން މުއިއްޒު ވޯޓުލާން ތިއުޅޭ އިލްމްވެރިން މިހިސާބުން އަންފޮލޯވްޑް. ދެންވެސް މަ ހުންނާނީ މުސްލިމެއްގެ ގޮތުގައި. ޕީޕީއެމް ޕީއެންސީ އަކީ ދީނެއްނޫން. ކުފުރު ޑިމޮކްރެސީ ތެރޭގައި އޮތް ޕާޓީއެއް.

    • ޢަބްދުﷲ

      100%

    • ޣޖ

      ހާދަ ކަޑަވާހަކައެކޭ

  9. ހައްގު ބަސް

    އުމަރު ނަސީރަކީ އަނގައޮން އިސްލާމް ދީނޭ އޮންނާނީ ކިޔަސް އަމިއްލަ ދިރި އުޅުމުގަ ދީނީ ކަންތަޖައް އެހާ ފަރުވާލެއް ހުންނަ މީހެއް ނޫން. މީހާ ދައްކާ ވާހަކަ އަކައް ނޫނޭ ބަލާނީ ކީނޫން އެ މީހަކުގެ އަމަލައް ބަލަންވާނީ

  10. ނޯ ރެސްޕެކްތް

    1 ޢިޔާޒު
    2 އިމުރާނު
    3 އިލްޔާސް
    4 މިނިސްޓަރު ޒާހިރު
    5 ޗީފް އޮފް ސުޓާފު އަލީ ޒާހިރު

  11. ޢާމިރާ

    އިޔާޒު ހާދަ ބޮޑަށް މޭކަރައިފިޔޭ ދޯ. އިޔާޒު އެކަންޏެއް ނޫން އިލްޔާސްވެސް. ދެން އިބޫ ސާލިޙަށް ޢިލްމުވެރިންގެ ތާއީދު އޮތްކަން ހާމަކުރުމަށް އެކިއެކި ޢިލްމުވެރިންގެ ބޮލަށް އެރިގެން ނިވްސް ކޮންފަރެންސެއް ބާއްވަން އުޅިގެންވެސް އެއްބައިވީ ވަރަށް މަދު ބައެއް.