ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދު ކުރައްވަނީ މަދު ދީނީ އިލްމުވެރިއަކު ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އިޔާޒް އެގޮތަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ދީނީ އިލްމުވެރިން ހިމެނޭ "އިލްމުވެރިންގެ ގުޅުން" ނަމަކަށް ކިޔާ ގްރޫޕަކުން ވައިބާގައި ނެގި ވޯޓަކާ ގުޅިގެން ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

"އިލްމުވެރިންގެ ގުޅުން" އިން ނެގި ވޯޓުގައި ބޮޑުތަނުން ތާއިދު ލިބިލެއްވީ މުއިއްޒު އަށެވެ. އެގޮތުން ވޯޓުގަައި ބައިވެރިވި 105 އިލްމުވެރިންގެ ތެރެއިން 87 އިލްމުވެރިން މުއިއްޒުއަށް ތާއިދުކުރެއްވި އެވެ.

އެކަމަކު އެ ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ ރާއްޖޭގައި 363 ޢިލްމުވެރިން ތިބިއިރު ޑރ މުޢިއްޒުއަށް ތާއީދުކުރަށްވަނީ 87 ބޭފުޅުން ކަމަށެވެ. އެހެން ކަމުން އެއީ އިލްމުވެރިންގެ 24 ޕަސެންޓް ކަމަށް އިޔާޒް ވިދާޅުވި އެވެ.

"[އެހެންކަމުން] ތިިޔަ ހެޑްލައިން ހަދާގޮތަށް ހަދާނަމަ ޖަހަންވީ ހެޑްލައިންއަކީ ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ 76% ޑރ މުޢިއްޒުއަށް ތާއީދެއް ނުކުރައްވާ." އިޔާޒް ވިދާޅުވި އެވެ.

އިޔާޒްއަކީ މި ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް އުޅުއްވާ އެއް ދީނީ އިލްމުވެރިޔާ އެވެ. އެހެންވެ އިޔާޒްއަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ވެސް ގިނަ ފަރާތްތަކުން އޭނާ ސިފަ ކުރެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޑރ. މުހައްމަދު އިޔާޒް އަހްމަދު ހުރިހާ ދީނީ އިލްމުވެރިންނަށް ދާދި ފަހުން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސުން

    މީނަޔަށް އިނގޭނެ ވަރަށް ރަނގަޅަށް.ހިތުގަ އޮންނަ އެއްޗިއްސާ ކުރިޔަށް ހުރި ކަންތައްވެސް އިނގޭނެ.

    • ހުސޭނުބޭ

      އެހެންވިއްޔާ އޭނައަކީ ދީނީ ޢިލްމުވެރިއެއްނޫން. އެވާނީ ކަހީނަކަށް!

    • މަންނަ

      ކަލޯ ފާޅުވީތަ ހުޅަނގުފަރާތުން ކަލެއަކީ ލާދީނިއްޔަތަށް ތަބާވާ ލިވާތުކުންފުންޏަށް ސަޕޯރުޓުދޭ ޖާހިލެއް.

    • ނިހާސާ

      ބޮޑު މުނާފިގު

  2. އަޙުމަދު

    ޑޮކްޓަރ އިޔާޒު އެ ބުނީ އިނދިކޮޅަށް، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ޢިލްމުވެރިންގެ ޢަދަދު ގާތްގަނޑަކަށް 500 އަށް ވުރެ މަތި، މީގެ ތެރެއިން ރައީސް އިބުރާހިމަށް ތާޢީދު ކުރާ ޢިލްމުވެރިން ( ޢިލްމުވެރި އެކްޓިވިސްޓް ގެ ) ޢަދަދަކީ ގާތް ގަނޑަކަށްގިނަވަގެން 18 އެއީ، އިޔާޒް، އިލިޔާސް، އިމުރާނު، އަލީޒައިދު، އަނީލު، ހަސަންލަތީފުމޫސާ، އިބުރާހީމްރުޝްދީ، އަބުދުއްރަޝީދު، އަބުދުﷲރަޝީދު، ޝިފާނު، އަޒުމަތުޖަމީލް، އިލިޔާސުޖަމާލު، ދެން ބާކީތިބި ޢިލްމުވެރިން ގެ ތެރެއިން ވަކި ކެންޑިޑޭޓްއަކަށް ތާއީދު ކުރާކަމަށް ފާޅުގައި ބައެއް ޢިލްމުވެރިން ވިދާޅުވިޔަސް ގިނަ އިލްމުވެރިން ތާއީދު ކުރާކަން ފާޅުގައި ވިދާޅުވެފައި ނުވޭ، ޢިލްމުވެރިންގެ ޖަމިއްޔާއިންނެގި ޕޯލް އެއީ ސައްހަ އެއްޗެއް، ނަމަވެސް ގިނަ އިލްމުވެރިން ސިއްރުއްޔާތުގައި ޑރ މުއިއްޒުއަށް ތާއީދު ހޯދުމަށް ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން

  3. މަހުލޫފް

    ތި އިއާޒް ދެންތީ ކާކު؟ ބަޔަކު ތީ ދީނި އިލްމް ވެރިއެއްކަމަށް ގަބޫލް ނުކުރޭ. އިސްލާމްދީނުގައި ކެއުމުގެވެސް އަދަބުތަކެއް އޮވޭ! ތީ އެކަމުގެ ވެސް ހައްދެއް ނެތި އަބަދު އަސްޑާ ކެފޭގަ ކާން އިންނަމީހެއް. އިޢާޒާއި އިލްޔާސް އާއި އިމްރާނަކީ ކޮންމެ އިންތިޚާބަކަށް ދީންވިއްކައިކާން ނިކުންނަ މުނާފިގުންތަކެއް!

  4. ދ

    ޢިލްމް ވެރިއެއް ވެއްޖެއްޔާ ކޮންމެވެސް މިންގަޑެއް ހުންނާނެ ކަމުގައި ބުނެއުޅެތެވެ. މީނާގެ ކިބައިގައި އެންމެ ކުޑަމިނުން އެވަރުވެސް ނެތީމަ ލަދު ގަނެއެވެ. މީނާގެ ބައްޕަ ދެކެވެސް މީހުން ހާދަ ލޯއްބެއް ވެއެވެ. އެކަމަކު މީނާގެ ބަހުރުވާގެ ހުތުރުކަމާއި އުޅުމުގެ ހުތުރުކަމުން މީނާއަކީ ދީނީ އިލްމްވެރިޔާ ބުނަންވެސް ފަސްޖެހެއެވެ.

    • އަލީބުނީ

      އިޔާޒުއާ ހެދި ސައިތޯނާ ހާދަ އުފާވާނޭ ދޯ! އެސޮރު ހިތައް އަރާނެ ކަންނޭނގެ ހަމަ ޖާނު ގަނޑެކޭ ލިބިފަ މިހިރީ

      • ލުޠުފީ

        ޢަލީ ބުނީ ތިޔަ ބުނި ވާހަކަ ވަރަށް ހަބޭސް. ސައިޠޯނާ އުފާވުމުގެ އިތުރުން ބުނާނެ އެއްޗެއްވެސް ނޭނގިފަކަންނޭނގެ ހުންނާނީ. އެހެންތާވާނީ އެނައަށްވުރެވެސް ކުރީގަވިއްޔަ އެހުރީ.

    • އއއއ

      ހެދިގެން މަމޮޅުވެގެން އުޅޭ ބައިގަނޑެއް...... މަސާޖުޕާލާ ހިންގާމީހުންގެ ފައިދާ މިމީހުންނައްވުރެ މާރަނގަޅު.!!! އެމީހުންގެ މަސައްކަތުން އެތައް ތަދުތަކެެއް އިންސާނުންގެ ހަށިގަނޑުންފިލާ !!! މމީހުން ފަސާދަ ނޫންކަމެއް ނުކުރޭ!!!

  5. މާމީ

    ބޮޓެއް

  6. ޖަގަހަ

    ހަޖަމެއްނުވާނެ ފޭކް އިޔާޒް

  7. 27

    މިހާރު އިޔާޒުމެނަށް އައުރަ ނިވާ ނުކުރުނާ އަންހެނުން ވެސް އޯކޭ ތާޢިދުވެސް ކުރެވޭ !

  8. Anonymous

    އަދާލަތަކީ ދީނީ ޕާޓީއެއް ނޫން ނަސްރީނާ ބުރުގާ ނާޅައިގެން ވަރަށް ވަރުދައްކާ ހެދި މީހުން މިއަދު ފަޒުނާ ބުރުގާ ނާޅާ ހުއްޓަސް ހަމަ އޯކޭ އޭނަޔަށް ތާޢީދުވެސް ކުރެވޭ ހަރަ ރަގަޅު ދެފުއްކެހެރި ބައިގަޑެއް !

    • ތެދެއް

      މި ޒަމާނުގައި ތިމާ މާތް ﷲ އަށް ޙަޤީޤީ މާނާގައި ލޯބިވާނަމަ، ލަދުވެތިވާނަމަ އަދި ތެދުވެރިވާނަމަ ޓެސްޓް ކޮށްލެވޭނެ ފޯރމިއުލާއެއް ދެންތޯ! އަންލިމިޓެޑް އިންޓަރނެޓާއި އެކު ލެޕްޓޮޕެއް ނުވަތަ ފޯނެއް އަތުގައި އޮވެ ތިމާ އެކަނި ތަޅުލައިގެން ކޮޓަރީގަަ ހުންނަވަގުތު ބެލެނީ ކޮންކަހަލަ މަަންޒަރެއްތޯ؟ ލޯތަކުގެ ޚިޔާނާތް މާތް ﷲ ދެކެވޮޑިގެންވާކަން އެނގޭނަމަ އަދި ޙައްޤުގޮތުގައި އެކަލާނގެ އަށް ޤަދަރު ކުރެވޭނަމަ ، އޭނާ ބޭރުތެރޭގައި އުޅޭއިރުވެސް ޢަމަލުތައް ރީތިވާނެ އިޚްލާސްތެރިވާނެ.

  9. ގޯޕީ

    މިއީ ޝައިޠޯނާ ކައިރިން ކިޔަވައިގެން ހުރި މީހެއްތަ؟

  10. ާދަލޭކް

    ކަލޭމެނަކީ އިލްމުވެރިނަގެ ލަގަބު އަމިއްލަޔަށް ކިޔަމުން އެއަށް ހުތުރު އަރުވާމީހުން ސޭކުންނޭ ކިޔަންވީ

  11. ބޭބެ

    ބުލް ޑޮޒަރަކަށް ހަޖަމެއް ނުވާނެ

    • އއ

      މިކަލޭގެއަކަށް އެހާފަސޭހައިން ހަޖަމެއްނުވާނެ. މައިދާއަށް ސަކޭގާ ވާ ވަރަކަށް ނޫނޭ ކަނީއެއް. ބަޑަށް ބެލީމާވެސް އެކަން އެބައިގޭ.

  12. ބޭޗާރާ

    މީ މަބުނާވާހަކަ މީ ދީނީ ޢިލްމްވެރިއެއްނޫން މީ ސިޔާސީ ޢިލްމްވެރިޔެއް މީނައައް އެނގޭނީ ހަމައެކަނި ސިޔާސީ ވާހަކަދައްކަން މީނަގެނުހުންނާނެ ދީނީ ޢިލްމެއް

    • ނަނަނަ

      ސިޔާސީ ވާހަކަ ދައްކަންވެސް އެންމެ ކުފޫ ހަމަވާނީ ދީނީ އިލްމުވެރިން. ދީނީ އިލްމުވެރިންނަށް ދެއްކޭނެ ހުރިހާ ވާހަކައެއްވެސް.

      • junyi9om9

        ethikoklhukolhu dhey meeha vakkan kuriyas ekan ingey haalu eyna ah sanaa kiyumakee molhethi dheeni ilmuveringe 1 sifa tha??

  13. ޣޖ

    އިޔާޒުއެހުރީ ވަކިއަތަކަށްޖެހިފައި
    މިހާރު ވަޒީފާއިން ކެޑި ހަދާންނެތް.

    • މާނާ

      މީނަމީ ހާދަ ފޫހިމީހެކޭ މީނަ އުޅެނީ ކާވެންޏެއް ކޮށްގެންތަ ނުވަތަ ކިތައް އަނބިން ތިބޭތަ އެއަނބިން މީނަމަތިން ފޫއްސެއް ނުވޭތަ މީނަގެ ބައްޕަވެސް މީނެޔައް ސަޕޯޓެއް ނުކުރޭ

  14. ޏަސީރު

    ދީނީ ޢިލްމުވެރިން ސިޔާސީ އެކުޓިވިސްޓުންނަކަށް ނުވާނެ

  15. ވހޔބޖހު

    ހިހޫތަނުން ކާލަ ކާލާ ތިބޭ އަދި ވަގުންނަށް ސަނާކިޔާ "ޝޭހުން" ކިޔާފާނެ ކޮންމެ ފަދަ އެއްޗެއްވެސް...

  16. ވަގުތުދޮޅުރޯނާ

    ޑރ. މުހައްމަދު އިޔާޒް އަހްމަދު
    މީ ކާކުތޯ؟
    ފޮޓޯގައި އެއިން އިޔާޒްގެ ބައްޕަ އަށް ކިޔަނީ އަބްދުއްލަތީފް

  17. އަބޫ

    އިއާޒް އެއްމެފުރަތަމަ ތިމާއާއިބެހޭގޮތުން ތިމާގެ ބައްޕަ ދައްކާފައިހުރި ވާހަކައަޑުއަހާ. އެހެންމީހުންނަށްވުރެންބޮޑަށް ބައްޕައަކީ ކޮންފަދަ މަޤީމެއްގައި ހުރި މީހަކުކަމާއި އެބައްޕަގެ ހިތަށްދަތިވާފަދަ "އުފް" އެއްވެސް ކުރުން ދަރިންގެމައްޗަށް މަނާވެފައިވާއިރު އިއާޒުގެ ޢަމަލު އަމިއްލައަށް ވަޒަންކޮއްލިންބާއެވެ. ލިބިދާނެ މަންފާއަކަށްޓަކައި ނަމަވެސް ތީތަންކޮޅެއްބޮޑުވަރު.